މާލެއިން ހިލޭ ބިން ދޭން ޖެހޭނީ އެންމެ ނިކަމެތި މީހުންނަށް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ޥާދަކުރައްވާ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް އެގޮތަށް ވިދާޅުވީ ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ މާލޭގެ މީހުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ އިންސާފުން ކަމަށެވެ.

"ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން ހިލޭ ގޯތި ލިބޭ މީހުންގެ ލިސްޓު މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ނެރެފައެވެ.

ނަމަވެސް އެ ލިސްޓުގައި މާލޭގެ ބޮޑެތި މުއްސަނދިންނާއި މަޖިލިސް މެމްބަރުން ވެސް ހިމެނޭތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

"ހަމަ އެއާއެކު ގާތް ތިމާގެ މީހުން މުއްސަނދިކުރަން ދެވޭ ތަނެއްގެ ގޮތުގައި ހިމެނިގެން ނުވާނެ. ހަމަ އެއާއެކު ހިލޭ ބިން އަދި ބޯހިޔާވަހިކަން ލިބެން ވާނީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ބޮޑަށް ލިބެން ޖެހޭ ނިކަމެތި މީހުންނަށް ކަމަށް އަޅުގަނޑު ދެކެނީ.". ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އަދި އިޖުތިމާއީ އެންމެ ގިނަ މައްސަލަތަައް އުފަންކުރީވެސް އޭގެ ސަބަބުން ކަމަށެވެ.

އޭގެ ތެރޭގައި ކުދިންގެ އަހުލާގަށް އައި މައްސަލަތައް ދިމާވީ ވެސް އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެ ތަރައްގީވަމުން އައި އިރު އޮތީ މާލޭގެ ބިން ރަނަށް ވާ ގޮތަށް ހަދައިފައި ކަމަށެވެ. އަދި އެކަން އެހެން އޮތުމުން އަތޮޅުތަކުން މީހުން މާލެ އަންނަން ޖެހުނީ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިން ނަމަވެސް އެތަންތަން އެ މީހުންނަށް ހެދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި މީގެ ކުރިން މާލޭގެ ބިން އޮތް މީހުން ވެސް ގޯތި ހެދީ ގޭގެ އެއް ބައި ދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހަންމާ ކަލޯ

    މި ގައުމާ މިގައުމުގައި ހުރި ހުރިހާ އެއްޗަކީ ހަމަ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ހައްގެކެވެ. ވަކި އޭނާއަށް ދީފައި މީނައަށް ނުދީ ފަގީރު މީހާއަށް ދީ މުއްސަންދި މީހާއަށް ނުދީ ނުހެދޭނެއެވެ. މުއްސަނދި މީހާއަށް ވެސް އަމިއްލެ ނަމުގައި ގޯއްޗެއް ނެތީޔާ ހަމަ ހައްގެވެ. މާލާގައި ދިރި އުޅޭ ކޮންމެ ރައްޔިތަކަށް ވެސް ހައްގެވެ ވަކި ރަށެއްގެ ރައްޔިތެއްވެސް ނެތެވެ. ދިވެހި ރައްޔިތުން ވިސްނުން ވަރަށް ސާފެވެ. ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުން ވަނީ މާލޭ ސަރަހައްދުން ގޯއްޗެކެވެ. އަދި އަމިއްލަ ރަށުން ވެސްމެވެ. ދިވެހިންގެ ވިސްނުމައި އެއްގޮތަށް ކަންކަން ކުރައްވަން އެނގިވަޑައި ނުގަންނަވާ ބޭބޭފުޅުން ވެރިކަން ހޯއްދަވަން ނޫޅުއްވާނީއެވެ. މިހާރު ނާޒިމަކީ ބިލިއަނަރެކެވެ. ރަޝީދު ކާޕެންޓްރީ އާއި ކޮންސްޓްރަކްސަން ހިންގެވީޔާ މާރަނޅުވާނެއެވެ. އެންމެ ފަހުން ވެސް ސިޔާސީ ކަންތަކުގައި އުޅުއްވަން ހައްދަވައިގެން ސަލާމަތްވީ ކިރިޔާ ނޫން ތޯއެވެ. ސުޕްރީމް ކޯޓުން މައްސަލަ ބާތިލް ކުރެއްވީ އަލުން ބަލަން އަމުރު ކުރައްވާފަ ވެސް ނޫން ތޯއެވެ.

    1
    4
  2. އަބްދޫ

    އެތައްމިލިއަން ރުފިޔާ އެއް ބިން ހިއްކަން ހަރަދު މިކުރަނީ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގު ފައިސާ އިން. މިފައިސާ ވަކި ބަޔަކަށް ބަހާފަ ދިނުމުގެ ބާރު ރާއްޖޭގެ އެއްވެސް ގާނޫނަކުންއެއްވެސް ފަރާތަކަށް ލިބި ދީފަ ނުވޭ،

    5
    2
  3. ބަރުޒަޚް

    ދެން ތިގޭ ވިލިނގިލީ މެންބަރަށްލިބުނު ގޯތި ދޫކޮށްލަންވީނު؟

  4. ކަލުބެ

    ތިބުނާމީހަކު މާލޭގަ ނޫޅޭ! މާލޭ އެންމެންވެސް އުޅެނީ ރަށްރަށުމީހުން ފެލައިގެން ވަރަށް އުފަލުގަ! އެމީހުނަށް ފުލެޓެއް ބިމެއްލިބުނަސް ކުއްޔަށްދެނީ އާމްދަނީ އިތުރުކުރަން. ދިރިއުލޭކަށް ނުދޭ.

