ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކާތެރި ސިގްނަލެެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އިއްޔެ މަޖީދީ މަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް، އެ ދިމާލުން ޑރ. އިޔާޒް ސައިކަލުގައި ވަޑައިގަންނަވަނިކޮށް ވަނީ އޭނާ އާއި ދިމާކޮސް ސައިކަލު ފަހަތުން ދުއްވާފައެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އިޔާޒް އާއި ދިމާލަށް "ކާފަރަށް" ވެސް ގޮވާފައެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް ކަމަށާއި، އަދި އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.


" އިއްޔެ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރަން. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލަން." މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މި މައްސަލައިގައި އިޔާޒް ގެންދަނީ ތަކުރާރުކޮށް އެކަމާއި ނުރުހުން ފާޅުކޮށް ޓްވީޓް ކުރަމުންނެވެ.

މިއަދު ހެނދުނު އިޔާޒް ކުރި ޓްވީޓެއްގައި ވިދާޅުވީ ހަގީގަތުގައި ޕީޕީއެމް އަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

އިޔާޒް ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ މުޒާހަރާއެއް ކުރިޔަސް, ކިތަންމެ ވަރަކަށް މުއައްސަސާތަކުގެ ދޮށަށް އެއްވިޔަސް, ކިތަންމެ ވަރަކަށް މަގުމަތިން މީހުންނާ ފޮށުނަސް, ޖަލުގައި އޮތް މީހާ މިނިވަނެއް ނުވާނެ ކަމަށެވެ. އޭނާ މިނިވަންވާނެ ހަމައެކަނި ގޮތަކީ މަތީ ކޯޓަކުން ދަށުކޯޓުގެ ޙުކުމް ބާޠިލްކުރުން ކަމަށް އިޔާޒް ބުންޏެވެ. އިޔާޒް އިޝާރާތް ކުރީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ.

އިޔާޒް އިއްޔެ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެންބަރުން އޭނާއަށް ކުރީ ޖިންސީ ފުރައްސާރައެވެ.

އިޔާޒަކީ ކުރީގެ ރައީސް ޔާމީނާއި ޕީޕީއެމް އަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެންވެ ޕީޕީއެމް ސަޕޯޓަރުންގެ ފާޑުކިޔުން އަބަދުވެސް އޭނާއަށް އަމާޒުވެއެވެ. ނަމަވެސް މިއީ އޭނާ އާއި މިގޮތައް ދިމާކޮށްލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. Anonymous

    ކަލޭ އަނގަފެޅީ މަގުފޭރޭ އިޔާޒު އާއި ދިމާކުރީމަތަ. މިހުރިހާ ދުވަހު ﷲ އަށާއި ނަބިއްޔާ އަދި އިސްލާމް ދީނައް މިލާދީނީ އެމްޑީޕީ ގެ ތިބި މުރުތައްދުން ފުރައްސާރަ ކުރި އިރު ކޮބައިތަ ކަލޭ. ކަލޭ އޮތީ ކޮންތާކުތަ. ކަލެޔައް ބަޔަކު ކަމެއް ކުރިހެނެއްވެސް ހިޔެއް ނުވޭ. މިއަދު ކާޅެންހެން ތިހޭރެނީ ކީއްވެޔޯ؟ ކަލޭމެންނަކީ ދީންވިއްކައިގެން ކައިގެން އުޅޭ މުނާފިގު ހިމާރުންތަކެއް.

