ރައްޔިތުންނަށް ހަމަހަމަކަން ގާއިމު ނުކުރެވޭނެ ނަމަ ވެރިކަމުގައި ނުހުންނަވައި "ގެއަށް ކަނޑާލުމަށް" ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި މައްސަލައިގައި އާއި ރައްޔިތުންގެ މަޖިލިސް "ޑެޑްލޮކަށް" ދިޔަ މައްސަލައިގައި ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ. ގާސިމް ގަބޫލު ކުރައްވާ ގޮތުގައި އެ ދެ ކަމަކީ ވެސް ރައީސް ސޯލިހްގެ ސަރުކާރުން ކުރި ކަމެކެވެ.

މަޖިލިސް ޑެޑްލޮކަކަށް ނުގެންދެވޭނެ، ރައީސް ސޯލިހް ޒިންމާ އުފުއްލަވާ: ގާސިމް

"ބަލަ ސަރުކާރު ހިންގަން އޮތް ޕާޓީން މި ކަންކަން ކުރީމާ ދެން ކީކޭތޯ ބުނާނީ. އެމީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން؟،" މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދައިގެން މަޖިލިސް ޑެޑްލޮކަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހް އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން އެކަން ކުރީ. އެހެން ނުކުރެވޭނެ އެކަމެއް. އެކަން ކޮށްގެން ނުވާނެ. އެއީ ރަނގަޅު މިސާލެއް ނޫން ދައްކާކަށް. ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި ދޭތެރެއަކުން ލޯވަޅެއް ދައްކާފައި އެހެންނޭ، މިހެންނޭ ކިއާފައި އެހެނެއް ނެހެދޭނެ. ގާނޫނުއަސާސީ އަށް ވުރެ ބާރުގަދަ އެއްޗެއް ނޯންނާނެ،" ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރެއްވި އިރު، ހާއްސަ މަޖިލިހުގެ ރައީސް ކަން ކުރެއްވި އަދި ގިނަ ބައެއްގެ އިތުބާރު އޭރު ހޯއްދަވާފައިވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް މިހާރު އެ ހައްދަވަނީ ގޯސް މައްޗަށް ގޯހެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ދެން ނެތް ގޮބޮޅި ވެސް ނާޅާ. ހުރިހާ އެއްޗެއް އަޅައި ނިންމައިފި. މަނިކުފާނު ދެން އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވާށޭ ކިއައިގެން އުޅުމުގެ މާނައެއް ނެތް." ގާސިމް ވިދާޅުވިއެވެ.

މިވަރުގެ ޖަރީމާއެއް ހިންގީމަ ކަމަކު ނުދޭ: ގާސިމް

ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ކޮވިޑް-19 އާ އެކު ކުރިމަތިވި ނިކަމެތިކަމާ ގުޅިގެން ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.

ވިލާ ކުންފުނީގެ ދަށުން މަސައްކަތް ކުރާ 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަން އެބަހުރި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތީ އަޟްހާ އީދު ކަމަށްވެފައި، ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ވެސް 3.5 މިލިއަން ޑޮލަރު އަރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެކަމަކު، ސުޕްރީމް ކޯޓާއި އޭސީސީން ނިމިފައި އޮތް ކަމެއްގައި އޭސީސީ އަށް ސިޓީ ފޮނުވައިގެން އެކަން ހުއްޓުވުމުގެ އޮތީ ކޮން ހައްގެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން ކަމެއް ނިންމައިފި ނަމަ، އެކަން ހުއްޓުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހަށް ވެސް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންވީމަ، މިވަރުގެ ޖަރީމާ ހިންގީމަ ކަމަކު ނުދާ ކަމަށާއި މިއީ ބޮޑު ވަރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މިހާރު ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް،" ގާސިމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ވާވެއްދި ފަޅުގެ އިތުރުން ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ. ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.

ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށް ގާސިމް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ފަދަ މޭރުމަކުން ގާސިމް ވަނީ ވާހަކަ ދައްކަވައިފައެވެ.

