ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި ދެ ބޭފުޅުން ގުޅިވަޑައިގެން އެއް ކެންޑިޑޭޓަކު ނެރެ ސަރުކާރު ބަލި ކުރަން ސިޔާސީ ޕާޓީތަކަށް ނަޝީދު ދެއްވި ދައުވަތަށް ޕީޕީއެމް/ޕީއެންސީން ދެކޮޅު ހަދައިފިއެވެ.

ނަޝީދުގެ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ޔާމީން ކުރިމަތިނުލައްވައި ދެ ބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރައްވައިގެން ރައްޔިތުން އެދޭ ގޮތް ހޯދައިދޭން ޖެހޭ ކަމަށެވެ.

އަޅުގަނޑާއި ޔާމީން ވެރިކަމަށް ކުރިމަތިނުލައި ހޯދަންވީ ރައްޔިތުން އެދޭ ގޮތް: ނަޝީދު

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިވެންޓެއްގައި އަދުރޭ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް
ޕީޕީއެމްގެ އިވެންޓެއްގައި އަދުރޭ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާ ހަވާލުވެގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރޭ،" ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ދަ ޑިމޮކްރެޓްސް ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު އެ ފާޅުކުރައްވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު ކަމަށާއި، ނަމަވެސް ޕީޕީއެމް, ޕީއެންސީއިން ވަނީ މާ ކުރިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ކަނޑައަޅައި ރިޔާސީ ކެމްޕޭން ވެސް ފަށާފައި ކަމަށެވެ.

"މި އިންތިހާބުގައި ރައީސް ނަޝީދު އަދި ޑިމޮކްރެޓްސް ވެސް އުޅުއްވަނީ ތަންކޮޅެއް ފަހަތުގައި." ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔާމީނެވެ. އެމަނިކުފާނަށް ޕީޕީއެމް/ޕީއެންސީން ވަނީ ޓިކެޓު ވެސް ދީފައެވެ. އެކަމަކު، ވ. އާރަށް މައްސަލައިގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އިއްވައިފައެވެ.

އެހެންވެ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެވަޑައިގެންފައެވެ. އެކަމަކު، ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގައި ހުރަހެއް ނެތެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަހުމަދު

    ދަ ޑިމޮކްރެޓްސް ބޭނުމެއްނޫން. ލާދީނީ ބައިގަނޑާއެއްކޮއް އުޅެންޏާ ޕީޕީއެމްއަށްވިޔަސް ވޯޓު ނުދޭނަން. ޕީޕީއެމް ޕީޕީއެމްގެ އަސްލުގޮތުގަ ނިކުމެބަލަ. ވޯޓުދޭން މިހިރީ ތައްޔާރައް

    17
    1
  2. ގާދިރު

    އަހަރެން ނަށް އިގޭ އޭރު ވެސް ދެކޮޅު ހަދާނެކަށް ޔާމީނު ގުރޫޕް އެއުޅެނީ އެއްގޮތަކުން ނުވީއްޔާ އަނެއް ގޮތަކުން ވެސް ވެރިކަން ހޯދަންވެގެން

    2
    9
  3. އުމަރު ނަސީރު

    ވެރިކަމަށް ފެންބޮވައިގެންފައިވާ ބަޔަކު ކަލޭ ބުނާހާ ގޮތެއް ނުހަދާނެ ކަން ޔަގީން

    4
    2
  4. އިސްޢާފް ސަލީމް

    ތިޔަ ބޭފުޅުން ބޭނުންވަނީ ޤަވްމަށް ހެޔޮގޮތްކަމުގައިވާނަމަ ހުރިހާ ބޭފުޅުން ޔާމީން ނެގުމަށް ޔާމީނަށް ތާއީދުކުރައްވާ! ދިވެހިން އެންމެ އެދޭގޮތްކީ އެއީ! ދެބަސް ނުވާނޭފަދައިން އެންމެ ތާއީދު ބޮޑީވެސް ޔާމީންއަށް! 2018 ގައި އީސީ ން ސޮއްޑުދަށުން ދުއްވައިލި ޔާމީންގެ އެތަކެއްހާސް ވޯޓު ނުލައިވެސް 96000 ވޯޓު ކަށަވަރުކުރެއްވި!~ ޕީޕީއެމް ޕިއެންސީ ތިޔަ ވާހަކަތަކެއް އަޑެއް ނާހާނެ!

