ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީންނަށް މަންފާ ލިބޭގޮތަށް، ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދުގައި ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ، އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅުމުގެ ބާރު، ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށެވެ.
އެގޮތުން ބިދޭސީ ފަރާތާމެދު ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރާނެ ކަމަށް ބުނެފައިވާއިރު، ވިިޔަފާރީގެ މަސްއޫލުވެރި ފަރާތް، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައަޅާނެ ކަމަށް ބުނެފައިވާއިރު، ވިޔަފާރީ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ގަވާއިދުގައިވާގޮތުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަން ބަލައި ފާސްކުރުމަށް އިންސްޕެކްޓްކޮށް އެ ވިޔަފާރިއެއް ރެޖިސްޓަރކޮށްފައި ނުވުމާއި، އެހެން ނަގަން ޖެހޭ ހުއްދައެއް ނަގައިފައި ނުވުމާއި، ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓައިފައި ހުރެއްޖެނަމައެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން
ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
ނެތް ތިކަން ވާކަށް. ސަރުކާރުން ސީދާ ކުރުވާ ކަމެއް މީ . ކިހިނެއް ހުއްޓްވާނީ؟
ޤާނޫނު އަސާސީ - ދިވެހި ރާއްޖެ
ވަގުވިޔަފާރިކުރުމުގެ ވަގު ހުއްދަ ޤާނޫން ނަމްބަރު /18/19/20/21/22/23
ބަނގްލަދޭޝް މީހުން ޓޭކްއަވޭތަކާ ކުދި ސެލޫން އަދި ހޮޓާތައް ހިނގަނީ. ޢިންޑިއާ ސްރީލަންކާ މީހުން މާރޓުތަކާ ރެސޓޯރެންޓް އަދި ގަރާޖުތައް. ނޭޕާލް، ތައި އަދި އިނޑޯ އަންހެން ކުދިން ހުރިހާ ވައްތަރެއްގެ މަސާޖު.
ބިދޭސީންގެ ކޭސްކާޑު ބޭނުންކޮށްގެން އެމީހާގެ އެކައުންޓަށް 30، 40 ހާހުން ޖަމާކުރުމަކީވެސް މިހާރު އާދައިގެ ކަމެއް މިކަންވެސް އެބެޖެހޭ ހުއްޓުވަން އެއީކިހިނެއް ހޯދި ލާރިއެއްތޯަބަލާނެ ބަޔަކުނެތް އެމީހާގެ މުސާރައަށް ވުރެ އިތުރަށް އޭނާ އެކައުންޓަށް ފައިސާޖަމާ ކުރެވިގެން ނުވާނެ
ތި މިނިސްޓުރީގަވެސް އެބައުޅޭ އޭގެމީހުން ސަރުކާރުގެ ބޮޑުންގެ އެމްމެގިނައީ ތިކަންތަށް ހައްލެއްނުވާނެ ބޭކާރުކަމެތް
ބާޒާރުގަ މިހާރު ހުސް އިންޑިއާ ފިހާރަ މާލޭގެ އެތެރޭގެ ހުރިހާ ކުދިފިހާރަ ތައް ބަނގުލަދޭށް މީހުން ހިންގަނީ މީހަމަތެދު.....
ދިވެހިން ގެ ފަޅުރައް ތަކާ ފަޅުތައް ވިއްކާގެން
ދިވެހިންގެ ޓެކްސް ފައިސާއިން އިސްތިހާރު ކުރާ ރިސޯޓު ތަކު ގެ ޑޮލަރު ތައް ބޭރު ގެ ކާޑު މެސިން ތަކުގެ އެހީގަ ބޭރަށް ދާއިރު ފިޔަވަޅެއް އަޅަން ނުކެރެނީތޯ،؟ ބިދޭސީ މިހާ ކުރާ ވިޔަފާރި ލިބޭ ލާރި ވަންނަނީ ރާއްޖޭގެ ބޭންކުތަކަށް .އަދި އެވިޔަފާރި އިސްތިހާރު ކުރާކަށް ދައުލަތުން އެންމެ ލޯލާރަ އެއް ވެސް ހަރަދެއް ނުކުރާނެ
ތި އެއްޗަށް ޢަމަލު ކުރާނީ ކިހިނެތް؟؟ ތިކަން ބަލާނެ މީހަކު ނެތް
ތިޔަ ގޮތަށް ކައުންޓަރުގައި ތިބޭ ބިދޭސީންވެސް ހޯދި ނުވާނެ އެއްވެސް ކަމެއްގައި އިހްލާސްތެރިކަން ނެތިޔާ ނުވާނެ. ތަންފީޒުުކުރާ މީހުންނަށް އަމާބުނީމަ ފަރަށް ދާގޮތަށް ގާނޫނާއި ގަވާއިދު ތައް ހަދާފައިހުރީ. މިގައުމު ނޫނިއްޔާ ދައްކާލަބަ ބިދޭސީން ވިސާއާއި ނުލާ ފުރީކޮށްް އުޅޭގައުމެއް.
