މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލަން ދަ ކޮމަނާސް (ކޮތަރުކޮށި) ޖަމިއްޔާ އިން ފަށާފައިވާ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން މިރޭ ބާއްވައިފިއެވެ.

މިރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ މާލޭގެ ގާކޮށި ފްލެޓާއި އަރަބިއްޔާ ފްލެޓް އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ޒުވާނުންނާއި ކަމަށް ދަ ކޮމަނާސް އިން ބުނެއެވެ.

މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ވަނީ އެއްބަޔަކަށް މާލެ ސަރަހައްދުން ހިލޭ ބިން ލިބޭއިރު އަނެއްބައެއްގެ އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. "އަޅުގަނޑުމެންގެ މައިންބަފައިން ކުރި ހުރިހާ މަސައްކަތަކުން ވެސް ލިބުނު ހުރިހާ އާމްދަނީއެއް ދިޔައީ ކުއްޔަށް. ދެން މިއަދު އަޅުގަނޑުމެން ވެސް އެއްހާލެއްގައި މިޖެހެނީ. އަދި މިހާރު ސަރުކާރުން މިނިންމި ނިންމުމެއްގެ ސަބަބުން މާދަމާ އަޅުގަނޑުމެންގެ ދަރިން ވެސް ތިބެން ޖެހޭނީ ހަމަ ކުލީގެ އަޅުވެތިކަމުގައި." މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.

ދަ ކޮމަނާސް އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ސިލްސިލާ ބައްދަލުވުންތަކެއް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. މިބައްދަލުވުންތައް މާލެ ސަރަހައްދުގެ އިތުރުން ފްލެޓާއި، ރޯ ހައުސް އަޅާފައިވާ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.

ދަ ކޮމަނާސް އިން އިއްޔެ ވަނީ ފްލެޓްތަކަށް ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ހިޔާ ފްލެޓްތަކުގައި މަޝްވަރާތައް ފަށާފައެވެ.

ހުރިހާ ފަރާތްތަކާއިއެކު މަޝްވަރާ ކުރުމަށްފަހު ސޯޝަލް ހައުސިންތަކަށް ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ޖަމިއްޔާ އިން ނިންމާ ނިންމުމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ދަ ކޮމަނާސް އިން ބުނެއެވެ.

ސަރުކާރުން މާލެ ސަރަހައްދުން 5000 ގޯތި ބަހާލަން ކުރަމުން އަންނަ މަސައްކަތާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. އަލީރާޖާ

    ތިޔަ ބުނާ ހިލޭދޭ ތަންތާ ހުރީ ބޮޑެތި އިމާރާތް އަޅާފަތަ؟

    30
    22
    • އާބިދާގެ ބަޔާން

      ހިލޭ ދޭ ބިމުގެ އަގު މިލިއަނުން ރުފިޔާ އަރާކަން ނޭނގެނީތޯ؟ ބުރިބުރިއަށް ނަގާފަ ކުއްޔަށް ދިނީމަ މަހެއްްގެ މައްޗަށް އެތައް ލައްކަ ރުފިޔާއެއް ލިބޭ ނޫންތޯ؟

  2. ކަނބުލޮ

    މިފަހަރު ވޯޓު ލާ މީހުންވެސް ގިނަވާނެކަން ތިއޮތީ ފަޅައި އަރައިފަ.

    19
    2
  3. ޟާން

    ދެއުޅިއެއް ނުވާ ވާހަކަ ދަށްކައިގެން މީހުން މަގު ފުރައްދާނެ ކަމެއްނެއް ، ކިލިނިދައްކާފިނަމަ ޖޫރިމަނާ އަރާނެ ، ބިން ލިބޭމީހުން އިމާރާތް ކުރަނީ ހިލޭ އެއްނޫން. ޓަކުއްވަކޭ ނުކިޔާ

    29
    36
    • ސަފީ

      ބިން ލިބުނު މީހެއް ދެއްތޯ؟

  4. ދޮނާ

    އަމިއްލަ ރަށުގައި އުޅެބަލަ // މައިން ބަފައިން މުސަކުޅިވި ދުވަހު
    ރަށުގައި ބޮޑުގޯތީގައި އުޅެނީ އެކަނިޔޭ ،،، ދޭބަލަ ކުލިނުދީ އުޅެން //

