ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އަށް މި ގައުމަށް ކޮށްދެވޭނެ އެންމެ މުހިންމު ހިދުމަތަކީ މަގާމުން އިސްތިއުފާ ދިނުން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން ބުނެފިއެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އީވާ އާއި ނަޝީދުގެ އިތުބާރު ގެއްލިވާތީ މަޖިލީހަށް މައްސަލަތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

އީވާގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހޮވިވަޑައިގެން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައި ހުއްޓާ ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ގުޅިވަޑައިގަތުމުން ކަމަށް ވިދާޅުވިއެވެ. ޕާޓީއެއްގެ އިތުބާރުގައި ހޮވިވަޑައިގަންނަވާ މެމްބަރުން ޕާޓީ ދޫކޮށް އެހެން ޕާޓީއަށް ގުޅިވަޑައިގަތުމަކީ ވަރަށް ހުތުރު އަމަލެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެކަހަލަ ކަންކަން ކުރައްވާ ބޭފުޅުން މަޖިލީހުގެ ރިޔާސަތުގައި ތިއްބެވުމަކީ އެއީ އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑުމެން ފެނިގެން ނުދޭ. މަޖިލީހުގެ ރައީސްއަށް އަޅުގަނޑުމެން ހުށަހެޅި މައްސަލައިގައިވެސް ވާނެ ތަކުރާރުކޮށް ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައި. އޭގެ ތެރޭގައި ވަރަށް ކަންބޮޑުވާ ހިސާބަށް ދަނީ ސީދާ މަޖިލިސް މެމްބަރުންގެ އިމްތިޔާޒްއާ ގުޅޭ ހިސާބަށް ބައެއް މައްސަލަތައް ދިޔައީމަ.". އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ މަޖިލީހުގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން މަޖިލިސް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް ކަމަށެވެ. މަޖިލިސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ފުރިހަމަ މަގަކީ ނަޝީދާއި އީވާގެ އިތުބާރު ގެއްލިފައިވާތީ މަގާމުން ވަކިވެވަޑައިގަތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އިތުބާރު ނެތް މައްސަލައިގައި ވޯޓަށް އެހުމުގެ ކުރިން ވެސް އެބޭފުޅުންނަށް އެ އިހްތިޔާރު ލިބިފައިވޭ. އެއީ މި ގައުމަށާއި މަޖިލީހަށް އެންމެ ފައިދާ ހުރި ގޮތް. އަދި އެއީ މި ގާނޫނު އަސާސީ ދަންނަ އަދި ހިފެހެއްޓުމަށް، ނެގެހެއްޓުމަށް އޮތް އެންމެ މުހިންމު ކަމަކީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަޝީދާއި އީވާއަށް ގައުމަށް ކޮށްދެވޭނެ އެންމެ މުހިންމު ހިދުމަތަކީ މަގާމުގެ ވާޖިބު އަދާނުކުރެވޭތީ މަގާމުން ވަކިވެވަޑައިގަތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކ

    އިބުރާހީމާވެސް އިސްތިއުފާ ދޭން އެބަޖެހޭ ވޯޓުން ބަލި ނުކުރަނީސް.އޭރުން ހަޑިއެއް ނުވާނެ.
    އަސްލަމާ ތަ ދެން ނިހޮވޭހެއް ނި ފުއްޕަ

  2. ާަމަރީ

    ހެހެހެ.. ކޮންމެ ރެޔަކު އަސްލަމާއި ރޮޒޭ ނިދަނީ ހެނދުނު މަޖިލިސްގެ ރިޔާސަތާއި ޙަވާލްވެވިދާނެ ކަމަށް ހުވަފެން ދެކެމުން.. މިދައުރުދާނީ ހަމަ ތިހެން ބަޔާން ނެރެނިކޮށް.. ބާކީ އިނީ ދެމަސް.. މަޖިލިސް މެޖޯރިޓީ އިދިކޮޅުންނަގާނެ..