މާޒީއަށް ބަލައި އަޅުގަނޑަށް ވޯޓު ދެއްވާ: ގާސިމް

ގާސިމް ވިދާޅުވީ ނިމިދިޔަ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އޭނާ ތާއީދު ކުރެއްވީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކަމަށެވެ. އަދި 2013 ވަނަ އަހަރު ޕީޕީއެމް ވެރިކަމަށް ގެނައުމަށް ތާއީދު ކުރެއްވި އިރު، މިފަހަރު އޭނާ ވެރިކަމަށް ގެނައުމަށް ފުރުސަތެއް ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖޭޕީއާ ގުޅުމަށް ޕީޕީއެމްގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ ފޮނުއްވާފައި ވާނެ ކަމަށެވެ. އޭރު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޕީޕީއެމުން ބުނި އިރު، ހާލަތަކީ ބަދަލުވާ އެއްޗެއް ކަމަށާއި އެގޮތަށް ހާލަތު ވެސް ބަދަލުވެދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ތިޔަބޭފުޅުން (ޕީޕީއެމް) ވެރިކަމަށް ވަޑައިގެންނެވުނީ ޖޭޕީން އަޅުގަނޑުމެން ކޮށްދިން މަސައްކަތާ ހެދި. އެހެން ނޫނީ ވަޑައިނުގެންނެވުނީސް. އެހެންވީމަ މިއަދު މިއީ އަޅުގަނޑުމެންނަށް އެ ޓާން ދެއްވަންވީ ފަހަރޭ. ޕީއެންސީ އާއި ޕީޕީއެމްގެ ހުރިހާ ބޭފުޅުން އަޅުގަނޑަށް ވޯޓު ދީފިއްޔާ ކީއްތޯ ވާނީ؟" ގާސިމް ވިދާޅުވިއެވެ.

"ކޮބައިތޯ މައްސަލައެއް؟ އެމްޑީޕީ އަށް ދެ ފަހަރު ހޯދައި ދިނީމަ އަޅުގަނޑަށް އެ ވޯޓު ދެއްވަން ކީއްތޯ ވާނީ؟ އެމްޑީޕީ ފަލަވެގެން މަސް ޖަހައި ބޮޑުވީ އެ ޕާޓީގެ (ކުރީގެ) ރައީސް ނަޝީދު ކައިރީގައި އަހާބަލަ މި ގާސިމް ކަމެއް ކޮށްދިންތޯ؟ ނޫނީ އެ ޕާޓީ އުފައްދައި ދިނުމުގައި ވީ ކިހާ އެހީތެރިކަމެއްތޯ. އުފެދިގެން އައި އިރު ދަމަހައްޓަން ކޮން ކަމެއްތޯ ކޮށްދިނީ."

ގާސިމް ވިދާޅުވީ ރައްޔިތުން ހިތާމަ ކުރަން ޖެހޭ ގޮތަކަށް ވެރިއަކު ނުހޮވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދެވަނަ ދައުރެއް ދޭން ވާނީ ފުރަތަމަ ދައުރުގައި އެ ވެރިއަކު ކުރެއްވި ކަންތައްތަކާއި އަމަލުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. މަރީ

    ކުރިންވެސް ބަގާވާތް ކުރަމުންއައި މީހެއް ރައްޔިތުން ސަމާލުވޭ އަދިވެސް ކޮވިޑުގައި ބާކީ މުސާރަނުދޭ ސާވިސްޗާޖު މުވައްޒަފުންނައްނުދޭ

    70
    5
    • ޝަން

      އަވަހަށް މީނާގެ އެސްޓުތަށް ފުރީޒްކޮއް ދައުލަތަށް ދައްކަންހުރި ޓެކުސް ހަމަކޮއްދެއްވާ.

      51
      2
      • ހޭލާ

        ރައްޔިތުންނޭ މީނާއައް ކޮންމެސް ކޮންމެސް ވޯޓްނުދޭތި މިހާރުވެސް މުޅިގައުމު ކައިގެން މަސްޖަހާފަ ހުރިމީހެއް އަދިމީނައައް ވެެރިކަން ދީފިއްޔާ ތޮށިމަތީގަ ހިކިފަ ގަލެއްއިނަސް އެވެސްވާނީ މީނަގެ އެއްޗަކައް މީއަބަދުވެސް ލިބޭބައި މަދުވެގެން އުޅޭމީހެއް

    • ޚިޔާލު 2

      ބޯ ބުރާތިވެފަ ތިބިބައެއްތަ ވެރިކަމަށް މި އަންނަންއުޅެނި. އެހެންޔާ ވައުދު ފުއްދުނުވެރިއެއް ތާރީޚް ދެކެފައިނުވާއިރު މިވެރިންނަށް ވާނީ ކޮންކަމެއްތޯއެވެ.
      ފަސާދަވެރި ވެރިންގެ އަލާމަތެއްނޫންތޯ ނުވާވަރުގެ ވަޢުދު ވެލައްވަނީ. މިވެރިންނަށް ވެރިކަށް ހަމަ ދޭންވާނެތޯ.