    24
    40
    • ފަލަޑޭ

      ހުޅުމާލެ އަކީ މާލެޔާ ބެހޭތަނެއްނޫން މުސްޅިޔޭ މައިންންބައިންނޭ ބުއްދިސަލާމަތުންހުރިމީހަކަށް އިނގޭނެ ކަނޑެއްހުރަސްކޮށް ވަކިން އޮތް ފަސްގަނޑަކީ މާލެ ކަމަށް ހީކުރުމަކީ ސިކުޑި ބަޑިޖަހާފަ ތިބި ބަޔަކު ވެރިކަމާހެދި ހޭބަލިވެގެން އިންޑިޔާއަށް ކަނޑުވިއްކާިހެން މާލޭމީހުން ގުބޯހައްދަން ކުރިކަމެއް ދިންހުރިހާބިމެއް ހިލޭދީފިއްޔާމުން އަހަތެމެން ފުލެޓްތަކުގެ ކުލި ދެއްކުން ނިމުމަކަށް އައީ

      1
      2
    • ޓެރޭސް

      އަހުރެމެން ދިވެހިން ވިސްނަވާ ހުރިހައި ހިދުމަތަކައި ކަންކަން ދައުލަތުން ހިލޭ ހޯދާނަމަ ގައުމު މާލީހާލަތު ބޮއްސުންލާ ލަންކާ ފަދައިން މުޅި ގައުމު ބަނޑަށްޖެހި ހީވެސްނުކުރާ ދަށުދަރަޖައަކަށް ގައުމުވެއްޓިދާނެ ދެންކުރަންޖެހޭ ހިތާމަ މާބޮޑުވާނެ.

  5. ބައްޕަ

    ސާބަހޭ ދަރިންނޭ..! ވާން ކޮށްފަ ބަހައްޓާ..!! ފުކެއް ވެސް ދޫ ނުދޭތި..!!!

    38
    18
    • ހިޔާލުފޮށި

      އެތައް އަހަރެއްފަހުން ވައްނާނެތަނެއް ނެތް ނިކަމެތި ހާލުގައިތިބި މާލޭމީހުންނަށް ބިންފޮއްޗެއްދިނީމަ ހާދަވަރަކަށޭ ހަސަދަވެރިވެ ނަފުރަތު ތިވަނީ، ބަލަ އެއީވެސް ހަމަ ޤާނޫނު އަސާސީން ހިމާޔަތްލިބި ހައްޤުލިބިފައިވާ ހަމަ ދިވެހި ރައްޔިތުންނޭ، ބިމުގެ ދަތިކަން އޮވެގެން ގޯތިދޭން ރަށްރަށުންވެސް ބިންހިއްކާފައި ހިލޭގޯތި ދޭއިރު މާލެއިން ބިންހިއްކާފަ މާލޭގެ ރައްޔިތުންނަށް ހިލޭގޯތި ނުދެވޭންވީ ޞަބަބެއްނެތެއްނުން، ހުސްބިމެއްދިނަސް އެބިމުގައި އެމީހުންނަށް ބޯހިޔާވަހިކަމެއް އެޅޭނީ އަދި އެތައް މިލިއަން ރުފިޔާ އެއް ޚަރަދުކޮށްގެން އެތައް ދުވަހަކުންނެއްނުންތަ؟

      3
      1
  6. ފާތުން

    އިންޑިޔާގެ ރައްޔިތުންނަށް ގޯތި ދޫކުރާ ވަގުތީ ލިސްޓުގައި ހިމަނާފައި...
    ދެން ނުޖެހޭނެ ފުލެޓުގެ ކުލިދައްކާކަށް

    38
    13
    • ޙަޤީގަތް

      އިންޑިއާގެ ރައްޔިތަކަށްވެސް އަދި މާލޭގެ ރައްޔިތަކަށްވެސް ނެތް އަދި ބިމެއްދީފަކާއެއް، އާމުކޮށްގެން އުޅެނީ ގޯއްޗަށް އެދުނު މީހުންގެ ލިސްޓް އަދި އެލިސްޓްގެ ތެރެއިން ގޯތިލިބުމަށް ޝަރުޠު ހަމަވާމިހުން އެނގޭގޮތަށް ހަދާފައިވާ ވަޤުތީ ލިސްޓެއް، ތިބުނާ އިންޑިއާ މީހުންނަކީ މާލޭ މީހުންނާއި އިނދެގެން ދަރިންތިބި މާލޭގެ ރަށްވެހިކަން ހޯދާފައިވާ މީހުން، ހަމަ ދިވެހިންނަށް ކިއާ ކަހަލަ ނަންއޮވެފައި ދިވެހި އައިޑީކާރޑް ނަމްބަރެއް އޮތީމާ އޭނައަކީ އެއީ ކާކުކަން ކުރިންއެނގިފަނެތްމީހަކަށް ހަމަ ލިސްޓެއްބަލައިގެން އެއީ ބިދޭސީއެއްތޯ ދިވެއްސެއްތޯ ވަކިކުރާކަށް ނޭނގޭނެ، އެހަޤީގަތް ޤަބޫލުކުރަންވާނެ ހަމަ ކޮއްމެމީހަކުވެސް،

