އަރަބިއްޔާގެ ދަރިވަރުންގެ ހިތްތަކުގައި ބެލެނިވެރިންނާމެދު ނަފްތަރު އުފައްދަން، އެ ސްކޫލުގެ ވަގުތީ ޕްރިންސިޕަލް ހުސެއިން ސައީދު އުޅުއްވާ ކަަމަށް ބެލެނިވެރިން ތުހުމަތުކޮށްފިއެވެ.

އަރަބިއްޔާގެ ބެލެނިވެރިން ހިންގާ "އަރަބިއްޔާ ފެމިލީ" ޓުވިޓާ އެކައުންޓުން ވަނީ އަރަބިއްޔާގެ ޕްރިންސިޕަލް ދައްކަވާފައިވާ ވާހަކަތައް ހިމެނޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެ ވީޑިއޯ ފެންނަނީ ދަރިން ބޮޑުކުރަން ޖެހޭނީ ބެލެނިވެރިން ބޭނުންހާ ގޮތަކަށް ނޫން ކަމަށާއި އެ ކުދިން ބޮޑުކުރަން ޖެހޭނީ ގޮންޖެހުން ބޮޑު ދުނިޔެއަށް ކަމަށް ސައީދު ވިދާޅުވާ މަންޒަރު ފެނެއެވެ.

އަދި އެ ކުދިން ބޮޑުކުރާއިރު އެ ކުދިންނަކީ ކެރޭ ހުށިޔާރު ވަރުގަދަ އަދި އިލްމު ހާސިލްކޮށްގެންހުރި ކުއްޖަކަށް ހެދުމަށް އިސްކަންދޭންޖެހޭނެ ކަމަށާއި އެހެންނޫނީ މީހުންނާ ގުޅިގެން އުޅެން ކުދިންނަށް ދަސްނުވާނެކަމަށް ޕްރިންސިޕަލް ބުނާ އަޑުވެސް އިވެއެވެ.

"އެ ކުއްޖާ ބޮޑުވެގެން ބޮޑު ފެއިލިއާއަކަށް ވެއްޖިއްޔާ ކާކު ޒިންމާ ނަގާނީ؟" ހުސެއިން ވިދާޅުވިއެވެ.

އެހެން ނަމަވެސް ބެލެނިވެރިން ބުނި ސައީދުގެ ވާހަކަތަކުން ދޭހަވަނީ އަރަބިއްޔާ ސްކޫލަށް ދަރިވަރުން ވައްދައިގެން އުޅެނީ ބެލެނިވެރިންގެ އަމިއްލަ އެދުމެއް ހާސިލުކުރުމަށް ކަމަށެވެ.

އަދި އެ ނިންމުމުގެ ސަބަބުން ދަރިންގެ މުސްތަގުބަލު ހަލާކުވާކަން ވިސްނައިދެއްވަނީ ކަމަށެވެ.

"[ޕްރިންސިޕަލް ބުނެދޭން ބޭނުންވެލައްވަނީ] ބެލެނިވެރިންނަކަށް ނޭނގޭނެޔޭ ދަރިން ކަން ކުރަން ޖެހޭ ގޮތެއް. ދަރިން ބޮޑު ކުރަން ޖެހޭނީ ސަރުކާރުން ބުނާ ގޮތަށޭ" ބެލެނިވެރިން ޓުވިޓާގައި ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް އަރަބިއްޔާގެ ބެލެނިވެރިން ވަނީ ޕްރިންސިޕަލްއާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިންނަކީ ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށް ސިފަ ކުރާ ކަމަށް ވެސް ބެލެނިވެރިން ވަނީ ބުނެފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިެގން އަރަބިއްޔާގެ ޕްރިންސިޕަލްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު، ނެޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށް ސައީދުއާ އެ މަގާމު ވަގުތީ ގޮތުން ހަވާލުކުރެއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ނަމަވެސް އެ ނިންމުމާ ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅެވެ. ބެެލިވެރިން ބުނާ ގޮތުގައި ޝުޖާއު ބަދަލުކުރީ ބެލެނިވެރިންނާ އެއްކޮޅަށް ހުންނާތީއެވެ.

ބެލެނިވެރިން ބުނާގޮތުން ސައީދުއާ އެ މަގާމު ހަވާލުކުރި ފަހުން ކަންކަން ވަނީ އިތުރަށް ގޯސްވެފަ އެވެ. އެގޮތުން ދާދި ފަހުން ވަނި އަރަބިއްޔާގެ ދަރިވަރުންގެ އޭ ލެވެލް އިމްތިހާނެއް ވެސް ސްކޫލުން ފަރުވާ ކުޑަވެގެން ހެދޭ ގޮތް ނުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޕިސްޕިސް

    ތިއީވާ ބެލެނިވެރިން އުޅޭ ސުކޫލެއް . . މި ނޫސްތަކުގެ 2 އަހަރުގެ ހެޑިންތަށް ބަލާލަބަލަ . . އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކޮންމެސް ކަންތަށްގަޑެއް އުޅޭނީ . . ހަމަ ރަނގަޅު އެއްކަމެއްވެސް ނޯންނާނެ . . އަރަބިއްޔާ ބެލެނިވެރިންގެ ސިޔާސީ ގޮތްޕެއް ހަދަންވީދެން

    27
    17
  2. ރޯނުއެދުރު

    އަރަބިއްޔާގެ ބެލެނިވެރިންނަށްވުރެން ޖާހިލު ބަޔަކު ނޫޅޭނެ. ޕްރިންސިޕަލް ކަމުދިޔަޔަސް ކަމުނުދިޔަޔަސް އޭނާ އަވަހަށް މަރުވާން އެދި ސޯޝަލް މީޑިއާގައި ބަދު ދުއާ ކުރާ މީހުންނަކީ ރޯނުފިލާ ރޯނުއެދުރު ޖާހިލުން.

