މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ނޫނީ ގޯތި ނުދެވޭނެ ކަމަށާއި ގާނޫނީ ހަމައަކީ އެއީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އިސްވެ ހުންނަވައި އަލަށް އުފައްދަން އުޅުއްވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކައުންސިލްތަކުން އުއްމީދުކުރަމުން ދިޔައީ ލާމަރުކަޒީ ނިޒާމް ފުރިހަމަވުމަށް ކަމަށެވެ.

އަދި އެ މީހުން ބޭނުންވީ ރާއްޖޭގެ ފަރުތަކާއި ފަޅުތަކާއި ރާއްޖޭ ރަށްތައް އެއީ އެ މީހުންގެ މިލްކިއްޔާތުގެ ގޮތުަގައި އޮންނަ ތަނެއްގެ ގޮތުގައި ނިންމުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އަސާސަކީ އެ މީހެއްގެ ރަށެއްގައި އެ މީހެއްގެ އިހުތިސާސްގައިވާ ތަކެއްޗަކީ އެ މީހުން މިލްކިއްޔާތުގެ މުދަލެ ގޮތުގައި އޮތުން ކަމަށާއި އެ މުދާ އެހެން މީހަކު ވިއްކަން އުޅުމަކީ ލާމަރުކަޒީ ނިޒާމް ބިނާކުރި ގޮތް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މިރޭ ހިތްހަމަ ޖެހުނަސް ނުޖެހުނަސް މާލޭގެ މޭޔަރު މުއިއްޒު ނޫން ބޭފުޅަކު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް. މާލޭގެ ރައްޔިތުންނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ނިކަމެތި ރައްޔިތުން އުޅޭ ތަން. ވަންނާނެ ތަނެއް ނެތް. ބޯހިޔާވަހިކަމެއް ނެތް. ހަމައަށް ތިން އިރު ނުކައި ގެވެހި އަނިޔާއާއި ޑްރަގްސްގެ ވަބާއާއި ގޭންގް މާރާމާރީ އެ މީހުންގެ ގެތައް އެތިބީ ދަންތުރައަކަށް ވެފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން ހަމަހަމަ ގޮތުގައި އެންމެ ހައްގުވާ ބަޔަކަށް ގޯތި ދިނުމަކީ ކަންކުރާން ޖެހޭނެ ގޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް ކަންކަން ކުރިމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"ވަންނާނެ ތަނެއް ނެތް. ދަރިންނާ އަޅާލެވޭނެ ގޮތެއް ނެތް. ދެން ކެވޭނެ ގޮތެއް ނެތް. މެދަށް ހުރި ދަރި ގޭންގަކަށް ވަދެއްޖެ. ދޮށީ ދަރި ގޭންގްގެ ވަބާގައި. އަންހެން ދަރި ގެވެށި އަނިޔާގައި. ދެން އޭނާގެ ވޯޓު ގަނެލުމަށްޓަކައި ގޯއްޗެއް ދޭނަމާ ކިޔާ ދޮގު ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން. އަދި އެކަން ކުރާ މީހަކަށް އެއްވެސް ހާލެއްގައި މާފެއް ވެސް ނުދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބިންވެރިޔާ" ޕްރޮގްރާމްގެ ދަށުން ކުރިން ނިންމާފައި އޮތީ މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދޫކުރާށެވެ. އެކަމަކު އިތުރު 1،200 ގޯތި ދޭން ނިންމި ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވައިފައެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގޯތި ލިބޭ ލިސްޓު އާންމުކުރިއިރު ޕްލޭނިން މިނިސްޓްރީން ބުނީ ގޯއްޗަށް 23،088 މީހަކު ކުރިމަތިލިއިރު، އޭގެ ތެރެއިން 19،955 މީހަކު ޝަރުތު ހަމަވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 10،314 މީހުންނަށް މި ފަހަރޮ ގޯތި ދޭން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ސަރުދާރު

    ކީއްކުރާނީ! އެއީ ގާނޫނު ބުނާގޮތް!

