ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ލީޑަރު އަހުމަދު އަދީބު ކޯޓުގައި ދިނީ ދޮގު ހެކިބަސް ކަމަށް ވިދާޅުވެ، މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެމައްސަލަ ޕޮލިހަށް ހުށަހަޅަން ނިންމައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި ބޮންޑޭ ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އެމައްސަލައިގެ އަޑުއެހުމުގައި ހެކިބަސް ދެމުން އަދީބު އެންމެ ފުރަތަމަ ދުބާއީ ކުންފުނި ހިންގަމުން ދިޔަ ބާރުގަދަ އިންޑިއާގެ ވިޔަފާރިވެރިންތަކާއި ފުރަތަމަ ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ބޮންޑޭ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ޔާމިންގެ ވަކީލުން ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. އަދި އެ ބައްދަލުވުމުގައި ބޮންޑޭ ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކުރެއްވުމުން އަދީބް ބުނީ ބޮންޑެ ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީއެއްގައި ބޮންޑޭ ވިދާޅުވީ، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގައި އަދީބު އޭނާއާއި ދެކޮޅަށް ދޮގު ހެކިބަސް ދީފައިވާ ކަމަށެވެ.

އެއީ އޭނާގެ އަބުރަށް އައިސްފައިވާ އުނިކަމެއް ކަމަށާއި އެހެން ކަމުން އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ދިނުމަށް ބޮންޑޭ ވަނީ ސިޓީގައި އެދިފައެވެ.

"މިވަގުތަކީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ވެސް ހުއްޓިފައިވާ ވަގުތެއް ކަމުގައިވާތީ، މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅުއްވައި ދެއްވުމަށް އެދި ދެންނެވީމެވެ" ބޮންޑޭގެ ސިޓީގައި ބުނެފައިވެއެވެ.

އެމައްސަލައާއި ގުޅިގެން މީގެ ކުރިން ބޮންޑޭ ވިދާޅުވީ، ރ.ފުށްގިރި ބޭރުގެ ކުންފުންޏަކަށް ހޯދައި ދިނުމަށް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ދުވަހަކު ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެކަމުގައި ބައްދަލު ކޮށްފައި ނުވާނެ ކަމަށާއި ކޯޓުގައި އަދީބު ހެދީ ދޮގު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޮންޑޭ ބުނަނީ އަދީބާ ބައްދަލެއް ނުކުރަމޯ.
    އެކަމަކު، އެކަމަކު، އެމަކަކު.... ޓުވަރިޒަމް މިނިސްޓަރ ކިޔާ މީހަކާ ނޫނީ ނައިބު ރައީސޭކިޔާ މީހަކާ ނޫނީ ބްރޯ ކިޔާ މީހަކާ ބައްދަލު ކުރެވުނޯ އެކަމުގައި

    އެންމެފަހުން ނިމޭނީ މިބުނިގޮތަށްކަން ޔަޤީން

    5
    3
  2. އުގުރި

    އަނެއްކާ ބޮންޑޭ ތެދު ހަދައްޗޭ..

    5
    1
  3. ހައިރާން

    ކަން ހިނގަމުން ދަނީ ޝަރީޢަތުގައި. ޝަރީޢަތުގެ މަޖިލީހަށް ތަދައްޚުލުވާން ހުށަނާޅާ ހުރީ ކީއްވެ؟ ތަދައްޚުލުވެފައި ތިމާ އަދާކުރަންޖެހޭ ޒިންމާ، ބުނަންޖެހޭ ބަސް ޝަރީޢަތުގެ މަޖިލީހުގައި ހާމަކުރޭ. އެހެން ނޫނީ ތިހަދަނީ ދޮގު. މަގުމަތީގައި ހުރެގެން ހަޅޭއްލެވިޔަސް ދައުލަތުގެ އެހެން މުވައްސަސާތަކަށް ހުށަހެޅިޔަސް ޝަރީޢަތަކުން އެކަން ބަލައެއް ނުގަންނާނެ. ޝަރީޢަތް ހިނގާނީ ފަނޑިޔާރުގެ ކުރިމަތީގައި ހުރެ ދައްކާ ވާހަކައަކަށް އެކަނި.

  4. ކިސް

    ކަލޯ އަދީބަކާ ނުކުޅެވޭނެ..