އައްޑޫ ސިޓީ މަރަދޫފޭދޫގައި ކޮއްކޮ ބޭބެ ގަޔަށް ވަޅި ހަރައި ރޭ ދިން ހަމަލާގައި ޒަހަމްވި ބޭބެއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އެކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުން ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ކޮއްކޮ ބޭބެ ގަޔަށް ވަޅި ހަރާފައި ވަނީ ދިރިއުޅޭ ގޭގެ ދުވާރުމަތީގައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ ކޮއްކޮ، ބޭބެގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާއިރު، މެއަށްވެސް ވަޅި ހަރާފައި ވެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ބޭބެ ގަޔަށް ކޮއްކޮ ވަޅި ހަރާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެއިރު ކޮއްކޮ ހުރީ ވެސް މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަދި މިހާތަނަށް މިމައްސަލައިގައި ކޮއްކޮ ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

އައްޑޫ ސިޓީ ފޭދޫގައި މިދިޔަ އަހަރުގެ ޖޫން މަހު ވެސް ތޫނު އެއްޗެހިން ހަމަލާދީ 21 އަހަރުގެ ޒުވާނަކު މަރާލިއެވެ. އެއީ ގްރޫޕަކުން ރާވައިގެން ދިން ހަމަލާއެކެވެ. އެމައްސަލައިގައި ކުޑަކުދިން ވެސް ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    މަރަށް މަރުގެ އަދަބުދޭންޖެހޭ ހިސާބަށް އަދިވެސް ނުދަނީތޯ؟

    75
    • ލަކްނައު

      މަރަށް މަރުގެ އަދަބު ދޭން ޖެހެނީ އަހަރަކު ވަކި އަދަދަކަށް މީހުން މެރުމުންނެއް ނޫން. ﷲގެ އަމުރުފުޅު ތަންފީޒުކުރާނީ ،އެކަމަށް އަމުރު ވެވިގެން ވާތީ.

      21
  2. ބުރުގާ

    ދެން އަމްދަކުން ހައިރާނެއްނުވޭ. މުޅި ގައުމުގަ ޑުރަގު ސޭލް އަޅުވާފަ، ޑުރަގު ބޯ، އެވިއްކާ މުޖުރިމުންވެސް ޖަލުތަކުންނެރި މިނިވަން ކުރަނީ. ދެން އޭގެ ފޮނިމީރު ނަތީޖާ ތިޔަހަރަ ފެންނަނީ......

    67
  3. އަހުމަދު

    މީ ވާ ސަރުކާރެއް ސައްތަ ސައްތަ އިސްލާމީ ގައުމެއްގައި މިހިންގަނީ ދޯ ވެރިމީހާ ބުނާނެ ތިމަންނަވެސް މި ކުރަނީ ރައީސްކަމެކޭ

    49
  4. ރަން ރީނދޫ

    ރައީސް ޗޯރު އިބްރާހިމަށް މަރުހަބާ. ގައުމުން ބިރުވެރިކަން ފިލާނީ މިހާވަރަށް.

    51
    3
  5. ޢަޒްރާ

    ސޯލިހުބެ ބުނީ ގައުމު ހަމަޖެހި ހަމަޖެހުން ވަށައިލައިފިޔޯ ތިމަންނަގެ މޮޅުކަމުން

    53
  6. ޖަންގް

    ތިހުރިހާކަމެތްގެ ފެށުމަކީ މަސްތުވާތަކެތި ތިކަން ހުއްޓުވޭކަށްނެތް ސަރުކާރުތެރޭގަވެސް އެބައުޅޭ މަޖިލިސްތެރޭގަވެސް އެބައުޅޭ އެހެންވީމަ ތިނުހުއްޓުވިގެންތިއުޅެނީ ރަގަނޅު ވެރިއެތް ގެނާދުވަހަކުން ނޫނީ މިގައުމު ރަގަނޅުވާކަށްނެތް އަދި މީގެ10 އަހަރުފަހުން މެކްސިކޯއަށް މިގައުމުވާނެ ވަރަށްސަލާމް

    34
  7. ނުރަބޯ

    ހާދަ ދެރައޭ. މި ގައުމު މިދަނީ މިނިކާރާއްޖެއަށް ބަދަލުވަމުން.

