ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހުޅުމާލޭގައި ހަދާފައި ހުރި ހުރިހާ ފްލެޓުތަކެއްގެ ކުލި މާފްކޮށް ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް އެގޮތަށް ވިދާޅުވީ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހުޅުމާލެ އިން ބިން އެއް ބަޔަކަށް ވިއްކާ އިރު، އަނެއް ބަޔަކަށް ދެނީ ހިލޭ ކަމަށެވެ. އަދި އެކަމުގައި އިންސާފާއި އިހްސާންތެރިކަން ކޮބައިތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ތި ދީފައި ހުރި ކުލީ ފްލެޓުތަކުގެ ކުލި އެއް ފަހަރާ މާފްކޮށް ދޭނަން. މާފު. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުވިއެވެ.

އޭގެ ފަހުގައި ގާސިމް ވިދާޅުވީ އެ ފްލެޓުތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެއީ ސަމާސާއަކަށް ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ރައްޔިތުންނާ މެދު ހަމަހަމަކަން ގާއިމުކުރަން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ ކުލި މާފްކޮށް ދޭނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން. އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ނޫން. އެއީ އިންސާފުވެރިވުމަށްޓަކައި އެކަން ކުރަން ޖެހޭ." ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އަށް މިލިއަން ނޫނީ 10 މިލިއަން ރުފިޔާ އަށް ބަޔަކަށް ފްލެޓެއް ނޫނީ ގޯއްޗެއް ވިއްކާފައި އަނެއް ބަޔަކު 2،000 އަކަފޫޓުގެ ބިމެއް ހިލޭ ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.

"މިއިން ބިމެއް ގަންނަން ލިބެނީ އަށް މިލިއަން ނޫނީ 10 މިލިއަން ރުފިޔާ އަށް. އެހެންވީމަ ދެކޮޅު ނުޖެހޭ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރަން ޖެހޭ،" ގާސިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ހިލޭ 3،000 ގޯތި ދިނުމަށް ނިންމައިފައެވެ. އަދި އަންނަ ހަފްތާގައި ގޯތި ލިބޭ މީހުންގެ ލިސްޓް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ މީހުންނަށް އެކަނި ދޭ މި ގޯއްޗަށް އެތައް ދިވެހިންނެއް ދަނީ އިންތިޒާރު ކުރަމުންނެވެ.

މި ބައްދަލުވުމުގައި ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ގާސިމްގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ބައެއް ސިޔާސަތުތައް ހާމަކުރެއްވިއެވެ.

ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މަދުވެގެން 20،000 ފްލެޓު އެޅުމަށް ހިމަނައިފައެވެ. އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި އަމާޒަކީ 30،000 ފްލެޓު އެޅުމެވެ.

މީގެއިތުރުން ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް އިސްކަން ދީ، ޓަވަރުތަކުގައި އިތުރު އެލަވޭޓަރާއި ބެކަޕް ޖެނެރޭޓަރު ބަހައްޓައި ހިޔާ ނެއިބަހޫޑް ޕާކްތައް ތަރައްގީ ކުރުމަށް ގާސިމްގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ސަރޭ

    30000ފުލެޓުވެސް ހިލޭ.ހަގީގަތުގަ ރައްޔަތުންނަށް ގޯތި ހިލޭ ދެވޭނަމަ ފުލެޓުވެސް ހިލޭ ދެން ޖެހޭ. މިކަން ކުރަން ޖެހެނީ ބިންތަށް ކުއްޔަށް ދީގެން އޭގެން ފުލެޓުތަކުގެ އަގުތަށް ސަރުކަާރުން ހަމަ ޖައްސާ ގޮތަށް.

    17
    6
  2. މަކަރެ

    އެހެންވީމަ ވެރިކަމެއް އިރާދަކުރެއްވިއްޔާ ނުވެސް ލިބޭނެ މުޅިންވެސް ތިހަދަނީ ދޮގު ސޯލިހު ކައިރިން ދޮގުހަދަން ދަސްވެފަ މިހާރު ތިޔަހުރީ

    47
    8
  3. ޤައުމި

    ހުވާތަ!!! ޤާސިމް ބަހުގެ އިތުބާރު
    އޯކޭ

    9
    12
  4. ޝައުފާ

    ޙަނދުން ގެއަޅާފައި ހިލޭ ގެންގޮސް ދޭނަމެވެ.

