ކެންސަރު ބަލީގައި އުމުރުން 40 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވެފައި ވަނީ ހދ. މަކުނުދޫ ކެނެރީގެ އަލީ އާމިރެވެ. އޭނާއަކީ ވޮއްމުލި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.

އަލީ އާމިރު ވަނީ އިންޑިއާ އާއި ރާއްޖޭގެ ބައެއް އެހެން ހޮސްޕިޓަލްތަކުގައި ވެސް ފަރުވާ ހޯދައިފައެވެ. އޭގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް ހިމެނެއެވެ.

އޭނާ އަށް ކެންސަރު ޖެހިފައި ހުރި ކަން އެނގުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު އޭނާ ވަނީ ކޮވިޑް ބައްޔަށް ވެސް ފަރުވާ ހޯދައިފައެވެ.

އޭނާ ނިޔާވި އިރު، އޭނާގެ އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިބިއެވެ.

އަލީ އާމިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިއެއް

    ޖަނާޒާ އޮތީ ހުޅުމާލެ ސަހަރާ ގައި.

  2. ނަތާ

    ރިސޯޓް ދާއިރާގައި އުޅޭ ގިނަބަޔަކު ގިލެޓް ބޭނުންކޮށްގެން އިސްތަށި ބޭލުމުގެ ސަބަބުން އެމީހުންނަށް ކެންސަރު ޖެހޭ. ގިލެޓަކީ ކެންސަރު ޖެހޭ މާއްދާއެއް ތިލައިގާ ހަރުކޮށްފައި ހުންނައެއްޗެއް. މޫނު މަތީގެ އިސްތަށި ބޭލުމަކީ ފިރިހެނުންނަށް ކެންސަރު ޖެހޭ ކަމެއް ކަމަށް ޖަރުމަނުގެ ދިރާސާގައިވޭ. އެވާހަކަވެސް ލިޔެލަބަ. މިޒަމާނު ފެށަނަކީވެސް ކުޑަކޮށް އިސްތަށި ހުރުންދޯ

    3
    2
    • އަންހެނެއް

      އަންހެނުންނައް ޖެހެނީ ކޮންބުރޭންޑެއް ބޭނުން ކުރާތީ