ނުފޫޒު ފޯރުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިޔާނާތްތައް އޮއްބާލާ މަންޒަރު ފެނިއްޖެ ކަމަށާއި އާރްޑީސީގެ މައްސަލަ އަކީ ވެސް އެފަދަ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި ކަމަށް މީޑިއާގައި ރިޕޯޓް ކުރުމުންނެވެ.

ޔާސިރުގެ އެކައުންޓަށް އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ކަމަށް މައުލޫމާތު ލިބެއެވެ. އެމައްސަލައިގެ ތަހްގީގު ފުލުހުން ފެށި ނަމަވެސް އެތަހްގީގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ، އޮއްބާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިދައުރުގައި ވަރަށް ފާހަގަވާ ކަމަށެވެ. "މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އަކީވެސް މިފަދަ އާއްމުކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް." ނަޝީދު ވިދާޅުވިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަދި ޔާސިރަކީ އެއް ރަށަކަށް އުފަން، ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފަ އެވެ. ޔާސިރުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ މޫކޭ އާއި ދެމީހުން ބައިވެރިވެގެން އާރްޑީސީން ވަގަށް ނެގި ފައިސާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މޫކޭ ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

މޫކޭއަކީ އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސެވެ. އެޗްޑީސީގެ ޕްރޮކިއުމެންޓް މެނޭޖަރަކަށް ވެސް މީގެ ކުރިން އުޅުއްވި ޔާސިރަކީ އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ރައީސެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަހޭ

    ޔާސިރު އައް މާލޭން ބިން ދޭން ތިޖެހުނީ

    24
  2. ދަރަނި ދަންތުރަ

    ފުލުހުން ކުރަންވީ ކަމަކީ މޫކޭ ގުދަށް ބާއްވާފައި ބުރަކަށިމަތީ މަޑު މަޑުން ތަޅާޅަބަލަ މޫކޭގެ ފޫކޮޅުން ކިތަށް ތިޖޫރީ ވެއްޓޭތޯ ބަލަން ، މޫކޭ ހާދަ ތިޖޫރީއެއް ކާފިޔޭ ސޯލިބޭގެ ވެރިކަމުގައި ، މޫކޭގެ ފޫކޮޅުން 6 ތިޖޫރީ ވެއްޓޭނެ ކަމަށް ލަފާކުރެވޭ ، 6 ތިޖޫރީގައި ހާދަ ޑޮލަރަ ކާ ޕައުންޑެއް ހުއްނާނެ ކަލޭނޭ

    28
    3
  3. އުދުލާ

    އެމުޑީޕީ ކަރަފުސަން ހުއްޓުވަން އުފެއްދި ޕާޓީ ޑީއާރުޕީ މީހުން އައިސް ކަރަޕުސްންގެ ހާއްުޔަކައް ހަދައިފި.. އެމުޑީޕީ ވަންތަކަން ގެއްލިއްޖެ

    27
    1
  4. ދަވާލާ

    ސޯލިބޭ ގައުމު ދަވާލައިފި މޫކޭ ގައުމު ދަވާލައިފި ކާޕެޓް ސާހިދު ގައުމު ދަވާލައިފި ، ރޮޒޭނާ ގައުމު ދަވާލައިފި ، ނާސިޒު ގައުމު ދަވާލައިފި

    30
    4
  5. އައްމި

    ރައީސް ނަޝީދަށް މަލާމާތްކުރި މީހާއަށް ތިވީ ކިހިނެތް ތޯ؟

    31
    3
  6. ދަވާލާ

    ސޯލިބޭ ގައުމު ދަވާލައިފި މޫކޭ ގައުމު ދަވާލައިފި ކާޕެޓް ސާހިދު ގައުމު ދަވާލައިފި ރޮޒޭނާ ގައުމު ދަވާލައިފި ނާސިޒު ގައުމު ދަވާލައިފި މަހުލޫފް ގައުމު ދަވާލައިފި ފައްޔާޒު ގައުމު ދަވާލައިފި ބިގޭ ގައުމު ދަވާލައިފި މަވޯޓާ ގައުމު ދަވާލައިފި މިއީ ޗޯރުންގެ ޗޯރު ސަރުކާރެއް ސޯލިބޭ އަށް ވޯޓު ދިނުން ހަރާމް