    33
    3
  5. ލުޓޭރުންގެ ސަރުކާރު

    ފްލެޓް ހިލޭދިނަސް މިގައުމު ވިލާއަށް ހިލޭ ދޭކަން އެއްބަސްނުވެވޭނެ...މިގައުމުގަ އިންޑިޔާ ސިފައިން ތިބިކަން ސާފުނުވާ މީހަކަށް ވޯޓެއް ނުދެވޭނެ..އިންޑިޔާ އައުޓް ހަރުއަޑުން ގޮވާލެހާ ވަރުނެތް މީހަކަށް ވޯޓެއް ނުދެވޭނެ...އަނބިމީހާ ސަރުކާރު ހިންގަން ވަޒީރުންގެ ގޮނޑިކޮޅުގަ ބައިންދައިގެން ތިމާއަކީ ސަރުކާރާ ބެހޭމީހެއް ނޫނޭ ބުންޏަސް ތީހަމަ އިބުރާހިމު ގެ ކައްތިރިއެއް..

    44
    3
  6. 5.5

    މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ އިން ކުލި ދައްކާ ކާބޮއެ ހަދާ ބިން މިލްކު ކުރެވޭ ވަރަށް އާމްދަނީ ހޯދިއްޖެ ނަމަ ބިން ގަނެވޭނެ މުތަމަޢުއެއްގައި މީހުން އުޅޭ ގޮތަށް ކަން ކުރުވާނެ ވެރިއެއް ބޭނުމީ. ބޭސް ފަރުވާ ހިލޭ!!! ފްލެޓް ހިލޭ!!! ކިއެވުން ހިލޭ!!! ކެއުން ބުއިމާ އުނު އަންނައުނު ވެސް ހިލޭ ދޭނެ ކަމަށް އިސާހިތަކު ވައުދުވާނެ. މިހާރު ކޮންމެ ވެސް މީހަކު އެބަބުނޭ ކުނި ވެސް އުކާލަދޭނީ ހިލެއޭ!!!! މިހެން ގޮސް "ހަކުރު" ވެސް ހިލޭ ދޭނެ ކަމަށް ބުނާނެ!!!!! ދިވެހިންގެ ވެރިންނަށް ވާން ތިބި މީހުން ވެސް މިތިބީ ބޯގޯސްވެފައި!!!! ކިހިނެއް މިގައުމުގައި ދެކޮޅު ޖެއްސޭނެ އިގްތިސާދެއް ބިނާ ކުރާނީ!!!! ހިލޭ ހިލޭ ހިލޭ!!!!!!

    30
    3
  7. އަބްދޫ

    ގާނޫނުއަސާސީގަ ބުނާގޮތުން ދަވްލަތުގެ އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކަށް ދިނުމުގެ ބާރު ރައީސުލްޖުމަހޫރިއްޔާ އަކަށް ނޯވޭ. ދަވްލަތަށް ހޯދަންޖެހޭ އެއްވެސް ފައިސާއެއް މާފު ކުރުމުގެ ބާރު ރައީސުލްޖުމަހޫރިއްޔާ އަކަށް ލިބިގެންނުވޭ. މިދައްކަނީ ހައްތާވެސް ދަވްލަތުގެ ފައިސާއަށް ހިޔާނާތް ވާނެ ވަހަކަ . މިކަހަލަ މީހަކަށް ވޯޓްދޭންހެޔޮނުވާނެ. ދަވްލަތުގެ އެންމެހާ ރައްޔިތުންގެ ހައްގު ވަކި ބަޔަކަށް ބަހާލުމަކީ ރިސްވަތުގެ އަމަލެއް . ފްލެޓް ކުލި މާފު ކުރުން ހިމެނެނީވެސް މި ކެޓަގަރީގަ،

    41
    1
  8. ޔާ މީނު

    އަޅުގަނޑަށް ވެރިކަން ލިބިއްޖެނަމަ ޤާސިމް ބާއްވާނީ ދިގު މުއްދަތަށް ޖަލުގައި

    30
    1
  9. ކޮވިޑް

    ފުރަތަމަ ތިހާ ދީލަތީއްޔާ ކޮވިޑުގަ 1000ރ މުސާރަ ދިން ގާސިމްގެ ސްޓާފުންނަށް އެ މީހުންގެ މުސާރަ ހަމަ އަށް ދީބަލަ؟ މިކިޔަނީ ކަލޭ އަށް ފައިސާ ހޯދަދޭން ބުރަ މަސައްކަތް ކުރި މީހުންގެ ވާހަކަ.

    23
  10. ފިޔަވަޅު

    އަހަރެމެންނަށް ތި ހިޔާ އިން ލިބުނު ފުލެޓް ވަނީ އަތުލާފަ .
    މިހާރު މިދިރިއުޅެނީ ބޮޑު ކުލީގަ

    އަހަރެމެން އަތުންވެސް ޓެކްސް ނަގަ.
    ޢެލާރި ވަކި ބަޔަކަށް ބަހައެއް ނުލެވޭނެ .
    ހަމަހަމަ ކަން ކޮބާ .