  7. ފުލެޓު ދޮންބެ

    މި ކޮމަނާސް މީ ހާދަ ތަންދޮރު ނުދަންނަބައެކޭ. ބިމަކީ އެތަނުގައި ގެގަނޑެއް، ފައުންޑޭޝަނެއް، ވަޅެއް، ވަށާފާރެއްނެތި ރައްޔިތުމީހާށް ސަރުކާރުންދޭ ބަންޑާރަބިމެއް. ކަލޭމެން ފުލެޓަށް ލާރިދައްކަން ޖެހޭނީ ތިޔަ ފުލެޓުގެ ފައުންޑޭޝަނާއި، އިމާރާތަށް ވެލިއުކޮއްފައި އެޔަށް ރިޢާޔަތްކޮށް. ކަލޭމެން އަތުން ހަރަދުކޮށް ވުޖޫދުކޮއްފައި ނުވާ ހަރުމުދަލަކަށްވާތީވެ. އަދި ކަލޭމެން ތިޔަލާރި ދައްކަނީކީ ބިމަކަށްނޫން. ނަމަވެސް މިލްކުވާއިރު ކަލޭމެންވެސް ހިމެނޭނީ ތިޔަބިމުގެވެސް ވެރިންގެ ގޮތުގައި. ދިވެހިސަރުކާރުން ތިޔަ ދޫކުރާ ބިންތަކަށް ލާރި ނަގާނަމަ، ކަލޭމެންގެ ތިޔަ ފުލެޓުތަށްވެސް އަލުންބަލުން އަގުމަގުކޮށް މާކެޓް ކޮމާޝަލްވެލިއުގައި ބިމުގެ އަގުވެސްލާފަ ފުލެޓު ވިއްކަންވީ. އޭރަށް 50 އަހަރުވާއިރުވެސް ކަލޭމެންނަށް އޮންނާނީ ތިޔަ ހަރުމުދަލުގެ(ލޭންޑް އެންޑް ބިލްޑިންގ) ފައިސާ ނުދެއްކިފައި. ސަރުކާރުން މިގޮތަށް ފުލެޓު ވިއްކާއިރު ބިމަށް ހަމަމަގުން ވެލިއުނުކުރަނީ ދިވެހިރަށްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރަން، ކޮމާޝަލް ބޭނުމަށް ވިއްކާނަމަ ކަލޭމެންވެސް އުޅެންޖެހޭނީ 2 އިރު ނުކައި... ބިމަށްފައިސާ ދައްކާ ސިޔާސަތު (ގާނޫނު ބަދަލުކޮށް) ރާއްޖޭގައި ތަންފީޒުވާނަމަ، ރައްފުށުގައިވެސް ޖެހޭނީ ބިންވިއްކަން، އޭރަށް ރައްޔިތުން ބޮޑުތަނުން ބިކަވާނީ.

    34
    36
  8. Anonymous

    ބީތާއިންތަކާ... ތިތަންތަނަށް ވަދެތިތިބީ ކަލޭމެންނަށް ދިނީ ވަށާފާރުވެސް ނުރާނާތަ. ހުރިހާ ވަވަޞީލަތްތަކާ އެއްކޮށް ދައުލަތުން ތިތަންތަނުގެ ކުލިކަމުގައި ދައްކަން ބުނާ އަދަދަކީ މާރކެޓް ރޭޓުގެ 50% ވުރެވެސް ކުޑައަދަދެއް.

    ރަށްރަށުގެ ރަޖިސްޓްރީއަށް ގޯތި އެރަށެއްގެ ބަޔަކަށް ލިބެންޏާ މާލޭރަޖިސްޓްރީ މީހުންނަށްވެސް ހަމަ ލިބެންޖެހޭނެ.

