އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިރޭ އަރުވައިފިއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފާއި ދެ ޒުވާނުންނެވެ. އެގޮތުން ދެ ޒުވާނުން ގާސިމަށް އަރުވާފައި ވަނީ ފެހި ގާނޫނުއަސާސީއެވެ. އަދި އަލީ އާރިފް ދެއްވީ ޖޭޕީގެ ރިޔާސީ ޓިކެޓެވެ.

ގާސިމް މިރޭ ގާނޫނުއަސާސީ ހިފަހައްޓަވައިގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި ސަރުކާރުގެ ސްލޮޓްތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ވަޒީރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖޭޕީ އާއި ގާސިމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އަލިމަސް ކާނިވާ ސަރަހައްދު ފުރާލައިފައެވެ.

މިއީ، ޖޭޕީން ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު އަދި ބިޔަ ސިޔާސީ ޖަލްސާއެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމަށް އެރުވި މިއީ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ރިޔާސީ ޓިކެޓު ދިނީ ގާސިމަށެވެ. އެ ދެ އިންތިހާބުގައި ވެސް ގާސިމަށް ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ވަނީ 27,056 ވޯޓު (%15.32) ހޯއްދަވައިފައެވެ. އެ ފަހަރު، ގާސިމް ދިޔައީ ހަތަރު ވަނައަށެވެ. އޭގެ ފަސް އަހަރު ފަހުން، ފެނުނީ ތަފާތު މަންޒަރެކެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50,422 ވޯޓު (%24.07) ހޯއްދެވިއެވެ. ގާސިމް އެ ފަހަރު ދިޔައީ ތިން ވަނައަށެވެ.

ސުޕްރީމް ކޯޓުން 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، އަލުން ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 48,131 ވޯޓު (%23.34) ހޯއްދެވި ނަމަވެސް އެއީ ދެވަނަ ބުރަށް ދެވޭ ވަރުގެ އަދަދަކަށް ނުވިއެވެ. އޭގެ ފަހުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ކުރިމަތިނުލައްވައެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއިން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ގާސިމަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ހިތްވަރު ދޫނުކުރައްވައި ސިޔާސީ ލީޑަރެއްގެ ފަހަތަށް އަރާވަޑައިގަންނަވައެވެ. އަދި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އޭނާ އެންޑޯޒް ކުރައްވާ ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރައްވައެވެ.

އެގޮތުން 2008 ވަނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތުގައި ހުންނެވި އެއް ލީޑަރަކީ ގާސިމެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވި އިރު، ގާސިމްގެ މައްޗަށް އޮތީ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި ގާސިމާއި އެހެން ސިޔާސީ ބައެއް ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ނުވަތަ ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރިއެވެ. އެހެންވެ، ރިޔާސީ އިންތިހާބުގައި ގާސިމް ވާދަނުކުރެއްވުނެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމާއި ރައްޔިތުންގެ މަޖިލިހުގެ ހާއްސަ މަޖިލިހުގެ ރައީސް ކަމާއި މަޖިލިހުގެ ރައީސް ކަމާއި ފިނޭންސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި ގާސިމަށް ރިޔާސީ ޓިކެޓު ކަށަވަރުވީ އިތުރު ބޭފުޅަކު ޓިކެޓަށް ކުރިމަތިނުލެއްވުމުންނެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ނިންމީ ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އަދި ޖޭޕީއާ އެކުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ މަޝްވަރާ ކުރުމަށް ވެސް ކައުންސިލުން ފާސްކުރިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ނުވަތަ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ ރޭހަށް ނުކުތުމަށް އެޕާޓީގެ ނިމިދިޔަ ގައުމީ ކޮންފަރެންސަށް ގަރާރު ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމްގެ އެޑްވައިޒަރު އަބްދުﷲ އަހުމަދު (އަބުޅޯ)އެވެ. އެ ގަރާރު ކޮންފަރެންސްގެ ބައިވެރިންގެ އިއްތިފާގުން ފާސްވި ފަހުން، ކައުންސިލުން ވެސް އެގޮތަށް ނިންމުމާ ގުޅިގެން ޖޭޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލީއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި ރިޔާސީ ޓިކެޓު ހިފަހައްޓަވައިގެން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ގާސިމަކީ ވަރަށް ގިނަ ބަޔަކަށް މާލީ ގޮތުން އެހީތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ހާއްސަކޮށް ބޭސް ފަރުވާ ކުރަން ޖެހިފައި ތިބި އެތައް ދިވެހިންނަށް ގާސިމްގެ އެހީތެރިކަން ލިބިވަޑައިގެންފައިވެއެވެ.