    36
    1
    • ގޯޔާ

      އަންނިގެ ބަހުރުވައިން ބުނާނަން އަނެއް ދިވެހިރާއްޖެ

  8. އަޙުމަދު

    މިފަދަ ޢަމަލުތަކަކީ އާދައިގެ ކަންކަން ކަމުގައި ހަދައި މުއައްސަސާތައް ގަދަ ނިދީގައި... މަސްތުގެ ހާލަތުގައޭ ބުނީމަ ވަކީލުންގެ ފަޔަށް ހިނިއަރާ...

    33
    1
  9. حسين سامى

    ޝަރީއަތުގައި އައިސްފައިވާ ހައްދުތައް އަދިވެސް ތަންފީޒް ކުރާކަށް ނުވޭބާ!

    42
  10. ސެންޑޭ

    ޑްރަގް ގެ ވަބާ އަކީ އެންމެ ނުވައި ހުރިހާ ކަމެއްގެ މަންމަ. ރާއްޖޭގަ ޑްރަގް މިއޮތީ ހައްދުން ނައްޓާފަ. ބައެއް މީހުންގެ މުސާރަ ލިބޭތާ ދެތިން ދުވަހުން ހުސްކޮއްލަނީ ޑްރަގަށް، އަނެއްބަޔަކު ޑްރަގް ގަންނަނީ އެކިކުއްކޮއްގެން ހޯދާއި ފައިސާ އިންނާއި އާއިލާ މީހުންނަށް ޕްރެސަރކޮށްގެން ހޯދާ ފައިސާއިން. ސަރުކާރުން ވެސް މިކަން ހައްލުކުރާކަށް އެދެވޭ ފިޔަވަޅެއް ނާޅާ.
    ވަރަށް ދެރަ. މައްޔިތާއަށް ފާފަފުއްސަވާ، އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން

    31
  11. އިބްރާ

    ރާއްޖެ ކުރިއަށް ވުރެ ވަރަށް ބޮޑަށް މިހާރު އަމާން ވެއްޖެ އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް

    19
    5
  12. ފާތުން

    ޢައްޑޫ މީހުން ވެސް ހާދަނުލަފައޭ ދޯ.

    17
    3
  13. މުލޭ

    އެންމެން މަރާ ހުސްކުރުމުގެ ކުރިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންފަށަން ނުވޭބާ!.

    37
    1
  14. ރަދީފްއޮފިޝިއަލް / ސ.ހިތަދޫ މޫލެކެޑެ ބެދި ސަރަހައްދުން

    ރާއްޖޭގަ ހިނގާ ހުރިހާ ނުބައިކަމެއް ގުޅިފައިވަނީ މަސްތުވާތަކެއްޗާކަން ސްޓެޓިސްޓިކުން ހާމަވާނެ.މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންދީޒް ނުކުރަނީސް މި ގައުމުގެ މުސްތަގްބަލް ފެންނަނީ ވަރަށް އަނދިރިކޮށް.މިއީ ވިސްނާލަން ޖެހޭ ކަމެއް. ވ.ވެދުން

    35
  15. ފަރަންޖީ

    އެކަމަކުވެސް އެންމެ ބޮޑު ނުރައްކަލަކީ "ހައްދުފަހަނައެޅި" ދީނީ ފިކުރު އިނގޭ.

    19
    5
  16. ފަދްރާ ޔާޤުބް

    ރަލާ މަސްތުވާތަކެތީގެ ނުރައްކާ މިފެންނަނީ އެކި ސިފަސިފައިގައި. އަމިއްލައާއިލާ ވެސް ދުދުއްވާލާކަށް ޖެހިލުމެއް ނުވޭ! ކުރިން ބައި ގުރާމް 1 ގްރާމް ފެންނަނީ މިހާރު 50ކިލޯ، އެއް ޓަނު. ދޮރުތައް ހުޅުވިފައިވާ ކަމުގެ ހެކިމީ. ޑްރަގްއެއެންފޯސްމަންޓޭކިޔައިގެން ތިތިބެކުރާކަމެއް ހަރާމުން ހަތްހަރާން.!!

