އުސް އިމާރާތްތަކުން ބިންމައްޗަށް ފައިބަން ގޮވާލާ އިއްޔެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަށް ކުރިޔަށް ގެންދިޔައިރު، އިދިކޮޅު ފަރާތްތަކުން އުއްމީދު ކުރި ވަރާއި ގާތައް ވެސް މީހުން މަގުމައްޗަކަށް ނިކުމެފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގަށް ނިކުމެ ޣައިރު ޤާނޫނީ މުޒާހަރާއެއްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއަދުވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ ކުރިޔަށް ދާނެ ކަމަށެވެ. އެމެޑީޕީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހަވީރު 4:30 ގައި މުޒާހަރާ އޮންނާނެ ކަމަށެވެ.
5 Fandiyaarunge Hukum Thanfeez kurey! Yameen Isthiufaa!#Ihuthijaaj huttumeh nethi 3/3 (Sat) haveeru 4:30 gai Majeedhee Magu gai kuriah dhaane
— MDP Secretariat (@MDPSecretariat) March 2, 2018
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް، ވެރިކަން ކުރާ ރަށުގެ އެންމެ ބޮޑު މަގު މަގަށް އިދިކޮޅު ފަރާތްތަކުން ނިކުތުމުން އެއްޗެހި ދުއްވުން ހުއްޓި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިތައް އިއްޔެވެސް ވަނީ ދިމާވެފައެވެ.
މާލޭގެ ކާނިވާ ސަރަހައްދު ފިޔަވައި އެހެންތަނެއްގައި މުޒާހަރާ ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމަކަށް ނުވާއިރު މުޒާހަރާއަށް ނިކުތް މަދު މީހުންކޮޅު އިއްޔެވެސްވަނީ ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރު ބޭނުންކޮށް އެއްވި ސަރަހައްދުން ފޮނުވާލާފައެވެ.
އީޔޫ އިން ފިޔަވަޅު އަޅާނެ ލަހެއް ނުވެ ދެން ލަލަލާ
އީޔޫއިން ފިޔަވަޅު އެޅިޔަސް ޔާމީނާއި ދަވްލަތުގެ ބޮޑުންނާއި ޔާމީނުގެ ސަޕޯޓަރުންގެއިތުރަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބެގެން އަހަރުމެން ގުބްަހައްދައިގެން މުޒާހަރާޔަށް ނިކުންނަންގޮވާ ބާރުއަޅަމުންދާ މަހުޖަނުން ތިބޭނީީ ކައިގެން އަހަރުމެންނަށް ޖޯކްޖަހާާފަ ހޭން ބަޑަށްތިބެންޖެހޭނީީ އަހަރުމެން ކަހަލަ އެމީހުންގެފައިދާާޔަށް މަސައްކަތްކޮށް މުޒާހަރާކުރަން އުޅޭ އާންމުން
މިހަބަރު ރަނގަޅު
އީޔޫ އޮޅާލާ.....ދެންލަލަލަލަލަލާ
ގާނޫނީ ގޮތުން މަނާ ކަމެއް ކުރަން އެމްޑީޕީން ގޮވުމުން ޖެހޭނީ އިލެކްޝަންސް ކަމިޝަން އިން އެޕާރޓީ އުވާލަން. ޢެކަން އިލެކްޝަންސް ކަމިޝަނަށް ނުވާނަމަ ގާނޫނަކުން އެކަން ފާސް ކޮށްގެން ވެސް ކުރަންވިއެވެ. އަދި ސިޔާސީ ޕާރޓީ ތައް އުވޭނެ ގޮތުގެ ގައިޑްލައިން އެއް ހިމެނޭ ގާނޫނެއް ފާސްކުރަންވީ މަޖްލީހުން. ވަރަށް ބާރުދޭނީ އިލެކްޝަންސް ކަމިޝަނަށް.ސިސްޓަމް ތެރޭގައި މިހާރު މަދުވަނީ ސިޔާސީ ޕާރޓި ތައް އުވާލުމާއި ބެހޭ ގާނުނެވެ.
