ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަނީ ވަކިކޮށްފައެވެ. އޭނާ ވަކިކޮށްފައި ވަނީ ނަޝީދު އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ދި ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް މިއަދު ސަރުކާރުން ވަކި ކުރެއްވި މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

"ރައީސް ސޯލިހް ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ވަކި ކުރަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެބޭފުޅުން ވަކި ކުރައްވަން ފެއްޓެވީ ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ހަރަކާތް ފުޅާ ކުރައްވައި އެންމެ ފަހުން "ދަ ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ފެށި ފަހުންނެވެ.

އެންމެ ފުރަތަމަ ވަކިކޮށްފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާނާއި އަނބިކަނބަލުން އަދި ހޯމް މިނިސްޓްރީގެ އާޝިޔަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު ފަދަ ބޭފުޅުން ވަނީ ވަކިކޮށްފައެވެ.

މުޖުތަބާގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.

ސުމިތާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ ސުމިތުގެ ގަދަ ހިތްވަރާއި މަޖާ މިޒާޖުއަކީ އެމްޑިޕީގެ އެންމެ ބޮޑު އެއް ރަމްޒު ކަމަށެވެ. ސުމިތަކީ ވެސް އެހެން ޒުވާނުން ފަދައިން އަނިޔާވެރިކަމާ ދެކޮޅަށް ނުކުމެ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ގަދަ ޒުވާނެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސުމިތުގެ ހިތްވަރު ދެން އަދި މާ ގަދަވާނެ ކަން ޔަގީން،" ނަޝީދު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކުރުމުން ދޭހަވަނީ ރައީސް ސޯލިހްގެ ފިނޑި ކަމެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ފަރާތްތަކަށް ސަރުކާރުގައި ހިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަނީ

    ލަދު ހަޔާތް ބަރިއްޔަ ކޮއްލާ ކަމެއް ވެރިކަމަކީ

    9
    1
  2. ހަސަނު

    ކޮންމަމަކާތޯ؟؟ ރޮޒަިނާމެން ލަފުގަތިއްޔާ މާތާހިރެއްނޫންތައަޅެ؟؟

    8
    2
  3. ޠުުތު

    ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް މީހަކީ ސުމިތް!!’

    4
    5
  4. ވިކިލީކްސް

    އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ވާހަކަ ނުދައްކަނީ ކީއްވެ؟
    ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯދަން ބުނީ ކީއްވެ؟
    ލަދެއް ނުގަންނާނެ ދޯ ލަދެއް ނެތިއްޔާ... އެއަށްވުރެ މުނާފިގީ ދޯ ތިމާމީހާ

    17
    2
  5. Anonymous

    ނަޝީދު އާއި ތިއުފައްދާ ޕާޓީ އަކީ ބޮޑު ފިތުނައެއް، ތިޔައީ ސިޔާސީ މީހުން ހިންގާ ސިޔާސީ ހަރަކާތެއްވެސް ނުން !

    15
    1
  6. އަލްޖިބްރާ

    އަންނި އަށް ވޯޓް ނުލިބުނީމާ ތިޔަ ކުޅޭ ކުޅިގަޑު ކުޅެން ލަދުނުގަންނަނީ ، އަންނިއަށް ކޮން ކަމެއް މަދުވެގެންތަ ؟

    11
    1
  7. އއ

    ލަދު ނެތީމަ އިސްލާހު ތިލަފުޒު ދުލައް ގެންނަންކެރެނީވެސް.... ތިމާއަށް މަހަކު 500000 ރޭހަތަރުދަމު ހޭލާހުންނަ ސިކިއުރިޓީ އައް 5000 ގައުމެއް ބަނގުރޫޓު ކޮއް އަޅުވެތި ކޮއް އެތާގެ އަސްލު ވަޒަންވެރިން ނަކީ ކޮބައިކަން ހިސްޓޯރިއަނުން ނައް ނޫނީ ނޭގޭކަހަލަ ޕްލޭނެއް ހުރިހާ ސިޔާސީ މީހުންވެސް ގެންގުޅެނީ....

    11
    1
    • ބޮސް

      މަޖިލީހުގަ މިވަގުތު އޮތް ސަރުކާރުގެ މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގަހިފާ އަންނިއަށް ދެމުންއަންނަ ނުހައްގު މުސާރައާއި އިނާޔަތްތައް ދިވެހިރައްޔަތުންގެ ހައްގުގަ ހަމަމަގަށްއަޅުވާ ދަށްކުރެވެންހުރި ވަރަކަށް (ދިވެހި ދައުލަތުގެ ވެރިޔާގެ މުސާރައާއި އިނާޔަތަށްވުރެ) ދަށްކުރުމަށް ގައުމަށްހެޔޮއެދޭ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ގޮވާލަން.

