ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިލަމާލެ ބްރިޖެއް ނޭޅޭނެ ކަމަށާއި މިސަރުކާރު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމެނޭނެ ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވުމުން ކުރީގެ އިކޮނަމިކް މިނިސްޓަރ ސައީދު އެކަމަށް ރައްދު ދެއްވައި ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ ކޯރުތަކުގައި ފާލަން އަޅާ ކުންފުންޏެއް ކަމަށެވެ.

އެކުންފުންޏާއި ހަވާލު ކޮށްގެން 600 މިލިއަން ޑޮލަރު "ވަޔަށް އަރުވާލައިފި" ކަމަށް ސައީދު ވިދާޅުވިއެވެ. "ކޯރުގައި ފާލަން އަޅަން އުޅުނު ކުންފުންޏެއް ގެނެސް ތިސަކަރާތް ޖަހާއިރު ވިލިނގިލި ގުޅުވަން ނެގި 600 މިލިއަން ޑޮލަރު މިހާރު (އެރީ) ވަޔަށް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރޭ ކިޔާފައި މިހާރު ޕޯޑިއަމްތަކަށް އަރަން ހެޔޮނުވާނެ ކަމަށެވެ. މަނިކުފާނު ހެޔޮނުވާނެ ދެވަނަ ދައުރޭ ކިޔާފައި މިހާރު ޕޯޑިއަމްއަށް އަރަން. ކެބިނެޓުގެ ވަޒީރުން ވެސް އެވާހަކަ އެބަދައްކާ. ދެމަސްތެރޭ ވެރިކަން ނިންމާނަން." ސައީދު ވިދާޅުވިއެވެ.

ގުޅިފަޅު ހިއްކަން ފެށުން އިފްތިތާހް ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރު ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމެނޭނެ ކަމަށެވެ. "މަޝްރޫޢު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުންކުރަން ފެށޭނެ. އެއަށްފަހު ދެން ކުރަން އޮތް ކަމަކީ، އެ ބްރިޖް ގޮސް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމެނީ އަންނަ އަހަރު ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވިއިރު މީގެ ކުރިން ސަރުކާރުންނާއި އަދި އެފްކޮންސް އިން ވެސް ބުނެފައި ވަނީ މިއަހަރުގެ ޖުލައި މަހު ބްރިޖް ހުރަސްކޮށް ވިލިމާލެ އަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް އަދި ކުރިއަށް ދަނީ ވަރަށް ލަސްލަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަހޫ

    ޥަގުންނަކަށް ދެން ވެރިކަމަކަށް ނާދެވޭނެ. މިހާރަކުދެން ޑިގްރީއެބައޮތޭ ކިޔާފަ ދޮގުހަދައިގެން ރިސޯރޓް މެނޭޖަރުކަމެއްވެސް ނުލިބޭނެ އެދުވަސް މިހާރުމާޒީވެއްޖެ

    10
    24
    • މޮހަނާ

      ތީނޫންތަ ބޮޑު ވަގުންނަކީ.

      2
      1
  2. ޢިއްތިހާދު

    ތެދުވާހަކައެއް މިސަރުކާރުން އަށްނަނީ އަށްނަނީ ނޫންގޮތަކަށްއެއްކަމެއްވެސްނުދޭ ވެންޓިލޭޓާތައްވެސް އެމްޕީއާރުސީގެ 200 ވަރަކައްމީހުންގެ ކޮރޮޕްށަން ތަހުގީގުވެސްއަށްނަނީ ތަރިންގެތެރޭ މަހުލޫފް އޮރިޔާންކުރަން ބުނުމުންއުނބައް ދެންމިފިލް ތައްއައްނަނީ އަޅުވާގެން އިޝްތިހާރުކުރަނީ އެސްޓީއޯގެކުރީގެ އަމްރް ޕީއެންސީ ސުޖާ ބުނިގޮތައް ސަރުކާރުކުންފުނިތަކުން މޫނުން ބާނީދޭގުރޫޕްތަކުގެވެރިން މައިކްހިފާގެންތިބޭ ބަޔަކައްނޫން ނިމެނީ ނިމެނީ ފިލްމް 2މަސް

    25
    3
  3. ކޮސްބެ

    ޗޯރޭއަށް މިފަހަރު ޖެހޭނީ ގައުމުދޫކޮށް ފިލަން މީ ،💯 ޕަސެންޓު ޔަގީން ކަމެއް ހިނގާ ބަހީ ވާނުވާ ބަލަން.