    33
    27
  9. ާމުހައްމަދު

    ކިހާ ބޮޑު އުދަގުލެއް ކުލި ދައްކަންޖެހޭނީ

    23
    28
  10. އމތ

    ތިބައިގަނޑަށް ކިޔާތަ ޒުވާނުންނޭ...
    ތިތިބީ ހުސް ޕާޓޭއިން ތިތާ. ލޮލް

    ތިގޮތަށް ފައިސާދެއްކޭނެވަރު ނެތްކަމަށްބުނެ މީހުން އެއްކޮށްގެން އުޅުނު މީހަކު ލިބުނު ފުލެޓުގަނޑަށް ކޮށްލި މޮޅުކަމަކުން 2ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ބޮލުއަޅައިގެން މިހާރުވެސް އެބައުޅޭ. ކެކެކެ

    28
    18
  11. ދިދަ ދަނޑި

    ހޭދެބައި ވަނީ… އެމީހަކު ގޮސް އެމީހެއްގެ ރަށުގަ އޮވެބަލަ.. ކުލި ދައްކާކަށް ނުޖެހޭނެ..

    26
    25
  12. ރައްޔިތުމީހާ

    ޣައިރު ގާނޫނީ ކަންކަމަށް ހިތްވަރުދޭ ޖަމިއްޔާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ތަންފީޒީ އިދާރާތަކަށް ގޮވާލަން. އަދި ކުލި ދެއްކުން ހުއްޓަލާ ފަރާތްތަކުން ފުލެޓު އަތުލާފަ ފްލެޓްބޭނުންވާ އެހެން ފަރާތްތަކަށް ދިނުމަށް ގޮވާލަން

    26
    21
  13. ރާއްޖެތެރޭ ބައި ކުޅަނޑު

    މާލޭ މީހުންނަށް ގޯތި ދީގެންނުވާނެ ގޯތި ދޭންޖެހޭނީ އަހަރުމެންނަށް އަހަރުމެންނަށް ރަށުންވެސް ލިބެންޖެހޭނެ މާލޭންވެސް ލިބެންޖެހޭނެ މައިންބަފައިންގެ ގޯތިންވެސް ލިބެންޖެހޭނެ މީގެން އެއްވެސް ތަނެއް ދޫކުރާކަށްވެސް ޖެހިގެންނުވާނެ އަހަރުމެންނަށް ގޯތި ވިއްކައިގެންވެސް ނުވާނެ ހުރިހާބިމަކުންވެސް ހިލޭ އަހަރުމެންނަށް ލިބެންޖެހޭނެ

    22
    18
    • ނަންނު

      ރާއްޖެތެރޭމީހުންނާ ހިތާވީތަ ހަދަވަރެކޭތިވަނީ

  14. ވީކޯ

    ނޭނގެ މަށަކަށް މި ބައިގަނޑު މާލެއަށް ގިނަވާން ކާކުތަ ބުނީ މާލެ އަންނާށޭ! ރށަށް ގޮސް މަހަށް ދޭބަލަ. ކުލިދައްކާކަށް ނުޖެހޭނެ. އަޅެ ތިބެބަލަ ތިހާ ގަޓުހުރިއްޔާ ކުލި ނުދައްކާ! ބުޅާގަނޑެއް ނެރެ އެއްލާލާހެން ނެރެ ބޭރުކުރާނަން.

  15. ތޯކީބެ

    ޒުވާނުންނޯ!!! ހާމުންޑި ކުކުޅުހެން ބޯހަދައިގެން ތިބި ޕާޓޭންތަކެއް! މިވަރެއް ނެތިގެން އުޅޭ ބައިގަނޑެއް. މުޅި ގައުމުގެ ހަލާކު.

  16. ބަބުރު

    ކިހާބޮޑުބަލާއެއް މިގައުމަށް ޗޯރު ވެރިކަމަށް އައިފަހުން ވެރިކަން ހިންގަން ނޭނގެނީތަ ނޫނީ ކައިރީގަތިބޭ އައުވާނުން ބުނާގޮތްތަތީ

  17. މުހައްމދު

    އަހަންނަކީވެސް މާލޭމީހެއްނޫން މާލޭގައި އުޅޭތާ 28 ވަރަކަށް އަހަރުވެދާނެ ކުލިދައްކައިގެން އުޅެނީރަށުގައި ގޯތިވެސް އޮވޭ ހަމައެގޮތަށް މާލޭމީހާއަށްވެސް އެފުރުސަތު އޮންނަންވާނެ މިތަނުގައި ބިމުގެ އަގު އުފުލިފަ އޮތުމަކީ މިތަނުގެ ވަޒަންވެރިންނަށް ގޯތި ލިބެންނުޖެހޭ ސަބަބެއްނޫން ސިޔާސީބޭނުމެެއްގައި ފަސާދަ ނުކުރޭ