    5
    1
  3. Anonymous

    ދެފުށްކެހެރި ދޭތީގެ ލަދުކޮބާ؟

  4. މޮޔަމީހާ

    ނުޖެހޭނެ އިސްތިޔުފާދޭކަށް ،ނުދޭތި،،، އަސްލަމު އުޅެނީ ރައީސްކަން ނުލުބިގެން ހެން ވ ހީވޭ

    4
    1
  5. ޕޕމ+ އެނީބޮޑީ. ބަޓް ނޮޓް މޑޕ/ދަނޑި މޮކްރެޓްސް

    ޕޕމ އަށް އަލްވަދާއު! ލާދީނީ އަންނި އާ ލޖބޓ އާއި ބޭއީމާންކަން ފާޅުކޮއްގެން އުޅޭ ކާފަރުންނާ ޖޮއިންވީތީ. މިހާރު އަަދާލަތެކޭ ޕޕމ އެކޭ ނެތް ތަފާތެއް. ތި ގެއްލުވާލަނީ ވ ވޯޓް. މޑޕ އަށް ވޯޓް ލިބޭގޮތްތިހަދަނީ. ޙާދަ ދެރައޭ ހީވެސް ނުކުރަން އިމުގެ މައްސަލައިގަ އެކީ ވާހަކަ ދެއްކިޔަސް ތިގޮތަށް އެއްމޭޒެއްގެ ތިބެ އެއްޕާޓީގެ ގޮތުގަ ނިކުންނަން ޖެހޭ ސަބަބެއް. ހާދަހާ އަވަހޭ ރައްޓެހިވެ އެކީނިދާ ކައިވެންޏާ ހަމަޔަށް ތިދިޔައީ. ޙަމަ ލާދީނީ ގޮތަށް. ބަލާބަ އީވާއިންފާޑެއް މޭޒުކައިރީ ލަދެއްވެސް ނުގަނޭނު.ލަދުން ބޯހަލާކު. ލާދީނީ ދަނޑި މޮކްރެޓްސް ބޭޜުކުރޭ!!!ތީ ގެޔަށް ވަގުފިރިހެނުން ވެއްދުމަށްވުރެވެސް ހަޑިކަމެއް. ޗީ ޗީ ޗީޑި!
    މޑޕ + އަދާލަތު (2019-2023)
    ޕޕމ + ދަނޑި މޮކްރެޓްސް
    ސޭމް ޓު ސޭމް

  6. ބިސްސުލޯ

    ތިޔަގުރޫޕައް ގައުމައްކޮއްދެވޭނެ އެއްމެމުހިންމުހިދުމަތަކީ ވަގުން ކަނޑު ފަޅުވިއްކާމީހުން އަމިއްލަޔައް ގޮޅިތަކައައްވަދެތިބުން ދައުލަތުން ތަހުގީގުކުރަން އެދާހަރަދާ ސިކުރިޓީބަލަހައްޓަންދާ ހަރަދުނުދާނެ އެއީ މިދައުރުނިމުމުން މިމަތިބަރު ސަރުކާރުން ހިންގާފަ ހުރި ކޮރޮޕްޝަންތަކުގެ ބޮޑެތިޖަރިމާތައް ބަލާނެ ވެންޓިލޭޓަރުންވެސް ހާސްހަމަވާނެ ކަނޑުވިއްކާލުމުގަ އެވަރުވާނެ ދައުލަތުން ބޮޑުރަޝެއް ތައްޔާރުކުރަންޖެހޭނީ މިވަގުންނައް

  7. އަހްމަދު

    އަސްލަމްއަށް ދަންނަވާލަންއޮތީ ނަޝީދު މަޖިލިސްއަށް ހޮއްވެވީ މަށްޗަންގޮޅީ ރައްޔިތުންނޭ އަދި އީވާ ހޮއްވެވީ ގަލޮޅު އުތުރުދާއިރާގެ ރައްޔިތުންނޭ އަސްލަމްގެ އިތުބާރަކީ އެކަމަށްބޭނުންވާއެއްޗެއްނޫން އެކަމު އަސްލަމް ތިގޮނޑިއަށް ހޮވާފަތިހިރީ އައްޑޫރައްޔިތުން ނަޝީދައްކުރާއިތުބާރަކުން ނަޝީދުގެ އެދިލެއްވުމަކަށް

  8. ހުސޭނުބޭ

    ހިންނަވަރު އިބްރާހިމަށް ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ އިސްތިއުފާދިނުން

    4
    1