އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާނަކީ ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ހުސްތޮށިގަނޑެއްް ކަމުގައި ޕީއެންސީގެ ނައިބު ރައީީސް އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާނު ކުރެއްވި ޓްވީޓަކަށް ރީ ޓްވީޓް ކުރައްވަމުން ޝުޖާއު ވިދާޅުވީ އިމްރާނަކީ އެއްވެސް ތާއީދެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އިމްރާނާއި ނުލައިވެސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ދިވެހި ރައްޔިތުންނަށް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ އިމްރާނަށް ފާޑު ވިދާޅުވެފައެވެ.
މާބޮޑަށް ހާސްވެގެން ނޫޅުއްވާ @ShimranAb.
”އިބޫ ނޫން ގޮތެއް“ ދިވެހި ރައްޔިތުންނަށް މިބޭފުޅުން ހޯއްދަވައި ދެއްވާނެ.އެއީ ތިބޭފުޅާ އާއި ނުލާ.ތިއީ ތާއީދެއް ނެތް،ގްރާސްރޫޓެއް ނެތް ހުސް ތޮށިގަނޑެއް. https://t.co/T5xDKB4SvG— Ibrahim Shujau (@IbrahimShujaau) May 23, 2023
ޗާގޯސް މައްސަލައިގައި އެކުގައި މަސައްކަތް ކުރާ "ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަން"ގައި އުޅުއްވާ ފަރާތްތަކުގެ ފޮޓޯއެއް ހިއްސާ ކުރައްވައި، އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ އިދިކޮޅު ކޯލިޝަން ގުޅިގެން އުފައްދާ ވެރިކަމެއްގައި، ވެރިކަން ކުރާނެ ބޭފުޅަކީ ކޮބައިކަން ވިދާޅުވެ ދެއްވާން އެނގިވަޑައިގަންނަވާ ބޭފުޅަކު ހުރިތޯއެވެ.
އިމްރާންގެ މިސުވާލަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ ރައީސް އިބޫ ސޯލިހު ނޫން އެހެން ވެރިޔަކު ހޯދާފައި ދައްކާނެ ކަމަށެވެ. އަދި އިމްރާނަކީ އެއްވެސް ތާއީދެއް އޮތް ބޭފުޅެއް ނޫން ކަމަށާއި އެބޭފުޅާ ނުލާވެސް އިބޫ ނޫން އެހެން ވެރިޔަކު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އިމްރާންގެ އަދާލަތު ޕާޓީ އަށް މިވޭތުވެދިޔަ ހަތަރު އަހަރާ ބައިގެ ތެރޭގައި އެއްވެސް ބައި-އިލެކްޝަނެއްގައި ވާދަކޮށްލަން ނުކެރުނު ކަމަށާއި ތާއީދެއް ނެތް މީހުންގެ ބަސް އެހުމަކީ ވެސް ރައްޔިތުންގެ މަލާމަތް ރައްދުވާނެ ކަމެއް ކަމަށެވެ. އިމްރާނަކީ ރައްޔިތުންގެ ކުރިމަތީ ބޮޑު ދޮގު ހަދާ، ގައުމުގެ ރައީސް ކަން ކުރައްވާފައިވާ ވެރިއެއްގެ އަބުރު ކަތިލާފައިވާ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު އަހަރެވެ.ތިމާ މީހާއަކީ ހުސް ތޮށި ގަނޑެކެވެ.ތާއީދެއްނެތް މީހެކެވެ.ތިމާމީހާގެ ޕާޓީ އަށް މިވޭތުވެދިޔަ 4 އަހަރާ ބައިތެރޭ އެއްވެސް ބައި-އިލެކްޝަނެއްކައި ވާދަކޮށްލަން ނުކެރުނެވެ.އިބޫގެ ގަމާރު ކަމާއެވެ.ތާއީދެއްނެތް މީހުންގެ ބަސްއެހުމަކީވެސް ރައްޔިތުންގެ މަލާމަތް… https://t.co/NiDEFpiLO9
— Ibrahim Shujau (@IbrahimShujaau) May 22, 2023
ޗާގޯސް މައްސަލައިގައި އުފައްދާފައިވާ ކޯލިޝަންގައި ޕީޕީއެމް، އެމްއެންޕީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީ އަދި އަލަށް އުފައްދަން އުޅޭ "ދި ޑިމޮކްރެޓްސް" ވެސް ހިމެނެއެވެ.
ހޯމް މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށެވެ. އެއީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުއަށް ތައުރީފް ކުރައްވަމުން އިމްރާން ވިދާޅުވީ އެމަނިކުފާނަކީ ހިންގުންތެރި ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ ފަހަތަށް އަރާ ސިޔާސީ ޕާޓީތައް ވަނީ ރޭހުގެ އެންމެ ކުރީގައި ކަމަށެވެ.
އިމްރާން ވިދާޅުވީ އެހެން ޕާޓީތަކުން އަދި ރިޔާސީ ކެންޑިޑޭޓެއް ނެރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންދިޔަ ނަމަވެސް ރައީސް ސޯލިހު އާ ވާދަ ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީ ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ. ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ވަކި ގޮތެއް ނުނިންމައެވެ.
ދެން ސުޖާއު އަކީ ތިޔަ ބުނާ ތޮސިގަނޑު ކަހަލަ ބޮލިރަވައެކެވެ،
އިލްމީ ގޮތުންނާއި ޙިލްމީގޮތުން ތި ބޭފުޅަ އަށް ވުރެން 99% ދަރަޖަ މަތިވާނީ ޝ.ޢިމްރާން
ދޮގުހެދުމައި އޮޅުވަލުން، ޑަރޓީ ޕޮލިޓިކްސް އިން ފަހަރުގައި ތިބޭފުޅާ 1 ވަނަ ހާޞިލުކޮށްފާނެ..
ދެން ހުސްތޮއްޓަށްވާނީ ކާކުތޯ ނިންމާރީ ރައްޔަތުން..
އިލްމީގޮތުން އިބިލީހަކީވެސް މާމޮޅުމީހެތް އޭނައެއުޅެނީ އުޅެންވާގޮތަށްތަ ފަހުޒަމާނަކަށްއައިސް ތިކަހަލަ ޝޭހުން ފާޅުވާނެ
އިމްރާންމެން އެއީ ތާކިހާ ވިއްކާ ބަޔަކޯ ކިޔާ.
މަޤާމާއި މުސާރަ ދިފާޢުކުރުމަށް މުނާފިގުކަލޭގެ ކޮންމެފަދަކަމެއްވެސް ކޮށްފާނެކަން ، އަފްޜާޝީމު ގެ މަރާގުޅުވައިގެން ހެދި ދޮގުތަކުން ވަރަށް ސާފް!