ނުވާނެ އެއްކަމެއް ވެސް އަހަރުމެން އަތުގާ ގިނަ ލާރި ހުންނަނީ ދިވެހި މީހާ މަސައްކަތްނޭގެނީ އަހަރުން ބުނާވަރަކަށް ލާރިދެނީމާ ބަރާބަރު މަސައްކަތް ކުރަނީ ދައްތަ ގިނަލާރިދެނީ ދެން ސަރުކާރު ކޮންވައްތަރު ހުންނަނީ
މި ފަދަ ކަންކަން އެގޭ ފަރާތްތަކުން ރިޕޯޓުކުރާނެ ޕޯރޓަލް އެއް ނޫނީ ގޫގުލް ފޯމެއް ހާ ހިސާބުވެސް އާންމުނަށް ލިބޭގޮތަށް ގާއިމުކުރައްވަން ވީ ނޫންތޯ؟
އޭރުން ޔުނަނިމަސްކޮށް މިކަން ކުރެވޭނެ ނޫންތޯ؟
ނޫނީ ޕޮލިހަށް ރިޕޯޓުކުރީމަ، ޑްރަގް މީހުން ފަހަތުން ދުވާހެން... ރިޕޯޓުކުރާ މީހާ ހުންނާނީ ނުރައްކަލުގައި..
ބިދޭސީން ތިނަދޫއަށްވުތެ ފްރީޑަމްކޮށް އުޅޭ ތަނެއްނެތް.ކާބޯތަކެތީގެ ވިޔަފާރި ކުރަނީ، އަންނައުނުގެ ވިޔަފާރި ކުރަނީ، ކޮންސްޓްރަކްޝަން މަސައްކަތް ނަގާގެން އަމިއްލައަށް ކުރަނީ.މޮޅުކަމަކީ އަންނައުނު ގެންނަނީ ވައިގެ މަގުން. އެއްވެސް ޓެކްސްއެއް، އިމްޕޯޓް ޑިއުޓީއެެއް ދައްކަނީ ކީނޫން.ދިވެއްސަކު ދެތިން ޖީންސް ގަނެގެން އަޔަސް ޑިއުޓީ ނަގަން ދިމާކުރޭ.މިއީ ދިވެހިންގެ ތަނެއްނޫން.ބިދޭސީންގެ ތަނެއް. އަޅުގަނޑުގެ ހިތުން މިކަމުގައި އެންމެ އިސްވާންޖެހެނީ ކައުންސިލާއި ފުލުހުން. ހަމައެކަނި ފުލުހުން ސްޓިކަރ ޖަހަން މަގުމަތީގައި ތިއްބެވުމުގެ ބަދަލުގައި މީހައްލުކުރަން މާމުހިއްމު ކަމެއް. ސްޓިކަރ ނުޖައިގެން އަނެކާއަށް ވާނެ ގެއްލުމެއްނެތް.އެކަމަކު މިކަންކަމުގެ ސަބަބުން މުޅި މުޖްތަމައަށް ގެއްލުންވޭ
އިންތިހާބަށް ދެ ދުވަހަށްވީމާ، ތިގަވާއިދު ނެރުމުން ތިޔަކަން ނުކުރާނެކަން ވަރަށް ސާފު
ބަލަ މިއީ އިންޑިއާގެ އަވަށެކޭ މިހާރު. އިބޫ ވެރިކަމުގަ ހުރިހާހިނދަކު މިގައުމުގައި އިންޑިއާގެ ވިޔަފާރިތައް ފުޅާކޮށް އެމީހުން ނަފާ ހޯދަމުންދާނެ.
ވ ރަނގަޅު ވާހަކައެއް... އެ މީހުންގެ އުނދަގޫ ވ ބޮޑު މިހާރު މާލޭގަވެސް ހުޅުމާލޭގަވެސް
ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހހަ ހަހަހަހހަހަހަހަހަހަހަހަހަހަހަހަހަހަ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🫢🫢🫢🫢🫢🫢🫢🫢🫢🫢🫢🫢
ނެކްސްޓް ޖޯކް ޕްލީޒް....
ދިވެހިންގެ ގޮތުން އެހެން އެވަނީ ތި ފިޔަޅު އަޅަން މާ ލަސްވެއްޖެ
ޝޮޕް އެންޑް ސޭވް ކައުންޓަރުގައި ތިބޭ ލަންކާ މީހުންނަކީ ގަވާއިދު ހިނގާބައެއް ނޫން.
5 އަހަރުގެ ދައުރު ހަމަވާން ކައިރިވެއްޖެކަން އެގިއްޖެ. ބިދޭސީން ފިހާރައިގެ ކައުންޓަރުގައި ނުތިބެވޭނެކަމަށް މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކަތައް ހަދާންއެބަހުރިތޯ. އެކަމެއްނުވި ދެއްތޮ؟ ބިދޭސީންގެ އެކައުންޓުތަކަަށް ލިމިޓެއް ނެތި ފައިސާ ޓްރާންސްފަރ ކުރިއަސް ބީ.އެމް.އެލް އިން ސުވާލެއްވެސް ނުކުރެ. އެކަމަކު ދިވެއްސެއްގެ އެކައުންޓަށް ޖަމާކޮށްފިނަމަ އެތައް ސުވާލެއް ކުރެ. ކޮރަޕްޝަން އިންތިހާ އަށް. ޒީރޯ ޓޮލަރަންސް އޮތީ ނިދާފަ.
ވޯކްޕާރމިޓް ޙަރާމް ޤައުމެއްގައި ކިހިނެއް ތިކަންކުރާނީ
އަދިވެސް މިދުވަނީ ދިވެހީން ފަހަތުންނެވެ. ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ އަދި ބޮޑު އަގުގަ އެންމެން ކުރިމަތީ ޑޮލަރު ގަނެ ވިއްކާ ބިދޭސީން ޑިޕޯޓް ކުރާ ވާހަކަ އެއް ނުދައްކަ އެވެ. ޑިޕޯޓް އެއް ނުކުރެ އެވެ.
ތީ ކޮންމެވެސް ބަޔަކަށް ދައްކަން މީޑިއާގަ ތިލަކޮށްފަ އިން ވާހަކައެއް. ކޮންމެ ސަރުކާރެއް އޮތަސް ތިޔަކަހަލަ ސްޓޯރީ އަންނާނެ. ވާނެ އަދި ކުރެވޭނެ އެއްކަމެެއްވެސް ނޯންނާނެ. ފަހަރެއްގަ ނިކަމެތި ރައްޔިތަކު ތިޔަކަހަލަ ކަމެއްކުރަންޏާ ބޮޑުއަދަދުން ޖޫރިމަނާކޮށްފާނެ. ޢެކަމު ސަރުކާރާއި ކޮންމެވެސް ގޮތަކުން ގުޅުމެއްއޮންނަ ނޫނީ ކޮންމެވެސް ހައިސިއްޔަތަކުން ބާރުގަދަ މީހުންނަށް ތިހުކުމެއް ނުހިނގާނެކަން އެއީ ޔަގީންކަމެއް. މިހާރުވެސް ގިނަމާރުކޭޓު ގޮޅިތައް ހިންގަނީ ބޭރުމީހުން. ޢެއްޗެއް ގަތިއްުޔާމު ޓުރާންސްފަރ ކުރަންޖެހެނީ އެއިންމީހެއްގެ އެކައުންޓަކަށް. މީ ހަގީގަތް. ހާބަރ ކަޑަތައްވެސް ގިނައީ ބޭރުމީހުން ޝެއަރ ވާގޮތަށް ހިންގާ ތަންތަން. އަނެއްކޮޅުން ގަރާޖުވެސް އެބަހުރި މި މާލޭގަވެސް މިދެންނެވި ގޮތަށް ބޭރުމީހުން ހިންގާތަންތަން. އެންމެ ކަންބޮޑުވާކަމަކީ މިމީހުން ވިޔަފާރިކުރަން ތަންތަންހޯދާގޮތެއްވެސް ނޭނގުން. ޢަހަރުމެން އުަޅެއުޅެވެސް ރަނގަޅު އަގެއްގަ ތަންކޮޅެއްވެސް ނުލިބޭ.
ގަވާއިދުހަދައިގެން ޖުރިމާނާ ނުކުރެވޭނެ.އަދަބު ކަނޑައެޅޭނީ ގާނޫނަކުން.ގާނޫނެއްގަ އޮންނަގޮތަށް
ތިކަން ކުރުމުގެ ހެޔޮނިޔަތެއް އޮތްނަމަ ބިންމާގޭ މަގުގަ ހުރި %99 ވިޔަފާރި ވަގުތުން ވަގުތައް ބަންދުކުރޭ. ހީޔެއްނުވޭ ވާނެހެނެއް.
ނިކަން ކެރެންޔާ ބިންމާގޭ މަގުގަހުރި ފިހާރަތައް ބަންދުކޮއްބަލަ ވަގުތުން ވަގުތައް.
ތިނަދޫގައި ސުމަނާ ހިމެނޭ ... މީނާ ހިފާ ހައްޔަރުކުރަން ފެނޭ ... އަދި ކޮންސްޓުރަކްޝަންގައި ނަޒީރު ހިމެނޭ