    12
    4
  5. ވަތަނީ

    ނަސީދު ފަހަތަށް ޕޕމ އެރުމެއް ނެތެވެ ނަސީދު ޕޕމ އާ ގުޅެން ބޭނުންނަމަ އަރަންވާނީ ފަހަތަށެވެ އިންތިޚާބަށް
    ކުރިމަތި ނުލާނެކަމަށް އޭނާބުނި ނަމަވެސް އޭނާ ކުރިމަތިލާނެއެވެ ބޭނުންވަނީ ޕޕމގެ ސަޕޯޓް ހޯދައިގެން
    ވެރިކަމަށް އައުމެވެ އެގޮތަށް ޕޕމ ދީލާލައިނަމަ ޕޕމ
    ރޫޅި ހަލާކުވާނެއެވެ ނަސީ އަތަކުން އެއްވެސް އެއްޗެއް
    ނުލިބޭނެއެވެ.

    13
  6. އާދަމް ކާރިސް

    ޗޮއިސްއޮތީ ޖަލުގައެއްނު. ކުޑަކުދިން ދައްކާކަހަލަ ވާހަކަ ބޮޑެތިމީހުންދެއްކީމަ ދެން މޮޔަގޮވާކަމަށް ބެލެވޭނީ. އަހަރެމެން ޕީޕީެެއެމް މީހުން ފޫހިވާންފައްޓައިފި މިހާރު. ޠާމީން ދޫނުކުރާނެކަން އިނގޭ އެންމެނަށްވެސް! ދެން ހަމަ ޗޮއިސޭ ކިޔައިގެން ކޮންކަމެއްތީ. ތިހެން އުޅެން ހަދައިގެން އިބޫ ނާގާނީ އަނެއްކާވެސް.. ޕީޕީއެމުގެ ލީޑަޝިޕުން އާންމުމެމްބަރުންނަށް ލަނޑެެއްދޭންއުޅޭހެން ހީވަނީ. ޔާމީން ދޫނުކުރީމަ އަދުރޭ ނެރެގެ ވޯޓުދޭށޭ ނުބުނައްޗޭ!!!

    8
    6
  7. ލޮލް

    ދައުލަތުގެ ވެރިޔަކަށް އެއްވެސް ހައްގެއް ނޯންނާނެ އެމީހާއަށް ދައުލަތުން ދޭ މުސާރަ ފިޔަވާ އިތުރު އެއްޗެއް އެމީހާގެ އެކައުންޓަށް ލާކަށް. އެކަމަކު މީނަގެ އެކައުންޓުން ސަތޭކަ މިލިޔަން ޑޮލަރު ފެނުނީމަވެސް ކޮންމެވެސް ގޮތަކަށް ވާހަކަ އޮޅުވާލަން މަސައްކަތް ކުރާތަން މިފެންނަނީ. ކެންޕޭނަށް އަދީބު ތިމަންނާގެ އަތުން ނެގި ދަރަންޏެކޭ ކިޔާފައި. މިވަރުގެ މީހުންނަށް ވެރިކަން ދޭން މަސައްކަތް ކުރަނީ. އެއީ ބޮޑުތަނުން ރައްޔިތުމީހާއަށް ހަރާންކޯރުވެފައި ތިބި ވަގުން.