    23
    4
  2. މޮހޮނު

    އެއީ ބޮޑު ވަގެއް

    11
    16
  3. ހޭލިބެ

    ރައްޔިތުނަށް އެއްޗެއް ލިބެންޏާ އެކަމެއް ހުއްޓުވަން އުޅޭ ބައިގަނޑެއްމީ.

    27
    19
    • ބެންޖަމިން

      އެއްޗެއް ލިބޭ ކަށް ނޫޅޭ. އިބޫ އަށް ވޯޓު ލައިފިއްޔާ ކޮންމެ ވެސް ފުރުސަތެއް އޮތީ.

      10
      11
    • ބޯއި އެންޑް ގާރލް

      އާ ރައްޔިތުންދޯ ރާޖުކުމާރާ ޝާންތީނަގަރާ ކިޝަންކަނެއްޔާ އަށްވެސް ގޯތިލިބޭ ޝަރުތު ހަމަވީމަ..އަދީބާ ޒިޔަތާ ހުމާމާ ރޮޒައިނާގެ ދެމަފިރިންނާ އިޔާޒުގެ އަނބިދަރިންނާ ސިމްޑީގެ ދަރިންނާ މިއީ ގޯތިލިބޭ ނިކަމެތިން. ޝަރުތުހަމަނުވީ ރާއްޖެއަށް އުފަންވެ މާލޭގައުޅެ އުމުރުހުސްކުރި މީހުންނާ އެމީހުންގެ ދަރިންނާ ދަރިންގެ ދަރިން...އިންސާފުގަ ހަކުރުލާ ވާހަކަ ދައްކަންތިބެބަލަ...ވޯޓުހޯދަން މޯދީގެ މާމަގާތަށް ދޭ.

      15
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    18 އަހަރު ފުރި މާލޭ ގައި ގޯއްޗެއް ނެތް ނަމަ ގޯތި ލިބެން ޖެހޭނެ ކަމަށް ޤަބޫލު ކުރަން. ނަމަވެސް ރޮޒައިނާ އަށާއި އޭނާގެ ފިރިމީހާ އަށާއި، އަނަސް ގެ ޢާއިލާ ގެ 13 މެމްބަރަކަށާއި، "ބޯގަންވިލާ" މުޅި ޢާއިލާ އަށް ގޯތި ލިބެނީ ޙަޤީޤަތު ގައިވެސް އިންސާފުން ތޯ ބެލޭނެ ގޮތެއް ނެތީމަ މައްސަލަ އަކީ! މި މީހުންނަށް ގޯތި ލިބެނީ މިއައްވުރެ ލާޢިޤު ނިކަމެތިން ކަޓުވާލާފަ ތޯ ބެލޭނެ ހަމަ އެއްވެސް ގޮތެއް ނެތް!

    28
    • މާލެހުޅުމާލެ

      މާލޭގެ އިޚްތިޞާޞް ހިނގާ ސަރަހައްދުން ގޯތި ދިނުމުގައި މައްސަލައެއް ނެތް. އެކަމަކު އެހެން އަތޮޅުތަކުގެ ފަޅުތަކާއި ރަށްތައް އެތައް އަހަރަކަށް ކުންފުންޏަކަށް ކުއްޔަށް ދީފައި، އެމީހުން ލައްވައި މާލެއަތޮޅުގެ ފަޅެއް ހިއްކާފައި އެ ފަޅުން މާލޭ މީހުންނަށް އެކަނި ގޯތި ދިނުމަކީ އެތައް ބައެއްގެ ހައްގުތަކެއް ދަމައިގަތުން. އިންސާފެއް ނެތުމުގެ އިންތިހާ. ރަސްކަމުގެ ޒަމާނުގައި އަތޮޅުތަކުގެ ފަޅުރަށްތައް މާލޭ ބޭފުޅުންނަށް ވާރުތަކޮށްގެން އަތޮޅުތަކުގެ މީހުން ލައްވައި ގުލާން ކުރުވައިގެން ކަންކުރި ގޮތާ އެއްފަދައިން ކުރާ ކަމެއް.

