ރާއްޖޭގެ އިގްތިސާދުގެ މިވަގުތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިލައްވާނެ ވެރިއަކަށް ހުރި ހަމައެކަނި ވެރިއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ އިންތިޚާބާއި، އެޕާޓީގެ އަމާޒާ ގުޅޭ ގޮތުން ވީޓީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ރާއްޖޭގެ ކުރިމަގާއި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނީ އެކަމުގެ ތަޖުރިބާހުރި ބޭފުޅަކަށް ކަމަށާއި، އެކަމަށް މިވަގުތު އެންމެ ގާބިލު ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށެވެ.

ސައުދު ވިދާޅުވީ، ޖޭޕީގެ ކެމްޕޭން ދަތުރުތަކަށް ބަލާލުމުން ޖޭޕީގެ ފިކުރުވެސް ހަމަ ކުރިއެކޭ އެއްގޮތަށް ބ، ހއ. ހދ. އަދި ރ އަތޮޅުގަވެސް ރަނގަޅު ކަމަށް ފެންނަ ކަމަށާއި، މިއީ ފެށުމެއް ކަމަށެވެ.

ސައުދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މިވަގުތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިލައްވާނެ ހަމައެކަނި ބޭފުޅަކަށް ހުންނެވީ ގާސިމް ކަމަށެވެ.

"ގާސިމް ހިސާބުޖަހާ ހިސާބަށް މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް ނޭނގޭނެ ރާއްޖެގެ އިކޮނޮމީގެ ހިސާބު ޖަހާކަށް. އަދި ރާއްޖޭގެ މިނިސްޓްރީތަކުގެ ތިއްބެވި ބޭފުޅުންނަށްވެސް އެކަމެއް ނޭނގޭނެ އެކަން ކުރައްވާކަށެއް ފަރިތައެއްވެސް ނުވާނެ. ގާސިމް އިބްރާހީމްއަކީ ރާއްޖެގެ ފިނޭންސް މިނިސްޓްރުކަން ކުރެއްވި އިރުގަ ރާއްޖޭގެ ބަޖެޓް އިތުރު ކުރަން ދަސްކޮށްދިން މީހާ. ރާއްޖެގެ ބަޖެޓަށް އިތުރު ކަންތައް ހިމަނައިގެން ބަޖެޓް ބޮޑުކޮށްގެން ނޫނީ އެކަން ނުވާނެ ކަމަށް ގަބޫލުކޮށް އެކަމުގެ ނިމުން ގެނެސްދެއްވި ބޭފުޅާ. ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އެބޭފުޅާ ފިނޭންސް މިނިސްޓަރުކަން ހަވާލުކުރި އިރު ރާއްޖޭގެ ބަޖެޓްގައި އޮތީ ފަސް ބިލިއަން ރުފިޔާ ކަމަށާއި، ބަޖެޓް ބާރަ ބިލިއަނަށް އެރުވީވެސް އެބޭފުޅާ ފިނޭންސް މިނިސްޓަރަކަކަށް ހުންނެވި އިރު ކަމަށެވެ.

"ރާއްޖޭގެ ރަށެއްގެ ބަނދަރެއްވެސް ހެދޭނީ ނަރުދަމާވެސް އެޅޭނީ ބަޖެޓު އިތުރުކޮށްގެން. އަދި އެފައިސާ ގެންނަން އެނގޭނެ ހުރިހާ ގޮތްތަކެއް އެދުވަސްކޮޅުގައެއްނޫންތޯ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސާރަ އެއްފަހަރާ ބޮޑުކޮށްދިނީ. ހުރިހާ މިނިސްޓްރީތަކެއްގެ މުސާރަވެސް ބޮޑުކޮށްދިނީ ގާސިމްގެ މޭސްތިިރިކަމުގައި." ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުއްޅަބެ

    ސަޢުދު ވިދާޅު ހަމަ ރަގަޅަށް. ބަދަލުގެ ގޮތުގައި އެންމެ ގިނަފައިސާ ދިނީ ޤާސިމަށް. އެންމެ ގިނަ ޓެކްސް ފައިސާ ނުދައްކާ އޮތީވެސް ހަމަ ޤާސިމް.
    ރާއްޖޭގެ އިގްތިސާދުގެ މިވަގުތުގެ ހާލަތު އެންމެ ރަނގަޅަށް އެނގިލައްވާނެ ހަމައެކަނި ބޭފުޅަކަށް ހުންނެވީވެސް ހަމަ ގާސިމް

    14
  2. ހުސޭނުބޭ

    ބައިތުލްމާލުން ފަރިއްކުޅުވައިގެން މުއައްޒަފުންގެ ސާވިސްޗާޖް ކައިލައިގެން ހުންނަ މީހަކަށް އެނގޭނެ އިޤްތިޞާދަކީ ބައިތުލްމާލު ދިރުވާލުން.

