ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި އެއްކޮށްލި ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އާބަންކޯއިން އެންގި އެންގުން ހުއްޓުވަން ކޯޓު އަމުރަކަށް އެދިއްޖެއެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓެއް އާރބަންކޯއަށް ލިބުނީ މި މަހުގެ ކުރީ ކޮޅުގައެވެ.

މިއާއެކު އެ ދެ ފްލެޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އާބަންކޯއިން ވަނީ އަންގާފައެވެ.

ނަމަވެސް ޖޫރިމަނާ ފައިސާ އާއި އެތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތުގައި އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ. އެހެންވެ އާބަންކޯއިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ އެއްބަސްވުން ބާތިލްކޮށް އެ ދެ ފްލެޓް ހުސްކުރުމަށް އަންގައިފައެވެ.

އެހެން ނަމަވެސް އެ ދެ ފްލެޓުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެ ދެ އެޕާޓްމަންޓް ހުސްކުރަން އެންގި އެންގުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދިފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓުން ބަލައިވެސްގެންފައެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެން ވުމުގެ ސަބަބުން ފިނިޝިންގ މަސައްކަތް ނިންމަން ޖެހުނީ ފްލެޓްވެރިން އަމިއްލައަށް ޙަރަދުކޮށްގެންނެވެ. މިއާއެކު ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ގިނަ ފްލެޓްވެރިން އެދުނު ނަމަވެސް އޭރު ސަރުކާރުން ބުނީ އޭގެ ސަބަބުން ސަރުކާރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

ނަމަވެސް ދާދި ފަހުން ފްލެޓަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، ފްލެޓް ކުލި 5300ރ. އަށް ކުޑަ ކުރުމަށް ސަރުކާރާއި އާބަންކޯ އަދި ޕްލޭނިން މިނިސްޓްރީ ދެމެދު ކުރެވުނު މަޝްވަރާތަކުން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިތްހަލާކު

    ތި އަމުރު ކޯޓުން ނެރެފިއްޔާ ތިހެން ތަޅާލާނެ ކިތަންމެ ތަނެއް ތި ތަނުގައިވާނެ. އޭރުން ގަވާއިދުން އުޅެމުން އަންނަ އެތައް ބަޔަކަށް ބޮޑެތި ގެއްލުމާ ކުރިމަތިވާނެ. މިހާރުވެސް ތަޅައިފޮޅައި ތޮރުފައި ހެދުމުގެ ސަބަބުން ބައެއް އިމާރާތްތައް ކަނޑައިގެން ދިއުމާއި ފެން ލީކުވުން ފަދަ އެތައް ކަމެއް އެބަހިނގާ. ނިކަމެތިން ހަމައިގައި ތިބި މީހުންނަށް މިގައުމުގައި މިހާރު އެއްވެސް ރައްކާތެރިކަމެއް ހައްގެއް ނެތް. ހައްގު މިއޮންނަނީ ގަވާއިދާ ޚިލާފަށް ކަންކުރާ މީހުންގެ. ހަމަ ފައްކާ ސަދޫމުގެ ކަންކަން ހިނގާ މަގަށް މިގައުމުގެ ކަންކަން ބައްޓަންވެއްޖެ.

  2. ސްމީރު

    ކޮބާ އޭރުވެސް އެނގެއެއްނުން މިހެންކަން މިކަން ހިނގާނީ. އެއްބަސްވުމާ ޚިލާފުވީމަވެސް އަދި އެބަޖެހޭ ކޯޓަށް ދާން. ދެން ކޯޓުންބުނާނެ މައްސަލަ ނިމެންދެން ހުސްނުކުރެވޭނެއޭ. އެކަމަކު އެއޮތީ އެންމެންނަށް ދޫކުރި އެެބަސްވުން. އެއްވެސް ބަަޔަކަށް ދެ އެޕާޓްމަންޓު އެއްކުރުމުގެ ހުއްދައެއް ނުދޭ. ދެން އެކަމަކު ކޯޓުންއެކަން ބަލަން ނަގާނެ އެއް އަހަރު. އެހެން ގޮސް އާޚިރުގަ އެތަން ނުނެގޭގޮތަށް ނިމިގެންދާނީ. ރާއްޖެއަކީ އެއްވެސް ގަވާއިދެއް ގާނޫނެއް އެއްބަސްވުމެއް ތަންފީޒް ކުރެވޭގައުމެއްނޫން.

  3. ޑޮލަރު

    ކުށްކުރާ މީހާ ހައްގު މާމަތި ޒަމާނެއް.