      • އެޔޯ

        އަތޮޅުތަކުން މާލެއަށް ހިޖުރަ ކޮށްފައި ތިބި މީހުންނަށް މާލެ/ހުޅުމާލެ/ވިލިނގިލިން، ގޯއްޗާއި ފްލެޓް ދިނުމުގެ ސަބަބުން މާލޭގެ އަސްލު މީހުންނަށް ޖާގަ ހުސްވީ އެވެ. ޙައްަޤުތައް ގެއްލުނީ މާލޭ މީހުންގެ އެވެ.

        2
        0
        • މާލެ

          މާލެއަށް ހިޖުރަ ނުކުރާ އެކަކުވެސް އަދި އެކެއްގެ ދަރިއަކުވެސް މާލޭގައި ނުހުންނާނެ. މާލެއަކީ ފަޅުރަށެއް. ރާއްޖޭގެ އެތަންމިތަނުން މީހުން ހިޖުރަކުރި ރަށެއް. ހިޖުރަކުރި މީހަކަށް ތަނެއް ނުދޭންވެއްޖިއްޔާ މާލޭގައި ނުހުންނާނެ ދޭނެ އެކަކުވެސް. މިސާލަކަށް، މާލޭގެ މަޝްހޫރު ގެއަކަށް ބަލާނަމަ ބޮޑުފެންވަޅުގޭ ސީދީ އަކީވެސް އައްޑޫ މީހެއް. މާލެއަށް ހިޖުރަކުރީ. އެހެންވީމާ ސީދީއަކަށްވެސް ސީދީގެ ދަރިއަކަށްވެސް އަދި ދަރިންގެ ދަރިންނަށްވެސް މި މާލެއިން ތަނެއް ދޭން ނުޖެހޭނެތާ.

  5. ޓެރޭސް

    މިކާލޭގެޔަށް ހާދަ އަސަރެއްކޮއްފިޔޭ ރައްޔަތުންނަށް ގޯތިދޭތީ
    މިކަލޭގެއަށް ވެގެންވަނީޔާ ގޯތިދިނަސް އަތުލާނެ ރައްޔަތުން ވިސްނާތި..

    9
    15
  6. ޢަފޫރު

    ޢަޅޭ. ޢެ ހޮޅި މުއިއްޒުތަ

    5
    13
  7. ނަންނަ

    ހޫހޫހޫންން އުޅޭ ގޮތެއް. ސަރުކާރުން ދޭން ހުރިއްޔާ ލިބޭނ . ޢެކަމަކު ދޯ..... ކަލޭމެންގެ ފޫކޮޅަށް ހާދަ ބާރެއް އެބަ ކުރެޔޭ. މުއިއްޒެއް ނޫޅެ ނުދޭކަށެށް

    9
    3
  8. ނަންނަ

    ހޫން އުޅޭ ފާޑެއް. މުއިޒެއް ނޫޅެ ނުދޭކަށެށް

    5
    2
  9. ޒަރީން

    ބިމާބެހޭ ޤާނޫނު ގައި ބުނާ ޙާލަތާއި މިހާރު ސަރުކާރުން ގޯތި ދޫކުރަން ބުނާ ޙާލަތު ތަފާތު، އަދި ޤާނޫނު ގައި ބުނާ ޙާލަތަކަށް ނުފެތޭ. ގޯތި ދޫކުރަން ބުނާ ގުޅީ ފަޅާއި، ގިރާވަރު ފަޅު ހިއްކައިގެން އުފައްދާ ދެރަށަކީ މާލޭ ސިޓީ ކައުންސިލް ގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް ކަނޑައެޅިފައި ނުވޭ. އަދި ހުޅުމާލެ އަކީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮތް ކުންފުންޏެއްގެ މިލްކްގައި ހިމެނޭ ރަށެއް، އެރަށުގެ ބިންތަކުގެ މައްޗަށް މާލޭ ސިޓީ ކައުންސިލް ގެ އިޚްތިޞާޞް ނުހިގާ.