    5
    8
    • Anonymous

      ލޮލް ތި ބުނީ ނުބައިކޮށް. ދައުލަތުގެ ވެރިޔާއަކީ ބިލިއަނަރެއްގެ ގޮތުގައި ހުރެ ވެރިކަމާ ހަވާލުވި މީހެއްވީމަ އޭނަގެ އަމިއްލަ ބޭނުމަށް މިލިއަނުން ފައިސާ ގަތަސް އެއީ ހުއްދަ ގޮތް. ވިޔަފާރި ނުކުރެވޭނީ. ދައުލަތުން ފައިސާއެއް ނަގާފައެއް ނެތް. ރިސޯޓް ވިޔަފާރިކުރާ ސަން އިންވެސްޓްމެންޓުން ވެރިމީހާގެ އަމިއްލަ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީ. އެހެން ނޫނަސް ރައީސް ޔާމީނަކީ 1 މިލިއަން ޑޮލަރު ނަގާވަރުގެ ފަގީރެއްތަ؟ އޭނާއާ އޭނާގެ އަންހެނުންނަކީ ބޮޑެތި މުއްސަނދިން.
      ގައުމަށް ބިލިއަނުން އިންވެސްޓްމަންޓް ގެނައި މީހަކު ޒައްރާއެއްވަރުގެ ފައިސާ ނަގާނެތަ؟ މޮޔަ ދިވެހިންގެ ބޯކާލެވޭނެ ފައިސާއޭ ކިޔައިފިނަމަ. އެމްޑީޕީގަ އުޅޭ ތަންދޮރުނުދަންނަ ޖާހިލު ގުރޫޕްލައްވާ ވަގަށް ގޮވައިގެން މީހުންގެ އަބުރު ކަތިލިއެއްކަމަކު ތައުލީމީ ތަހުޒީބު ޕީޕީއެމުން ސޯލަހަށާ މޫކޭއާއި ސައީދުއަށް ވަގަށް ނުގޮވާނެ. ވަށްކަން ތަހްގީގުކޮށް ސާބިތުކުރުމަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކުރަންޖެހޭކަންކަން. އެއީ ވަކަރުގޭ މީހުން ސާބިތުކުރާގޮތަށް އޮންނަންޖެހޭ ކަންކަމެއްނޫން.

      4
      2
  8. ލުޓޭރުންގެ ސަރުކާރު

    ރނަޝީދުއަށް އެގިސާފުވީ ރައްޔިތުންގެ ވޯޓު މިފަހަރުއޮތީ ބޮޑުތަނުން ރޔާމީނަށްކަން..އެވާހަކަ ރޭގަ ބުނަންވެސްބުނެފި ރޔާމީން ޖަލުގަ ހުންނެވިޔަސް އެއްމެބޮޑު ތާއިދެއޮތީ ރޔާމީނަށްކަން ރނަޝީދު ވާދަކުރިޔަސް އެއްވަނަ ދެވަނަޔަށް ނާދެވޭކަން..އެހެންވެ ކިޔާއެއްޗެ ރޔާމީނާ ތިމަންނަ ދުރުގަތިބެ އެހެން ކެންޑިޑޭޓެ ނެރޭވާހަކަ. ރޔާމީން ޕޕމގެ ކެންޑިޑޭޓަކަށްވީ ރނަޝީދުގެ އެހީތެރިކަމުގައެއްނޫން ރނަޝީދުަ މަޝްވަރާދޭން އިންތިޙާބަށް ކުރިމަތިނުލާން...ރނަޝީދަށް ރޔާމީނަށް ތާއިދު ނުދެވެންޏާ ދެން ގާސިމުކައިރީގަ އުޅެންވީނު..އަހަރެމެން މިތިބީ ރޔާމީނާއެކު..

    11
  9. Anonymous

    މިގައުމުގެ ހަޒާނަގަ ހުރީ 148 މިލިއަން. ވަގަށް އެއްޗެއް ނަގަން މީހަކު އެނަގާނެތަ؟ ޔާމީން ބޮޑުވަގު ވެރިކަމުން ފޭބީ ގައުމުގެ ހަރުމުދަލުގެ އަގު 1000 ބިލިއަނަށް އިތުރުކޮށްދީ ހަޒާނާގަ 958 މިލިއަން ބަހައްޓާފަ. ކަލޭމެން ބުނާ ބޮޑުވަގު މިހުރިހާ ފައިސާއެއް ގައުމަށް ހޯދާދީފަ 1 މިލިއަން ނެގީމަ ދެރައީ. މިހާރު ހުރި މީހާގޮތަށް ބަދަލުގައޭ ކިޔާފަ ހަޒާނާ ހުސްކޮށްލާ ޕްލާސްޓިކް 3 އުނދޯލީގެ ތަރައްގީ ގެނައިނަމަ ގައިމު ޔާމީނަށް ރަނގަޅުވާނެ.