    2
    8
    • ރ ޓީ ކޮސް

      ދެން ކޮބާތަމައްސަލައެއް ކުއްޔްއްދިނީމަ ،އާން ކަލޭމެންނައްއެކަނި ގޯތިވެސް ބިންވެސް ދޭންޖެހޭނީ ތީހުސް ނިކަމެތިން ،މާލެމީހާޔައް ކުލިނުދޭން ނިކަން ރަށުގައުޅެބަލަ ، މޮޅުވާހަނުދައްކާ ދުވަހަކު މާލެ ނޫޅޭ މީހުަންވެސް ޕުލެޓުހޯދާ އެތަން ކުއްޔައްދީ ރަށުގައޮންނަބިންކޮޅު ކުއްލައްދީފަ ނޫނޭ ކަލޭމެން ނިކަމެތީ މީ ކަލޭމެންއް ބިންދޭން ހެދިތަނެއްނޫނޭ މީމާލޭމީހުންގެ ބޯހިޔާވަހިކަމައް ޕްލޭން ކުރިތަނެއް.ޕޮނުނާރުވާ ރީއްޗައްހުރޭ

      3
      4
  5. ކަދުރޭ

    ކަލޭގެ ވެރިކަމެއްގައި ބިން ދޭ އިރު ނިކަމެތިންގެ ލިސްޓުގައި ކަލެ އާއި ކަލޭގެ ދަރިން ލިސްޓުގައި ނެތި ނުދާނެ ކަން ޔަގީން.

    1
    2
  6. ރާއްޖެތެރޭމީހާ

    ބިން ބޭނުންވެގެންއުޅޭއިރު ނާޒިމްވެސް ހުންނާނީ އެއްމެ ނިކަމެތިމީހާއަށްވެގެއްނޭ، ދެން ކިހިނެތް ނިކަމެތިމީހުންނާއި ކަމެތިމީހުން ވަކިކުރަން އެނގޭނީ، އަނެއްކޮޅު ޤާނޫނު އަސާސީގައި ދިވެހިރައްޔިތުންގެ ތެރެއިން ހައްޤުތައް ކަށަވަރުކޮށްދޭންޖެހޭނީ ހަމައެކަނި ނިކަމެތިމީހާއަށޭ ކަމެތިމީހާ އަށް ދޭންޖެހޭ އެއްވެސް ޙައްޤެއް އޮވެގެން ނުވާނެއެކޭވެސް ބުނެފައެއްނެތް، އެކަމަކު ނާޒިމްމެން ވެރިކަމަށް ފޫގަޅާއިގެންތިއުޅޭ ބޭފުޅުން ފާޅުގައި ތިގޮވަނީ ޤާނޫނު އަސާސީއާއި ޚިލާފުވާށޭ ދިވެހިރައްޔިތުންގެ މެދުގައި ތަފާތުކުރާށޭދޯ، ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދެއްކުން ބުއްދިވެރިކަން ނޭނގޭ

  7. ގުދުގުދާބެއްޔާ

    ކަލޭ ތީކާކު މިކަމާ ވާހަކަދައްކަން! ގޯތީ ދޭން ކަނޑައަޅާފައި ސަރުކާރުން ނެރުނު ލިސްޓަކީ ވަރަށް އިންސާފުވެރި ލިސްޓެއް! ރަށުން ފުންމާލާގޮތައް ދަފްތަރުގައި ޖެހުމަކުން މިހާރު މާލޭ މީހަކައް ނުވާނެ! މާލޭމީހަކީ އެއްވެސް އިރެއްގަ މާލޭ ނޫން އެހެން އެއްވެސް ތަނެއްގައި ރަސްޓްރީ ނުވެ މާލޭގައިދިރިއުޅެފައި މީހުން!

    4
    3
  8. ހައްވަ

    ކަލޭ ވެރިކަން ބޭނުން ވެގެން ނިކަމެތިންގެ ވާހަކަ ތިދައްކަނީ. އެހެން ނޫނީ ނިކަމެތިން އަށް ވިސްނާ މީހެއްނޫންތީ. ކަލޭ ކުންފުނީގައިވެސް ނިކަމެތި މީހާގެ ދަރިއަށް ނިކަމެތިކޮށް ކަންތަކުރަނީ. ތިހިރީ ވެރިކަމާ ހެދި ބޫތުކައިފަ.

    1
    1
  9. އައިމީ

    ބަލަ ނާޒިމޫ ކޮސްނުގޮވާ.. މާލެއިން ބިން ދެނީ ބޯހިޔާވަހިކަމައްތަ؟ ނޫނީ އޭނަ މުއްސަންޖަކަށް ހަދަންތަ؟؟

    2
    2
  10. އުގުރި

    މިސާލަކަށް ނާޒިމް..

    1
    3
  11. ސޯކާބެ

    މިހާރު މިއިވޭވާހަކަތައް މީގެ 50އަހަރުތަކުގަނީވޭ މިވާހަކަ މާލޭގެޔިތުންނައް ގޯތީގެވާހަކަ މިއަންނަނީ ކޮންމެ5 އަހަރުން 1ފަހަރު ރިޔާސީ އިންތިހާބް ކައިރިވީމަ ކެންޕޭނަށް މާލޭގެ ރައްޔިތުން އަތުންގެ އަތުންވޯޓްހޯދަން އިންތިހާބް ކާމިޔާބްކުރަން މާލޭގެ ރައްޔިތުންލައްވާ ބިންހިއްކަން މަސައްކަތް ކުރުވީ ނިކަމެތި ރައްޔިތުންނަށް ގޯތިދޭނަމުގައި ބިންހިއްކާ ނިމޭއިރަށް ކުންފުންޔަކަށް މާލޭގެރަށްޔަތުންބިކަ