ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ދައުރު ވަރަށް މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވީ ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް މިއަދު ހެނދުނު ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެމްޑީޕީއާ ސަރުކާރަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވެސް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އިންތިހާބު ކާމިޔާބުކުުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ". ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވި އިރުވެސް ޖާބިރު ވަރަށް ބޮޑަށް އެހީތެރިކަން ދެއްވައި މަސައްކަތް ކޮށްދެއްވި ކަމަށެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

ހަމަ އެހެންމެ ޖާބިރުއާއެކު ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އެކީގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި އަދި ޖާބިރުގެ ހުންނަ ފޯރިއާއި ޖޯޝާއެކު ނިކުމެ ވަޑައިގަތުމުން ވަރަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަން ކުރިންވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހާއްސަކޮށް މިއަދުގެ ބައެއް ޒުވާނުން ދެކޭގޮތުގައި ޖާބިރުއަކީ ލީޑަރެއް.". ރައީސް ސޯލިހު ވިދާޅުވިއެވެ.

ޖާބިރަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރައްވި ފުރަތަމަ މަހު ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ވެސް ޖާބިރު ހަމަޖެއްސެވި އެވެ. އެ މަގާމުގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދީ. ދައުލަތުގެ ކަންތައް ރަނގަޅަށް ހިންގުމުގައި ރައީސްއަށް ވާގިވެރިވެ އެހީތެރިވުމެވެ.،

ނަމަވެސް ކުޑަ ދުވަސް ކޮޅެއް ނުވެ އެކި ކަންކަމާ ގުޅޭ ގޮތުން ޖާބިރު ދައްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރާ ޖާބިރާ މައްސަލަ ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހާއްޔަ

    Iޢީވާބުނިހެން މިއަންނަ އަނހަރުގެ މިދުވަހު އެމްޑީޕީ ހިންގަން ހުންނާނީ ޖާބިރުހެން ހީވަނީ

    22
  2. ކޮއްޔާ

    ހޮނޑާފުށި ހަނދާނަަށް އަންނަނީ // ތީ ތިކަން ކުރިއެރުން ،،،،،

    23
  3. އއ

    ގުއިބިރުތ؟ ކޮއްމެ ކަމެއް ކުރިޔަސް ވެރިކަން އަލުން ލިބުމުގެ އުއްމީދު ނެތް . ރަނގަޅުވާނީ ސަލާަތްވާނެ މަގެއް ހޯދޭތޯބެލުން.

    20
    2
  4. ގޮވެލި

    ލަޑަޔާ ވާނީ ލަޑާއިން

  5. އަލީ

    ދެން ކެސީނޯ އަޅާ

  6. ދީދީ

    ބޮޑަށް ބެލެވެނީ ނުސީދާކޮށް ރައީސްމީހާ އެބުނީ ޖާބިރަކީ މަސްތުގެވަބާގައި ޖެހިފައި ތިބި ޒުވާނުންގެ ލީޑަރުކަމަށް، އަދި ރިޔާސީ އިންތިހާބަށް ޖާބިރު މެދުވެރިކޮށް ޒުވާނުން މަސްތުގެ ދުނިޔެއަށް އިތުރުކުރުމަކީ ކުރެވޭނެކަމެއްކަމަށް.

  7. ހުސޭނުބޭ

    ޖާބިރުގެ ޒުވާން ލީޑަރުކަން ހޮޑާފުށިން ވަނީ ފެނިފައި. އެވަރުން ފުދޭ!

  8. މާމި

    ހިނިއަންނަނީ

  9. ޕޮގުބާ

    ޑުރަގު ލީޑަރެއް ތެދެއް އެބުނީ ޒުވާނުން ތާއީދު ބޮޑުވާނެ

  10. ޒާ

    މަޖިލީހުގާ، ސޯޝަލްމީޑިއާގަ ޖާބިރު ދައްކާފަ އެހެރީތޯ ޒުވާނުންގެ ލީޑަރު ވާހަކަ ދައްކަންވާގޮތަށް. ރައީސް ޒިވާނުނަށް ތިދައްކަނީ ކޮންފަދަ އަޚްލާގު ނުބައި މީހެއްކަން އެނގޭތޯ؟ ރައީސްވެސް ވަރަށް ޒިންމާދާރުކަން ކުޑަކަން ފާހަގަވެއްޖެ.

  11. Anonymous

    މިގައުމުގެ ޒުވާނުންނަކީ ކޮބައިތޯ ފުރަތަމަ...؟؟؟

  12. ާދަލޭކް

    ތިއޮތީ ސޯލިހަށް ވެރިކަން ކަށަވަރުވެފައި مرحبا صالح