ގެއަށް ކަނޑާލަން ޖެހޭނީ ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބޭފުޅުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންނަށް ހަމަހަމަކަން ގާއިމު ނުކުރެވޭނެ ނަމަ ވެރިކަމުގައި ނުހުންނަވައި "ގެއަށް ކަނޑާލުމަށް" ގާސިމް އިއްޔެ ވަނީ ވިދާޅުވެފައެވެ.ހަމަ އެހެންމެ ޖުމްހޫރީ ޕާޓީއާ ސަރުކާރުގެ ކޯލިޝަން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ގާސިމް އިއްޔެ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމް އުޅުއްވަނީ އަބަދުވެސް އޭނާއަށް މޮޅުވާނެ ގޮތްތައް ހޯދަން ކަމަށެވެ.

އަދި ގާސިމް ހިތު ހުރިހާ އެއްޗެއް ވިދާޅުވަމުން ގެންދަވާއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ފަރާތްތައް މިހިނދުން މިހިނދަށް އިސްތިއުފާދޭން ގޮވާލަން ނުކުރެގިން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ.

"ނޫނީ ގެއަށް ކަނޑާލާން، ނުކެރޭނެ، އަރާނެ ގޮޅިއެއް އަދިވެސް ނުނިންމޭ، ގައުމަށާއި ރައްޔިތުންނަށޭ ކިޔުއްވައިގެން، އަބަދުވެސް ކޮބައިތޯ މަށަށް މޮޅުވާނެ ގޮތް ހޯދުމުގައި،" ރާއީ ވިދާޅުވިއެވެ.

ރައީ މީގެ ކުރިން ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ތިބޭތީ ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް ޖޭޕީއަށް ނިސްބަތްވާ ވަޒީރުންވެސް ސަރުކާރުގައި ތިއްބަވާއިރު އެ ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ މިވަގުތަށް މަޖްލިސްގެ މެޖޯރިޓީ އޮވެމެ، ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ރާއީ މިދިޔަ އޭޕްރީލް މަހު ވިދާޅުވިއެވެ.

ޖޭޕީގެ ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ރައީސް ސޯލިހަށް ތާއިދުކުރައްވާފައެވެ. އަދި ނާއިބު ރައީސް ފައިސަލް ނަސީމް ޖޭޕީގެ ހަރަކާތްތަކުން ވަރަށް ދުރެވެ.

ނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހުންނެވީ ގާސިމްއާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    ސަރުކާރުގަ ތިބި ޖޭޕީގެ ބޭފުޅުން ގެއަށް ދާން ޖެހުނަސް ހާސްކަމެއް ނެތް އެއީ އިންތިހާބުކޮއްގެން ވަޒީފާޔަށް އައިސްތިބި ބައެއް ނޫނޭ ބޭނުމީ މިއަނިވެރި ވެރިމީހާ ވެރިކަމުން ދުރުކުރުން

    5
    2
  2. Anonymous

    ރައީ ކަލޭމެން ބޮޑު މުސާރަ ނަގައިގެން ގޭގަ އޮވޭ ނޫނީ ކޮންމެސް ރިސޯޓެއްގަ އަރާމް ކޮއްލާ.

  3. އަހްމަދު

    ބަލަ މިސޮރު2018 ގައުޅިނީކޮންތާކުބާ ސޯލިހް ވެރިކަމަށްގެނައީ ކޮންބައެއްބާ ގެއަށް ކަނޑާލަންޖެހޭމީހުން ސެޕްޓެމްބަރުގަ ރަށްޔިތުން ނިންމާނެ އެދުވަހުންވެސް ތިގޮތައް ފެލިވަޑައިގަންނަވައްޗޭ

    4
    1
  4. މަދަދު

    މީކާކު މާވެގަނެގެން ތިއުޅެނީ މަވަރެއް ނެތިގެން

  5. އުގުރި

    ސަޓަނިގަޑު..