ދައުރުން ބޭރުން ބާއްވަން މިއަދު ރައްޔިތުން މަޖިލީހުގައި ތާވަލް ކުރި ޖަލްސާ، ޖަލްސާ ފެށުމާއިއެކުހެން ނިންމާލައިފިއެވެ.

ޖަލްސާ ފެށުމުގެ ކުރިން ސޮލަވާތް ކިޔެވުމާއި އެޖެންޑާގެ ނަމްބަރު ކިޔުން ފަދަ ރަސްމީ ބައިތައް ނުހިމަނާ ޖަލްސާއަށް މިއަދު ހޭދަވީ ގާތްގަނޑަކަށް 50 ސިކުންތެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފައްޓަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ އެމްޑީޕީގެ މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު މިހާރު ކުރިން ހުރިވަރަށްވުރެ އިތުރު ވެފައިވާކަން ފާހަގަ ކުރައްވާ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އަފީފް އިއުލާން ކުރެއްވިއެވެ.

އަފީފް ވިދާޅުވީ ކޮމެޓީތަކަށް އަންނަ ބަދަލާއި ގުޅޭ ގޮތުން މިހާރު ހުށައެޅިފައިވާ ރިޕޯޓަށް ބަދަލުތައް ގެންނަންޖެހޭ ކަމަށާއި ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދިނުމަށް ފަހުއެވެ. މިއަަދު މަޖިލީހުގައި އިއުލާން ކުރި ގޮތުގައި މިހާރު އެމްޑީޕީގައި ތިބީ 54 މެންބަރުންނެވެ.

މިއަދު އަފީފް ޖަލްސާ ނިންމާލަން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީ މެންބަރުން ނިޒާމީ ނުކުތާ ނަގަން މަސައްކަތް ކުރިއެވެ. ނަމަވެސް ނިޒާމީ ނުކުތާ ނަގަން އެއްވެސް މެންބަރަކަށް އަފީފް ފުރުސަތެއް ނުދެއްވިއެވެ.

މިއަދު ޖަލްސާ ނިންމާލަމުން ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ތި ޖައްސާ ވައްތަރު ތައް ރައްޔިތުން މި ތިބީ ނިކަން ބަލަން. އަފީފު މެން މަޖިސްއަށް އިންތިހާބުވާނެ އެންމެ ފަހު ދައުރުކަން ދަންނާތި

    45
    10
    • މަނިކު

      އަފީފުއަށް ވޯޓް ނުލެވޭމީހެއް ތިވާހަކަ ބުނީމަ ހަމަ. ޙިނި އަންނަނީ

      3
      1
  2. އއ

    ވާވާ އިނާޔަތް ދަރިފަސްކޮޅައް.!

  3. Anonymous

    ދެން މިއަދު ތިޔަ ހޭދަވި 50 ސިކުންތައް މުސާރައިގެ ގޮތުގަ 5000 ރުފިޔާ ، ތިޔަތަން އުވާލައިގެން މިގައުމައްލިބޭނެ ފައިދާ ވިސްނަވާ.

    2
    1
  4. ފަހަރި

    ގަދަ މީސަރުކާރެއްނޫން ޓެކްސްލާރި ވައްދަން ތިބޭބައިގަނޑެއް ރައްޔިތުންފެލާ ކޮތަޅުހެދީއްސުރެ އެކޮތަޅު ނައްތާލެވެންދެންރައްޔިތުމީހާއަތުންޓެކުސް ކޮތަޅެއްއުފަންވީއްސުރެ ކޮތަޅުތިލަފުއްޓައްދާންދެން ޑަބަލްކޮއް ލާރިކެވޭތޯނުނިދާ.ސަރުކާރެއް ކޮއްމެ ކޮތަޅަކައް ކުންފުނިތަކުން މަގާމުތައް 15ހާހުން މަތި ކޮތަޅުސަރުކާރުގެފޫމިއޮށްދަނީ ޕެޗްނޭޅި

  5. ރައްޔިތުމީހާ

    ރައްޔިތުންގެ ފައިސާތައް ތަޅާބުރުއްސާފަ، 85000 ރުފިޔާ ނަގައިގެން މި ޢިއްޒަތްތެރި މެންބަރުން އުޅޭފާޑެއް ... ސިވިލް ސަރވިސް މުވައްޒަފަކު ފޮޑިއެއް ޖަހަން ދޮރުން ބޭރަށް ނުކުމެލިޔަސް މުސާރަ ކަނޑާ .. މިއީބާ މި ކިޔާ "ހަމަ ހަމަ ކަމަކީ" .

