އަރަބިއްޔާ ސްކޫލުގެ މެނޭޖްމަންޓްގެ ފަރުވާ ކުޑަކަމުން އެ ސްކޫލުގެ ގްރޭޑް 12 އިގެ ދަރިވަރުންގެ އޭ ލެވެލް ޓެސްޓު ނެހެދިދާނެ ކަމުގެ ބިރު ބޮޑު ވެއްޖެ ކަމަށް ބައެއް ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާގެ ބެލެނިވެރިން ހިންގާ "އަރަބިއްޔާ ފެމެލީ" ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ވިދާޅުވީ ދަރިވަރުންނަށް ނެހެދިދާނެ ކަމުގެ ބިރު ހީވެގެން އުޅެނީ "އެރަބިކް އޭސް އަ ފަސްޓު ލެންގުއޭޖު" ކެމްބްރިޖް ޓެސްޓު ކަމަށެވެ.

އެ މައްސަލައިގައި ބެލެނިވެރިން ހިތްހަމަނުޖެހިގެން ސުވާލު ކުރި ނަމަވެސް ސްކޫލުން އެކަށީގެންވާ ޖަވާބެއް ނުދޭކަމަށް ބެލެނިވެރިން ބުނެއެވެ.

އަދި މިހާރު ވަކިވަކިން ބެލެނިވެރިން ސްކޫލަށް ގެންގޮސް އެ ޓެސްޓު ހަދަން ބޭނުންނުވާ ކަމަށް ބެލެނިވެރިން ލައްވާ ބުނުވަން މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ބެލެނިވެރިން ތުހުމަތު ކުރެއެވެ.

އެ މައްސަލައިގެ މައުލޫމާތު ސާފުކުރަން "ވަގުތު" އިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އެކި ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނެއް ނުނަންގަވަ އެވެ. އަދި އަރަބިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާއަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނެއް ނުނަންގަވަ އެވެ.

މިއީ އަރިބިއްޔާގެ ބެލެނިވެރިން ޝަކުވާތައް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެ ސްކޫލުގެ ދަރިވަރުންނާ ބެލެނިވެރިންނަކީ ޓެރަރިސްޓުން ކަމަށް އެ ސްކޫލުން ސިފަކުރި ކަމަށް ބުނެވެސް ބެލެނިވެރިން ޝަކުވާ ކޮށްފައި ވެއެވެ.

އޭގެ އިތުރުން ސްކޫލުގެ ކުދިން މޫނުބުރުގާ އެޅުން މަނާ ކުރުމުން ވެސް ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަރަބިއްޔާ ސްކޫލު ހިންގި އިމާރާތް ވީރާނާވެ ބޮލަށް ވެއްޓިދާނެތީ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގަ އެވެ.

އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީންގައި އަޅަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ދާ ސްޕީޑް ވަރަށް ލަހެވެ. އެހެންވެ އެ ސްކޫލުގައި ކިޔެވުން ފެށޭނެ ދުވަހެއް ވެސް ޔަގީނެއް ނޫނެވެ،

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުފޫ

    ލާދީނީބައިގަނޑު މުޅިޤައުމު ލާދީނިއްޔަތުގެ ވަކިތަކުން ވަށާލާފި. އާއްުވެ ފާޅުގަ ނުހިނގާކަ ފާޙިޝް ކަމެއް ނެތް. މަގުމަތީގަ ލޯދިލުވާލަން ނުކެރޭ. ޥެރިކަން ބޭނުން. މުސްލިމްޤައުމެއްގެ ވެރިކަން ް. ކުރެވޭނީ އސްލާމީ ޝަރީޢަތާއި އެ ޝަރީއަތަށް ކުފޫ ހަމަވާމިހަަކަށް. ސޯލިހޫ އިސްތިއުފާދީ ބަަލަ ޔަހޫދީދައުލަތަކަށް މި ދައުލަތް ނުހަދާ.

  2. ަހެލޯ

    މި އަރަބިއްޔާ ބެލެނިވެރިންގެ ޖަމިއްޔާ އަކީވެސް މި ސިޔާސީ ޕާޓީއެއް . . އަބަދުވެސް ސައރުކާރު ކުއްވެރިކުރުމާއިގެން އުޅޭނީ . . . ކަމެއް ވާނުވާއެއްނުބަލާނެ

  3. އައިޝަތު އަލީ އިސްތިއުފާ!

    އަރަބިއްޔާ އަށް ކުރާ ޖެއްސުން ހުއްޓާލާ، އެ ސްކޫލްގެ ދަރިވަރުންނަށް ކޮއްދެވެންހުރި އެންމެ ރަނގަޅަކަށް ކަންކަން ކޮށްދޭންޖެހޭ. އެމްޑީޕީގެ ލާދީނީ އެޖެންޑާގެ އުނދަގޫ މިއީ. އަރަބިއްޔާގެ ކުރީ އިމާރާތް ނުބައިކޮށް ހެދީ ވެސް އަދި މިހާރު އަރަބިއްޔާއަށް އެތައް ޖެއްސުމެއް ކުރަނީ ވެސް އެމްޑީޕީގެ ވެރިކަމުގައި

    7
    1
    • Anonymous

      ވަހީދު-ޔާމީނު ވެރިކަމުގައި ނިންމި އިމާރާތެއް ކުރީގެ އިމާރާތަކީ. ފުރަތަމަ މަސައްކަތް ޙަވާލުކުރި ކުންފުނީގެ ބަދަލުގައި ވަހީދުގެ ހިއްސާއޮތް ކުންފުނިން މަސައްކަތް ނިންމާ ޙަވާލުކުރީ.

      ވީމާ އަރަބިއްޔާގެ ބެލެނިވެރިން ވަހީދު ފަހަތުން ދުވެބަލަ.

  4. ހިއްޗެއްވާނެ

    ތި ބެލެނިވެރިންގެ އުނދަގުލުން ސަލާމައް ވާނީ ކޮން އިރަކުން ބާ؟

    6
    10
  5. ހާމިދު

    އަރަބި އިސްލާމީ ތަޢުލީމް ހުއްޓުވަން މިސަރުކާރުން ދުރާލާ ރާވަމުންގެންދާ ޕްރޮޕެގެންޑާތައް ހުއްޓާލުމަށް ގޮވާލަން.. ކިތަންމެވަރަށް މަސައްކަތް ކުރިޔަސް މި ބިންމަތިން ިއިސްލާމްދީނެއް ނުފޮހެލެވޭނެ.. ލާދީނީ އަކަށް ނަސްރެއް ނުލިވޭނެ އިންޝާ ﷲ

  6. އަރަބިން

    އަރަބިއްޔާއަށް ފަހަރަކު ހުރަހެއް، ފަހަރަކު ދެރައެއް... މި ދައުރުގަ މިނޫން ކަމަކާ ކުރިމަތިވެއްޖެބާ. ރައްޔިތުން ތިބީ ހޭލާ. އަރަބިއްޔާއަށް ކުރާ ކޮންމެ ޖެއްސުމަކީ، ދޭ ކޮންމެ ގެއްލުމަކީ އަރަބި އިސްލާމީ ތައުލީމަށް ކުރާ ޖެއްސުމެއް.
    ތިކަމުގެ ޖަވާބު ރައްޔިތުން ދޭ ދުވަސް އެބަ ކައިރިވޭ. ރައްޔިތުން ތިބީ ހޭލާ ސަމާލުވެ.

  7. ޖުހާ

    ތި ލާދީނީ މީހުން ފޯނު ނުނަގާނީ ތީގެ އަޑި ވަރަށް ނުބައިވީމަ.