ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފޮނުއްވި އީދު ތަހުނިޔާ ހިތާބުގައެވެ

ރައީސް ވިދާޅުވީ، އުފާ ފާޅުކޮށް އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކޮށް އުޅުމުގެ ދުވަސްތަކެއް، ދީނުގައި ކަނޑައަޅުއްވާފައިވަނީ ވަރަށް މަތިވެރި އިލާހީ ހިކްމަތަކަށްޓަކައި ކަމަށެވެ. އަދި އިސްލާމީ އެއްބަނޑުއެއްބަފާކަން އާލާކުރުމާއި، އައިލީ ގުޅުންތައް ބަދަހިކުރުމާއި، އިޖްތިމާއީ މަސްލަސަތުތައް ރައްކާތެރިކުރުމަކީ، ޢީދު ފާހަގަކުރުމުގައި ހާސިލުކުރަންޖެހޭ އެންމެ މަތިވެރި މަގްސަދުތައް ކަމަށް ވިދާޅުވިއެވެ،

"އަޅުގަނޑުމެންނަށް ކަނޑައެޅިފައިވާ ދެ އީދާއި އެ ދެ އީދުގެ ކުރިން ފުރިހަމަކުރާ އަޅުކަންތަކުންވެސް މި މަގްދުތައް ހާސިލުކުރުމަށް މަގު ފަހިކޮށްދެއެވެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަތިވެރި އީދުގައި އުފާ ފާޅުކުރާއިރު، އިސްނަގަންވީ އާއިލާގެ ތެރެއިން ކަމަށެވެ. އަދި މައިންބަފައިންނާ ބައްދަލުކޮށް، އިހްތިރާމާއި އޯގާތެރިކަމާއެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ

"އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރައްވާށެވެ. ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަހުމަތްތެރިންނަށް ޒިޔާރަތް ކުރައްވައި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު އީދުގެ ތަހުނިޔާ ބަދަލުކުރައްވާށެވެ. އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމައުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތް ކުރައްވާށެވެ.". ރައީސްގެ ތަހުނިޔާ ހިތާބުގައި ވެއެވެ.

ރައީސް ވިދާޅުވީ، މިފަދަ އުފާވެރި ކޮންމެ މުނާސަބަތަކީ، ތެރޭގައި ތިބި ނިކަމެތިންނާއި ފަގީރުންނާއި މިސްކީނުންގެ މަތިން ހަނދާންކޮށް، އެމީހުންނަށް އެހީތެރިވެ، އެމީހުންނަށް ވެސް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމަށް، މުޅި މުޖްތަމައި އެކުގައި މަސައްކަތް ކުރަންޖެހޭ މުނާސަބަތެއް ކަމަށެވެ. އަދި ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވެދިނުމުގެ މޫސުމެއް ކަމަށާއި ވަކިން ހާއްސަކޮށް، އާއިލާގެ ތެރޭގައި އެފަދަ މީހަކު ނުވަތަ ބަޔަކު ތިބިނަމަ، އެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްނެގުމަށް ސަމާލުކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޟްހާ އީދާ ގުޅިފައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީ، ހެޔޮ ފޯރުވައި އުޅުމުގެ މުހިންމު ކަމެވެ. ޙައްޖުގެ އަޅުކަމުން ލިބިދޭ އެންމެ މަތިވެރި ޢިބްރަތަކީ، އެންމެހައި އިންސާނުންގެ ހަމަހަމަކަމާއި، އިންސާނީ ކަރާމާތްތެރިކަމުގެ އަގު މާތް ކަމެވެ. މިފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ މި އުފާވެރި ޢީދު ދުވަހުގައި، މި މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން އިބްރަތް ޙާޞިލުކުރަންޖެހޭނެއެވެ." ރައީސް ވިދާޅުވިއެވެ،

ރައީސް އިތުރަށް ވިދާޅުވިގޮތުގައި އީދުގެ އެންމެ މަތިވެރި މަގްސަދަކީ، އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުން ކަމަށެވެ.

"ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމެވެ. ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަހްމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމެއް ނުބޭއްވުމަށް ޢަޒުމް ކަނޑައަޅަ އެގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެކެވެ.". ރައީސްގެ ހިތާބުގައި ވެއެވެ.

.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ، ކޮންމެ ރަށަކަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްލިއެވެ. ނަމަވެސް އެރަށް ރަށުގައި ކޮށްފަ ހުރި ކަންކަމުގެ ޖުމްލަ ޙަރަދު ހިސާބު ޖަހާލައިފި ނަމަ، އެއް ބިލިއަނެއް ނުދާނެ ކަން ކުޑަ ކުއްޖަކަށް ވެސް ވިސްނޭނެއެވެ. ޕްރޮޖެކްޓް ތަކުން ވެސް "ޗޯރު އިބުރޭ" ކުރީ ވައްކަމެވެ. މިފަދަ ނުބައިނުލަފާ މީހަކަށް، މަޢާފު ދިނުމަކީ ހަމަގައިމު ވެސް އަޅުގަނޑަށް ވަރަށް އުނދަގޫ ކަމެކެވެ!

