ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ކުރީގެ ނައިބް ރައީސް އަދި 33 އަހަރުގެ ޖަލު ހުކުމެއް ފުރުއްވަމުންގެންދަވާ އަދީބްގެ ލޮލަކަށް މިހާރު ބޭސް ނާޅާކަމަށް އަދީބްގެ ވަކީލް ވިދާޅުވެއްޖެއެވެ.

އަދީބްގެ ވަކީލް މޫސާ ސިރާޖް ކުރައްވާފައިވާ ޓުވީޓެއްގައި  އޭނާ ވިދާޅުވީ  ލޮލަށް ކުރިން އަޅަމުން އައި ބޭސް އެޅުން ހުއްޓާލާފައިވާ ކަމަށާއި ރަހީނުކޮށް ޤާނޫނާ ބޭސްފަރުވާއިން މަޙްރޫމް ކުރާ ފަރާތްތަކަށް އަބަދު ޤާނޫނުން ނުފިއްލެވޭނެކަމަށެވެ.

މޫސާ ސިރާޖްގެ ޓުވީޓް ރީޓުވީޓް ކުރައްވަވާ އަދީބްގެ އަނބިކަބަލުން ހައްވާ ނަޝްވާ ވިދާޅުވީ ބޭނުންގޮތަކަށް އަމަލް ނުކުރެއްވޭނެ ކަމަށާއި ބޭނުމީ އަދީބްގެ ލޮލުގެ ފެނުން ދުއްވާލަންތޯ ވަނީ ސުވާލު ކުރައްވަވާފައެވެ.

އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލަކޯމާ ޖެހިފައިވާ ކަމަށް އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް އާއިލާއައި ވަކީލުން ވަކީލުންވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އަދީބަށް އިތުރު ފަރުވާރަށް ބޭރަށް ދެވެން އޮތީ އަދީބް ޚިޔާނާތަތެރިވީ ފައިސާ ދައުލަތަށް އަބުރާ ދެއްކުމަށް ފަހުގައެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭރަށް ގެންދާކަށް ނުޖެހޭނެއެއްނު މިހާރު ޓާރޝަރީ ހޮސްޕިޓަލް ްަށް ދައްކަންވީނު އަދީބުވެސް

  2. ނަނުކޮއްލަންވީ ދައުލަތުގެ ލާރިގަޑު ފެލާލާފަ އެހުރީ ބޮޑުވަގު