    26
    16
    • ާކޮތަރު

      ސަޢީދެއްކަމަކު އެ ދެއްކީ ރަނގަޅު ވާހަކައެއްނޫން. މިއޮއްހުރިހާ ދުވަހު އިސްކަންދަރު ސްކޫލުން ފެއިލްވާ ކުދިންގެ ޒިންމާ ސަޢީދު ނަގަންތަ؟

      10
      1
      • ކަލޭ

        އެޒިއްމާ ކަލޭ ނަގަންވީނު.

  3. އަލީ

    ސައީދު އެމަގާމުން ވަކިކުރޭ!!!!

    28
    21
    • ޙޯހޯ

      ބެލެނިވެރިންތަކުގެ ޒިއްމާއިން ގޯސްމަގަށް ހިނގައިދާނެ ކުދިންކޮޅު ވަކިކޮށް އެކުދިންގެ ޒިއްމާ ސަރުކާރުން ނަގަން ފެނޭ. އެހެންނޫނީ އަނެއްކާ ބާބުލް އައްވަލު ޖަމާއަތު އަރަބިއްޔާގެ ނަމުގާ އެކުދިން ނިކުމެ ދީނީގޮތުން ނުބައި ފަތުވާދޭ ބަޔަކު އުފަންވެދާނެ. ސައީދު ޕުރިންސިޕަލަށް އަވަސް ޝިފާއަކަށް އެދެން.

  4. ޝޭހު

    ޕުރިންސިޕަލް ބުނިއެތި އަރަބިއްޔާގެ ބެލެނިވެރިން ބޭނުންގޮތަކަށް ތަރުޖަމާކުރީމަ ވަާނީތިހެން، ފުރަތަމަ ކަމަކަށް ބެލެނިވެރިން ހޭލުންތެރިކުރަންޖެހޭ، ތިޔަ ބެލެނިވެރިންނަށް ހެޔޮވިސްނުން ދެއްވާފާނދޭވެ.

    30
    10
  5. އހަެއ

    މި ހަމަ ތެދެއް. އިސްކަންދަރު ސްކޫލްގަވެސް ކަންތައް ކުރަނީ ހަމަ ތިހެން. ހީވަނީ މި މީހާއަށް ލައްކަ އެކޭ.

    7
    2
  6. އަހުމަދުު

    ތިއީ ދަރިން ކިޔަވަން ފޮނުވަން އުޅޭ ބައެއްނޫން ނޫން، ހިތުން އެންމެ ދީންވެރި، އެމީހުން އެއީ މުސްލިމުންނޯ، ދެންތިބި އެންމެން ކާފަރު، މުސްލިމެއްތޯ ކާފަރެއްތޯ ވެސް ކަނޑައަޅަނީ މިމީހުން، ކިޔެވުމަށް ވުރެން، ބޮޑު ޖުއްބާލުމާ، ކަޅު ހެނދުން ލައިގެން އެކަން ޕރޮމޯޓުކުރަން އުޅޭބައެއްތީ

    8
    6
  7. ޕްރިންސިޕަލް އެވިދާޅުވީ ރަނގަޅު ވާހަކައެއް

    މިއީވާ ވަރުގަދަ ޢަރަބިއްޔާގެ ބެލެނިވެރިންތަކެއް! ޕްރިންސިޕަލް އެވިދާޅުވީ ވަރަށް ރަނގޅު ވާހަކަފުޅެކެވެ. ތިއޮތީ "ނުރުހުމުގެ ލޮލަށް ޢައިބު ފެނިފަ އެވެ." މަގޭ ހިތަށް އަރަނީ މިމީހުންގެ ދަރިން އުޅޭނެ ޙާލެވެ! އެކުދިންނާއި ދޭތެރޭ ވަރަށް ޙަމްދަރުދީވެވެ އެވެ.

    6
    7
  8. ސާމް

    އަރަބިއްޔާ ގެ ޕުރިންސިލްކަން ކުރާނެ ފަރާތް ނިންމާނީ ސަރުކާރުން. އަރަބިއްޔާގެ ކުދިންގެ ބެލިނިވެރިންނެއްނޫން.

    2
    5
  9. Anonymous

    މިކަލޭގެ ހާދަ އުމުރު ދިގޭ

    6
    3
    • Anonymous

      ކަލޭގެ ޖާހިލުކަމާއި ނުބައި ނުލަފާކަމާއި
      ޖައްބާރު ކަމާއެވެ.

  10. އަދުހަމު

    ޕުރިންސިފަލައް ތެދުަމަގު ދައްކަވާންދޭ

  11. ޖުއްބާ އިދުރީސް

    މި އަރަބިއްޔާއެއްގެ ސްކޫލަކީ ސަރުކަރާ ދެކޮޅު ސިޔާސީ ގޮތްޕެއް.