    79
    1
    • ޜައްޔިތުމީހާ

      ފުރަތަމަ ބަސްބުނަންޖެހޭތަނުގަ ބަސްނުބުނެހުރެ ކަންކަން ހަމައިންނައްޓައިގެންދިއައީމަ ބުނާބަހުގެ އިތުބާރެއްވެސް ރައްޔިތުންކުރިމަތީ ނޯންނާނެ ދެންވެސް އަންގަމަޑުންލައިގެން ދައުރު ހަމަކުރެވޭތޯބެލުން ބުއްދިވެރި

      21
  2. ކޮވިޑް

    ބަލަ ދީނީ އޭ ތިކިޔާ މީހުން ލާދީން އަށް ތަބާވާ ވެރިންގެ ފަހަތުގަ މަނީ މަނީ ކިޔަމުން އެ ދުޅެނީ މީ ކޮންކަހަލަ ސިގްނަލެއް؟

    76
    1
  3. މާޟީ

    ހަމާގަ ތޯ ތިހުންނެވީ؟؟؟

    51
    1
    • ސޫއޫދު

      ޢެއްބައިގަނޑެއް އަދާތުކިޔާނިކުމެތިބި

  4. ދީނީ އިލްމުވެރިން

    ދީނީ އިލްމުވެރިން ހައްދު ފަހަނަ އަޅާދިއުން އެއީ ގިޔާމަތުގެ އަލާމާތެއް

    64
    2
  5. އިސްޢާފް ސަލީމް

    ދެން ދީނީ ޢިލްމުވެރިން އެހެންމީހުނާ ދިމާކުރުމަކީ ކޮންކަހަލަ ކަމެއް؟ ޓްވީޓަކޮށްގެން ވަޓްސްއަޕުން ، ފޭސްބުކުން، ނޫހަކުންވިޔަސް އެހެންމީހުންނާ ދިމާކުރާ މީހެއް އޭނަޔަކީ! މިކަން މަނިކުފާނަށްވެސް އެގިވަޑައިގަންނަވާނެ! ދީނީ ޢިލްމުވެރިންގެ ޤަދަރު ކުޑަވަނީ އެފަދަ މީހުންގެ ބަހާ ޢަމަލުތައް ހުންނަ ގޮތުން. ޢިޔާޒަކީ މުޑުދާރު މީހެއް! އަގަލެއް ހަޔާތެއް ނެތް މީހެއް! މަނިކުފާނު ޢިޔާޒު އިލްޔާސް ޒައިދު ތިތިބީ އެގިތިބެ މަތްﷲއަށާ އެކަލާންގެ ރަސޫލާއަށާ އިސްލާމްދީނަށާ ޤުރުއާނަށް މަލާމާތްކުރި މީހުންގެ ފަހަތުގައި މުސާރާގެ ބަހަނާގައި އަތްޖަހަން! ފުރަތަމަ ތިމާމެން އިޞްލާޙްވަންވީ!

    57
    2
  6. ހުސައިން803

    ދީނީ އިއްލްވެރިންގެ ހައިސިއްޔަތުތިމާ އަމިއްލައަށް ގެއްލުވާލައި ސިޔާސީވީމަ ރައްޔިތުން ނުކުމެ ފަހަތުންވެސްދުވާނެއެވެ. މިރާއްޖޭގެ ރިވެތިފޭރާން މުޅިން ނަގާލި މީހުން މިއަދު ވެރިކަމަށް އަރާ މިދައްކަނީ ކޮންވާހަކައެއް، ތިމާމެން ވެރިކަން ހޯދިމަގުން ދެންތިބި މީހުން ހިންގަންފަށާ މަންޒަރު މިފެންނަނީ...

    53
  7. ޙެހެހ

    އިޔާޒަކީ އިލްމުވެރިއެއްނޫން ، އެއީ ސީދާ މުނާފިޤެއް ، މުނާފިޤެއް ،މުނާފިޤެއް ، އޭނަގެ ދަރުސްތަކަށް އެއްވެސް މީހަކު ނުދާނެ ، އަހަރެން ހަމަ ޤައިމު މިފާސިޤު ކަލޭގެ ފަހަތުގައި ކުރާނެ ނަމާދެއް ނޯންނާނެ ތައުބާ ނުވަނީސް ،ބޮޑު މުނާފިޤެއް

    40
    2
    • ފިޔަވަޅު

      އެ ސިގްނަލް ނާޅާތޯ ﷲ އަާ ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރި އިރު.
      ޢޭރު ކޮބައިތޯ ސިގްނަލް.