    11
  11. ހުސޭނުބޭ

    މުއައްޒަފުންގެ ސާވިސްޗާޖު ކާލައިގެން އިނދެ ހާދަ މޮޅު ވާހަކަ އެބަދައްކައޭ! ކަލެއަށް ދެވޭނީ އތރއަށް.

    11
    1
  12. އެދުރުބެ

    އަޅުގަނޑުގެ ވެރިކަމެއްގައި އިސްކޮޅުގަ 6 ފޫޓު ހުންނަ ކޮންމެ މީހަކަށް މަހަކު 25 ހާސް ރުފިޔާދޭނަން

    10
  13. ސުމާ

    ރައްޔިތުން އަޑުއަހަން ބޭނުން ހުރިހާ ވާހަކައެއް ދެއްކޭތޯބަލާށެވެ. ފުލެޓު ކުލި ހިލޭ ކޮއްދޭނަމޭ.. ކޮންމެ ރަށެއްގައި އެޔާޕީޓު އަޅާއިދޭނަމޭ ބަނދަރުއަޅައިދޭނަމޭ އެންމެންގެ މުސާރަ ބޮޑުކޮއްދޭނަމޭ..މިހެންގޮސް ނިމުމުމެއް ލިސްޓެއްގެ ވާހަކައެވެ. އެކަމަކު ގައުމު އޮތް ބަނގުރޫޓުވެ ދަރާފައިވާހާލަތުން މިއިން އެއްކަމެއްވެސް ކޮއްދިނުމުގެ ހަގީގީ މާލީ ހަކަތައެއް ދައުލަތަކުއެއް ނެތެވެ.

    12
  14. ހުޅުލޭބޮޑުމީހާ

    އަޅުގަނޑަށް ވެރިކަން ލިބިއްޖެނަމަ ކޮންމެ ކުންފުންޔެއްގެ ރިސޯޓެއް ވިޔަސް ރިސޯޓު ތަކުގަ މަސައްކަތް ކުރާ އެންމެންނަށް މަހުންމަހަށް ބަރާބަރަށް މަހުގެ 1 ވަނަ ދުވަހު ސާވިސްޗާރޖް ހިމަނައިގެން މުސާރަ ދޭނަން.

    11
    1
  15. ޣާޞ

    ކަލޭ ސަރުކާރު ލާރި ތަޅާ ބުރުވަފާނެ އެކަމަކު ކޮބާ މުވަޒަފުންގެ މުސާރައިގައި އުނިކޮށް އަބުރާ ދޭންބުނި ބައި މާމުހިންމު އަދިވެސް ނުދެވޭ

    10
  16. ރާއްޖެތެރޭ މީހާ

    މަނިކުފާނު ހަމަހޭގަތޯ؟ ހުޅުމާލޭގެ ފުލެޓްތަކުގަ އެކަނިތޯ ދިވެހިރައްޔިތުންއުޅެނީ؟ ރާއްޖެތެރޭ ރަށްރަށުގަ އުޅެނީ ދިވެހި ރައްޔިތުންނެއްނޫންތޯ؟ ތިވިދާޅުވަނީ ރަށްރަށުގެ ފުލެޓްތަކުގެ އަގުބޮޑުކޮށް އެފައިސާއިން ހުޅުމާލޭގެ ފުލެޓްތަކުގެ އަގު މާފްކޮށްދޭވާހަކަދެއްތޯ؟ މަނިކުފާނު އަތޮޅުތަކަށް ވޯޓް ހޯދަން ނައުމައް އިލްތިމާސްކުރަން، މަނިކުފާނަށްދޭނެ ވޯޓެއްނެތް، ސަލާމް