    28
  17. ކަލޯދަރި

    ތިޔަވީ ސަލާމަތުގެ މަގުގައި. ޤާތިލް ހުރީ މަސްތުގައި. ކީކޭ ބުނާނާނީ.
    ނިކަން އިސްލާމީ ޝަރީޢަތް ހިންގާބަލަ މިތަނުގައި

    25
  18. އަނިޔާ

    ކޮބާ މަރުވިމީހާގެ އިންސާފު.....އޭނަސަލާމަކުރަން ދެންއަވަހަފަށާ..

    16
    1
  19. އިއްބެ

    މާތްﷲގެ ކުޅަދުންވަންތަކަމާއި މަތިވެރިވަންތަކަމުގެ ބޮޑުކަމާއެވެ. މިއަދު ވެރިކަމުގައި މިތިބަ ޖައްބާރުން ރައީސް ޔާމީންގެ ވެރިކަމުގައި ޔާމީންގެ އިސްތަށިފުޅުގައި އެޅުވިހައި ތުހުމަތުތައް ވަރަށް ފައުޅުކަންބޮޑުގޮތެއްގައި މިދަނީ މި ޖައްބާރުންގެ ކަރަށް މެހެމުންނެވެ. ޑްރަގު 10 ގުނަވެއްޖެއެވެ. ވައްކަން 100 ގުނަވެއްޖެއެވެ. މީހުންމެރުމާއި ކޮށައިލުން 3 ގުނަވެއްޖެ. ދަރަނި 4 ގުނަވެއްޖެ. ހޮސްޕިޓަލްތަކުގެ އިހްމާލުން މަރުވާމީހުން 3 ގުނަވެއްޖެއެވެ.

    24
    1
  20. އިސްޢާފް ސަލީމް

    ސާބަހޭ ޢިމްރާނޫ!!!!!! މިވެރިކަމުގައި މީހަކު މަރާލައިފިތަ؟

    21
    1
  21. Anonymous

    ކޮންމެ ހެން މަސްތުވެގެން ހުރީމަ އެއް ނުން ! މަސްތުވިޔަސް ބޭބެ ކޮއްކޮ ނޫނީ ރައްޓެހިން ވަކިވާނެ! ޚުލްގު އާއި ކުލުނު ނެތީމަ ވާ ގޮތަް އެއީ! ބޭބެ އަކީ ކިހާވަރެއްގެ މީހެއް ކަން ނުބަލާތީ! މައިން ބަފައިން ކުއްޖާ އަށް އެ އަޚުލާގު ދީފަ ނެތީމަ

    17
    4
    • އަނެއްއޮނިމަސް

      ތިދެން ކޮންކަހަލަ ސޭކު ވާހަކައެއް. މަސްތުވިމާާ ހަމަ ބުއްދި ފިލާ ދެ. ކޮންމެ މީހަކު ކިތަންމެ އަހުލާގެއް ދީފައޮތަސް އެވަގުތު ވާނުވާއެއް ނޭނގޭނެ. އެހެންވީމަ ތާ އެހާ ނުބައި ކަމަކީ. ދެން އެންމެ ނުބައި ވާނީ ޖާހިލުކަން ކަންނޭންގެ.