      15
  8. ދަރަނި ދަންތުރަ

    ތިފަދަ ނުބައި ނުލަފާ ޖާހިލަކު ތި މަގާމުގައި ހުރުން އެއީ މުޅި އިންސާނިއްޔަތަށް ނުރައްކަލެއް ، ތިޔައީ ދީނީ ފަގުޑި އަޅުއްވައިގެން ހުރި އިސްލާމް ދީނުގެ އަދުއްވެއް ، ކަލެއަށް ހަލާކުހުރި ގައްދާރާ

    40
  9. ކެނެރީ

    މި ކަލޭގެޔާ އިމްރާން މިއީ އާޚިރަތް ވިއްކާ ދުނިޔޭގެ މަޖަލުގައި ޖެހި މަގުފުރެދިފައިވާ ދެ ހާއިނުން ނިކަމެތި ކުރައްވާ ނެތި ކުރައްވާށި އާމީން

    41
    1
  10. ޑައެލޯގް

    މިނިސްޓަރެވެ. ސެޓްފިކެޓް އޮތަސް އިޔާޒަކީ ދީނީއިލްމުވެރިއެއްނޫނެވެ. ސަބަބަކީ އިލްމުވެރިއެއްގެ ސިފަނެތީމައެވެ. މުޒާހަރާ ކުރާމީހުން އޭނަޔާބެހުނީމަ އިޔާޒު ޖެހިގެންއައި ދުވަހު ޔާމީނަށްބެހި ޔާމީނު ޖަލުންދޫނުވާނެކަމަށްގޮވާ ޔާމީނާބެހިގަތެވެ. އެދުވަހު ޔާމީނު މީނާއަށްކުރީ ކޮންކަމެއްތޯއެވެ. މީނާގެ ހިތުގައި ޔާމީނާދޭތެރޭ އޮތް ހަސަދަހާމަވުން ނޫންކަމެއްނުވެއެވެ.

    50
    1
  11. މެޔޮނައިސް

    ކަލޭމެންނާ.ހެދި އެހެން.އެވަނީ...

    38
    1
  12. ރާއްޖެތެރެ

    އަދާލަތު ޕާޓީ އިންޑިޔާގެ ހަދިޔާ ދޮލަގު ހޯދަން ދުވާ ޕާޓީއެއް

    11
  13. ޢަހިމަދު

    ދީނީ އިލްމު ބެރިންގެ އަނގަބަންދު ކޮށް އެމީހުންގެ މަސައްކަތްތައް ހުއްޓުވާފައި އޮތްއިރު ތިޔަމީހާކޮބާ.

    11
  14. ދޮންރަހާ އައްޑުސްތާން

    ތިޔަވިދާޅުވަނީ މިއުޅޭ އެކުޓިވިސްޓު އިޔާޒުތަ އޭނަޔަކީ އަހުލާގެއް ހުރިމީހެއްނޫން ރައްޔަތުންބަލާގަންނަ މީހެއްނޫން ޟޭހު އިލްޔާސް މީހުން ގަދަރުކުރޭ ލޯބިހޯދޭނީ ލިބޭނީ ލޯބި ދީގެން މިނިސްޓަރ ތިކިޔަނީ ބޮލައް ބެރެއްވެއްޓިފަ ބީތާވެފަ ހުންނަމީހުން ދައްކާފާޑުގެ ވާހަކަ ތިޔެއްމިހާރަކު އަޑެއްނާހާނެ

    8
    1
  15. Anonymous

    ދީނީ ޢިލްމުވެރިން ޒާތީވެ ހިތުހުރިގޮތަކަށް ހުކުމްނެރެ ފިތުނައުފައްދައި ފުރައްކާރަކުރުމަކީ ކޮންކަހަލަ ކަމެއްތޯ

    11
  16. ސޭމް ސޭމް

    އިޔާޒު މާލޭ މަގުތަކަށް ގިނަވެގެން އުޅޭ ބުޅާތައް ހެހެހެ

  17. ލުޓޭރުންގެ ސަރުކާރު

    އިޔާޒު ޒައިދު އިލްޔާސްހުސެއިން މިއީ މިހާރު އިލްމުވެރިންނެ ނޫން...ޖީބުވެރިން..