  17. ރޮކްމައިވޯލްޑް

    ސާބަހޭ ގާސިމް ތިޔާއީ ރައްޔިތުންގެ ވިންދާއި އިހްސާސް އާއި އެއްގޮތަށް ވެރިކަން ކުރުމަކީ އަދި މަމެން ބޭނުމޭ ގާސިމްގެ ދުލުން ބުނަން ފުށިދިއްގަރު ފަލު ހިއްކާ އަދި މާލޭން ފެށިގެން ގޮސް މާފުއްޓާއި ހަމައަށް ބްރިޖް އަޅާ އެ ދެމެދުގައި ހުރިއްޔާ ހުރިހާ ފަޅު ތައް ހިއްކާ ދިވެހި ރައްޔިތުންނަށް ހިލޭ ބިން ދީގެން އެންމެނަށް ފާގަތި ދިރިއުޅެއް ހޯދާ ދޭނެ ކަމަށް ޔޫ ރޮކް މައިވޯލްޑް ގާސިމް ގާސިމް ތިޔާވަނީ މަމެންގެ ދިރިއުޅުން އުޖާލާ ކުރާނެ މަގު ކޮށަން ނިޔަތް ގަނެފައޭ ނަށާލާ ގާސިމް ނަށާލާ ނަށާލާ ނަށާލާ ޔޫ ރޮކް މައިވޯލްޑް ޔޭއް ޔޭއް ޔޫ ރޮކްމައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ޔޫ ރޮކްމަައިވޯލްޑް ނަށާލާ ނަށާލާ ނަށާލާ ނަށާލާ...

    1
    11
  18. ހޮއެހޮއެ

    ކަލެއަށް ވެރިކަން ތިލިބުނީ. ދެން ގެޔަށް ކަނޑާލާ އަވަހަށް

    10
  19. ޚޮކި

    ގާސިމު ވެރިކަމެކޭ، ކިޔާނެކަމެއްނެތް ވިލާކޮލެޖުން ކިޔަވާކުދިންގެ ފީކުޑަކުރަންވީނޫންތޯ؟ކީކުރަން ވެރިކަން ލިބެންދެން މަޑުކުރާވާހަކަ ތިވިދާޅުވަނީ؟ ތިމާއަށް ރިސޯޓްހަދާނެ ރަށްތަކާއި ބިންތައް ސަރުކާރުން ދީފަހުރީ ވަރަށް ކުޑައަގުތަކެއްގައި ނަމަވެސް އެކިނަންނަމުގައި ކޮލެޖުން ފީތަކާއި ތަފާތު ޖޫރިމަނާތައް ކުރަމުން ތިޔަގެންދަވަނީ އެއްވެސް އިޙުލާޞްތެރިކަމެއް ނެތެންނޫންތޯ؟

    8
    2
  20. 1111

    ކަލެއަކީ ޕެންޑަމިކުތެރޭގަ މި ޤައުމުގައި އެންމެ ހާލުގަ ޖެހުނު އެންމެ ނިކަމެތިވި މީހާ.. މިޤައުމުގެ އެންމެ ނިކަމެތި ފަޣިރުންނަށްވުރެވެސް ކެލޭގެ ނިކަމެތިކަން ބޮޑުވި.. މި ޤައުމުގެ ފަގީރުންނަށް މުދަލުން (ދައުލަތަށް މީނަގެ ރިޒޯތްރަކުން ވަންނަންޖެހޭ ޓެކްސްގެ އެތައްގުނައެއް މާފްކޮށްދޭން ޖެހުނު. އޭގެ އިތުރަށް އެތަށް ބަދަލެއް ދެވޭ) ދެން ކިހިނެއްބާ ނިކަމެތީންނަށް މީނަފުށުން ލުއެއް ފަސޭހައެއްވާނީ؟
    މީނަގެ އަދި މީނަ ފަހަތުގަ އުޅޭ ބައެއްގެވެސް ހަޔާތްކުޑަކަމާއެވެ.

    12
    0
  21. ގޯވާ

    ހައިރާންވެ އަންތަރީސް ވެއްޖެ! މި ދުނިޔޭގެ ވަގުތީ ކުޑަކުޑަ އުފަލެއް ހޯދުމަށް ޖަނާ މާލުން ޤުރުބާންވާން މީހުން ތެޅޭގޮތް ދޯ!!

    12
  22. ޗާބޫކުން

    ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަކޮށްދޭން އެދުމުން ހާކިމާ ފުންމައިގެން ތެދުވެ ކުލި ކުޑަނުކުރޭވޭނޭ ކަމަށް ބުނެ ކުލިދައްކާ ވަންނާށޭ ބުނެ އެފަކީރުންތައް ގުދަށް ބާއްވާ ޗާބޫކުން ތެޅީނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ބޮޑަށް ތަދުވެ ރިއްސަން ފަށައިފިއޭ އޯއް އޯއް އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދަ އަށް ތަޅާލީމާ ރައްޔިތުން ހަނާވެ ރޯނާ ވެއްޖެއޭ އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް..

