ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ވަކި ވަކި ފަރުދުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ފަރުދުންގެ ލިސްޓެއް އީޔޫއިން ތައްޔާރުކޮށްފައިވާ ކަމުގެ ޔަޤީންކަން ލިބިއްޖެ ކަމަށް ރައީސް ނަޝީދުގެ ދައުރުގައި ފޮރިން މިނިސްޓަރކަން ކުރެއްވި އަޙްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ އީޔޫއިން މިފަދަ ލިސްޓެއް ތައްޔާރުކޮށްފައި ނުވާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެކަމަށް ރައްދު ދެއްވަމުން ކެރަފާ ނަސީމް ވިދާޅުވީ، އީޔޫގެ ނަން ހިނގާ މަޝްހޫރު އެންބެސަޑަރަކާއި ފިޔަވަޅު އަޅާ ލިސްޓާއި ބެހޭގޮތުން މަޝްވަރާ ކުރެވިއްޖެ ކަމަށެވެ. އަދި ލިސްޓެއް އޮތް ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވާ ކަމަށާއި، އަދި ފިޔަވަޅު އަޅާނީ ރަނގަޅު ވަގުތަކަށް ބަލާފައިކަމަށް ކެރަފާ ނަސީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ބޭފުޅަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު ތޯމަސް ޒެޑޯސްކީ ވިދާޅުވި ކަމަށް ބުނެ "އީޕީޓުޑޭ" އިން އިއްޔެ ޚަބަރެއް އާއްމުކޮށްފައިވާއިރު، އެޚަބަރުގައި ބުނެފައިވަނީ އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 ބޭފުޅަކު ހިމެނޭ ކަމަށާއި އެމެންބަރަށް އެ ލިސްޓް ފެނިފައިވާ ކަމަށެވެ. ނަމަވެސް ފަހުންވަނީ ޚަބަރުން އެބައި އުނިކޮށްފައެވެ.

ކެރަފާ ނަސީމް މިހެން ވިދާޅުވެފައިވީ ނަމަވެސް، އީޔޫގެ ފޮރިންގް އެފެޔާސް އެންޑް ސެކިއުރިޓީ ޕޮލިސީގެ ތަރުޖަމާނު މަޖާ ކޮޗިއަންކިކް ވިދާޅުވީ އެފަދަ ލިސްޓްއެއް އީޔޫއިން ތައްޔާރުކޮށްފައި ނުވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުންވެސް ވަނީ މިކަން ދޮގުކޮށް، މިއީ ސިޔާސީ ބޭނުމެއްގައި އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކިޔޭނުކިޔޭ

    އޭނަކުރެން އައްސަވާބައްލަވާ، ހަމައިގަތޯ ތިހުންނެވީ؟

  2. ނުރަބޯ

    ތިޔައީ ދެ ކެރަފާ ރާވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވަން ޖަހާ ރޮކެޓް. އެހެންތާ ބުނެވޭނީ އީޔޫ އިން އެބުނަނީ ފިޔަވަޅު އަޅާބައެއްގެ ލިސްޓެއް ތައްޔާރު ކޮށްފައެއް ނެތޭ. ހަމަބުނާއިރަށް ދެކެރަފާ މިބުނަނީ ލިސްޓްއޮތީ ތައްޔާރުކޮށްފައޭ؟

  3. ކަމަނަ މުހައްމަދު

    ތި ލިސްޓް ހެދީ މޯކުޅި ނަސީދާ، ކެރަފާ ބޮޑު ބާގީ އާ ދޯ.

  4. ހުސައިން

    ކެރަފާ އެއްޗެއް ބޮއިގެންތޯ ނުވަތަ ބޯންވެގެންތޯ ތިއުޅެނީ. ޔަހޫދީ މައްކާރު

  5. ޑިމޮކްރަޓިސްޓް

    ލާދީނީ ކަލޭގެ ތިލިސްޓެއް އޮތިއްޔާ ދެން ހާމަކޮށްބަލަ!! ބޮލާނުފުރުއްޕާނެއްނުމީ!! ކަލޭމެން ތިލިސްޓާ އިންނަންވެއްޖެއެއްނު މިހާރު!! ލިސްޓު އޮތިއްޔާ ނެތިއްޔާ ކޮން *ލާއެއް!! މިހާރު ތިއުޅެނީ އިލެކްޝަންގެ ކަންކަން އެހެންދިމާލަކަށް އަނބުރާލެވޭތޯ!!

  6. ޑަސްޓް

    އަޅުގނޑު މެން ދިވެހީން ލަދުގަނެ ދެރަވަނީ މިފަދަ ހަރާންކޯރު ޤައްދާރު މީހުން ދިވެހި ފަސްގަނޑުން އުފެދިފަ ވާތީ މީހިތާމަ ކުރަންޖެހޭ ވަރުގެ ކަމެއް.އަދި މިފަދަ ޤައްދާރުންނަށް ދިވެހި ފަސްގަނޑުން ޖާގަ ނުދިނުމަށް ގޮވާލަން..

  7. ރަސްރަނި

    ދެން ތިލިސްޓް ކޮނޑަށް ލައިގެން މުޅިރަށުތެރޭގަ ދުވަންވީނު .... ލަދެއްވެސް ނުގަނޭ މީނަ......ތީ ހުސްބުހުތާނު

  8. ކޮލެޖް

    ހަމައަތަށް ގޮވިގޮވިހެން ޑްރާމާކުޅެވޭތޯބަލަނީތަ ކެރަފާ ބާޣީއަށް ބުނެލަންއޮތީ ކުޅެވޭނީ ކުޅެވޭވަރުގެ މީހުންނާ ޔާމީނަކާއި ނުކުޅެވޭނެ ޔާމީން އެބަކުޅެލާ ހަކުޅިކުރިޔަށް މިފަހަރުވެރެސް ބޮނދުބުޑަށް ސައިކިޔާފަ.