      30
      3
  2. ކޮރަލް

    ވެރިކމަށް އަންނަން އުޅޭ މީހެއްގެ ބަސް މަގު ހުންނަ ގޮތެވެ. ނަހުލާ އަދިވެސް އެހުރީ މިނިސްޓަރު ކަމުގަ ބަހައްޓާފަ އެވެ.

    79
    6
  3. ޑޮލަރު

    މިއަދު ދެން ވަރަށް ގޯސްވާނެ، އަދި އިންތިޚާބް ކައިރި ވާވަރަކަށް، އަދި ކެތްވެސް ނުކުރެވޭ ތަން އަންނާނެ، ގައުމުގެ ހަލާކަކީ ކަލޭމެން ކަހަލަ 5 ސައުދާގަރުން، މައިތިރި ކޮށްލާއިރަށް ހުންނާނީ ރަނގަޅަށް.

    46
  4. ފަލަޑޭ

    އެހެންވީމާ ފަލަކުރި ޕާޓީއަށް އާދޭސްކުރޭ. ދެފަހަރު އެޕާޓީ ވެރިކަމަށް ހޮވާދީފީމެއްނު.

    25
    1
  5. އަޖައިބެއް

    ބޮޑެތިސިންގާ ޕާޓީ ކުދިޕާޓީ ފަހަތަކަށް ނާރާނެ. ފިޔޮއްފަހަތުން ކުކުޅެއްނޫޅޭނެ.

    32
    1
  6. އިބޫ ރައިސު

    މީނަގެ ލަދެއް ހަޔާތެއް ނުހުރޭ! ކީކޭ ބުނާނީ!!

    45
    1
  7. އަބު

    ޕޕމ ގެވެރިކަންނިމެންދެއް ހުރިނަމަރަގަޅު
    ހެދީގޯސް ޔާމީނު ވިދާޅުވިޔަސް ގާސިމަކަށް
    ވޯޓެނުދޭނަން ސުކުރިންޔާ

    39
    2
  8. އުނޫ

    ރަނގަޅުވާހަކައެއް ރަށްޔަތުންނަށް މަލަރާހީލަތް ހެދިވެރިއެއް މިގައުމުގެ ވެރިކަމަށް އަދިނާރާ ބުރިޖުއެޅުނިއްޔެކީނޫން ކޮތަޅުން ވައްކަން ކުރުންނޫންކަމެއް ނުކުރެވުނު.

    19
    11
  9. އުނޫ

    ރަނގަޅުވާހަކައެއް ރަށްޔަތުންނަށް މަކަރާހީލަތް ހެދިވެރިއެއް މިގައުމުގެ ވެރިކަމަށް އަދިނާރާ ބުރިޖުއެޅުނިއްޔެކީނޫން ކޮތަޅުން ވައްކަން ކުރުންނޫންކަމެއް ނުކުރެވުނު.

    12
    10
  10. ނަމަ

    ގާސިމް މޮޔަފުޅުވީބާ ނޫނީ ހޭކުޑާވީބާ؟

    39
    1
  11. ސިމާ

    މަނިކުފާނަކީ ގައުމެއްގެ ވެރިކަން ކުރެވޭވަރުގެ ބޭފުޅެއް ނޫން ތިއުޅުއްވަނީ ދިވެހިން ލިޔެފާއޮތް އެއްޗެއްވެސް ކިޔަން ނޭގިގެން. ތިފެންނަންފެށީ މަނިކުފާނުގެ އަސްލު.

    41
    1
  12. Anonymous

    ފަޅުރަށް ހުއްޓުވީމާ ބޮޑާ ހާކަނީ.

    ޤާނޫނު އަސާސީއޭ ކިޔާނަޤާއިރު ، ބާވާލެއްވި ޤުރުއާނަށް އަމަލުނުކުރެވޭ ބައެއް.
    ދެން ކޮން ޤާނޫނެއް ޤަވާއިދެއް އޮންނާނީ. ކަލޭވެސް ހަދާނީ ހަދާނެއެއްޗެއް. ބަލަންތިބޭ

    37
  13. ޢަސްލު މީހާ

    ޙެޔޮނުވާނީ މީ ހަމަ ކޮށްމެ އިންތިހާބަލަށް ގާސިމް ޖައްސާ އެއްޗެއް “ ގާސިމް އާއި އަންނި ގައުމު ފަސާދަ ކުރާނެ ކަން މާޒީ ވެސް ހެކިދޭނެ “ ވިސްނާ ފިކުރު ކުރޭ ގާސިމް މީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް “

    38
    1
  14. ވަލު އަހަންމަދާ

    ޕްރޮގޯޒިން އެއީ ރަޝިޔާގެ ކުލީ ސިފައިންގެ ބޮޑުމީހާ. ބުރުމާސިން މީ ރާއްޖޭގެ ކުލީ ސިފައިންގެ ބޮޑުމީހާ ފެބްރުއަރީ 7 ގެ އެންމެ އަޑީގައި ހުންނެވި ސާހިބާ