    16
    • ާއަހުސަން

      އަބަދު ދަތިކަމުން ނާރާ ބޭފުޅަކަށް ވަރަށް ރަގަޅަށް އެނގޭނެ...އެލްއޯއެލް

  3. އަބްދޫ

    ގާސިމަކީ އިގްތިސާދު ދަންނަމީހެއްނޫން ،ކިޔަވާފަ ހުރިމީހެއްނޫން.ގާސިމް ވިޔަފާރި ކުރަނީ ދަވްލަތުގެ ތަންތަން މޯގެޖް ކޮށް ލޯނު ނަގައިގެން. ދިވެހި ގައުމަށް ލޯނުދޭނެ ފަރާތެއް ނެތް ވިއްކާނެ ނުވަތަ މޯގޭޖް ކުރާނެ ތަނެއްނެތް .ގައުމު ތަކާއި ގާސިމާއި ގުޅުމެއްނެތް ރޯނުއެދުރަކަށް ވޯޓްދީގެން ގައުމުދާނީ ފަހަތަށް. ގައުމު މިހާތަނަށް ފަހަތަށްމިދިޔައީ ވެސް އެކަށީގެންނުވާ މީހުނަށް މަގާމްހަވާލުކުރުމުން . ގާސިމަކީ ރައީސްކަމުގެ މަގާމަށް އެކަށީގެންވާ ފަރާތެއްނޫން. ގިޔާމަތުގެ އަލާމާތެއްކަމަށް ރަސުލާހަދީސް ކުރެއްވި އެކަށީގެން ނުވާފަރާތްތަކަށް މަގާމްދިނުން.

    14
    1
  4. އާންތު

    އެހެންވެގެން ޤާސިމް ހުރީ ބޭންކްތަކާއި ދައުލަތައް ދަރާ. އެއީ އިގްތިސާދު އެނގޭލެއް ބޮޑުކަމުން. ވިޔަފާރި ކުރާތާ 40 އަހަރު ދަރަނި ނިންމާ އަރަނި ނުކުރެވުނު މީހަކު ތީ ކީއްކުރާ ބޭކާރު މީހެއް.

    14
  5. ދުނިޔެ

    ގާސިމް އިބްރާހީމްގެ ފިނޭންސް މިނިސްޓަރު ރާއްޖޭގެ އިޤްތިސާދު ގުރޯވތު ރޭޓަކީ ކޮބާބާ؟

  6. މާ އިނގިނލި

    ގާސިމު ގެނައި ސަރުކާރުގަ، ގާސިމުގެ ބައިވެރިވުން އޮވެ، ގައުމުގެ ދަރަނި 100 ބިލިއަނަށްއެރީ ކޮން ދުރުވިސްނޭ ހިކިމަތަކައްޓަކައިކަން ބުނެދެއްވާ

    10
  7. ހައިރާން

    އެންމެ މީހަކު ގައުމުގައި ހުރި ހުރިހާ މުދަލެއް އެއީ އެމީހާގެ މިލްކަކަށް ހަދައިގެން ރައްޔިތުންނަށް ދޯކާ ދީގެން އުޅޭ މީހަކަށް ގައުމެއްގެ އިޤްތިޞާދު އެގެންޏާ އެނގިދާނެ. ރައްޔިތުން ދެކެ ވާ ލޯބިން މީގެ 17 އަހަރު ކުރިން ރައްޔިތުންނަށް ފްލެޓް އަޅަން ހުޅުމާލެއިން ނެގި ބިމުގައި ހަދައިދިން ފްލެޓްތައް ފުރާފުރިހަމަވެގެން ދަބަރަށްވެގެން އެހެރަ ވެއްޓެނީ. އިޤްތިޞާދާއި ރައްޔިތުންގެ ކަރާމަތް މީހަކަށް ދަސްވެފައި ހުންނާނީ ދެން މިހާކަށްހާވަރަށް.

  8. މެސީ1

    ތެދެއް، ރިސޯޓް ބޯއީސްއަށް މުސާރައާ އެލަވަންސް ނުދޭކަންވެސް އެނގޭނީ ތި ގާސިމަށް

  9. މަންކީ

    އޭނައައް އެނގޭނީ ޅަކުދިންނާ އިންނަން އެކަނި އަނެއްހެން ލިޔެފަ ދޭއެއްޗެއްވެސް ސޯލިހައްވުރެ ބޮޑައް ކޮއްޓަ ކޮއްޓާގެން ކިޔާ ސައުދާގަރެއް ތިޔައީ ތާނަ ފަރިތަކޮން ކިޔަން ދަސްކޮއްދީބަލަ އެކޮޔައް ފުރަތަމަ

  10. ެައަބްދޫ

    ކާޑެއްދޫ އެއާޕޯޓް ނަމުގަ ގެރެންޓީ ކިތައްލޯނު..ކޮންކަމެއްކުރީ.ރިސޯޓް އެއީ ދަވްލަތުގެ އެސެޓް. .އަތުގަ ފައުސާއެއް ނެތް.ފައިާކުރެވޭ ސެޖްޓަރެއް ނެތް.މަ މޮޅު ދައްކަން ގެއްލުމުގަ ހުރިހާކަމެއް.އެއާޕޯޓް އެއާލައިން ޓީވީ ޕާޓީ މާޓް ވެސް ގެއްލުން ވާތަންތަން މަގުޖަނު ދައްކަން ހިންގަނީ. މިފަދަ ފަރާތަކާއި ގައުމު ހަވާލު ކޮށްފިނަމަ އަމިއްލަބާލީހަށް ބަންޑާރަ ކަފަ އެޅޭނެ.

  11. ވަޙީދުބެ

    އަހަރެން ހުއްޓާތަ ޤާސިމްގެ ވާހަކަ ތިބުނީ. އޭނައަށް އިޤްތިޞާދު އެނގޭނީ ދައްކަން އޮތް ދަރަނި ބޮޑުވިވަރަކަށް.