  9. ވަސީމް

    މި ކަލޭގެ ދެން ރާއްޖޭގެ ބައިތުލް މާލުގަ ހުރި ރުފިޔާގަޑު ގެ ދަހިވެތި ކަމުގަ ހާދަވަރެއްދޯވަނީ.

  10. އަހްމަދު

    މިއޮތީލިސްޓު ނަޝީދު ކެރަފާނަސީމް ބުރުމާގާސިމް ޖަމީލު އަލީވަހީދު އިބޫ މާރިޔާ ލޮލީބޭނެ ޝާހިދު އާދަންމނިކ

  11. ބޮއްބޮ

    އެހެންވިއްޔާ ދެން އަނގަނުތަޅާ މަޑުމަޑުން ގޭގައި އޮންނަންވީނު؟ އެއީ ތިޔަ ދެ ކެރަފާވެގެން ކުރުވާ ކަމެއްނު.....؟

  12. ބައްސާމު

    ވަރަށްއުފާވޭދޯ ދިވެހި ވިޔަފަރިވެރިން ބަގުރޫޓްވާތީ

  13. އަލީ

    ކެރަފާ އާއިލާ އަކީ މިގައުމަށް ހެޔޮއެދޭ ބައެއްނޫން. އެކަން ތާރީހުން ހެކިދޭ.

  14. މުސްލިމުންގެ ދުޢާ

    ބާޣީން ޣާޒީންނަށް ހަދަން އުޅުނަސް އެކަމެއް ދުވަކުވެސް ނުވާނެ. ތިޔަ ލާދީނީ ބައިގަޑުތީ މިޤައުގެ ތާރީޚުގައި ރަތް އަކުރުން ބާގީން ލިސްޓުން ޖާގަހޯދައިގެން ތިބިބައެއް. އެބައިގަނޑު އެތިބީ ވެރިކަމާހެދި ބޫތުކައިފަ. ތިޔަބައިމީހުން [ތޯމަސް ޒެޑޯސްކީ] ކުރަމުން އެގެންދާ މަސައްކަތަކީ އަމިއްލަ ފައިދާޔާ ވެރިކަމުގެ ލައްޒަތަށްޓަކައި މިޤައުމުން ކުރިސްޓިޔަން ދީނަށް ޖާގަދޭން ބުނެގެން ކުރާ މަސައްކަތް. ޔާﷲ އިބަރަސްކަލާނގެ މިލާދީނީ ބައިގަނޑުގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވައި އިސްލާމްދީނަށާއި ރައީސް ޔާމީނަށް ކާމިޔާބު ދެއްވާނދޭވެ. އާމީން.

  15. ތޯމަރާ

    ލިސްޓް ކުރީގައި އޮތީ ކެރަފާ ނަސީމް

  16. ޔާމިން

    ޖާހިލް ތީބޮޑުވަރެއް

  17. ލާހޫޜޭ

    ޤައުމަށް ގައްދާރުވި މަސްފޮޑި އެއްތީ ހިފާހައްޔަރުކުރަންވީ ނިފަރަންޖީ

  18. ކޮސްވެފަ

    ކެރަފާ ތިހެދީ ހުސް ދޮގު. އީޔޫ އިން މިހާރު އޮފިޝަލް ކޮއް އެކަން ދޮގު ކޮއްފި! މީހުން ގުނބޯ ހައްދަން ނޫޅޭ!

  19. ހުސޭނުބޭ

    ހިނގާބިނބާވާ ހުރިހައި އިންސާނުން ފިޔަވަޅުއަޅާނެ! އެ ލިސްޓް ވަރަށް ދިގުވާނެ! އެވަރު ލިސްޓެއް ކަލޯޔަށް ލިޔެވިއްޔާ އާދޭ ވެރިކަމާ ހަވާލުވާން.

  20. ބާޣީ ނަސީމު

    މީދެން މިގައުމައް ޖެހިފައޮތް ކިހާބޮޑު ނޮހޮރުއްޕާނެއް މީނާ މިގައުމައް ދުވަހަކުވެސް ހެވެއް ނޭދޭނެ މިނާސީމަކީ މިހާތަނައް ކުރި ހުރިހާކަމަކުން ފޭލްވެފަ ހުރިމީހެއް ރިޒޯޓް ހިންގަން އުޅުނު ބަޣާވާތެއް ގެންނަން އުޅުނު މިހުރިހާކަމަކުން ވެސްވީ ފެއިލް ދެން ނުވިތާކައް ވަންނަން ހުރިގެގަނޑުވެސް ވިއްކާލާއިފި މިހާރު ނޭނގެ ވަންނާނެ ތަނެއްވެސް ހުރިހެނެއް ދެން އެހެންވީމަ ކިހާވަރަކައް ތެޅޭނެ .

  21. ނަސީމު

    ކެރަފާ ތިޔަފިޔަޅު އިންތިޚާބުގެ ކުރިންނޭޅި ދިގުލައިގެންދާ ސަބަބު ތިބުނާ އެންބެސެޑަރކައިރިން އހައިބަލަ