  8. Anonymous

    ކީއްވެތޯ ރައީސް ސޯލިހު ލަދުން އުޅެންވީ ! ސޯލިހުގެ އެއްބަޑު އެއްބަފާ ޤުރުއާން ހާފިޒުކޮށްގެން ތިބި ތިންބޭފުޅުން އިމާމު ކަމުގެ ޑިގްރީ ހާސިލް ކޮށްގެން އެތިބީ' ބަލަ ނަޝީދު އަދިވެސް މައިތިރިވެ ބަލަ !

    13
    2
  9. ޢިޔާބު

    ޗީޗީޗީޗީ... އެމްޑީޕީގަ( އަންނި ޕާޓީވެސް ތީ އެމްޑީޕީ)ނުހުންނާނެ ލަދުޙަޔާތް ހުރި އެކަކުވެސް.

    10
    1
  10. ސަރު ކާރު

    ލަދު ފުޅު ގަތުން އެ މަނިކުފާނުވަނީ ވަގުތީ ގޮތުން މަޑުޖައްސާލައިފައި

    10
  11. ލަވް

    މި ނަސީދު އުޅޭނީ އަބަދުވެސް މިކަހަލަ ކުދިން ބޮލަށް އެރިގެން ހަންގާމާ ހެދުމުގައެވެ. އެކުދިން ކިކުގަ ތިބޭތީ ނޭގެނީ އެވެ.

  12. ޢުނގޫފާރޭ

    ލަދުގަނެބަ ނަސީދު އިބޫގެ ހުރިހާ ކޮއްކޮއިން ތިބީ ގުރުއާން ހިތުދަސްކުރުމުގަ ކަލޯގޯތި ކުދިންކޮޅު އުޅުނީ ކޮންކަމެއްގަ ލަނދު ގަނެބަލަ

  13. ބަރޯ

    އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ވާހަކަ ނުދައްކަނީ ކީއްވެ؟
    ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯދަން ބުނީ ކީއްވެ؟
    ލަދެއް ނުގަންނާނެ ދޯ ލަދެއް ނެތިއްޔާ... އެއަށްވުރެ މުނާފިގީ ދޯ ތިމާމީހާ މިބޭފުޅާގެ ލަދުހަޔާތްނެތަކަން މިފެންނަނީ

    • ލޮލް

      ކެނެރީގޭ ސޮރަށް ނޭނގޭނެ “ލަދެއްހަޔާތެއް” މިލަފުޒުގެ މާނަވެސް.

  14. އަބްދޫ

    ސާލިހް ގައުމު ބަގުރޫޓް ނުކޮށް އެބަގެންދޭ ނަސީދު 3 އަހަރުތެރޭ ގައުމު ބަގުރޫޓްވަނީ އޭ
    އައި އެމް އެފް އިން ބުނީމަ ދިނީ އިސްތިއުފާ.ދެންވެސް ގައުމަށް ދިނީ ގެއްލުން.ވެރކަމާ ދަންޖެހޭ އިރު މާޒީއަށް ވިސްނަބަލަ ތިމާއަށް ވަޑާންގެއެއް ކުންފުންޏެއް ހިންގަން ނޭގުނު ގައުމު ދަރަނީގެ ހާއްޔަކަށް ބަދލުކުރި 26 ބިލިއަނަށް ދަރަނި އެރުވި. ފިނޭންސަށް 2.5 ބިލިއަން ޖަމާކުރި ސިވިލްސާވިސް މުސާރަ 800 މިލިއަން ނުދީ ހިފެހެއްޓި ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއަން އަތޮޅުތަކާ ރަށްރަށުގެ ރައްޔިތުންގެ އެކައުންޓްތަކުގާހުރި 20 ބިލިއަން ހަރުމުދާ ވިއްކާލި .މިހާވަރުން ތިމާއަށް ކަމެއްކުރަން ނނޭގޭކަން ނުވިސްނެނީ މާލީ އެހެން މަންފާއެއް ލިބޭތީ ބާ؟ މޮރިސަސްގަޔާއި އިގިރޭސިވިލާތުގަ ހުރި ބޭންކް އެކައުންޓް ތަކުގެ ސްޓޭޓް މަންޓެއް ފެނުނީމަ އެގޭނީ ވެރިކަމާހެދި މިވަރަށް ދަންޖެހިގެން މިއުޅެނީ ކީއްވެކަން ؟

    4
    1
  15. އެޑިޓް

    ނަސީދު ގެ ލަދު ހަޔާތް ނެތްކަން ދުވާލު މެންދުރު މަޖީދީ މަގަށް ނުކުތަސް ފެންނާނެ..

  16. އާދަނު

    ބަލަ ޞާލީހްގެ އަޚުން ކިޔެވިޔަސް ޞާލިޙް ހުރީ ރޯހައްޓާއޭ! އެކަމާވެސް އެނަ ލަދުގަންނަންވާނެނު؟