އެމްޑަބްލިއުއެސްސީގެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

އެ އެވޯޑް ހަވާލުކުރީ އެމްޑަބްލިއުއެސްސީގެ 28 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގ އެވެ.

ރޭގެ ހަފްލާގައި ކުންފުނިން ދޭ އެންމެ ހާއްސަ އެވޯޑް ޗެއާމަން އެވޯޑް ފޯ އެކްސަލަންސްވެސް ވަނީ އަރުވައިފަ އެވެ. މިއީ ކުންފުނީގެ ތަރައްގީއަށާއި ކުރިއެރުމަށް ފާހަގަކުރެވޭ އަގުހުރި އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން ކުންފުނީގެ ތަސައްވަރު ކުރިއެރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑް އެކެވެ.

ރޭގެ ރަސްމިއްޔާތުަގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި ވެސް ގިނަ ގޮންޖެހުންތަކާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހާސިކޮށް ފޮނި ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ.

އެގޮތުން ކުންފުނީގެ ހުރިހާ އޮޕަރޭޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް ހިދުމަތް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ވަކިން ހާެއްސަ ގޮތެއްގައި ރާއްޖޭގެ 32 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ބައެއް ރަށްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަ ކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

އެމްޑަބްލިއުއެސްސއީ ވުޖޫދަށް އަދީ 1995 ވަނަ އަހަރު، މާލޭގެ އިތުރުވަމުން ދިޔަ އާބާދީއަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްތެނިވި ގޮތެއްގައި ދެވޭނެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

އެހެން ނަމަވެސް ކުންފުންޏަށް 28 އަހަރު ފުރިގެން ދިޔައިރު އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ އިތުރުން އިންޖިނިއަރިން އަދ މެނުފެކްޗަރިންގެ ވެސް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

އެގޮތުން ގްރޭޓާ މާލޭ ރީޖަންގެ އިތުރުން ކ. މާފުށި، ހދ. ކުޅުދުއްފުށި، ރ. ދުވާފަރުގައި ދަނީ ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން ނެވެ. އޭގެ އިތުރުން ދުވާފަރުގައި ދަނީ ކަރަންޓާއި ކުނި މެނޭޖުވެސް ކުރަމުން ނެވެ.