ރޭ ދަންވަރުގެ ވަގުތެއްގައި ޏ. ފުވައްމުލައް ސިޓީގައި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

އެ ސިޓީގެ މަގެއްގެ މަތީގައި ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމު ވެފައެވެ. އެ ފޮޓޯތަކުން ފެންނަނީ ސައިކަލުގައި ވަރަށް ބޮޑަށް ރޯވެފައި ހުރި މަންޒަރެވެ. އަދި ކައިރީގައި ހުރި ކުނިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއްގައިވެސް ރޯވެފައިވާ މަންޒަރު ފެނިގެން ދެއެވެ.

އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ސިޓީގައި ސައިކަލެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ރޭ ދަންވަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.