    11
    0
  18. ކޮންދީނެއް؟

    ދީނީ އިލްމްވެރިން އެހެން މީހުންނަށް ޓެރަރިސްޓުންނަށް ގޮވުމަކީ ހުއްދަކަމެއް އުތަ؟!

    12
  19. ހޫނު

    ކަލޭ ވާހަކަ ނުދަށްކާ ކަލެއަކީވެސް މުނާފިގުންނަށް ސަޕޯޓުކުރާމީހެއް ކަލޭގެ ވެރިމީހާ އެހުރީ ގައުމުވިއްކާލާ ދުވަހަކުކޮޅުންވެސް ގައުމުސަލާމަތް ނުވެވޭވަރުކޮށްފަ އެކަމަކުވެސް ކަލޭގެ ބޭނުމަކީ މަނީ މަނީ މަނީ މަނީ މަނީ .

    11
  20. އއ

    ކަލޭމެންނަކީ ހަރާމްގޮތުގަ ދައުލަތުންހޯދާ ފައިސާ އިންދޭ މުސާރަހަލާލު ކަމުގަ ކިޔައިގެން ގިނަ ފައިސާހޯދަން އުޅޭ މުނާފިގު ބައިގަނޑެއް. ! ކަލޭމެންނާހުރެ އިސްލާމްދީނުގެ އަގުވެއްޓެނީ!ކަލޭމެންނަކީ ދީން އަމިއްލައެދުމައް ބޭނުން ކުރާބައެއް.!

  21. އަހުމަދު މުހައްމަދު

    ދީނީ އިލްމްވެރިން ރައްޔިތުންނަށް ޓެރަރިސްޓުން ގޮވުން ކޮން ކަހަލަ ކަމެއް ތޯ ؟

    12
  22. އަހައްމަދު

    ދީނީ ޢިލްމުވެރިއަކަށް ފުރައްސާރަ ކުރުމަށް ވުރެ މި މުޖުތަމަޢުގައި ﷲއާ އެކަލާނގެ ރސޫލާ (ޞޢވ) އަށް ފުރައްސާރަ ކުރުމަކީ މާ ނުރައްކާ ސިގުނަލެއް.. ޒާހިރު އަމިއްލަ އެދުމަށް ތިފާޑު ވާހަކަ ދެއްކުމަށް ވުރެ ހަނުހުރުން މާ އައުލާކަން ބޮޑު.

    14
  23. އއ

    ކަލޭމެން ނަދުރުފުދޭބައެއްކަމުގަ ބަލައިގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުޅުނީ ތަންކޮޅެއް ކުރީގެމީހުން .! އެއްމެނައްމިހާރުއެގޭ ބޮޑުއަށިދަށުން ފެންރުނބަޔައް އަތްކޮއްޕާފަ ފެތެމުންދާ ނަވެއް ސަލާމަތް ކުރިވާހަކަ އެއީ ދޮގުކަން.! ކަލޭމެންނާ ދީނަކާ އެއްވސް ގުޅުމެއްނެތް!!