  6. ލޭމް

    އަދިވެސް ބުނާނެ ރައީސް ބުނެގެންނޭ ޖަލްސާ ހުއްޓުވަނީ

  7. ޖަލްސާ

    މިއަދުގެ ޖަލްސާ ދުނިޔޭގެ ރެކޯޑްގެ ގޮތުގައި ހުށަހަޅާ ރެކޯޑް ފޮތަށް އަރުވަން ޖެހޭނެ

  8. ޖަމިއްޔާ

    ފިކުރެއްގެ ދިރުން މިފެންނަނީ!
    ރައްޔިތުންގެ ފައިސާ ގަދަބާރުން ފޭރޭ ފިކުރެއް!
    ލާދީނީ ފިކުރެއް!އިންޑިއާގެ ހިންދޫން މަތިވެރިކޮށް، ޑެންމާކާ ސުވިޑުން މަތިވެރިކުރާ ފިކުރެއް!މިފުކުރުގެ މުނާފިގުންނަށް ބާއި ބާއި

  9. އަންތަރީސް

    ދިވެހި މުސްކުޅިން އެގޮނޑި ކާލަނީތަދެން

  10. ކާފަބޭ2020

    ސައިފޮދަށް ކިހާވަރެއްޚަރަދުވިތޯ؟ ސަލާމަތީސަބަބާހުރެހައްޕު!

  11. ނެގުނުކަތީބު

    އެހެންގައުމެއްގާނަމަ މިހާރު މަޖިލިސް އުވާލާފާ އާ މަޖިލީހަކަށް ދާނެ. ރައީސް ސޯލިހަކަށް އެކަން ކުރާކަށް ނުކެރޭނެ. އެއީ މަޖިލިސް އުވާލާފިއްޔާ ދެންހޮވާ މަޖިލިސްގާ އެމްޑީޕީގެ އެންމެ މެމްބަރަކަށްވެސް ރައްޔިތުންވޯޓްނުލާނެތީ.

  12. ރެފްރީ

    އެކަމަކު މިއަދަށްވެސް މުސާރަބޮނޑި ބަނޑުއަޅާނެތާ !! ނަހަލާލުގޮތަށް ބަނޑުއަޅާފައިސާ އަނބުރާހޯދޭނެގޮތެއްހަދާ!

  13. ތުއްތުނާ

    ލަފުގަހިފާ ކޫއްތާނެރޭ !! ވަރަށްސަލާމް

  14. އަލީ

    ދިވެހި މުސްކުޅިން / މައްސަލަޔަކީ ރައްޔިތުން ވޯޓް ގަތީ ވޯޓް ވިއްކީ ، ފިހާރައިން އެއްޗެއްގަތީމަ ވަނީކީއްކަން ނޭނގޭ ގަމާރުން ގިނަވަނީ.

  15. މުހައްމދު

    މިކަހަލަ ލާދީނީ ބައިގަނޑެއް ހޮވުނީތީވެ ހިތާމަކުރަން ވަކިވި ޖަމާއަތުގައި ނެތް ކަމުދާ އެކަކުވެސް

  16. ފިޔަ

    ދުނިޔޭގަ އެއްމެ ދިގު ދެމިގެން ދިޔަ ޖަލްސާ މިއަދު

  17. ރައްޔިތުންގެ ފައިސާ

    ތިތަން ބަންދުކޮށްފައި ބަކަރި ތަކެއް ގެނެސް އެއެއްޗެހި ހުއިހައްޕަން ތި އިއްޒަތްތެރިން ބައި ތިއްބަބަލަ،