    28
    7
    • ޜާ

      ޗޯރޭ އެއޮތީ ޖަލުގަނޫންތޯ

      2
      3
  4. ެއަބްދު

    ރައީސް އިބްރާހިމް ފާހަގަ މިކުރެވުނީ މި ޤައުމުގައި ވެރިކަން ކުރި އެންމެ ނާޤާބިލު ވެރިއެް ގޮތުގައި

  5. Anonymous

    ޑޮލަރު ބޮޑި އޮންނާނީ ގޮޅީގަ

  6. ނަމަސްތޭ

    މީނާޔަށް ފިޔަވަޅުއަޅާ މިހާރުން މިހާރަށް . . ބަގާވާތަށް ހިއްވަރުދެނީ އެ ( ބަލަ ރައްޔިތުން 5 އަހަރަށް ހޮވާފަ އެހެރީ . . މައިތިރި ވެބަލަ )

    2
    2
  7. ާއަހްމަދު

    ވަގު ކަލޭގެ އޮންނާނީ ޖަލުގަ ދެނެއް ބެރިކަމަކަށް ނާދެވޭނެ. ހުވަފެން ނުދެކެ އެހެން ކަމަކާއުޅޭ.

  8. އަހޭ

    ޗޯރޭ ގެ ފޭކް ވާހަކަ ދިމަލެއް ނުވޭ

    1
    1
  9. ދީމުގުރާތުސް

    ދެމަސް ދުވަސް ފަހުން ޕޕމ މަހަށްދާން ރެޑީވޭ! ވަގުން ހިމާޔަތްކުރާ ޕާޓީއަށް ފުރުސަތެއް ނެތް.

    • ރަން ރީނދޫ

      އަދީބާއި ޒިޔަތާއި މަހުލޫފާއި ވީ ކޮންތާކު. ޕަކާސް ،ވެންޓިލޭޓަރަށް ވީ ކިހިނެށް ކޮޔާ

  10. އއ

    ސައީދުމެންތީ ލަދެއް ހުރިބައެއްނަމަ ދެމަސްފަހުން ސަރުކާރު ބަދަލުކުރާނަމޭ ބުބުނާނެ. ! ތިއެތި ކަލޭމެންވައްޓަނީ އެއްނޫން މުސްޖުޅިވެ މަރުވަނީ. މެޑެލްޖަހާ. ނުކުރާކަމަކައް.!

  11. ބަރުނޫހު

    ބަލަ ކިތަންމެ ރުޅިއަޔަސް އެންމެނައްވެސް އެނގޭ މިސަރުކާ
    ރުން ބްރިޖްއަޅަންހަވާލުކޮއްގެން އެއުޅެނީ ބްރިޖްއެޅޭވަރުގެބަޔަ
    ކާނޫންކަން ތިޔަބުނާބަޔަކު އެމީހުންގެ ޤައުމުގަ ބުރިޖެއް އަޅަ
    ންމަސއްކަތް ކުރާތާ ފަނަރައަނހަރުވެއްޖެކަމައްވަނީ އަދިއެއް
    ނިމުނުވާހަކައެއްނީވޭ ދެންކިހެނެއް އެހެންތަނެއްގަ ބުރިޖްއަޅަ
    ނީ ތިޔައީހަމަ ބަޔަކުމީހުން ލާރިކާންވެގެން ކޮއްގެންއުޅޭކަމެއް

  12. އަބްދޫ

    ބްރިޖް ނޭޅި 2023 ނިމިއްޖެ ނަމަ ހައިސިންމިނިސްތަރު އަސްލަމަށާއި ރައީސް އިބްރާހީމަށް އިހުމާލުގެ ދައުވާ އުފުލެންޖެހޭނެ. އެއީ ޗައިނާ ކުންފުނިން ބަރިޖް މަސައްކަތް ފަށަން އުޅެނިކޮށް އެމީހުންއަތުނަ މަސައްކަތް ނަގާ ބޭރު ކޮށްލުމުން ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަ ނަންބަރުގައިވާ ޒިންމާ މިދެފަރާތުން އުފުލަންޖެހޭނެތީ.

  13. ދިޔާޒު

    އިބޫ ޖެހޭނީ އިރާދަކުރެއްވިޔާ ސީދާ ވެލިކާން. ވެލި ވެލި

    3
    1
  14. ިސސެ

    ދެމަސް ދުވަސް ފަހުން ޕޕމ މަހަށްދާން ރެޑީވޭ! ވަގުން ހިމާޔަތްކުރާ ޕާޓީއަށް ފުރުސަތެއް ނެތް.