އީދު ފާހަގަ ކުރަން ރާއްޖޭގެ ރަށެއްގައި ބޭއްވި ޝޯއެއްގެ ތެރެއިން އަންހެނުންތަކެއް ބުރުގާ އަޅައިގެން "އޮރިޔާމުން" ނަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރުގާ އަޅައިގެން ނިވާކަން ކުޑަ ގޮތެއްގައި ޝޯއެއް ބާއްވާފައިވަނީ ގއ. ވިލިނގިލީގައެވެ.
ރޭ ބޭއްވި މި ޝޯގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެވީޑިއޯއިން ފެނިގެން ދަނީ 3 އަންހެނަކު ނަށާ މަންޒަރެވެ. އޭގެ ތެރެއިން ބުރުގާ އަޅައިގެން ތިބީ ދެ އަންހެނުންނެވެ.
ކުރު ހެދުން ލައިގެން އެމީހުން ތިބިއިރު، ބެލެވޭ ގޮތުގައި އެމީހުން ތިބީ ނިވާކަން ކުޑަކަމަށް ސިފަވާގޮތަށް ގަޔަށް ބާރު ހަމުގެ ކުލައިގެ އެއްޗެއް ލައިގެންނެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
އިސްލާމީ ޙިޖާބަކަށް ޙިޖާބު ވާނީ އޭގައި އަންނަނިވި ޝަރުޠުތައް ހަމަވެގެންނެވެ.
ހ- ހަށިގަނޑު އެއްކޮށް ނިވާވާ ވަރުގެ ހެދުމަކަށްވުން
ށ- ހަށިގަނޑުގެ ވަނާތައް ފެންނަގޮތަށް، ވަނާތައް ވަކިވާގޮތަށް ހުންނަ ތުނި ހެދުމަކަށް ނުވުން
ނ- ހަށިގަނޑުގެ ވަނާތަކުގެ ބައްޓަން ފާޅުވާގޮތަށް ހުންނަ ބާރު ހެދުމަކަށް ނުވުން
މިހާރުވެސް ރާއްޖޭގެ ގިނައަންހެނުން މަތީކޮޅު މުސްލިމް ތިރީކޮޅު ޔަހޫދީ މިހެންމިބުނީ ބޮލުގަ ބުރުގާއަޅާފަ ފޫކޮޅު ދަށްކާފަ ފުލަށްބާރު ޖިންސުލާފަ ތިބެނީ މިއީ މުސްލިމުން ހިޖާބު އަޅާގޮތެއްނޫން.
ފޫކޮޅު އެކަންޏެއްނޫން ދެއަތް ވެސް އޮންނަނީ ހާމައަށް
ޥިލިގިއްލޭ ގަންބަނެ ބުދާނެ ކޮއްފަ ނުކުރާނެ ކަމެއް ނޭގިގެން ދީނުގެ ތަރަހައިގެ ތެރެއިން ތިޔަ ނުކުތީ
ދެޓްސް ނަތިން ނިިއު ހިޔާ! ނެކްސްޓް!!!!!
ވިލިގިލީ ތަންދޮރު ނުދަންނަ ޖާހިލު ގަންބަނެބުދާނެ
ނިވާކަން ހާމަކޮށް ޢާއްމުންގެ ތެރެޔަށް ނިކުމެ އުޅުމަކީ މިހާރުގެ ފެސަނަކަށްވެފަައިވާ ކަމެއް ؟
ޝޯ ހުއްޓާލާ، ހުއްޓާލާ، މާލޭން ގޯތި ދިނުމުގައި ވެސް ހަދާފައިވާ " ހަޑި" ވެސް ވަގުތު ނޫހުން ރިޕޯރޓް ކުރިކަން ފާހަގަކުރަން. ސާބަސް ވަގުތު
ވިލިގިލި މީ މަޝްހޫރު ރަށެއް ހުރިހާ ކަަމަކަށްވެސް..
