ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ ސިޔާސީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ ފޯވާޑެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމާއި ގުޅިގެން ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ ދާއިރާގެ ރައްޔިތުންގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

ސައުދު ވިދާޅުވީ ޖާބިރަކީ ހުވަދު އަތޮޅު ފޯވާޑު ކުޅުންތެރިއެއް ކަމަށެވެ. "ސިޔާސީ އަދި ވިޔަފާރީގެ ދަނޑުގައި އެމަނިކުފާނަކީ ހުވަދު އަތޮޅުގެ ފޯވާޑު ކުޅުންތެރިއެއް. އަބަދުވެސް ކުޅޭ ޓީމް މޮޅުކޮށްދޭ ގޯލް ޖަހާ ހުނަރުވެރި މޮޅު ކުޅުންތެރިއެއް." ސައުދު ވިދާޅުވިއެވެ.

އައްޑު އަތޮޅަށް އުފަން ބައްޕައަކާއި، ހުވަދު އަތޮޅަށް އުފަންވެ ވަޑައިގަތް މަންމަ އަކަށް ލިބިވަޑައިގަތް ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅު އުތުރުބުރީގެ މެންބަރު ކަން ވެސް ކުރައްވާފައެވެ. އެދާއިރާގެ މެންބަރުކަން އެއްދައުރު ކުރެއްވުމަށްފަހު ބައިއިލެކްޝަނެއްގައި ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވިއެވެ. އަދި 2019 ވަނަ އަހަރު ކާށިދޫ ދާއިރާގެ ގޮނޑިއަށް އަނެއްކާވެސް އިންތިހާބުވެ ވަޑައިގެންނެވިއެވެ.

ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަލުން އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ޖާބިރު ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަން %100 ޔަގީން ކަމަށެވެ.

"އަޅުގަނޑު ހުރީ އެމްޑީޕީގައި. އޭރުގައި އަޅުގަނޑު އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެމްޑީޕީގައި ނެތް. ދެން އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވާތީ އެ ޕްލެޓްފޯމުގައި މަސައްކަތްކުރަން އަނބުރާ މިއައީ، "އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު (ރައީސަށް) ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން." ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މީ ބޮޑުމޮޔަކޭ މީހުން ބުނާ މީހެއް. ހމަޖެހޭ މީހެއް ނޫންކަމަށް ވަރަށް ގިނަމީހުން ބުނޭ.

    1
    1
  2. ސީނުކަރަ

    ކިތައްމެ ފޯވާޑް މޮޅަސް ލަނޑުނުޖެހި ކޮއްމެފަހަރަކު ބޮޅަޔާއެކު ވެއްޓެނީ ގޯލުކުރިމައްޗަ އެކަން ބޮޑުވެ ފަހަތުގައި ކުޅުނުހުރިހާ މިޑްފީޑަރުންނާއި ޑިފެންސްގައި ކުޅުނު ކުޅުންތެރިން ގެއްލިހުސްވުމުން އޭނާ އެއްމެފަހުން ފޯވާޑުން ފައިބާ އާޓީމަކައް ބޯޅަހޮވާދޭން ދިޔަހަބަރުލިބުނު

  3. ސީނުކަރަ

    ފޮވާޑް ކިތައްމެ މޮޅަސް ލަނޑުނުޖެހި އަރާ ފޭބީމާ ވަގުތުނެތޭ ވަގުތުނެތޭ