  24. އަބްދޫ

    ދީނީ އިލްމުވެރިންނަށް ފުރައްސާރަ ނުކުރާނެ. ދީނީ އިލްމުވެރިން ގައުމުދެކެ ލޯބި ވާނެ. ގައުމުގެ ރައްޔިތުންނާއެކު ގައުމުގެ ދީން ދެމެހެއްޓުމަށާ ގައުމުގެ ރައްޔިތުންނަށް މަގުދައްކާ ވެރިޔަކަށް ދީނީ އިލްމުވެރިން ތިއްބާ ލާދީނީ މީހުން ގައުމުގެ ވެރިކަމަށް ގެނެސްގެން އެމީހުން އިސްލާ މް ދީނުގެ ހައްދުތައް ގަބޫލު ނުކުރަމޭ ބުނީމަ ދީނީ އިލްމުވެރިން އަތްޖަހާނަހަދާނެ. ފުރައްސާރަ ލިބެނީ ތިމާގެ އަމަލުގަ އިސްލާމްދީނާއި ދުރުގޮތް ހުންނާތީ . އިސްލާމްދީނުގެ އިލްމުވެރިޔަކަށް އެކަކުވެސް ފުރައްސާރަ ނުކުރާނެ.

    10
  25. ކާފަބޭ2020

    މިމާލޭސިޓީއޭކިޔާސިޓީގައި ހެއްދެވިހާފާޙިޝްއަމަލެއް ފާޅުގައިހިންގާ އިޝްތިހާރުކޮށްހަދާއިރު ތިޔައިލްމުވެރިންކޮބައިތޯ ލިވާތުކުރުމުގެމުބާރާތުގެއިޝްތިހާރުކޮށް ހަދާއިރުތިޔަބައިމީހުން ކޮބައިތޯ؟ މަސާޖުޕާލާގެނަމުގަ ދެޖިންސުންފާޙިޝްއަމަލުތައް ބޯކޮށްހިންގާއިރު ގަދަނިދީގަތިބެފަހޭއެރީ ނުބައިތާކަށްއެއްޗެއް ހެރޭތީ ހުވަފެނުންފެނުނީތޯ؟

    11
  26. ާސިޔާސީ ޢިލްމު

    އެއީ ދީނީ ޢިލްމު ވެރިއެއްތަ ނޫނީ ސިޔާސީ ޢިލްމު ވެރިއެއްތަ

    10
  27. ޗާގޯސް

    ދީނީ ޢިލްވެރިންނޭ ކިޔައިގެން ދޮގު ހަދާ މީހުން ގިނަވާން ފެށުމަކީ ދުނިޔެ ނިމޭން ގާތް ވެއްޖެ ކަމުގެ ބިރުވެރި ސިގުނަލެއް.

  28. އއ

    އިލްމް ވެރިންނޭ މިކިޔަނީ އެހެންމީހުންނައް ނޭގޭ ކޮންކަމެއް އެގިގެންބާ؟

    7
    1
  29. ސިމްރަން

    ތިޔަ ބަޔަކު އުޅޭތަ އެބަ. ތިކަމުގެ ތާކިހާ އަޅައިގެން ތިބޭ ބައެއް އެބަ އުޅޭ ފަހަރިން ކައިރިއަށް ވަދެ.

    6
    1
  30. ނާދިރާތަ

    ދިނީ ޢިލްމްވެރިންނަކަށް ފުރައްސާރައެއް ނުކުރޭ. ފިތުނަ އުފައްދާ ދެތިން މީހަކާ ރައްޔިތުން ހިތްހަމަ ނުޖެހެނީ.

  31. ޙޮބޭ

    ވ. ތަނގަޅު ވާހަކަފުޅެއް! ދީނީޢިލްމުވެރިން ސިޔާސީ ޕޯޑިޔަމްތަކުގައި ދީނީ ތާކިހާ ތުރުކުރައްވައިގެން ވާހަކަ ދެއްކުމީ ވ. ނުރައްކާތެރިކަމެއް!

  32. ދަބަރުބެ

    އަނގަ ނުތަޅާ އިޔާޒު ކިޔަވާފައިން ސެޓިފިކޭޓް ސައްޚަތޯ ބަލަންވީނުން. ދީނީ އިލްމު ޑޮކްޓަރޭޓް ލެވެލްއަށް ކިޔަވައިގެން ހުރި އިލްމުވެރިޔެއްގެ ކިބައިން ފެންނަންޖެހޭ އެއްވެސް ސިފައެއް އޭނަގެ ފަރާތުން ނުފެނޭ