    24
    4
  7. ލުލު

    މިޕާޓީ ކުދިން ނައް ކިތަންމެ ބޮޑުވައްކަމެއް ކުރިޔަސް މާފުދެއްވާނެ

    18
    1
  8. އުދެއްޔު

    ޔާމީން ވިޔަސް މުކޭވިޔަސް ޔާސިރު ވިޔަސް ވައްކަން ވަަާނީ ވައްކަމައް

    15
    1
  9. ޙެހެހ

    އެމްޑީޕީ އޭ ބުންޏަސް ސިފަވަނީ ވަގުން

    18
    3
  10. ރަން ރީނދޫ

    އެމްޑީޕީ އެކަމަކާ ދެކޮޅަށް ވަކާލާތުކުރި ހުރިހާ ސިފައެއް އެމްޑީޕީގައި އަށަގެންފި.

  11. ބުއްޗު

    އެކޮއެވެސް އުޅޭ ވައްތަރުވީމަ އެކޮޔަށް އިނގޭނެތާ!

  12. އަބްދޫ

    ނަސީދުގެ 3 އަހަރުގެ ވެރިކަމުގަ ދަވްލަތުގެ ފައިސާ އަށް ހެދިގޮތް ތަހުގީގު ކުރެވެން ޖެހޭނެ. ނަސިދު ވެރިކަމަށް އައި އިރު ރާއްޖޭގެ އަތޮޅުތަކުގަޔާއި ދަވްލަތުގެ ރިޒާވް ގަޔާއި ބިދޭސީންގެ ޑިޕޮޒިޓް އެކައުންޓް ގައި ހުރި ފައިސާއާއި ދަރަނީގެ ގޮތުގާ ނެގި 16.5 ބިލިއްނ ރުފިޔާއާއއި މިފައިސާތަކުން ކުރިކަމެއް ބަލަންޖެހޭނެ. ރާއްޖޭގަ ތަރަްގީގެ އެއްވެސް މަސްރޫ އެއް ނުހިންގާ އިރު ދަވްލަތަށްލިބުނު އާމްދަނީގެ އިތުރުން ދަވްލަތުގެ ރިޒާވް އެކައުންޓަ ތަކުންނާި ދަރަނި ނަގައިގެން ބޭނުންކުރިކަމަށް ދައްކާ 40 ބިލި އަނެއްހާދިވެހިރުފިޔާ އަށް ހެދިގޮތެއް ތަހުގީގު ކުރަންޖެހޭ.

  13. އިކުރާމު

    ސާބާހޭ ދަތްްހުރިދުވަހު ކާށިކެވޭނި

    3
    1
  14. ޢިޔާބު

    ވެރިކަން ނިމުމާއެކު މައްސަލަ ތައް ބާރު ސްޕީޑްގަ ބެލި ތޭރިތަކުގެ ދަށުގެ ޢުމުރުގެ ބާކީބައި ދުއްވާލަން ތައްޔާރުވޭ

  15. ހަމައިބޫހޭ

    ނަސީދޫ މަނިކުފާނުގެ 3 އަހަރު 5 އަހަރު ޔާމިނުގެ ހިޔާނަތްތަކާ މަރުތާކާ ޖެހިހާ ވަޅިޔާ ތަންތާޖެހި ހުޅު އޮއްބާލީ ކާކުތޯ.

  16. ހިޔަޅުގެމަކަރު

    އޭނައަށް ހީވާނީ އޭނަގެވެރިކަން ކުރި ދެއަހަރާބައިގައި އޭނާ ކަންތައްކުރިގޮތަށްހެންނުން އެހެންމީހުންވެސް ކަންތައް ކުރާނީ އެ އިސްލާމްދީނާއި ބީރައްޓެހިކަލޭގެ ވެރިކަމުގައުޅުނުއިރު އޭނާގެ ރައްޓެހިންނާއި ތިމާގެމީހުންނަށް ކިތައްރަށާއި ކިތައް މަންފާ އުޞޫލުންބޭރުން ހޯދަދީފަވޭ. އޭނަ އިބޫދެކެ އައްނަހާރުޅީގެ އަސްލަކީވެސް އުޞޫލްތަކުގެ ބޭރުން އޭނާބުނާ މީސްމީހުންނަށް ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައްނުދެވިގެން ތިއައްނި ތީ ވެލާނާގެއިން ވައްކަންކުރި ބޮޑު ވަގުކަލޭގެއެއްނުން

    2
    1