ރާއްޖޭގައި އެންމެ މަޝްހޫރު ހިކި ކިރު ކަމަށްވާ ކޯސްޓް ކިރުގެ އަގު ހެޔޮ ވެއްޖެއެވެ.

ކޯސްޓް ކިރުގެ އަގު ހެޔޮވެފައި މިވަނީ އެކިރު ހުސްވެފައި ހުންނަތާ ދުވަސްތަކެއް ފަހުން، މިދިޔަ ހަފްތާގެ ތެރޭގައި އާޝިޕްމެންޓެއް ލިބުނުއިރުއެވެ.

މީގެ ކުރިން ކޯސްޓް ފުލް ކްރީމް 800 ގްރާމްގެ 12 ޕެކެޓް ހިމެނޭ ކޭހެއް ހޯލްސޭލްކޮށް 1،380 ވިއްކަމުން ދިޔައިރު، މިހާރު އެ އަގު ވަނީ -/1،260 އަށް ތިރިކޮށްފައެވެ. އެހެން ކަމުން މީގެ ކުރިން ކޯސްޓް ފުލް ކްރީމް 800 ގްރާމްގެ ޕެކެޓެއް ހޯލްސޭލްކޮށް ވަކިން ޖެހޭ އަގަކީ 115 ރުފިޔާއެވެ. އަދި އަގަށް އައި ބަދަލާ އެކު މި އަގު މިހާރު ވަނީ 105 ރުފިޔާއަށް ހެޔޮވެފައެވެ.

2،250 ގްރާމްގެ 6 ޕެކެޓްގެ ކޭހެއް ހޯލްސޭލްކޮށް ކުރިން 1،860 އަށް ވިއްކަމުން ދިޔައިރު، މިހާރު އެ އަގު ވަނީ 1،705 ރުފިޔާއަށް އަށް ތިރިކޮށްފައެވެ. މީގެ ކުރިން 2،250 ގްރާމްގެ ޕެކެޓެއް ހޯލްސޭންކޮށް ވަކިން ޖެހޭ އަގަކީ 310 ރުފިޔާއެވެ. އަގަށް އައި ބަދަލާއެކު މިހާރު 284.16 ރުފިޔާއަށް ލިބޭނެއެވެ.

އަގަށް އައި ބަދަލު: (ހޯލްސޭލް)

  • 900 ގްރާމްގެ 12 ދަޅުގެ ކޭސް ކުރިން 1،845 ރުފިޔާއަށް، މިހާރު 1،690 އަށް, (ކުރިން ދަޅެއް 153.75އަށް، މިހާރު 140.83އަށް)
  • 2،500 ގްރާމްގެ 6 ދަޅު ކޭސް ކުރިން 2،415 ރުފިޔާއަށް، މިހާރު 2،215 އަށް، (ކުރިން ދަޅެއް 402.5އަށް، މިހާރު 369.16އަށް)
  • 400 ގްރާމްގެ 24 ދަޅު ކޭސް ކުރިން 1،700 ރުފިޔާއަށް، މިހާރު 1،560 އަށް، (ކުރިން 70.83އަށް، މިހާރު ދަޅެއް 65އަށް)

މީގެ އިތުރުން 25 ކޭހަށްވުރެ އިތުރަށް ނަގަންޏާ ކޮންމެ ކޭހަކުން 25 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ.

ކޯސްޓް ކިރު އެންމެ ފަހުން އަގު ބޮޑު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭރު ކޯސްޓް ކިރުގެ އަގު ބޮޑުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް އެ ތަކެތީގެ އަގު ވަރަށް ބޮޑު ތަނުން އުފުލުމުންނެވެ.

ކޯސްޓްކިރު ރާއްޖެއަށް އެތެރެކޮށް ހޯލްސޭލް ކުރަނީ ބީއެޗްއެމް އިންނެވެ. ބީއެޗްއެމް އަކީ ބޭރުން މުދާ އަގު ހެޔޮކޮށް ލިބުނީމާ ރައްޔިތުންނާއި ހަމައަށް މުދާ އަގު ހެޔޮކޮށް ވިއްކާ މަދު ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެކުންފުނިން ކޮވިޑުގެ ދަތި ދުވަސް ތަކުގައި ވެސް މުދަލުގެ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ރާއްޖޭގައި ހޯލްސޭލްކޮށް މުދާ ވިއްކާ ގިނަ ކުންފުނިތަކުން އަގުބޮޑުކުރާ މުދަލުގެ އަގު ހެވެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިއްޓީ

    ރެޑުވޭވުން ގެންނަ މަޖަން މިހާރު މާ ރަނގަޅު. ކޯސްޓު ބޮއެ ފޫހިވެއްޖި.

    15
    3
    • ހ

      މަޖަން އާ ކޯސްޓާ ވަރަށް އެއްވަރު...

      10
      3