    42
    • އެސޮރު

      ކުއްކުރާ މީހުންގެތެރޭންވެސް ފައިސާވެރިން ، ގަދަރުވެރިން ، ދެރަ ނިކަމެތި މީހާ އައް ހަދަނީ ހަދާނެ ގޮތެއް ،

  4. އަހަމަދު

    ދެން ތިހެން އޮވެފައި ރައްޔިތުން ހަނދާން ނެތޭހާ ދުވަސްކޮށްލާފައި ތިކަންނިމޭނެ ގޮތެއް ދެނެހުރި އެކަކުވެސް ނުހުންނާނެ..

    38
  5. ފޭކް ޓެކްސީ

    ކުއްވެރިންނާއި މުޖުރިމުންގެ ހައްގު މާގިނަ. ތިކަމުގެ ސަބަބުން ގެއްލުން ލިބޭ ބައެއްގެ ހައްގެއް ނެތް. މިއިވާ ގައުމެއް. ބަނާނާ ރިޕަބްލިކެއްގެ ސިފަ މުޅިންވެސް ފެންނަނީ.

  6. ހައްވަ

    ފުލެޓުލިބޭމީހާއާއި އާބަންކޯއާއި ވެފައިވާ އެއްބަސްވެފާވާނެ އިމާރާތަށް އިތުރުބަދަލެއްގެންނަމަ ހުއްދަހޯދަންޖެހޭނެކަމަށް ތިޔަތަން ޖެހޭނީތުލަން

  7. އެސޮރު

    ވަރައް ޔަގީންކަމާއެކު މިބުނަނީ ، ފްލެޓްގެ ވެރިންނަކީ ފައިސާވެރިންނައް ވެފަ ، ތިޔަ މީހުންގެ މާލޭގައި ގެދޮރު ހުންނާނެ ، ތިކަން ނިމޭނީ އެވެރިންނައް މާފެއްދީފަ ނޫނީ އިތުރު ޖޫރިމަނާއެއް ދެއްކުމުން ތިޔަކަން ނިމޭނެ.
    ޢެކަމަކު ދެރަ ނިކަމެތި މީހެއްވިއްޔާ ފުލުހުން ގެނެސްގެންވެސް އާއިލާ ނެރެލާނެ. ބަލަންތިބޭ ވާގޮތް.
    މީ މިހާރު މިގައުމުގެ ހާލަތު.

  8. ޣަރު

    ކޯޓުގެ ނިންމުމަށް ބަލަން ލައްކައެއްހާ މީހުން އެބަތިބި…

  9. ހައިރާން

    މިމައްސަލަ ދައުވާ ހުށަހެޅި ފަރާތަށް ކާމިޔާބު ވެއްޖެ ނަމަ ހިޔާ ފްލެޓްގައި ތިބެން ވިސްނާނެ ކަމެއް ނެތް. މުޅި ތަނުގެ ދުވަސް ބައެއް މީހުން ދުއްވާލާނެ. ނުތަޅާ ތަނެއް ނުތޮރުފާ ތަނެއް ނުބަހައްޓާނެ.

  10. ޓެކްނީޝިއަން

    ހައްލަކީ އިހު ހުރި ގޮތަށް މެދު ފާރު ރޭނުން. ދެ ފެމިލީ އެޕާޓްމަންޓް އިން ނެރިގެން ނުވާނެ. ހަމައެއާއެކު އާބަންކޯ އިން ކުރަންވި ކަމަކީ ހުރިހާ އެޕާޓްމަންޓްތަށް ވަކިވަކިން ޗެކްކުރަންވީ އޮރިޖިނަލް ކުރެހުމަށް ގެނެސްފައިވާ ބަދަލު ބަލަން. އާބަންކޯ ގައި ސްޓާފުން ނެތިއްޔާ، ކުރިއަށް އޮތީ ސްކޫލްތަކުގެ ޗުއްޓީކަމަށްވާތީ ކެޑެޓްކޯ އައި ސްކައުޓުންނަށް ބްރީފިންގ ދީފަ މިމަސައްކަތް ޙަވާލުކޮށްލާ. އޭރުން ހިލޭ ސާބަހަށް (ކެއުމާއި ސައި ޓްރާސްޕޯޓް) ދިނީމަ ނިމުނީ.

  11. Anonymous

    މަށަށް ފެންނަނީ ތިތަން މަށަށް ވިއްކަން!!! އޭރުން ހަމައަށް ދެބައި ބަހާލާނީ!!