މާލޭގެ ގެއެއްގެ އެންމެ މައްޗަށް ނަގާފައި ހުރި، ޖުމްހޫރީ ޕާޓީގެ ދިދައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ގެންގޮސްފައިވަނީ، ގ.އަސްދޫގައި ހަދާފައިވާ 12 ފަންގިފިލާގެ އިމާރާތުގެ އެންމެ މައްޗަށް ނަގާފައި ހުރި ދިދައެކެވެ.

މިކަމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް، އަޙުމަދު ސަމީރު، މީޑިޔާއަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ފުލުހުން ދިދަ ނަގައިގެން ގެންގޮސްފައިވަނީ މާ އުހުގައި ދިދަ ހުރުމުންކަމަށް ބުނެފައިވާކަމަށެވެ. އެހެންނަމަވެސް، މާ އުހަށް ދިދަ ނަގާފައިވާނަމަ އަންގަން ޖެހޭނީ، ދިދަ ތިރިކުރަންކަމަށް އޭނާ ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލެއް ކަނޑައަޅާފައިވާއިރު، ދިވެހި ޤައުމީ ދިދަ އަށް ވުރެ މަތީގައި ނުވަތަ އުހުގައި އެހެން ދިދައެއް ނެގުމަކީ މަނާ ކަމެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް، އެރަށެއްގައި ހުންނަ މުއައްސަސާއަކުން އެންމެ އުސްކޮށް ނަގާފައި ހުންނަ ޤައުމީ ދިދައަށް ވުރެ އުސްކޮށް އެހެން ދިދައެއް ނުނެގޭއިރު، ދެން ދިދަ ބެހެއްޓޭނީ، ޤައުމީ ދިދައާ އެއް ހަމައެއްގައެވެ.

މި އުސޫލުގެ ދަށުން، ބައެއް ރަށްރަށުގައި ސިޔާސީ ޕާޓީތަކުން ނަގާފައިވާ މިފަދަ ދިދަތަކެއް ނަގާފައިވެއެވެ. އެގޮތުން، ހދ. ކުޅުދުއްފުށީގައި އެންޓަނާއަކަށް ނަގާފައިވާ އެމްޑީޕީގެ ދިދައެއް، ފުލުހުންވަނީ ނަގާފައެވެ.

މާލޭގައި އެންމެ އުސްކޮށް ޤައުމީ ދިދަ ނަގާފައިވަނީ ޖުމުހޫރީ މައިދާނުގައިކަމަށްވާއިރު، އެއަށްވުރެ އުސްކޮށް، އެހެން ދިދައެއް ނެގުމަކީ މަނާ ކަމެކެވެ. އެކަން ކުރާކަމުގައިވާނަމަ، ކަމާ ބެހޭ ފަރާތްތަކަށް ފިޔަވަޅު އެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ދިވެހި ދިދައަައްވުރެ މައްޗަކައް އެހެން ދިދައެއް މިތާކު ނޫފުއްލޭނެ އުފުއްލަންޏާ އެހެން ގައުމަކައްދޭ މި އާލާތުން ބަލިވާނެކަން އެނގޭތީ ތެޅޭ ވައްތަރުމީ

  2. އަހުން

    ކަލޭ ގޯތި ގިފިލިތެރޭގަ ހުރި ފެންފޯއް ރުކުގަ ވަހުތާނެއް ގޮތުގަ މިދިދަ ޖެހިނަމަ ކިހާ ތާހިރުވީސް.