ހދ.ކުޅުދުއްފުށި ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެރިކަން ކުރާ އެމްޑީޕީ އާއި ވެކިވުމަކީ ގެނައި ސިޔާސީ ޒަލްޒަލާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ވަފާތެރިން އިސްވެ ތިއްބަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އަށް ކުޅުދުއްފުށީ މޭޔަރު ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ ސޮއި ކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. އެއީ އޮބެހެއްޓިފައި ނުތިބެ, ކައުންސިލްގެ އުންމީދުތައް ހާސިލުކުރުމަށް ނުއުފުލާނެ އެއްވެސް ތަކުލީފެއް ނެތްކަމުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ.

"ސިޓީ ކައުންސިލެއް އެކުގައި ވެރިކަން ކުރާ ޕާޓީއަކުން ވަކިވާ ހާދިސާ އެއީ ސިޔާސީ ޒަލްޒަލާއެއް. އެއީ ސިޔާސީ ހާދިސާއެއް. އެ ހާދިސާގެ ސާފު ސާދާ މާނައަކީ ތި ބޭފުޅުންގެ އުއްމީދު," ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ކައުންސިލަރުންގެ ނިންމުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. "ވެރިކަން ކުރާ ޕާޓީން ވީއްލިގެން ތި ކުރާން ތި އުޅޭނީ ބޮޑު ކަމެއް. އަޅުގަނޑު ދަންނަވާނީ ބައްލަވާނެ ކަމެއް ނެތޭ، މިއީ ބޮޑު މުހައްމަދުގޭ ބޮޑު ތިލަދުންމައްޗޭ. ތިޔަ ބޭފުޅުން އަބަދުވެސް އުޅޭނީ ވެސް ކުރާނީ ވެސް ބޮޑެތި ކަންކަމޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ރައްޔިތުން ބޭނުން ވަނީ ތަރައްގީ އާއި ތަނަވަސްކަމާއި އުފަލުގައި، އަމިއްލައަށް ހޯދާ ހަލާލު ފައިސާއިން އާއިލާއާ އެކު ރިވެތި ދިރިއުޅުމެއް އުޅޭނެ ގޮތެއް ލިބިގަންނާށެވެ. އެ އުއްމީދުތައް އަބަދުވެސް ގުޅިފައި ހުންނާނީ ވެރިކަމާ ކަމަށާއި އެކަމަކު އެ ވެރިކަމާ މެދު ހިތްހަމަނުޖެހުމުން، ނުވަތަ ފޯރުކޮށްދޭ މިންވަރަށް ވުރެެ މާބޮޑު މިންވަރެއް އެދޭތީ، ކައުންސިލުން ސާބިތުކަމާއި ޔަގީންކަމާ އެކު ދިޔަ މިސްރާބަށް މަރުހަބާ ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެޔޮބަހާއި ފަހުބަސް

    ސިޔާސީ ޒަލްޒަލާގަ ޣަރަގުވެނުގަންނާތި!

    11
    0
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މާތް ﷲ ރުހިވޮޑިގެން ވަނީ ތެދުވެރިންނާއި އެކުގައެވެ. "ޗޯރު އިބުރޭ" އަކީ ދޮގު ވެރި އެކެވެ. މަގޭ މެޖޯރިޓީ އޭ ބުނާއިރު އެ މެޖޯރިޓީ ގެ ތެރޭގައި ގިނައީ އެމް.އެމް.ޕީ.އާރް.ސީ ގެ ވަގުންނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލަރުން ނަކަށް ވެސް މިކަން އެނގެއެވެ. ޤައުމެއް ގެ ރައީސަކު ވައްކަމަށް ތުޙުމަތުވާ މިހާ ގިނަ ބަޔަކު ގޮވައިގެން އުޅުމުގެ ރެކޯޑު އޮތީ، "ޗޯރު އިބުރޭ" ގެ އަތުގައި ކަން ނުދައްނަ ކައުންސިލަރަކު ކޮބާ ހެއްޔެވެ؟

    7
    12
  3. ޒަލްޒަލާ

    ސިޔާސީ ޒަލްޒަލާގައި މަނިއްޕުޅު ތިއޮއްގެން ޣަރަގުވަނީ. މާކަ ގިނަ ދުވަހެއް ނުވެ ޣަރަގުވެ ނިމޭނެ. މަނިކުފާނާއެކު ޣަރަޤުވާން މާލި ގްރޫޕް ކަހަލަ ބަޔަކު ނުކުތަސް ހަމަ ޣަރަގުވާނީ.

  4. ކޮރަލް

    ދީނައް ފުރައްސާރަ ކޮށް ވާހަކަ ދައްކާފަ ހުރި މީހެއްގެ ފަހަތައް އެރޭނެ ގޮތެއް ނޯންނާނެ އެވެ. އެކަން ކުރާ ބަޔަކު އެކަން ކުރިއަސް އެއީ ގޯހެކެވެ. އަދި ގިނަ ބަޔަކު ހަނދާނެއް ނުނެތެ އެވެ.

  5. ކޮއްކޮ

    އިސްލާމް ދީނުގެ ޙުކުމްތަކަށް ހަޖޫ ޖަހައި ދީނަށް ފުރައްސާރަކުރާ މީހެއްގެ ފަހަތަށް އަރާނީ އެކަމަށް ތާއީދުކުރާ މީހުން.