  23. ގައު ސިމް

    އަޅުގަނޑު ގެ ވެރިކަމެއްގައި މުސްކުޅިން ހަނަގަޑުގައި ރޫނުޖެހޭ ބޭސް ހޯދައިދޭނަން

    11
  24. Anonymous

    ކަލޭގެ މުއައްޒަފުނައް ރަނގަޅު ނޫން މީހަކު އަދި މުޅި ރާއްޖޭގެ ރައްޔިތުން ކިހިނެއް ބަލަހައްޓާނީ ، ވެރިކަން ބޭނުންވިޔަސް ބޮޑުވަރު ތިޔަކީ ދެން.

  25. ޢައުފް

    ރައްޔިތުން ދެކެ ލޯބިވާ ވެރިޔއެއް ގަަސިމް ނޫނީ ނެތް

  26. ހޮޅުއަށި

    "އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލެ ފްލެޓުތަކުގެ ކުލި މާފްކޮށް ދޭނަން: ގާސިމް" އެކަނި ކުލި މާފުކޮށްދިނުން އެއީ އިންސާފުވެރިގޮތަކަށް ނުވާނެއެއްނުން ބަލަ ސައުދާގަރުކަލޭގެއާ، މީސްމީހުންނަގާފައިވާ ބޮޑެތިލޯންތަކާއި، ކަރަންޓްބިލާއި ފެންބިލާއި ނެޓްބިލާއި ފޯންބިލާއި އަދި ގޭގެ ކެއުމާއި ބުއިމާއި އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ ބިލްވެސް މާފުކޮށްދީ މަނިކްފާނުގެ ސަރުކާރުން އެހުރިހާ ލޯންތަކާއި ބިލްތައްވެސް ދައްކަވައިދެއްވަންވާނެ ނުންތޯ؟ އަދި މިހުރިހާކަމެއްގެ ކުރިން މަނިކްފާނުގެ މުޥައްޒަފުންގެ މުސާރަކޮޅާއި ސާރވިސްޗާރޖް ކޮޅުވެސް ދޭންވާނެނުންތޯ؟

  27. ގަލަން

    ތީޔައީ ހުސްހަމަދޮގު މީގެ ކުރީގަ ރިއާސީ ކެންޕެއިން ތަކުގަވެސް ރަށްރަށުގެ ރަތްޔިތުންނައް ހުރީ ބޮޑެތި ދޮގު ހަދާފަ އަދި އޮޅުވާލައިފަ

  28. ޙައްގު

    އިންތިހާބު އައިސްޖެހުނީމަ ތޯ އެންގުނީ ތިކަން! ގުއިސިމް

  29. ށށ

    ޥެރިކަން ލިބިއްޖެށްޔާ ނަހުލާދޭން ވަޢުދުވާންވީނޫންތޯ؟

  30. ހިޔާލު

    ތީ އެއްވެސް އިތުބާރެއް ކުރެވޭ މީހެއް ނޫން. އަމިއްލަ އެދުން ފުއްދުން ނޫންކަމެއް ހިތުގަ އޮންނަހެން ހީއެއްނުވޭ

  31. ގަރަ

    މަގޭ ވޯޓު ގާސިމަށް

  32. މަރުގަޔާ

    ވެރިކަން ލިބެންދެން ކިޔާނެ މިކަހަލަ ކިތަންމެ އެއްޗެއް، ލިބުމުން އެއީ ދެއްކިވާހަކައަކަށް ނުވާ ވެރިން މިއުޅެނީ އިތުބާރު އުވިއްޖެ

  33. ލަދުންބޯހަލާކު

    ފްލެޓްތަކުގެ ކުއްޔަށް އަހަރަކު ލިބޭ 1.3 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭގޮތަށް ހެދުމުން ސަރުކާރުގެ ބައިތުލްމާލުން އުނިވާބައި ތިމާގެންގުޅޭ މުޥައްޒަފުންނަށް މުސާރަނުދެވިގެން އުޅޭމީހަކަށް ސަރުކާރަށް ދެއްކިދާނެތަ؟ ދެންއޮތީ ރައްޔިތުންގެ ޓެކްސް ފައިސާ ތިމާވެރިކަމަށް އައްނަންވެގެން ވަކި ވަކި ފަރުދުންނަށް ބަހާލާނެ ވާހަކަ ދައްކާއިރު އެދެކެވެނީ ހަމަ ކޮރޮޕްޝަން ހިންގާނެ ވާޙަކަނުންތޯ؟ ހަމަ އެދެކެވެނީ ބައިތުލްމާލުން ވައްކަން ކުރާވާހަކަނުންތޯ؟ ދެން ރައްޔިތުންވީ އެ ވައްކަންތައް ކޮށް ދައުލަތު ޚަޒާނާ ހުސްކުރަން މަގުފަހި ކޮށްދޭން ޤާސިމަށް ވޯޓުދޭންތޯ؟