ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވަން ހުށަހެޅުއްވި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން(އީސީ)ން ދީފިއެވެ.

މިއަދު ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށްތިއްބެވި ބޭފުޅުންނާއިއެކު އީސީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް ނިންމީ މިއަދު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ކޮމިޝަންގެ އިއްތިފާގުން ކަމަށެވެ.

ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަދޭއިރު އެ ހުއްދައާއި އެކު ފޯމުތައް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެ މުއްދަތުގައި މަދުވެގެން 3000 މީހުން ހަމަކުރުމަށް ފަހުގައި އީސީއަށް ފޯމު ހުށަހެޅުމަށް ޑިމޮކްރެޓްސްގެ އިސް މެމްބަރުންނަށް ހަބީބް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ސިޔާސީ ޕާޓީއެއް އުފެއްދުމުގައާއި މެމްބަރުން އިތުރުކުރަމަށްޓަކަ އިއީސީއަށް ފޯމުތައް އަންނައިރު ވަރަށް ގިނައިން ސައްހަ ނޫން ފޯމުތައް ހުންނަކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ ޑިމޮކްރެޓްސްއިން ފޯމުތައް ހުށަހަޅާއިރުގައި އީސީއިން އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން ފޯނުތައް ހުށަހެޅުމަށް ސަމާލުކަން ދެއްވުމަށެވެ.

ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަފާކަލޭގެ2

    ތީ ހަމަ އެމްޑީޕީ
    މަދުވަނީ 2 ކޮޅުގައި އޮންނަ 2 ބަސް

    • ފޭކްބެ

      ދަ ޑިމޮކްރެޓްސް (ދަ+ޑި) = ދަޑި = (ޒައިދު އެބުނާ ވައްތަރު) އެހެން ވީމަ މިނަން ވަރަށް ކަޑަ. ވަރަށް ފޫހި، ވަރަށް ފަކުރު.

  2. ބަރޯ

    ދި މޮކް ރެޓްސް، ޔައުނީ ( މަލާމަތް މީދާތައް ) އުފެއްދުމަށް ހުއްދަ ދިނަސް އަހުރެންނަކު ތިޔަކަމާއި ހައިރާނެއް ނުވެތެވެ. އެއުރެންނާއި އެއުރެންނަށް ތާއިދުކުރާ ބަޔަކު، އެއުރެންނެ ތެރެއިން ވެއްޖެފަދައެވެ.

  3. ސުހާން

    ދި ރޯނުއެދުރުސް. ދި ވަގު އެމްޑީޕީސް.

  4. ސީމް

    ޑިމޮކުރަސީއާއިގެން ތަރައްގީވި އޭޝިޔާ ގައުމެއް ނެތް. ސިންގަޕޫ ތަރައްގީވީ ސޯޝަލިސްޓު ހިންގުތެރިޔެއްގެ ދަށުގައި. މެލޭޝިޔާ ތަރައްގީވީ ޑިކްޓޭޓަރެއްގެ ދަށުގައި. ތައިލޭންޑު ތަރައްގީވީ ރަސްކަލެއްގެ ބާރުގެ ދަށުން. އިންޑިނޭޝިޔާ ތަރައްގީވީ ޑިކްޓޭޓަރެއްގެ ދަށުން. ރާއްޖެއަށް އެންމެ އެކަށީގެންވަނީ ސޯޝަލިސްޓު ސިސްޓަމެއް.

  5. ޝަސް

    ގައުމު ބައިބައޮކޮއް ކުދިކޮށް ފިތުނަވެރިކުރި ޑިމޮކުރަސީއެއް ބޭނުމެއްނޫން. ގޮސް އޮޅާލާ ޑިމޮކުރަސީ.