ގދ. ތިނަދޫ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެއްޖެއެވެ.

އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ ރޯވެފައި ވަނީ ތިނަދޫ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގެ ޕަމްޕުގައެވެ.

އޭނާ ބުނި ގޮތުގައި އަލިފާން ރޯވީ ޓޭންކަށް ތެޔޮ އެޅުމަށް ބޭނުންކުރި ހޮޅީގައެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އަލިފާން ފެތުރެމުންގޮސް ތެޔޮ ބޯޓުގައިވެސް އަލިފާން ހިފުމުން އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށްޓަކައި ބޯޓުން ޕަމްޕު ވަކިކޮށް ބޯޓު ޖެޓީއާއި ދުރު ކުރިއެވެ.

މިހާދިސާގައި އެސަރަހައްދުގައި ހަރަކާތްތެރިވި މީހަކަށް ވަނީ އަނިޔާ ލިބިފައެވެ.

އަނިޔާ ލިބުނު މީހާއަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެމީހާގެ ހާލު ސީރިޔަސް ނޫން ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އަލިފާން ނިންވުމުގައި އެމްއެންޑީއެފް ފަޔަރ ރެސްކިޔު ޓީމުން ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ.

މިކަމާ ގުޅިގެން މިހާތަނަށް އެމްއެންޑީއެފް އިން އަދި މައުލޫމާތު ދީފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ...