ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓުން މަސައްކަތްކުރަނީ އާންމުންގެ ތެރޭގައި ރުޅިވެރިކަން ފެތުރުމަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އެއެކައުންޓަށް ފާޑުވިދާޅުވެއްޖެއެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ ނަޝީދު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް ނަޝީދު ވަނީ ތަކުރާރުކޮށް އެތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެއެކައުންޓްގެ އަސްލު ހޯދައި ދިނުން އެދި ފުލުހުންނަށް ވެސް ކުރިން މައްސަލައެއް ހުށަހެޅިއެވެ.

ނަޝީދުގެ ވަފާތެރިން އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖެއްގައި ވަނީ ހަސަން ކުރުސީގެ އެކައުންޓުން ކުރާ ޓްވީޓްތަކާއި އެމަނިކުފާނާއި ގުޅުމެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ހަސަން ކުރުސީގެ އެކައުންޓާއި ގުޅޭ ގޮތުން ނަޝީދު ވާހަކަ މިދެއްކެވީ މާލޭ މީހުންނަށް ގޯތި ބެހުމާއި ގުޅޭ ގޮތުން ހަސަން ކުރުސީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔައި، އަދި ގޯތި ދީފައި ހުރި އެތައް އާއިލާގެ މައުލޫމާތު ހާމަކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. ބައެއް އާއިލާތަކުގެ ޒާތީ މައުލޫމާތުތަކާއި، އެއާއިލާތަކަށް ސަރުކާރުން ދޭން މަސައްކަތް ކުރަމުންދާ ބިމުގެ އަގު ފަދަ މައުލޫމާތުތައް ހަސަން ކުރުސީ އަންނަނީ ހާމަކުރަމުންނެވެ.

ނަޝީދު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް މާލޭ މީހުންނަށް ގޯތި ބެހުމަށް ނަޝީދު ވެސް ތާއިދު ކުރެއެވެ.

ހަސަން ކުރުސީގެ އެކައުންޓަކީ ނަޝީދުގެ އެކައުންޓެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ނަޝީދުގެ ރަސްމީ އެކައުންޓް ފިޔަވައި އެހެން އެކައުންޓެއް ނަޝީދު ޓްވިޓާގައި ބޭނުން ކުރައްވައެވެ. އަނެއްދިވެހިރާއްޖެ ނަމުގައި ކުރިން ބޭނުން ކުރި އެއެކައުންޓް މިހާރު ބޭނުން ކުރަނީ އެމްއެން އަންއޮފިޝަލްގެ ނަމުގައެވެ. އެއީވެސް ނަޝީދުގެ އެކައުންޓެއް ނޫންކަމަށް ކުރިން އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ފަހުން ވަނީ އެއީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް އިއުތިރާފު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހައިތަމް

    ނަޝީދު ކަލޭގެ ސިޔާސީ ހަޔާތް ފުނޑު ފުނޑު ކޮށްލާނަން މާލެ މީހުންނާ ތިފާޑަށް ޒާތީ ވަންޏާ!! ކުރުސީ ހައްޔަރު ނުކުރެވިގެން އުޅެނީ އެއީ ނަޝީދު ވީމަ!!!

    4
    2
  2. ދަވާލާ

    ކައްޒާބު ތެދެއްނުހަދާނެ ، މިއީ ދިވެހިގައުމަށް ޖެހިފައިވާ މުސީބާތެއް ، ދިވެހިންގެ ހަޒާނާ އިން މީނަޔަށް އެތަށް މިލިޔަން ރުފިޔާ އެއް ހޭދަކުރަންޖެހޭ ބަދަލުގައި ދިވެހިންނަށްވާ ފައިދާއެއްނެތް

    7
    2
  3. ކަހަނބު

    ނަޝީދު ތާއީދުކުރާނެތާ މުޅިންވެސް ގޯތިލިބެނީ އެމީހުންގެމީހުންނައްވިއްޔަ ކޮންމެ މީހަކީ އެކެއް ނުވަތަ ދެގޯތި އޮތްމީހެއް މާލޭގަ ވިހި ތިރީސް އަނހަރުއުޅުނުމީހާ އެހެންރަށެއްގަ ރަޖިސްޓްރީގަ އޮތީއްޔޭ ކިޔާފަ އޭނަޔަކައް ނުލިބޭ ކިހާއިންސާފުވެރި ތީހަމަ ދެމީހުންވެސް ރާވައިގެންކުރާ ކަމެއް

  4. ޖަމިއްޔާ

    ދޮގާއި މަކަރާއި އަދި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ މުނާފިގުނަޝީދު އަބަދުވެސް ކުރާ ކަންތަކެއް!

    3
    1
  5. އަބްދޫ

    ނަސީދަކީ ހުޅުމާލޭގެ ފޭސް 1 އޭނާ ބޭނުންވާ ބަޔަކަށް ބަހާ ހުސްކޮށްގެން ސަޕޯތަރުން ހޯދައިގެން އުޅޭ މީހެއް . އެ ފަރާތްތައް އެއީ މިހާރު މަހުޖަނުން. އެ މަހުޖަނުންގެ ނިވާފަތް ގަނޑުގަ ހުރެގެން ގައުމަށް ހިޔާނާތް ވާމީހެއް ނަސީދަކީ . ފޭސް 1 ން ނަސިދު ބަހާދިންގޯގތިތަށް ރިސްވަތަކަށް ނުވާންވީ ސަބަބެއްނެތް. ގާނޫނުއަސަސީގެ ގޯތި ބަހާދިނުން ރައީސުލްޖުމަހޫރިއްޔާ އަށް މަނާކޮށްފާ ވޭ. ގާނޫނުއަސަސީގެ 97 ވަނަ މާއްދާ ވިދާޅުވޭ،

    4
    1
  6. ނަޝީދު ކުރުސީ

    އެޓެންޝަން ހޯރ

    2
    1
  7. ޜެފިއުޖީ މަންޖެ

    ދަފުތަރު ކުދިން އަށް ގޯތި ނުލިބެނީ ކީއްވެބާ😪

  8. ނާދިރާތަ

    ރައްޔިތުންނަށް މީނަ ދަސްވާނީ ކިހާވަރެއް ވީމަ

  9. ރޮޒޭ

    ނަޟީދު ވަރެއްނެތް

  10. މަޒް

    މުޅި މީހާ ބިނާވެފައިވަނީ ދޮގާ މަކަރު އަދި އޮޅުވާލުމުގެ މައްޗަށް