    25
  15. ބުރުމާ

    ބުރުމާ ކަށި ބިންދައިގެން ދިޔައީތޯ؟
    ތިބޭފުޅާގެ އަމިއްލަ އެދުމަށް ކަމެއް ނުކުރެވުނީމަ ސަކުކާރާއި ހިތްޕުޅާ ނުވުމަކީތޯ ރައްޔިތުންނަށް މަންފާ ހުރިގޮތަށް އުޅުމަކީ؟

    29
    1
  16. ލައުރާ

    ބުރުމާ ގާސިމު ވެރިކަމަށް ކުރިމަތިލާނެ ކަމެއް ނެތް. ގެޔަށް ކަނޑާލާ....

    43
    1
  17. އައްމަޑޭ

    ޤާސިމް މިއީ މޮޔައެއް. މިލިއަނުން ޑޮލަރު ކާލާނެ މިފަހަރު ގާސިމްގެ ކައިރީގަ ތިބިވަގުން.

    40
    1
  18. ވަާވާ

    ހާދަ ބަސްމަގު ހުތުރޭ

    39
    2
  19. ލައުރާ ޕްލީޒް

    ކަލޭ ވެސް ތިޔަހަރަ ބަހުރުވަ ބޭނުން ކުރަން ގެޔަށް ކަނޑާލާ! ތެންކިޔު ފޯދަ ލައުރާ!!!

    38
    1
  20. ދިވެހި މުސްކުޅިން

    މިހާރުން މިހާރަށް ޖޭޕީގެ ފަރާތުން ސަރުކާރުގާ ތިބި އެންމެން ގެއަށް ފޮނުވާލުމަށް ރައީސަށް ގޮވާލަން

    25
  21. އަލީ

    މާޒީއަށް ބަލައި އަޅުގަނޑަށް ވޯޓު ދެއްވާ: ގާސިމް
    ގާސިމަށް ވޯޓެއް ނުދޭނަން

  22. ޙުސެން

    ޣާސިމްވެސް އެވިދާޅުވަނޫ ރަނގަޅުވާހަކައެއް ގާސިމް މެންނާ ވައިވެސް އެޅޭނެ ބައެއްނޫން ތިޔައިބޫމެނަކީ އައްނިގެންގުޅުނީމާ އުޅުނުބައެއް އައްނި މެންބަރު ކަންދިނީ އައްނި ރައީސްކަން ހޯދަދިނީ މިހިންގޮސް ކޮންކަމެއް ނުކޮޢްދެނީ މިހާރު އަންނިގެ މުޅިއާއިލާގެ އަގު ކިނލަނބުކޮއްލީ މީ މިވާވަރަކީ އަދިވެސް ކެހިދެވޭތޯ..

  23. Anonymous

    ގާސިމް ވެރިކަމައް އަންނަން އުޅޭނެ ކަމެއްނެތް 4 އަނބިން ގޮވައިގެން ރިސޯޓަކައް ދިރިއުޅުން ބަދަލުކުރޭ.

  24. ބުރުގާ

    "ގެއަށް ކަނޑާޔާށޭ" ؟؟؟! ގާސިމު ހަމަ ހަގީގަތުގަވެސް ކިޔަވާވިދާޅުވީ ބާޒާރުމަތިންނޭދޯ.. މިހާރު މަށައް ޔަގީންވެއްޖެ. ކޭ ފުރަތަމަ މުއަޒަފުންނައް ހަމައައް މުސާރަދީފަ ގެއައް ކަނޑާޔަބެޔަ!!!

  25. ބިންގޯ

    ބަލަގަ ބަލަގަ ކިޔަކަސް ވެރިކަމެއް ނުކުރެވޭނެ. އަބަދު ކަލަގޮވުން. ކަލަ ނުގޮވަބަލަ. އެވެނި މިވެނި މީހަކަށް ތިމަންނާ ސަތޭކަރުޔާ ދިންވާހަކަ ނުގޮވަބަލަ.

  26. ރަން ރީނދޫ

    މީނާ ދަނެގެންފި ސިޔާސީ ޕާޓީން ވިޔަފާރިކުރުމުގެ އުކުޅުތައް. ނަހުލާވެސް މީނަޔަށް ވޯޓެއް ނުދޭނެ. އެކަމަކު ޕާޓީއަށް ލިބިދާނޭ 5ހާހެއް ވޯޓަށް ޓަކައި ޗޯރު އިބްރާހިމް މީނަޔާއި ކޯލިޝަން ހަދާނެ 2ވަނަ ބުރެއްގައި. އޭރަށް ހަމަ މިހާތެކޭވެސް އެއްގޮތަށް ފަޅުންނާއި ގިރިން ވައްކަން ކޮއްލަ ކޮއްލާ ހުރެވޭނެ އަނެއް ފަސް އަހަރު.