    5
    8
  10. ކަލޯ

    މިކަހަލަ ގާނޫނުގަ ހުންނަ ދޯހަޅި ކަންކަން ނަގައިގެން އުޅެން ހަދައިގެން މި ގައުމުގަ ރަނގަޅަށް އާރުލާ ކަހަލަ ގޮތަކަށް ކަމެއް ނުކުރެވެނީ މިހާރު. މި ބޭފުޅުން މީ ގާނޫނު ހަދާ މަޖިލީހުގަ ތިބޭ "އިއްޒަތްތެރި" މެމްބަރުން. ކަމެއް ރަނގަޅުކުރަން ގާނޫނެއް އިސްލާހު ކުރަން ނުވަތަ ގާނޫނެއް ހެދުމުގެ ބަދަލުގަ މުޅިން އޮންނަނީ ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުން. އިޚްލާސްތެރި ކަމުގެ އެއްވެސް ކަންފުޅެއް ނެތް، އެކަމަކު ހަމަ ރައްޔިތުންގެ ހައްގުގަޔޯ މި ވަކާލާތު ކުރަނީ...

    8
    1
  11. ޒާ

    ހުރިހާކަމަކަށް ނުބޭނިބަލަ. މޭޔަރަށް ކުރެވޭކަންކަން އެދަނީ ކުރަމުން.

  12. މުއިއްޒުވެފައި

    މުއިއްޒަށް ވެސް ގޯތި ދެވޭނީ މާލޭގެ ބިމުން ނޫނީ މާލޭގެ އިޚްތިޞާޞް ހިނގާ ސަރަހައްދުގެ ބިމަކުން. މާލެއަތޮޅުގެ ފަޅެއް، ބިމެއް ހިއްކައިގެން ގޯއްޗެއް ނުދެވޭނެ. ބިން މި ހިއްކީ މާލެ އަތޮޅުން. ބިން ހިއްކާ ކުންފުންޏަށް އެތައް އަހަރަކަށް ކުއްޔަށް ދިނީ އެހެން އަތޮޅުތަކުގެ ފަޅުތަކާއި ރަށްތައް. އެހެން ބައެއްގެ ޙައްގުތަކެއް ފޭރިގެންފައި މާލޭ މީހުންނަށް ހިލޭ ދިނުމަކީ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތުން. ރަސްކަމުގެ ޒަމާނުގައި ކަންކުރި ގޮތަށް މިހާރު މިދަނީ. އެންމެ ކުޑަމިނުން މާލެ އަތޮޅުގެ ރައްޔިތުންނާއި ބިން ހިއްކުމަށް ފަޅުތައް ދިން އަތޮޅުތަކުގެ ރައްޔިތުންނަށް ގޯތި ލިބެންޖެހޭނެ. އެއީ އެމީހުންގެ މިލްކިއްޔާތު ގުރުބާންކޮށްފައި މިތަން ހިއްކާފައި މިއޮތީ.

  13. ޥެޓްރަން

    އޯކޭ ޑިމޮކްރެޓްސް ޗާއޯ. ސަލާމް. މާލޭ ރައްޔިތުންނަށް ގޯތި ދިނުމާބެހޭގޮތުން އަހަރެމެން ގޯތި ކަންމަތީ އިހަށްދުވަހު ދެއްކިވާހަކަ އަދި ހަނދާން ނުނެތޭ. ބުނީ ގޯތި ކަނޑާ ސީދާ މާލެމީހާއަށް ދޭންޖެހެއޭ. ތިކުޅޭ ޗަރުކޭސް އަމިއްލަޔަށް ކުޅޭ. އިބޫއާ ދެކޮޅަށް ނަގާ ސިޔާސީ ހަތިޔާރަކަށް މާލޭ ނިކަމެތި ރައްޔިތުންނަށް ލިބުން ބިންކޮޅު ތިހެދީ.

    4
    1
  14. Anonymous

    ވަކި ބަޔަކަށް ގޯތި ދިނުމަކީ ބަޔަކު އިތުރަށް މުއްސަނދިކުރަން ދެވޭ ފުރުޞަތެއް. ވަންނާނެ ގޮތެއް ނެތް އެތައްބަޔަކު ތިބިއިރު އެމީހުންނަށް މާލޭގައި އޮތް ބިން އެހެން މީހުންނަށް ބޮޑު އަގުގައި ކުއްޔަށްދީފައި ހިލޭ ގޯތިދޭގޮތަށް ތިކަން ނުކުރެވޭނެ.

