ރާއްޖޭގައި އެންމެ މަޝްހޫރު އެއް ހިކި ކިރު ކަމަށްވާ ކޯސްޓް ކިރުގެ ނަމުގައި ގޮދަން ފުއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި މީހަކު އެކަން ހިއްސާ ކޮށްފައިވަނީ އޭނާއަށް އެކަން ތަޖުރިބާ ކުރެވިގެންނެވެ.

އެގޮތުން އެމީހާ ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަންމަތީ ފިހާރައަކުން އިއްޔެ އޭނާ ކޯސްޓް ކިރު ދަޅެއް ގަނެގެން އޭގެ މަތިގަނޑު ނަގައި އެތެރޭގައި ހުންނަ ފޮއިލްގަނޑު ނެއްޓި ހިސާބުން އެދަޅުގެ އަސްލާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

"ސަބަބަކީ ވަރަށް ފަސޭހައިން ފޮއިލްގަނޑަށް ދަމާލުމާއިއެކު އޭތި އަތަށް އައުމެވެ. އަދި ފޮއިލްތައް ކުރަން ލާފައި ހުރި ތެރަހެއް ފެންނާން ހުއްޓެވެ." އޭނާ ބުންޏެވެ.

އޭނާ ބުނީ ފޮއިލްގަނޑު ނައްޓައި ދަޅުގެ އެތެރެ ބެލިއިރު، ހިކި ކިރުގެ ބަދަލުގައި ހުރީ ގޮދަންފުށް ޒާތުގެ އެއްޗެއް ކަމަށާއި އެހެން ކަމުން ވަގުތު އޭތި ގަތް ފިހާރައަށް އެ ދަޅު ހިފައިގެން ދިޔަ ކަމަށެވެ. އަދި ފިހާރައަށް ދިއުމުން އެމީހުން ބަލާފައި އެއީ އަސްލެއް ނޫން ކަމަށް ބުނެ ފައިސާ އަނބުރާ ދިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފިހާރައިގެ މީހުންނާއި ހަވާލާދީ އޭނާ ބުނީ، އެމީހުން ވެސް އެ ގަނެފައިވަނީ ސަޕްލައި ކުރާ ތަނަކުން ކަމަށެވެ.

ކޯސްޓް ކިރުގެ ނަމުގައި ގޮދަން ފުއް ވިއްކަން ފަށާފައިވާއިރު، ފާހަގަ ކޮށްލެވޭ ކަމަކީ މިދިޔަ ރޯދަ މަހުގެ ފަހު ކޮޅުން ފެށިގެން ރާއްޖޭން ކޯސްޓް ކިރު ވަނީ ހުސްވެފައެވެ. އަދި އެ ކިރު ރާއްޖެއަށް ލިބެން ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓޯބީ

    އެވާނީ ޑްރަގް ސްމަގުލް ކުރީ ކަމަށް! އެއީ ގޮދަން ފުށެއް ނޫން ކަމަށް ވާނީ! ހީވަނީ ޑްރަގްސް ހެން!

    12
  2. ާާާޢަލީ

    ހާދަދެރައޭ...ހިތާމައިގެ ކޮޅެއްވެސް ..ކާއެތިކޮޅުގެ ވެސް
    ޔަގީންކަމެއް ނެތްހިސާބަށް ގައިމުދިޔާޔޭ..
    ބޭރުމީހުނަށް ބޭރުވެގެން އެމީހުންގެ އަތްމައްޗަށް ގައުމުދޫކޮއްލުމުން ގޯހުން ގޯހަށް.....ވާނެހައެތިމިވަނީދޯ؟؟

    20
  3. ތަޖޫބެ

    ލާއީ ސަހާދެއް ކޮންއިރަކު ތިވަރުގެކަމެއް މީހަކު ކުރީ

    18
    2
  4. ާަމަރީ

    ހިއެއްނުވޭ ތީ ގޮދަން ފުށް ހެނެއް.. ކޮންމެވެސް ގޮތަކުން ފޮއިލްގަނޑު ކެނޑިގެން ވައިވަދެގެން ކިރުތައް ޙަލާކްވެފަ އެހެރީ..

    20
    5
  5. ކޮރަލް

    ސީރިއަސް ކޮށް ބަލަން ޖެހޭ މައްސަލަ އެކެވެ.

    20
  6. ސަރކަސް ސަރުކާރު

    މިއީ ކިހާ ދެރަ ކަމެއް. ކުރިން ލިބޭ އެތައް އެއްޗެއް މިހާރު މިގައުމުން ލިބެނީކީވެސް ނޫން. ދެން މިހުންނަނީ އަދި ކުރާ ކަންތައް. މީގެ ހަގީގަތް ހޯދައި ބަލާ ފިޔަވަޅު އަޅަންޖެހޭ. މިހެން ބުނާ އިރުވެސް އެނގޭ ފިޔަވަޅެެއް ނާޅާނެކަން.

  7. އަހޫ

    ތީ ބްރައުން ސުގަރ (ޑްރަގްސް) އާ ބޮޑަށް ވައްތަރީ ގޮދަންފުއް ހުންނަނީ ހުދު ކުލައިގަ ދެއްތޯ؟ މި މިހުރީ ލައިޓް ބްރައުން ކުލައިގައި، ފުލުހުން މި މައްސަލަ އިތުރަށް ބެއްލެވުމަށް ދަންނަވަން

  8. ޓޯޓީ

    މިސަރުކާރު އައިފަހުން ރާއްޖެއަށް އެތެރެކުރަނީ ވިއްކަނީ ފޭކު އެއްޗެހި އެހެންވަނީ އެކަން ބަލަން ހުންނަ ތަންތަނުގައި ތިބޭމީހުން ކޮރަޕްވެ ވެފައިވުމުން

  9. ސުނާރު

    ހީވަނީ ކޯސްޓް ކިރު ކޮންޓެއިނާއެއްގަ ޑުރަގު އެތެރެ ކޮއްފަ ޓްރެކިން ގެއްލިފަ އިން ދަޅެއްހެން.