  18. ބަކުރުބެ

    ކުލިނުދެއްކުމާ މަވެސްދެކޮޅު އެކަމަކު ހުރިހާރަތްޔަތުންގެލާރިން ހިތްކާފަ އޮތްބިމަކުން އެގޮތަަށް ގޯތިދެވިގެންނުވާނެ ދެންޖާމުން މާލެއިންދީ ހުޅުމާލެއަކީ މާލެއެތްނޫން ރަތްޔަތުންގެލާރިން ހިއްކާފައޮތްތަނެތް

  19. ޒުވާނުންގެ އާދޭސް

    ކުލި ނުދައްކާ މީހުންގެ ފުލެޓުތައް ނަގާފަ އެ ހައްގުވާ ފަރާތްތަކަށް އަލުން ދިނުމައް އަޅުގަނޑުމެން ޒުވާނުން ގޮވާލަން. ހައްގު ނުވާ ފަރާތް ތަކައް ފުލެޓް ދީފަ އެބަހުރި ބައިވަރު

    1
    1
  20. އަބި

    އަޅުގަޑުވެސް ބޭނުން ރަށުގައުޅެން އެކަމަކު ކެންސަރުބަލީގައި އުޅެންޖެހިފަވާތީ މާލޭގަ މިހުންނަނީ 2 މަހުން ތިންމަހުންކަހަލަ ގޮތަކަށް ކީމޯ ނަގަންޖެހޭ ރަށުގަ ނުހުރޭ އެވަރުގެ ވަސީލަތެއް ދެވޭވަރުގެތަނެތް އެހެން މަޖުބޫރުވީ

  21. ކަމަނަ

    ބަލާތ މާލެނުދެވިގެންތަ މިއުޅެނީ ތި މާލެއަށް ދާން މަޖުބޫރުކޮށްފައެންނު ތިއޮތީ ބަލިވީމަ މިޖެހެނީ ތިތަނަށްދާ ރަށުން ޕެނެޑޯލްގުޅައެތް ދީފަ ފޮނުވާލަނީ ޓެސްޓުތަކެތް ހެދެނީކީތްނޫން ރަގަޅު ޑޮކުޓަރެތް ހުންނަނީކީތްނޫން ރުކަކުންވެެއްޓުނަސް މާލެ ދެންމީ ކިހާބޮޑު މުސީބާތެތް ރާޖެތެރެމީހުންނަށް ޖަސްސާފަ ދެން މާލޭމީހުންނަށް އެކަނި ވޯޓުލެވޭގޮތް ހަދާބަލަ އޭރުންއޯކޭ އަހަރުން އަތުން ސަރުކާރަށް ދައްކަންޖެހޭލާރިވެސް ނުނަގަ

  22. އަޙްމަދު

    ރަށައް ދާކައް ނުޖެހޭނެ..
    ބިމަކީ އެތަނެއްގައި ދިރިއުޅޭ ބައެއް ގެ އެއްޗެއް--
    ބިމާއި ފުލެޓާއަޅާބަލާއިރު، ފުލެޓް އެހާރަނގަޅު ވި އިރު ކީއްކުރަށް ބިމަށް ކުރިމަތި ލައިގެން ތިއުޅެނީ....
    މިފަހަރު ބިން ނުލިބޭނެ އެއްވެސް ބަޔަކަށް، އެއީ އިންސާފުން އެކަން ނުކުރެވޭތީ..
    ގޯތި ދިނުމުގެ މައްސަލަ ގިނަ ބަޔަކު ނުކުމެ ކޯޓަށް ހުށައަޅާ ހުއްޓުވުމަށް ދަންނަވަން...
    އިންސާފުން ނުކުރެވޭ ކަމެއް ނުކުރިއްޔާ ރަނގަޅު ވާނީ...
    ވަގުތީ ލިސްޓުން އިންސާފް ނޫންކަން އެއޮތީ ފެންނަން...

