މާލޭގެ ގެއެއްގައި އޮޅުކޮށްގެން އޮސްޓްރިޗެއް ގެންގުޅޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
އޮސްޓްރިޗް ގެންގުޅޭ މީހާ ކަމަށް ބެލެވޭ މީހަކު މި ދޫންޏާ އެކު މާލޭ ގެއެއްގެ ދޮރުކައިރީ ހުރި ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި، އިމާރާތެއްގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި އިރު، އެ މީހާއަށް ވުރެ އޮސްޓްރިޗް ބޮޑެވެ.
ނަމަވެސް އޮސްޓްރިޗް ގެންގުޅެނީ ހުއްދަ ނަގައިގެން ކަމަށް ވެރިފަރާތުން ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ. އޮސްޓްރިޗް ބިސް ރާއްޖެ ގެންނަން ސަރުކާރުން ހުއްދަ ދިން ކަމުގެ ލިޔުމެއްގައި ވެސް ދައުރުވަމުން އެބަދެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހުސައިން ވިދާޅުވީ ރާއްޖޭގައި އޮސްޓްރިޗް ގެންގުޅުމަށް ހުއްދަ ދޫކޮށްފައި ވާނެ ކަމަށާއި ނަމަވެސް އެ ހުއްދަ ދީފައިވާނީ ޕޯލްޓްރީ ފާމަކަށް ކަމަށެވެ. ގޭގައި އޮޅުކޮށްގެން އެފަދަ ދޫންޏެއް ގެންގުޅެން ހުއްދަ ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީސް މީޑިއާގައި އާއްމުވި ފޮޓޯއިން ފެންނަނީ އެ ހުއްދައިގެ ދަށުން ގެންގުޅޭ ދޫންޏެއްތޯ މިހާރު ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޕެޓެއްގެ ގޮތުގައި ގެންގުޅޭކަން އަޅުގަނޑުމެން ހުއްދައެއް ނުދެން. ފާމުގައި ގެންގުޅެން ހުއްދަ ދީފައިވާނީ. އެހެންވެ، އެކަން އަޅުގަނޑުމެން ބަލަމުން މި ދަނީ،" ނަސްރުﷲ ވިދާޅުވި އެވެ.
އޮސްޓްރިޗަކީ އޮޅު ދޫނިތަކުގެ ތެރެއިން އެންމެ ބޮޑު ދޫންޏެވެ. މިދޫނި އެންމެ ގިނައިން އުޅެނީ އޮސްޓްރޭލިއާގައެވެ.
ރާއްޖެ އެތެރެ ކުރުން މަނާ ދޫންޏާއި ބައެއް ބާވަތްތަކުގެ ޖަނަވާރުތައް ޕެޓްގެ ގޮތުގައި ސިއްރުން ގެންގުޅެއެވެ. 2014 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެފަދަ ވަރަށް ގިނަ ޕެޓް އަތުލައިގަނެ އެތަކެތި ނައްތާލާފައި ވެސް ވެއެވެ.
ކޮބާ އެގެންގުޅުމުން މައްސަލައަކީ..މަގުމަތީގައި މަސްތުވެގެނވެސް އުޅޭ
ދެންދައުލަތަށް ތިވެސްނަގާފަ އައިސްބޮކްސަކަށްލާފަ މަރާލަ ކުރިންވެސް ދޫނިތަށް މަރާލިގޮތަށް
ސޯލިބޭ ބުރާންތިވެފައި ހުރީ ވީމާ ގައުމުގައި ހަމައެއް ލަމައެއް ނެތި ބޭނުންހާ ގޮތަކަށް މީހުން އުޅެނީ ، އާއްމު ތަންތަނުގައި ރޯމާ ދުވާލު ޒިނޭ ކުރާއިރު ، ހޯމްމިނިސްޓަރ ، އިސްލާމިކު މިނިސްޓަރު ، ޕޮލިސް ކޮމިޝަނަރު މިމީހުން މިތިބީ މަސްތުގެ ހާލުގައިބާ ؟ މިމީހުން މިއީ ދީނީ އިލްމުވެރިންބާ ؟
އޭނަ ގެންގުޅޭ އޮސްޓްރިޗް މީހަކަށް އުދަގުލެއް ނުކުރެއެއްނު! ބިސް އެތެރެ ކުރުން ހުއްދަވީމާ އެގެންޖެހޭނެ އެ ބިސް ވިއްސާނެކަން.
ތެދެއް! އޮޅުކޮށްގެން ދޫންޏެއް ގެނގުޅެ އެއަށްކާންދީ ރަނގަޅުގޮތުގަ ގެންގުޅުނީމާ ގޯސް! ހުޅުމާލޭގައާއި މާލޭގަ އާންމުތަންތަނުގަ ގޮނޑީގައާ އަށިތަކުގެ މަތީގަ ރޯމާދުވާލު ސަނގަލާ ޖެހީމާ އޭތި އޯކޭ! އެހެންނު. މީމުސްލިމްގައުމެކޭ ދޯ ކިޔަނީ
އަހަރުންނަށް މާ އުނދަގޫވޭ ވާލާ ކާޅާ ހެދި.
މޭބޮޑުވީ ދޯ ދެން ލައްކައެންހާރުފިޔާއިން ޖޫރިމަނާކޮށްލާފަ ތިވެސް ގެންގޮސް މަރާލަ ކަލޭމެންނަށް އިގޭނީ ދިރޭފުރާނަ މަރަން އެކަނި
މާލޭގައި މިހާރުވެސް އާއްމުތަންތާގައި ޖިންސީއަމަލު ހިންގާވީޑިއޮތައް އެއުޅެނީ. އެކަމަކު ސަރުކާރުން އެދުއްވައިގަތީ އޮސްޓްރިޗަކާ ދިމާލަށް.
ތި ބޭނުންވެގެން ކަންނޭންގެ އެއުޅެނީ ވަރަށް މޭބޮޑުވާނެ