  15. އަލީ

    ނިކަމެއްޗަކަށް ރަނގަޅެއްވެދާނެކަމެއްވިއްޔާ ހުއްޓުވަން ހާދަވަރެއްހުރެއޭދޯ. ޑިމޮކްރެޓްސްއަށް ބައިބައި

  16. ޝާމާ

    ނަޝީދު ބުންޔަސް މިއީ ތެދެއް

  17. އަފީފް

    ކަމުގެ ހަގީގަތަކީ މިއީ
    ގާނޫން އޮތީ މިހެން.

  18. ޝިއުރާ

    މާލޭ ރައްޔިތުންގެ ހާލު އެއްމެ ރަނގަޅަށް އިނގޭނެ ބޭފުޅަކަށް ވާނީ މުއިއްޒް. އެހެންކަމުން ތި ލިސްޓް އެއްމެ ރަނގަޅަށް ހަދަން އިނގޭނީވެސް އޭނަޔަށް

  19. ނުހާދް

    ކޮނެމް ހަފްތާއަމު އެއްފަހަރު ގެތަކަށް ގޮސް ރައްޔިތުންގެ ހާލުބަލަނީ މުއިޒް. އެހެންކަމުން ހާލުގަ އުޅޭ ރައްޔިތުން އިނގޭނީވެސް އޭނަޔަށް. ރަނގަޅަށް ނަޝީދު ތިބުނީ

  20. ތަޝްމީތު

    އަހަރުމެން ގެޔަށްވެސް މުއިޒް އާއި. ހާލު ބެލި. ދަތިވާ ކަންކަން ބެލި. އެކަމަކު މި ސާރުކާރުން ނުބަލާ. އަޅުގަނޑުމެން އުޅޭ ހާލު. ބިން ވެސް ނުދޭ.

  21. ނިއުޝާދް

    މުއިއްޒް އަށް އިނގޭނެ މާލޭ ރައްޔިތުންނަށް އުޅޭ ހާލު ވަކިވަކިން. އެވަރަށް ހިނގާ ޒިޔާރަތް ކޮށް ބެލި. އެކަމަކު ސާރުކާރުން ނުބަލާ. އެހެންވީމަ މުއިއްޒް އަށް ލިސްޓް ހަދާންވެސް އިނގޭނީ

  22. އަހްނަފް

    މުއިއްޒް ނުލާ ސިޓީ ކައުންސިލް ބައިވެރިނުކޮށް ގޯތި ލިސްޓް ހެދުމަކީ ބޮޑު ޖަރީމާއެއް. ރައްޔިތުންގެ ހާލު ނުބަލާ ހެދި ލިސްޓެއް. ދިނީ ގާތް މީހުންނަށް

  23. މުއާނިސް

    މިސަރުކާރުން ނުބަލާ ގޭގެ ދިރިއުޅޭ މީހުންގެ ހާލެއް. ދެން ކިހިނެއް ތި ލިސްޓް ރަނގަޅު ވާނީ. ނަޝީދު ބުނިހެން މުއިޒް އަށް ތިދޭވޭނީ. އެއީ ގާނޫން ބުނާގޮތް. ނުވިތާކަށް ހާލުވެސް އިނގޭނެ އޭނަޔަށް.

  24. މިޝްއަލް

    މުއިއްޒް މެން ވެރިކަމުގަވެސް ފްލެޓް ދިނީ ގެތަކަށް ޓީމްތައް ޒިޔާރަތް ކޮށްގެން ވަރަށް އިންސާފުން
    މިހާރު ސާރުކާރުން މީގެން ކަމެއްވެސް ނުކުރޭ

  25. މިޝްއަލް ހަމީދު

    މުއިއްޒް މެން ވެރިކަމުގަވެސް ފްލެޓް ދިނީ ގެތަކަށް ޓީމްތައް ޒިޔާރަތް ކޮށްގެން ވަރަށް އިންސާފުން
    މިހާރު ސާރުކާރުން މީގެން ކަމެއްވެސް ނުކުރޭ...