    21
    1
  2. މާމީ

    ޒާތީ ޙަސަދަ ކަލެއައް ވުރެބޮޑުމީހެއް މުޅިދުނިޔޭ ގަވެސް ނުހުންނާނެ

    18
    2
  3. ޙާދިސާބޭބެ

    މުޅިގައުމު ފަސާދަކޮށްފައި އެއްބައިވަންތަ ކަމަށް ގޮވާލުމަކީ މަހާނަ މައްޗައް މަޑިޔައް ޖެހުން!

    13
    1
  4. ހުސޭނުބޭ

    ކަލޭ ޔާމީނު ޖަލުގައި ބާއްވަން ތި މަސައްކަތްކުރަނީ ކޮން ހަސަދައެއް ފިލުވާލަން!

    10
    2
    • އސސަ

      ވަގުން ޖަލަށް ލާނެ ބްރޯ

  5. Anonymous

    ޒާތީ ހަސަދައިން ޢެއްކިބާ ނުވެވިގެން ތިއުޅުއްވަނީ ޗޯރު ނަފުސު.

    10
    1
  6. ޕޮގުބާ

    ޗޯރޭއާ އެއްކޮޅަށް ނާރާނަން ފަހުނ ވެސް

  7. ލަކުޑިބޯ

    އުނުފޭރާންލައިގެންތިއުޅެނީފަހެކީއްކުރަން؟ ދުނިޔޭގެއެދިގެން މީހުންލައްވާދުޢާކުރިއަސް ﷲމޮޅަށްދެނެވޮޑިގެންވޭ އެއިންސާނާގެ ހިތުގައިވާހުރިހާއެއްޗެއް! ހެއްދެވިހާފާފައެއްކުރަމުންދާމީހުނަށް ހިމާޔަތްދެމުންދާކަން މިއަދުސިއްރުކުރެވިދާނެ އެކަނިމާއެކަނިޖަވާބުދާރީވާންޖެހޭދުވަހު ޙަސަދަވެރިކަމާބޮޑާކަމުން ދުނިޔެއެދިގެންކުރުވިކަންތަކަށްދެވޭނެ ޖަވާބެއްއޮންނާނެތޯ؟ ޙަސަދަވެރިނުވުމަށްގޮވާއިރު ތިމާއަމިއްލަ ނަފްސާމެދު ވިސްނާލާ!

  8. ޑައެލޯގް

    އަހުވަންތަކަން ކަލޭގެ ކިހާރަގަޅު އަންނި ކަލެއަށް އިތުބާރުކޮށް ތަބަކަކަށްލާފަ ޕާޓީޓިކެޓްދިނީ ދެން ކަލެއަށް ވެރިކަންލިބުމުން ގައްދާރުވެ އަންނި ބޭރުތިކުރީ

  9. ބީޓޭ

    މުޖްތަމައެއްގަ އެންމެފުރަމަ އަސާސް ތަކުގެ ތެރޭ
    ހިމެނޭ ކަންކަމުން އެތައްރައްޔިތުންނެއް މަހްރޫމް
    ވެފަތިބެ އެރައްޔިތުންގެ ދަތިއުނދަގޫ ދިރިއުޅުމުގަ
    ބޯހިޔާކޮށްލެވޭނެފަދަ ނެތިފަވަނިކޮށް މިއަދުވެސް
    ބިންތަކާ ގޯތިތައް ބަހާލާފަ އެވަނީ ތަނަވަސްކަންހުރި
    އެކިފަރާތްތަކަށް. މިއަދު ފައިސާފޮއްޗެއްނެތް ނަމަ ތަނަވަސްކެއްނެތްނަމަ ވަޒީފާގައުޅޭމީހަކަށް ވަޒީފާގެ ކުރިއެރުމެއްވެސް ނުލިބޭ. 35 އަހަރުމެދުނުކެނޑި ވަޒީފާގަ އުޅުނުއިރު އެއްދުވަހުންއަނެއްދުވަހައް ވަޒީފާ
    ދިޔައީދަށައް. ކުށަކީ ތަނަވަސްކަމެއްނެތުން. ކަނކަމުގެ މައްޗައް ވެރިންނައް ނުފޫޒުހިންގޭނެ ފަދަ
    އެއްވެސް ފަދައެއްނެތުން. މިފަދަހާލުތުގަ ހިނިތުން
    ވެވޭނީ ނުވަތަގުޅުންނަދަހިކުރެވޭނެ މީހަކީކާކު؟

  10. Anonymous

    ކާކު ބާ ހަސަދަވެރިވެގެން ރ. ޔާމީނަށް ނުހައްގުން އަނީޔާ ދެނީ. ފުރަތަމަ އެކަން ކުރާމީހަކު އިސްލާހުވޭ. އިސްލާމް ދީނުގެ ރިވެތި އުސޫލެއް މާފުކުރުމަކީ. ނުހައްގުން މީހުންނަށް އަނިޔާ ދީގެން ނުވާނެ.

  11. Anonymous

    ތިކިޔަނީ ގުދޯ ގުދޯއޭ.