އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފިއެވެ.

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރުމާ ގުޅިގެން އެ އިމާރާތުގައި ކުރިން ހުރި ނޫކުލަ، އަރަބިއްޔާ ސްކޫލުގެ ކުލަ ފެއްސަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަންނަ މަހު ފެށޭ 2023/2024 ދިރާސީ އާ އަހަރާއެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަމުންދާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ދިރާސީ އާ އަހަރު ފެށޭ ދުވަހު ހުޅުވާނެއެވެ.

ޗާންދަނީ މަގުގައި ހިންގަމުންދިޔަ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލިއެވެ.

މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ.

ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުގެނުމަށް އެތަން ހަމަޖައްސަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ބާޖަމާލުއްދީނުން ބިމެއް ދީފައިވާއިރު، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅިޔަނުބެ

    ސާބަސް މި ސަރުކާރަށް. ފަސް އަހަރު ވީއިރު ދާއިމީ ހައްލެއް ތިކަމަށް ހޯދައި ނުދެވުން އެއީ އަރަބިއްޔާ ސްކޫލު ބޭނުން ނޫންކަން ހާމަކޮށްދޭ ކަމެއް

    2
    1
  2. ސޯލޭ

    އަރަބިއްޔާ ދަރިވަރުންނަކީ ވަގުތީ ތަންތަނައް ދުއްވަން ގެންގުޅޭ ކުދިންތަކެއްހެން ހީވަނީ ހޭބަލިވެދާނެދޯ މީހަކު އަޅެ

    3
    1
  3. ބެލެނިވެރިޔާ

    މި ކިޔާލީމަ ކޮންމެ މީހަކަށް ވެސް ހީވާނެ ހާދަ ރަނގަޅޭ. އެކަމު ދަންނަވަންތޯ އަދިވެސް އަރަބިއްޔާ މުވައްޒަފުން ތިބީ މަސައްކަތް ކުރެވޭ ހާލަތެއްގައެއް ނޫން .ނުސްވެރިވެސް ރަނގަޅަށް ބަލާފަ ލިޔާނަމަ.

    2
    1
  4. ޓެކްނީޝިއަން

    އަރަބިއްޔާ ދައިވަރުންނަށް ތިލިބުނީ އަސްލު ސްކޫލެއް. ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ފެސިލިޓީއެއްހުރި އިމާރާތެއް. ބާޖަމާލުއްދީނު ބިމުގައި ހަދަންވީ ޕްލޭ ގްރައުންޑެއް. އޭރުން އަހުމަދިއްޔާ، ބިލަބޮންގ، ގިޔާސުއްދީބް ދަރިވަރުން އެކިއެކި ޙަރަކާތްތަކާއި ޕްލޭ އަށް ޖާގަ ލިބުނީ.

    1
    1
  5. ސަރުކޮރު

    އަބަދުވެސް އަރަބިއްޔާއަށް ނިކަމެތިގޮތް. އެންމެ ބޭސިކް ރައިޓްސްއަށް އަރަބިއްޔާގެ ދަރިވަރުން އެދެނީ. އެވެސް މި ލާދީނީ ކޯލިޝަނުން ހޯދައިނުދިން!!!

    2
    2
  6. ދެރަ ކަންކަން

    މިގައުމުގައި އަރަބި އިސްލާމީ ތައުލީމަށް ދީފައިވަނީ ރެފިއުޖީއެއްގެ ދަރަޖަ. މިނޫން ގޮތެއް އަހަރެމެން ބޭނުން.

    2
    1