  22. ދަރަނި ދަންތުރަ

    ކުރިން އޮތް ބިރުވެރިކަން ފިލާގޮއްސި ، ގައުމު އަމާން އޮމާން ވެއްޖެ ސޯލިބޭ ، ސޯލިބޭ ވެރިކަމުގައި މިގޮތަށް ކިތަށް މީހުން ކޮށާލައިފިތޯ ، ސޯލިބޭ ކޮރަޕުސަނަށް ޒީރޯ ޓޮލަރެންސް މާރާމާރީ މަސްތުވާތަކެއްޗާއި ޒިނޭއަށް ވެސް ޒީރޯ ޓޮލަރެންސް ، ސާބަސް ސޯލިބޭ ކަލެއަށް ކިޔަންވީ ހަމަ ޗޯރޭ ޗޯރޭ ޗޯރޭ

    22
    1
  23. ޕޮގުބާ

    ޗޯރު ބުންޏެއްނު މިގައުމަ ހަމަޖެހުން އަތުވެއްޖެ ޗޯރު ވެތިކަމަށް އައިފަހުން ގޮތްނޭން ކިތަށްމަރު ކިތަށްމީހުންގަޔަށް ވަޅިޖެހީ

    19
  24. އުގުރި

    ހޯމް މިނިސްޓަރުގެ ޒިންމާއަކީ ކޮބާތޯ... ދިވެހިރާއްޖޭގެ މަގުތައް ނާއްމާކަމުގައި ބޯމީހުން ބޯނީ ވައްކަންކުރާމީހުން ވައްކަންކުރަނީ ރާވިއްކާ މީހުން ރަށު ތެރޭގައި ރާވިއްކަނީ ޖަލު ތެރޭ ހައްލު ނުކުރެވުނު ކަޓު ބޭނުންވޭ އެވަރަށް..

  25. Anonymous

    އަދި ބުންޏެންނު. ެ

  26. Anonymous

    ކިހިނެއް ތިހެންވާނީ ރާއްޖޭގައި. އެހަށް ދުވަހު ނޫންތަ ބުނީ އަމާންކަން ހުރިހާ ރަށްރަށުގެ ވަށައިގެންނޭ. ެެޤައުމު އަމާން ވެއްޖެއޭ .
    މަރުގެ އަދަބު ތަންފީޒުކުރަން މިއުޅޭ އިޔާޒުމެން ބުނެބަލަދެން. ގައިމު އަޑުއަހާ ވެރިއެކޭ އިޔާޒުބުނި

  27. ޟަނޓޭ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  28. އިސްޢާފް ސަލީމް

    ޞޯލޭ ބުނާގޮތުން ރާޢްޖެ އަމާންވީ ވަރުން ޑްރަގުތައް އެ ނަގަނީ ކަނޑުއަޑިން. މީހުން އެމަރަނީ ދުވާލަކު ޑަޒަނަކުން. މާރާމާރީ ހިންގާލަނީ ކޮންމެދުވަހަކު ހުރިހާދިމާލަކު! ޤަވްމު ދަރާވިކެނީ ފަތުއަޑުކިޔާފަ. ހަރުމުދާ ޓީބިލް ވިއްކާ މުދާ ރަހުނު ކުރަނީ ސުކޫލެއް ހޮސްޕޕިޓަލެއް މިސްކިތެއް ބެލުމެއްނެތި. ރުފިޔާ ޗާޕުކުރަނީ އަހަރު ދެކޮޅުން. ޅޮސްބުޑުތަކަށް ސަރުކާރުން ވަޒީފާތައް އެދެނީ ހިންދެމިލުމެއްނެތި!

  29. ވަކަރޭ

    މަސްތުވީމަ، ނޫނީ މަސްތައް ސިކް ވީމާ މައެއް ދަރިއެއް، ބޭބެއެއް ވަތްކެއް ނުވާނެ ދަރިންނޭ....މަސްތުވާތަކެތި ވިއްކާ މީހުން މަރަން ފާސްކުރޭ! ޤައުމު ފުނޑެނީ..