މީތިންގެ ބުއްދި ނެތީބާ... ހުތުބާގަ ކީ ހަދީސް އެއްޗަކަށްނުހެދި ގޮތަށް މިމީހުންގެ އެދުންވެސް ބިލާހަކަށް ހައްދަވާށި... އާމީން
ޢީޔޫ އިން ފިޔަވަޅު އެޅިޔަސް ހެޔޮ.ﷲ ރިޒްގު ދެއްވަނީ.އީޔޫ އެއް ނުން
ހަމަ ހަދަންވީ ގިތަކީ އާންމު އުދަގޫ ކުރާތީ ޕރޕަތސްޕރޭ ވަގުތުން މޫނަށް ޖަހަންވީ
އީޔޫއިން ފިޔަވަޅު އަޅަން ކިޔާތާ 5 އަހަރުވަނީ . ދެން ލަލަލާ
"އީޔޫ އިން ފިޔަވަޅު އަޅާނެ ލަހެއް ނުވެ ދެން ލަލަލާ"ބުނި ކޮމެންޓަށް ބުނެވޭނީ އީޔޫއިން ކިތައްމެ ފިޔަވަޅެއް އެޅިޔަސް ސަރުކާރު ހިނގާބަޔަކަށް އޮތީ ކޮންގެއްލުމެއްތަ؟ ގެއްލުމެއްވިޔަސްވާނީ ތިޔަމުޒާހަރާގައި އެންމެގިނައިން އުޅޭފަދަ ނިކަމެތި ރައްޔިތުންނަށް ލަލަލާ
މިއަދު ނުކުން ނަން ވީއެއްޗެހި ނުލާ ޓޮޕުލެސް ކޯތޯ އެރުން ވައައް ގިނަ މީހުން ޖަމާވާނެ ކަމައްފެނޭ
ނުކުންނާނެ މީހުންނުވާތީ މަގުމަތިން ހިނގާމީހުންލައިގެން ފޮޓޯނަގަން އަދި ކެނެރީގޭގައި އުޅޭ ކުދިންނަށްވެސް ގޭދުށު ކަންމައްޗަށް ނިކުމެވޭނީ އޭރުން ވިއްޔާދޯ
ގައުމުގާ ކުއްލިހާލަގު ހިންގާފައިއޮއްވާ މުޒާހަރާކުރުމަކީ ގާނޫނީ މަނާކަމަކަށްވާއިރުު ފުލުހުނަނާއި ސަލާމަތީބާރުތައް ޖެހޭނެ މިފަދަ ޢައިރުގާނާނީ އެއްވުމާއި މުޒާރާތަށްބޭއްވުން ހުއްޓުވަން، އެއިގެ ބަދަލުގައި އިދިކޮޅު މީހުން އެފަދަ ފުރުޞަތު ބޭނުންކުރަމުންދާތަން ފެންނަނީ ޚާއްސްކޮށް ރައްޔިތުންނަށް ނަމޫނާ ދައްކަންތިބި މަޖިލިސް މެމްބަރުންވެސް މިފަދަ ނާތަހުޒީބު ހަރަކާތުގައި ބައިވެރިވަމުންދަނީ، މުޒާހަރާކުރުމަކީ އާއްމުރައްޔިތުން ހިނގާއުޅުމާއި ބާޒާރުކުރުންފަދަ އާއްމު ބޭނުންތަކަށްވެސް ވަރަށް އުދަގޫ ކުރިމަތިވާކަމެއް އަދި ވިޔަފާރިވެރިންގެ އަމްދަނީއަށްވެސް ނުހަނު ގެއްލުންވާނެކަމަކަށް ވާއިރު ރައްޔިތުންގެ މަމްދޫބުމް މަޖިލިސް މެމްބަރުންވެސްޖެހޭ މުޒާހަރާ ކުރުވިޔަނުދޭން
އީޔޫ އިން ފިޔަވަޅު އަޅާ ފަ ގޮސް ކޮންމެ ދުވަހަކު އޮފީހަށް ވަންނަނީވެސް
ރިޔާޒް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ މާލޭގައި ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރާ މީހުން އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފު ވެފައިވާތީވެ އެމެން އެންމެން ނަށް ގާނޫނު ގައި ވާ ގޮތުގެ މަތިން ހަރު ކަށި އަދަބު ދެވޭނެ ކަމަށް. މިރާއްޖެ އެބަޖެހޭ ފޭކް ސިޔާސީ ގޭމްސް ތައް ކުޅެގެން އެލް ބޯރޑް އަޅުވައިގެން އުޅޭ ރަނޑު ޕޮލިޓިޝަނުންގެ ފަރާތުން ރާއްޖެ ސަލާމަތް ކުރަން. އެކަން ވާން އޮތީ ގާނޫނުގައި ވާ އެންމެ ހަރު ކަށި ފިޔަވަޅު އަޅައިގެންނެވެ. އަދި ގާނޫނާއި ޚިލާފަށް މާލޭގެ މަގުތަަކަށް އެއްވާން އެމްޑީޕީން ތަކުރާރު ކޮށް ގޮވަމުން ދާތީވެ މަޖްލީހުން އެބަޖެހޭ ގާނޫނެއް ވެސް ހަދަން ގާނޫނާއި ޚިލާފަށް ސިޔާސީ ޕާރޓީ ތަކުން ކަން ކަން ކުރާ ކަން ސާބިތު ވެއްޖެނަމަ އެމެންގެ ޕާރޓީ ވަގުތީ ގޮތުން ސިޔާސީ ހަރަކާތް ތައް ހިންގުން ހުއްޓާލަން އިލެކްޝަންސް ކަމިޝަނަށް ސިޔާސީ ޕާރޓީ ތަކަށް އެންގުމުގެ ބާރު ލިބޭ ފަދަ ގާނޫނެއް އުފަން ކުރަން. ދިސްވޭ އިޒް ދަވޭ.