ސިޔާސީ ތަޖުރިބާކާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ގާސިމަކީ އެއްވެސް މީހަކަށް އަނިޔާވެރިވެވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. ގާސިމަކީ ހުލްގު ހެޔޮ، އިހްސާންތެރި ބޭފުޅެއްގެ ގޮތުގައި ކޮންމެ މީހަކު ވެސް ސިފަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަސްރު

    ހާދަ އާދައިގެ ޓިކެޓެއް

    12
    1
  2. ދީ ދީ

    ސޭޓު ވަރަށް ހިތްވަރު ގަދަ،! ބޭފުޅާ އަށް މިފަހަރު ލިބޭނީ 4

    15
    4
  3. ހޯރަ

    ރުފިޔާ ދިނީމަވެސް ޖަލްސާޢާށް ދިޔަ މީހުން ހާދަމަދޭ ދޯ! މިރޭ ޤާސިމަށް ތިޔަ އެރުވުނީ ޤާސިމު އުފައްދައިގެން އުޅޭ ޖަމިއްޔާ ޖޭ ޕީ އިން ދިން ހަނދާނީ ލިޔުމެއް. ޤާސިމު އަތުގައި ރުފިޔާ އެބަހުރި. އެކަމަކު ރުފިޔާ ހުންނަ ކޮންމެ މީހަކު ވެރިކަމަށް ކުފޫ ހަމަ ނުވެދާނެ. މިރޭ ވެސް ޤާސިމު އެކަން ދައްކުވައިދީފި. އަދި މިހާރުވެސް ޤައުމުން ފެންނަމުން މިދަނީ އެކަމުގެ ވަރަށް ރީތި މިސާލެއްް. ވީމާ މަށަށް ފެންނަނީ ޤާސި ވެރިކަމަށް ފައި ނެގުމުގެ ބަދަލުގައި ކޮންމެ ވެސް އެހެން ކަމަކާ އުޅުން
    ވަރަށް ސަލާމް

  4. ތުއްތުނާ

    ތިއޮތީ ޓިކެޓުވެސްދީފަ. ދެންހުވާކޮށްގެންދޭ

    17
    1
  5. މުފައްކިރު

    ފުރަތަމަ ބުރުގައި ތެޅިލާފައި ދެވަނަ ބުރުގައި އިބޫގެ ފެންކަހާ ރަބަރަކަށް ވާނެ.

    24
    2
  6. Anonymous

    ތިއޮތީ ލިބޭނެ ރަސްކަންލިބިނިމިފަ!!!