  30. ށަނީ

    މިކަން ހައްލު ކުރެވޭނި ރައްޔިތުންގެ މަޖްލީހުގައި ތިބި ސިޔާސީ މީހުން ބިނާ ކުރި އެއްޗަކަށް. ގައުމު ބައްޓަން ކުރަން ބާރު ލިބިފައިވަނީ އެމީހުނަށް. ކީވެބާ މިކަން ނުކޮށްގެން އެ އުޅެނީ

  31. މޮޔަމީހާ

    ޢިންޑިޔާގެ އާބާދީ އުޅެނީ އެތަށްބިލިޔަ، ޗައިނާގެ އާބާދީވެސް އެހާގިނަ، ރާއްޖޭގެ އާބާދީ އަކީ، ބައިލައްކަ ހަމަނުވާ ހަތަރު ސަތޭކަ ހާސްމީހުން،،،، ގައުމަށް ޑުރަގު ވަށްދަނީ މަތީފަޑީގަ އުޅޭމީހެއް އަދި އެއިން މުސްސަދިވަނީ ވެސްއޭގެމީހުން،،، ދިވެހިންގެ ތެރެއިން ބައިކުޅަނދު ހަމަނުވާމީހުން ނަށްވެސް އެގޭނެ، ދުރަގު ގައުމުން ހުއްޓުވަން ބޭނުމީޔާ މާބޮޑު ކަމެއްނޫންކަން،،،، ގައުމުގެ ކަރަޕުޓު ބޮޑުވެގެން ދިމާވާ ކަންތައް، ދިވެހިންގެ އައިލާ އެއްގަ ޑުރަގު ވަބާގަ ނުޖެހޭ އާއިލާއެތް ނެތޭ ބުނެވޭނީ،،،ރައިޔިތުް ނުކުމެ ޑޫޜަގު ހުށްޓުވާ ހިސާބަށް ގައުމު ވެއްޓިއްޖެ،،، ،

  32. ޒާލިޝް

    ދައުލަތުގެ ހުރި ހުރިހާ ބާރަކާއި މުއްސަނދި ކަމެއް ބޭނުން ކޮށްގެން މިޤައުމުގައި އެންމެ އިސްކަން ދީގެން ކުރަންވި ކަމަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހަނގުރާމަ ކުރުން. އެކަން ނުކޮށް ކުރަންވި ތަރައްޤީގެ އެއްވެސް ކަމެއް މިޤައުމުގައި އޮތް ކަމަކަށް ނުފެނޭ. ޑްރަގް އެތެރެކުރާ މީހުންގެ މައްޗަށް މަރުގެ ޙުކުމް ސިންގަޕޯރގައި ތަންފީޛް ކުރަމުންދާއިރު؛ މި އިސްލާމީ ޤައުމުގައި އެކަން ނުކުރެވި މިދަނީ ކޮންކަމަކާ ހުރެތޯ ސުވާލު އުފެދޭ. މިޤައުމުގެ މަސްތުވުމުގެ ކަންތައް މިގޮތަށް ދާނަމަ އެއްވެސް ރައްޔިތަކަށް ފުރާނަ ސަލާމަތްކުރުމުގެ ރައްކާތެރިކަމެއް ލިބޭނެ ކަމަކަށް ނުފެނޭ.

  33. ޙ މ ޒ

    އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އެކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
    ޗޯރ އިބްރާހިމަށް ޗޯރ ބުންޏެއްނު މިގައުމަ ހަމަޖެހުން އަތުވެއްޖެ ދެއްޗޯރ

  34. މާރަދަޅު

    މަރުވެދިޔަ މީހާއަށް އިނަސާފެއްނެއް ދެންއަވަހަ އަވަސް ވެގަނޭ އޭނަޔަ ބިރިޔާނީ ކާންދޭން...

  35. ކޮސް

    ލާރިއަށް ކިޔަމުން މައިން ފަހާދުވާ ޕާޓޭން

  36. ބަރަބޯ

    މަސްތުވާ ތަކެތީގެ ވަބާއާއި ހެދި މި ކުޑަކުޑަ ޤައުމް ހަލާކުވެގެން މިދަނީ. އެކަމަކުވެސް މި ކަންކަން މިތާތިބޭ ވެރިންނަށް މާކަ ބޮޑު ކަމަކަށް ނުވޭ. الله ގެ ޝަރީއަތް ތަންފީޒު ނުކުރާހާ ހިނދަކު މި ކުށްތަށް ވަކި މަދެއްވެސް ނުވާނެ.