ރައީސް މައުމޫނަށްވުރެ ރައީސް ނަޝީދުގެ ޚުދުމުހުތާރުކަން ބޮޑުކަމަށާޢި ރައީސް ނަޝީދުގެ ޚުދުމުހުތާރުކަން ހުރި މިންވަރު ފެންނަން އޮތް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރއީސް އީވާ އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް އެމައްސަލައަށް ބަހުސްކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާއި ގުޅިގެން އަދި ގާނޫނީ އިމުގެ ބޭރުން ރައީސް ނަޝީދު ކަންތައް ކުރައްވާ ކަމަށް ބުނެ ޝަރީފް މިވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ޤާނޫނީ އިމުގެ ބޭރުގައި ބަގުޑި ބައްދައިގެން ރައީސް ނަޝީދު އިންނެވި ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ އެމަސައްކަތް މަޑުޖައްސާލަން އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް އެދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ނިއުޝާއަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ އެގޮތަށް އެދިވަޑައިގެންނެވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަޣުލަބިއްޔަތު ކޮމިޓީތަކުން ގެއްލޭގޮތަށް ކޮމިޓީތައް އަލުން އެކުލަވާލައްވަން މަޖިލީހުގެ ރިޔާސަތުން އެދިވަޑައިގަތުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ޚުދުމުހުތާރުކަން އެއޮތީ ފެންނަން ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި ބަގުޑި ބައްދަވައިގެން ހުންނެވި ނަމަވެސް ރައްޔިތުން ރައީސް ނަޝީދަށް ރާއްޖޭގެ ރައީސް ކަމާއި ބޮޑުވަޒީރުކަން ދުވަހަކުވެސް ނުދޭނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންވެސް އިންތިޚާބުން ބަލިވީމާ މަޤާމުން ރީތިގޮތުގައި ފައިބައިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް ދަޢުވާކުރައްވާ ރައީސް ނަޝީދު އިތުބާރުނެތްކަން ސާފުކޮށް ފެންނަން އޮތްއިރުވެސް މަޤާމު ދޫނުކޮށް ބަގުޑި ބައްދައިގެން ހުންނެވީ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ޑިމޮކްރެޓިކް ކަމަށް ދަޢުވާ ކުރެއްވިނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ޑިމޮކްރެސީގެ ހަމަތައް މުގުރާ، އަޣުލަބިއްޔަތަށް ތަބާނުވެ ޤާނޫނުގެ ވެރިކަން މުގުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އަމަލުފުޅުތަކުން އެމަނިކުފާނަކީ ރައީސް މައުމޫނަށްވުރެ ޚުދުމުހުތާރު ވެރިޔެއްކަން ހާމަވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުގައި މަރުތަޅު އަޅުވައިގެން އަޅުވައިގެން އުޅުއްވަނީ ރައީސް ނަޝީދެވެ. އެއީ އަމިއްލަ ސިޔާސީ ބޭނުމަށް އެމަނިކުފާނު ކުރައްވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯހަލާކު

    އެކަމަކު ނަސީދަށްވުރެ މައުމޫނު މާހުދު. ދެން ކިހިނެއް ނަސީދު ހުދުމުހުތާރު ވާނީ. ގަވައިދު ބުނާގޮތުން ނަސީދު ވާނީ ކަޅުމުހުތާރު.

  2. މާމީ

    ކަލޭމެން ނައް /-85000ރުފިޔާ ލިބެ އެއްނޫ ކަލޭމެން ނައްވަރިހަމަ ދޯ. މީކީއްކުރާ ތަނެއް؟؟؟؟

    9
    2
  3. ކޮބަޑި

    މަށަށްހީވަނީ މައުމޫނަށްވުރެ ކަލޭގެ ބޯ ހުދު މުހުތާރުހެން.

    11
    1
  4. ލަމް

    ޝަރީފް އަދީބް އަތުން 80 މިލިޔަންގެ ރިޝްވަތު ނެންގެވިކަމަށް ބަޔާންތަކުން
    ސާފުކޮށް އެނގެން އެބައޮތްނޫންތޯ؟
    ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަށްވުރެ ވަކިން ބޮޑު ޚިޔާނާތެއް އޮންނާނެތޯ؟

    11
    1
  5. މައު މޫނެ

    އޭއި ބަލަ ޝަރީފާ ކަލޭ ކީއްކުރަން އިރު އިރު ކޮޅުން މަގޭ ނަން ކިޔަނީ!

    4
    2
  6. ކޮވިޑް

    މައުމޫނާ ނަޝީދައް ވުރު ކަލޭ ހުދު މުހުތާރު ދޯ؟ ކަލޭ ނޫޅޭ ނުތޮރުފޭ ސިޔާސީ ޕާޓީއެއް މަދު ވާނެ، ބަލަ ނަޝީދު މިއަދާ ހަމަ އަށް އެހުރީ އޭނަ އުފެއްދި ޕާޓީގަ އެކަނި ދޯ؟ ދެން ކާކު މިތާ ހުދުމުހުތާރީ؟ ތީ ޖީބަށް ބަރުވާ ދިމާ އަކަށް ދުވާ ރޮނޑެއް.

  7. ވ ޒަކަރިއްޔާ

    މަޖިލީހުގެ ރައީސަށް،މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ، ޙާލަތެއް ދިމާވުމަކީ މަޖިލީހުގެ ގޮޑިން އިސްތިއުފާ ދޭން ޖެހޭނެ ކަމެކެވެ.

    4
    1
  8. އަބްދޫ

    ނުބައި ނުލަފާ ޖައްބާރު ލާދީނީ ގާނޫނުއަސާސީއާއި ހިލާފަށް ގައުމުގެ ވެރިކަމަށް ގެނެސްގެން ގައުމަށް ދިން ގެއްލުމުގާ ސަރީޕް ވެސް ޒިންމާވާން ޖެހޭނެ.

    3
    2
  9. ވޯޓާމަ

    ޤައުމު ދޮވެލާ ފިކުރުނެތް ކޮންމެ މީހަކީ ހުދު/ކަޅު/ރަތް މުހުތާރު މީހުން