    1
    2
  23. ޅޮލް

    2 މީހުނާ ފަޅި. ހެހެ

  24. ކަންޓަފުޅި

    ވަރުގަދަ މާލެއެތްތީ ތިތަނަށް ނުގޮސްވާކަށް ނެތް ބޭސްފަރުވާކުރަންޖެހޭ ދަރިންނަށް ރަގަނޅު ތައުލީމެތް ދޭންޖެހޭ ހެޔޮނުވާނެ ތިތަނަށް އަހަރުމެން ރާއްޖެތެރޭ މީހުން ތިތަނަށް ނުގޮސް ވާނެގޮތެއް ހަދާދީބަލަ ސަރުކާރުން ހެޔޮނުވާނެ މާލޭމީހުން ރާއްޖެތެރޭމީހުން ހާދަ ދައްކޮށްލާފަ ތިހިރީ އަހަރުމެންގެވެސް ލާރިންނޭ ހުޅުމާލެފޭސްޓޫ ހިއްކާފަ ތިއޮއްތީ މާލޭމީހުންގެ އެކަނި ލާރިންނެއްނޫނޭ ހޭބައްޔ

  25. ޒެކް

    ރައްޔިތުންގެ ޓެކްސް ރުފިޔާއިން ބިން ހިއްކާފަ، ވަކިބަޔަކަށް ހިލޭ ގޯތި ދޫކުރުން މީ ދުނިޔޭގެ އެއްވެސް ކެޕިޓަލް ސިޓީ އެއްގަ އޮންނަ ކަމެއްނޫން، ނުޖެހޭނެ ކުލި ދަށްކާކަށް، މާލެ އަކީވެސް ހަމަ ރާއްޖެތެރޭ ރަށެކޭ، މާލެ ވީމަ ކޮން ފުއްޕުމެއްތަ މި ފުއްޕަނީ.. މިހާރު ނޫޅޭނެ މާލެ މީހަކު، މާ މާލެ ވެގެން.....

  26. ސުން

    ހުޅުމާލެއަކީ މާލެ އެއްނުން.މާލެ އަކީ މާލެ.ރައްޔިތުންގެ ފައިސާއިން ހިއްކާފައި އޮތް ފަޅެއް އެއީ.އެތަނަށް ރާާއްޖެތެރޭމީހެކޭ މާލޭމީހެކޭ ވާނީ އެއްވަރު.މާލޭ މީހުންނަށް ހިލޭ ގޯތި ދޭކަށް ނުޖެހޭ.ވޯޓް ނުދޭނަން ޖޯރަކަށް.އޯކޭ ފުލެޓް އަޅާފައި މާލޭ ރައްވެހިންނަށް އެހެންމީހުން ކުލި ދައްކާ އުސޫލުން ފުލެޓް ގުރުއަތަކާ ނުލާ ދިނަސް.

  27. ހިޔަޅު

    އެތައް އަހަރެއްފަހުން ވައްނާނެތަނެއް ނެތް ނިކަމެތި ހާލުގައިތިބި މާލޭމީހުންނަށް ބިންފޮއްޗެއްދިނީމަ ހާދަވަރަކަށޭ ހަސަދަވެރިވެ ނަފުރަތު ތިވަނީ، ބަލަ އެއީވެސް ހަމަ ޤާނޫނު އަސާސީން ހިމާޔަތްލިބި ހައްޤުލިބިފައިވާ ހަމަ ދިވެހި ރައްޔިތުންނޭ، ބިމުގެ ދަތިކަން އޮވެގެން ގޯތިދޭން ރަށްރަށުންވެސް ބިންހިއްކާފައި ހިލޭގޯތި ދޭއިރު މާލެއިން ބިންހިއްކާފަ މާލޭގެ ރައްޔިތުންނަށް ހިލޭގޯތި ނުދެވޭންވީ ޞަބަބެއްނެތެއްނުން، ހުސްބިމެއްދިނަސް އެބިމުގައި އެމީހުންނަށް ބޯހިޔާވަހިކަމެއް އެޅޭނީ އަދި އެތައް މިލިއަން ރުފިޔާ އެއް ޚަރަދުކޮށްގެން އެތައް ދުވަހަކުންނެއްނުންތަ؟ ފުލެޓާއި ގޯތި ކިހިނެތް ހަމަހަމަ ކުރާނީ

  28. ފަޒީލް

    މާލޭ މީޙުންނަށް ހިލޭ ގޯތި ދިނުމަކީ މައްސަލައެއް ނޫންކަމަށާއި، މީގެ ކުރީ ސަރުކާރުން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅު ހިއްކާފައި ގޯތި ދެނީ ހިލޭ

  29. މިގުލް

    ރަށް ފުށުން މިލިބެޭ ހިތްފަސޭހަ ކަމާ ހިތްގައިމު ކަން ގުނާ އަދަދު ނުކުރެވެ ބޮޑު ގަނޑުވަރުގަ ކުލި އެއީ ކޮން އެއްޗެއްކަންވެސް ނޭނގެ