  27. ހިޔަޅު

    "ރައީސް ސޯލިހް ވެރިކަމުގައި ހުންނަވާނެ ކަމެއް ނެތް، ގެއަށް ކަނޑާލާ: ގާސިމް" އަޅެ ރައީސް ސޯލިހު އެހުންނެވީ ޤާސިމް ގެ ރިސޯޓަކުން ދިން މަޤާމެއްގަތަ؟ ޤާސިމަށް ކިހިނެތް ރައްޔިތުން ހޮވާފައިހުރި ވެރިއަކު ވެރިކަމުގައިނުހުރެ ގެއަށްދާން ބުނެވޭނީ، ތިކަހަލަ ޖަންގަލީ ބަހުރުވާ ގެންގުޅުމުން ތިއިންވެސް އެނގެނީ ޤާސިމް އަދިވެސް ވެރިކަމަށް ކުފޫ ހަމަނުވާކަން

  28. ާމުހައްމަދު

    ކަލެއަށް އެކަނިތަ ކޮވިޑު އައީ ކިތައް ރިޒޯޓް ރާއްޖޭއި އެބަހިންގާ އެމީހުން އެތިބީހެވިފައި ސާވިސްޗާޖްވެސް އިންތިހާއަށް ދެމުން އެގެންދަނީ އެމީހުުންނަކީ އެހެން މަަސައްކަތެއްވެސް ކުރާބައެއްނޫން ކަލޭތީ ބަޖިއާއާއި ރިހާކުރުވެސް ވިއްްކާމީހެއް އެހެންވާނީ ސިޔާސީމީހުން ގެނެސް އެމީހުންނަށް މިދެނީ ރިޒޯޓް ގައިި ބުރަކޮށް މަސައްކަތް ކުރާމީހުންނަށް ދޭނެޖެހޭ ފައިސާވިއްޔާ އެމީހުން ހިފަހައްޓަން ވެގެން

  29. ބަރުގޮނު

    ޢާންމު ރަޢިއްޔަތުންނާ ގުޅުންހުރި އެއްވެސް ވާހަކައެއްނެތް. އޭނާގެ ކުންފުންޏަށް ވީ ގެއްލުމުގެ ވާހަކައާ 2008 އިން ފެށިގެން އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމަށް ކުރިމަސައްކަތުގެ ކަލަ ގޮވުން ނޫން ވާހަކައެއް ނުދެއްކޭ. މިހާރު އެންމެންނަށްވެސް މިސަލާން ޖަހަނީ .... އެވެނިމިވެނި ކަންކަން މަ ކޮށްދިނިން ނޫންހެއްޔޭ .. އެހެންވީމާ މިފަހަރު މަށަށް ދޭންވީނޫންހެއްޔޭ ބުނެ އާދޭސް ކުރަނީ. ކަމަކަށް ކުރިމަތިލާއިރުވެސް މިހުރިހާ ވާހަކައެއްދައްކާ ކަލަގޮވުމުން އެދެވެނީ ދެން މާމައްޗަށް... " އިޓް އިޒް ޓޫ މަޗް. މޯދޭން އިނަފް."

  30. ގަލަން

    ހަމަޖެހޭ ފަސްއަހަރު ދައުރު ހަމަކުރެންޖެހޭނެ ތިޔަހެން ބުނާއިރަކައް ނުޖެހޭނެ ގެއައް ދާކައް ވޯޓްލުމައް ފަހު އިނގޭނީ މޮޔަފުޅުމުވޭ.ދިރާސާތަކުން އަދިނެއް ވެރިކަން ލިބޭކައް ލިބުނަސް ހުރިހާތަނެއް ބައްކުރާނެ އަމިއްލަ ވިޔަފާރިއަށް

  31. މޮހޯ

    ތިވައްތަރައް ތެޅޭކަން ކުރިންވެސް އެނގޭ ފަޅޭ ބިމޭ މުދަލޭ މިގޮވެލިގޮވާނެ ތިހިރީ ވެރިކަންލިބިފަ

  32. މަހާ

    ކަލޭ ބަލާބަލަ ސްޕްރީމްކޯޓުން ޙުކުމެއް ނެރެވޭތޯ!
    ކަލެއަށް ކުރެވޭނީ އެކަހަލަކަންތައް،