    18
    3
  7. ނަވާޒް

    މިފަހަރު ގާސިމްއަށް ލިބޭނީ މަދުވޯޓެއް 2008 2013 އާއަޅާބަލާއިރު އޭރުނުލިބުނު ވެރިކަމެއް 2023 ހަކުނުލިބޭނެ އޭރު ބޭސްސިޓީއައްސަލް ޖެހިބައެއްނޫން މިހާރުރާއްޖޭގެ ވޯޓްއަޅަންތިބީއާބާދީ ގަގިނައީ ޒުވާނުން ފަތިޓީވީއަކައް ވިލާގަނޑައްބެލު މެއްނެތިވޯޓްއަޅާނީ ވިޔަފާރީގެ ގޮތުންވެސް މި15 އަހަރު ގާސިމައްކުރެވުނު މޮޅުއިންވެސްޓެއްނެއް ކާބޯތަކެތިވިއްކާ މާޓްހެދުންނޫން ރާއްޖޭގެ އެބަތިބި މާކާމިޔާބު ވިޔަފާރިވެރިން މާބޮޑެތި ރިޒޯޓްތައް ހަދާފަ ޖޭޕީ ގުރޫޕްއިން ކާމިޔާބޭކިޔާވިއްކަން ތިއުޅެނީ ހުޅުމާލެއިން މީގެ15އަހަރުކުރިން ބޯހިޔާވަހިކަން ފޯރުކޮއްދިނުމައް ސަރުކާރުން ނެގިބޮޑެތިބިންތައްއެހޭރީ ފެއްނަން ދެންކޮން ރައްޔިތަކައް ކަމެތްކޮއްދޭންތޯ؟ތިއުޅުއްވަނީ ހައްގޭ ކިޔާ ތިމާގެ އަންބޮނޑިބޮޑުވޭތޯކުރާ ކަމެއްންނޫންއެޖެންޑާއެއްނެއް ގުނާނުލެވޭ ވަރައްރައްޔިތުންގެ ފަޅާ ފަޅުރައްތަކާބިމާ ނަގާތިކިޔާރޯޅިއްގެތެރެއައްވައްދަނީ މިހާރު ވެސްޓެކްދެއްކިކަމެއްނޭގޭ މީނަގެނާސަރު ކާރަކުންކޮތަޅޭ ކިޔާމިހާރުވެސްފެލަމުންދަނީ ރައްޔިތުން ބާނަ ބާނަތިއްބާ މަސްކަނޑު ވިއްކާލީވެސް މީނަހަދަންނެގިމަސްޕުލާންޓް ހަދަންނުޖެހޭނެތާ މަސްނުބާނާނަމަ ކޮމަންޑޫ އެމްޑީޕީ ކެންޕެއިންގަ ދެއްކިވާހަކަތަކުގެ ވީޑިއޯތައްޔޫޓިއުބްގައެހޭރީ ފެއްނަންއަޑާއެކް މީހަކުޖަލުގަ ރޔ ބޭއްވިޔަސްވެރިކަމެއްނުލި ބޭނެރައްޔިތަކު ވޯޓްނައްޅާނަމަމިފަހަރު2013ގަ ދިޔަގޮތައް ކޯޓައްދާތަންފެއްނާނެ ވޯޓްއޮޅުވާލި އޭކިޔާފަ 2018ގަ އޮަޅުވާނުލައޭބުނީ ޖޭޕީ. ކޯލިޝަން ސަރުކާރުން

  8. ޗޯރުސްޓޯރީސް

    ދެތިން ސަތޭކަވެސް ހަމަނުވާ 'ބޮޑު' ޖަލްސާއެއް ބާއްވާލައިފި އެއްނު. މީ މުދަލައިގެން ހޭބަލިވެފަހުރި މޮޔައެއް.

  9. ހެ

    ވިލާ މޯލްޑިވުސް ދެކެކަށް ބޭނުމެން ނޫން.

  10. ބަރުގޮނު

    އަބަދުވެސް ގެންގުޅުއްވާނެ " ވަކަރުގޭ " ބްރޭންޑް ގެ ކޯލާޔާ ، ސެވެން އަޕާ އަދިވެސް ފާޑުފާޑުގެ ބުއިންތައް ....ކޯފާ އިސްވެއްޖެ ނަމަ ހަމަ ގިނަގިނައިން ދެއްވާނެ. .... މިވަރުގެ މީހަކު ގައުމެއްގެ ރައީސްކަމަށް ކަމުދޭބާ.!!!!!

  11. ޙަސަން

    20 ހާސް އެންމެގިނައިންވެސް ލިބޭނީ އެވަރުން އެއްބުރުން އަދި 2 ވަނަ ބުރުންވެސް ހޮވެންޏާ ހޮވެންވީ މީނަބުނި ހަދާންވޭ ތިމަންނާ މިހިރީ ހުރިހާ ކަމެއް ފުރިހަމަވެ ފުރިފައޭ ދެން މީ ކޮންސަކަރާތެއް

  12. މުހައްމަދު

    ދެން ހުވާކޮށްލާ އޭރު އެނިމުނީ