އޮރިޔާން ފެނިގެންތަ ތިހެންތިބުނީ ބުރުގާ އަޅާފަ ހުރެދާނެ ފިރިހެނެއްވެސް ކޮބާ ފުލުހުން ކޮބާ ތިރަށު ކައުންސިލަރުން ކޮބާ ތިރަށު ރައްޔަތުން މިއެންމެން ރުހިގަބޫލުކޮއްގެން ތިވަރު ޖަރީމާއެއް ހިންގޭނީ
ސޭކުސްތާނުގައި ސޭކު ޝޭހުންނައް އެވެސް އޯކޭ މިވެސް އޯކޭ
މިއީ ކިހާ ހުތުރު ކަމެއް. ރަސޫލު ޒަމާނައްވުރެ ކުރީގެ ޖާހިލިއްޔަ ޒަމާނުގެ ކަޓު ގޮތްގަނޑު ދޯ ގއ. ވިލިނގިލީގައި އަދިވެސް އޮތީ. ބޯހަލާކު
ވިލިނގިލީ މީހުން އަދިވެސް ގަންބަނެބުދަާނެގެ ކަޓު
މިފެންނަނީ ފަހުޒަމާނުގެ އަލާމަތް އެދުން އަޅައިގެން އޮރިާމިން ކާފަރުންނާ މުސްލިމުންނާ މަސްހުނި ވުން ޒީނޭ عام ވުން ވެރި ކަމާ ތަޅާފޮޅުން ޝިފާއެއް ހޯދިފައި ނުވާ ބަލި ފެތުރުން ނުލަފާ ނުބައި ލީޓަރުން އިސްވެ ތިބެ މިކަންތައް ނުބެލުން.
ތާހިރެއްނުން!
ދިވެހީންނައް ބުރުގާ އެޅުނީމަ ހުރިހާ ކަމެއެއް ފުރިހަމަވީ!... ނުބައި ހުރިހާ ކަމެއްގަ އުޅެނީ ބުރުގާ އަޅައިގެން އުޅޭ ކުދިން.
ކަނޑައެޅިގެން ދޮގެއް... އެއީ ގޮމަ ގުރޫޕުގެ ނެށުމެއް، އެމީހުން ބުރުގާ އަޅާތަ! ގައިގެ ހަންގަނޑު އެއްކުލައިގެ ހެނދުން ލީމާ ދެން އޮރިޔާން ވައްތަރުވޭ.🤣🤣🤣
ވިލިގިއްލާ ޖާހިލު
އެހޭންނޫހޭ ވާނީ ބުރުގާ ޓްރެންޑު އައީ އިސްލާމްދީނަށް އުޅެންކަމަކަށް ނޫނޭ އެކަންކުރަނީ ފެޝަނަކަށް އެކަކު އަޅާތި އަނެކަކުއަޅަން ފިރިހެނުންވެސް އެކަކު ބޯދިގުކުރާތި އަނެކަކު ބޯދިގުކުރަން
ޢެއީ ފެޝަނަށް ބުރުގާ އަޅާ ގްރޫޕް އައުރަ ނިވާ ކުރާކަށް ނޫން. ބުރުގާ އެޅީމަ ތަންކޮޅެއް ސިފަ ރީތިކަމަށް ދައްކާތީ
ކުޑަތަފާތެއް ހުއްޓަސް އިސްލާމީ ނަޒަރުން ބަލާނަމަ ރާއްޖޭގެ މެޖޯރިޓީ އަންހެނުން މަގިތަކުގަވެސް އުޅެނީ އޮރިޔާމުން
ޗުވީޓް އާޝާ ކައިރިން އިންސްޕަޔާ ވާ ކުދިން
ކީއްކުރާނީ މިސަރުކާރުން ތިކަހަލަކަމެއް ހުއްޓިވާކަށްނުދާނެ މިހާރުވެސް އަދާލަތުއެއްކޮށްއެއޮތީ ހަރަމްފުޅުގަ ސޯލިހަށްވެރިކަންލިބޭތޯ ދުޢާކުރަންގޮސް
ތީދެން އާކަމެއް ނޫން
ތީދެން އާކަމެއް ނޫން.