  26. ރިއުޝާ

    އަސްލް ވެސް. ގާނޫން ގަ ލިޔެފައިވާ އޮތީވެސް އެހެން. ގާނޫންތައް ސާރުކާރުން ބޮލާލާ މިޖެހީ.

  27. ޒޭބާ

    ކޮންމެ ގޮތަކުން ވިޔަސް މޭޔަރ މުއިއްޒް އަށް އެއްމެ ރަނގަޅަށް ގޯތި ދޭން އިނގޭނީ. އެހެނީ ގެތަކަށް ޒިޔާރަތް ކޮށް ރައްޔިތުން އުޅޭ ނިކަމެތި ކަން އެއްމެ ރަނގަޅަށް އިނގޭނެ މީހަކީ އޭނަ.

  28. ޝަފް

    މުއިއްޒް ދިން ނަމަ ތި ލިސްޓްގަ އޮންނާނީ މުޅިންވެސް ގޯތި ހައްގު މީހުން. ރޮޒޭ މެންނަށް ނޫން ލިބޭނީ. ނިކަމެތިންނަށް

  29. އިސްހާގް

    ސައްހަ ލިސްޓެއް ގައިމުވެސް މުއިއްޒް އެކުލަވާލާނެ.

  30. ތިބިޔާން

    ނަޝީދުވެސް ތެދެއް ހަދައިފި. އަދި ހައްގުވެރިންނަށް މުއިއްޒް ތި ލިސްޓް އެކުލަވާލި ނަމަ ދޭނެ. ކުރިން ހައުސިންގަ އުޅުނުއިރުވެސް ދިނީ އެހެން ހައްގުވެރިންނަށް

    0
    1
  31. މުހައްމަދު އީސާ

    ޑރ.މުއިޒް އެކުލަވާލި ލިސްޓެއް ނަމަ ހައްގުވެރިންނަށް ހުންނާނީ ގޯތި ލިބިފަ. ރޮޒޭއަށް ނާޝިޒްއަށް ނޫނީ ސިމްޑީއަށް ނޫން ލިބޭނީ. މުއިއްޒް އަށް އިނގޭނެ ހައްގުވެރިން

  32. ޝާހިދާ

    ހެޔޮކޮށް ތި ބުނީ.

  33. ސިމާމް

    ސަރުކާރުން ޖެހިލުން ވަނީ މުއިއްޒް ދެކެ. ހައްގުވެރިންނަށް ދޭނެތީ. އެމީހުންގެ ގާތް މީހުންނަށް ނުދެވޭނީ

  34. އަޒްމާ

    އަސްލުވެސް . މުއިއްޒް ވަރެއް ނޯންނާނެ.ވަރަށް ހެޔޮ ބޭފުޅެއް. އެއީ.

  35. މުއިއްޒު

    މަށެއް ނުދޭނަން ގޯއްޗެއް. ނަޝީދު މާއެނގިގެން ނޫޅެބަލަ.

  36. އަލީ ދައުސް

    ވަރަށް ބޮޑު ތެދެއް މުއިޒް އަށް ވާނީ

  37. އަހުމަދު އަސީލް

    ނަޝީދުވެސް ރަގަނޅު ވާހަކައެއް އެ ބުނީ

  38. ޔަސްފާދު

    އާދެ މުއިޒް އަށް ހަމަ ވާނީ މުއިޒް ގެ މަސެކަތްތައް ތަފާތު ވާނެ

  39. ސީމާ

    ނަޝީދު ބުންޔަސް ތެދެއްވާނީ ހަމަ ތެދަކަށް

  40. މަނާލް އަހުމަދު

    މުއިޒް އަކީ ރަގަނޅު ބޭފުޅެއް އަހަރެންވެސް މިހާރު ގަބޫލުކުރަން މުއިޒް އަށް ކަން ވާނީ ކަންކަން