ރ. ދުވާފަރު ކައުންސިލްގެ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި، ދައުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހަދާަފައިވާ ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ

އެރަށު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި ހިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ.

މި ތުހުމަތުތައް ކުރެވުނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުންނެވެ. އެ ރިޕޯޓްގައިވާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބެލިއެވެ. އަދި އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުނެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންނަކީ

  • 1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް
  • 2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު
  • 3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
  • 4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު
  • 5. ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް
  • 6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް
  • 7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު

ޕީޖީ އޮފީހުން ބުނީ، މި މީހުން ތަހުގިގުގައި އިއުތިރާފުވެ، މި އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަަމަށެވެ. އަދި މިކަމުގައި މި އޮފީހުން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، ކުށުގެ ޢަމަލުގައި ބައިވެރިވުން އޮތް މިންވަރާއި، ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދަޢުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިޢާޔަތްކޮށްފައިވާނެ ކަަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

އަދި މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓައެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތިއެވެ.

ދުވާފަރު ކައުންސިލްގެ މައްސަލަ ފެންމަތިވުމުން ކައުންސިލަރުން ސަސްޕެންޑް ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަޒްބާތު

    ހިޔާނާތް ތެރި ވެފަ ހާދަ ވެލާފަ ފޮޓޯ އައް ހުއްޓިގެން އެ ތިބޫ....

    19
  2. ހުސޭނުބޭ

    ބޮޑެތި ޢަދަދުތަކުން ހަމަ ގަދައަށް ކާންވީ! މަރުހަބާ ހުރިހައި ކުދިންނަށް! ރިހާކުރުފުޅި ވަގަށްނެގި ސޮރަށް ނުވެ ތިހާ ބޮޑެތި ޢަދަދުތަކުން ފަރިއްކުޅުވާ ނަސޭހަތަކުން ސަލާމަތްވީތީ!

    25
  3. ހުސެން

    އެހެން ވޭތަ

    18
  4. ަައަހުމދު

    ތީ ވަރަށް ސަޅިގޮތެއް...ދެން އެއްވެސް ދިވެއްސަކު ޚިޔާނާތްވެގެން ކޯޓަށް ނުގެންދެވޭނެ..މި އެއްބަސްވުމަށް ރިޔާއަތްކުރވޭނެ. ދެރަަ

    28
  5. ލަދުންމަރޭ

    ހަމައެކަނި ނަސޭހަތުގެ އެއްބަސްވުމަކުން ފުއްދާނުލާ، ޚިޔާނާތްވި ޢަދަދަށްވާ ފައިސާ މެމްބަރުންގެ އަތުން އަތުލާނެކަމަށް އުއްމީދުކުރަމެވެ.

  6. ޙެހެހ

    މިކަމާއި ދުވާފަރު ރައްޔިތުން ނުކުންނަންވީ ، ފައިސާއަކީ ޕްރޮސިކއުޓަރ އެއްޗެއްނޫން ، ރައްޔިތުން އެއްޗެއް ، އެމީހުންގެ މަޤާމުވެސް އަތލެވެންވާނެ

  7. ދަރަނި ދަންތުރަ

    މިއީ ހިންނަވަރު ޗޯރޭ ގެ ކޮރަޕުސަނަށް ޒީރޯ ޓޮލަރެންސް ހެސްކިޔާފައި ކެއީމަވެސް ނަށޭހަތް ، ވަރަށް ސަޅި ، ކީއްވެބާ ރައީސް ޔާމީނު އަށް ހެޔޮނަސޭހަތް ކޮޅެއް ދީފައި ދޫކޮށްނުލެވެނީ ، ޔާމީނު ދޫކޮށްލައިފި ނަމަ ސޯލިބޭގެ ބޮކުސާ ބާލުވާނެކަން ޔަގީންވަނީދޯ ، ހިންނަވަރު އިބުރާހިމް އަށް ޗޯރޭ މިކިޔަނީ ހަމަ އަސްލު ވެސް ޗޯރެއްވީމަ ހިންނަވަރު ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ

  8. ދަވާލާ

    ހިތް ފުރޭ ވަރަށް ނޮޅާ ލައިގެން ވަރަށް ވެފައި މިތިބީ ފުޓޯ މަގަށް ލަދުހަޔާތުގެ ކުނޑި ފުކެއްވެސް ނެތް މަރުވާނެ ކަން ވެސް ނޭންގެނީތޯ ޗޯރު ގުރޫޕް

  9. Anonymous

    ޢެއްބަޔަކު ބޮޑެތި ތުނބުޅިލާފަ އަނެެއްބަޔަކު ރީތިބުުރުގާ އަޅާފަ… ތިޔަފޮޓޯގަ ކަލޭމެން އޮރިޔާމުން ތިބިނަމަ އަދިމާރީތިވީސް…މުސްލިނުންނޯ…. ޖެހުނުގޮތަކަށް ހަރާމެއް ހަލާލެއްބަލާނުލާ ބަނޑުއަޅަމުންދަނީ…

  10. ޗަކޮއި

    ޔާމިނަށްވެސް ތިޔަ ފުރުސަރު ދޭންޖެހޭނެ. ޗޯރު އިބުރޭގެ ޗޯރު ސަރުކާރު..

    2
    0
  11. ދުވާފަރު މީހާ

    ރަށުގެނަން ހަޱިކޮށްފަ ވަރަށް ސަޅި އަދަބެއްތީ ލަދުންބޯހަލާކު

  12. ޡެރޮ

    ޒީރޯ ޓޯލަރެންސް.