    7
    1
  10. Anonymous

    ޕީޕީއެމް މޮޔަ ނުވާތި. ޑިމޮކްރެޓްސްއާ އެމްއެންޕީއާ ޖޭޕީއަކީވެސް ހުސް ހިޔަޅުން. އެމްޑީޕީއާއެކު އެ އެންމެންނަކީވެސް ހައްދުފަހަނައެޅި ހުންދޫ ޖަމާއަތްކަމަށްވާ ހިންދުވަތާގެ ޕޮލިޓިކަލް ޕާޓީ ބީޖޭޕީއަށް ވިކިފަ ތިބި ބައެއް. މޯޑި އެމީހުން ގަނެފައޮތީ. އެއުޅޭ މުއްސަނދިކަމަކީ ޑްރަގް ލޯޑުން ރާއްޖެއަށް ޑުރަގްވިއްކާފަ ލިބޭފައިސާއިން ބައި އަޅައިގެން މުއްސަނދި ކޮށްދީފަ ތިބުމުން ލިބިފައިވާ މުއްސަނދިކަމެއް.

  11. ވިޔަޒޯރު

    ރައްޔިތުން އެދޭގޮތް ކަމަށް އެކަލޭގެ އެބުނާ ގޮތަކީ ބަރުލަމާނީ ގެނެސް ތާއަބަދަށް އޭނާ ވެރިކަމުގަ ބާއްދައިދިނުން. ދެން މަހު އެއްޗެތިކޮޅުން ދިރިއުޅެން އާދަވެފަ ތިބި މާލޭގެ ބޭފުޅުންކޮޅެއް ރުއްސައިގެން ބޮޑުކޮށްގެން އެމީހުނަށް ރައީސްކަން ދީގެން މީނަ ބޮޑުވަޒީރު ހެދިގެން ރައްޔިތުން ގުބޯ ހައްދައިގެން މީނައާ މީނާގެ އާއިލާއާ ގަބީލާ މީހުން ދައުލަތުގެ ބައިތުލްމާލް ކައްވާލުން ބޭނުމަކީ.

  12. Anonymous

    ބުއްދި ވެރިންނަށް ވިސްނޭނެ. ގައުމުގެ ވެރިކަން ކުރި މީހެއް އަދި އެމީހެއްގެ ވެރިކަމުގައި 500 މިލިއަން ޑޮލަރަށްވުރެ ދަށުން ޕްރޮޖެކްޓެއް ނުހިންގާ ވެރިކަމެއްގަ ގައުމުގެ ވަޅުޖެހިފައިވާ އިގްތިސާދު ނަގާ ކޮޅަށް ޖެހި، މެގަ ޕްރޮޖެކްޓްތަކުން 1000 ބިލިއަން ޑޮލަރުގެ އެސެޓް ގައުމަށް ހޯދައިދިން. 300ޑރ ހަޒާނާއަށް 950 ޑރ އަށް ބޮޑުކޮށްދީފަ 1 މިލިއަން ވަގަށް ނަގިއޭ ބުނުމުން ގަބޫލުކުރަނީ ސިކުނޑި ހަމަނުޖެހޭ މީހެއް. މާނައަކީ ޔާމީނަކީ ގައުމުގެ ބަތަލޭ ވަގެއް ނޫނޭ.

  13. ޙެހެހ

    ވަރަށް އަވަހަށް ފަހަތް ފެންނާނެ ، މިތިބީ ބަލަން

  14. ޖިނާ

    މިހާރުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެއްވެސް ބަޔަކާ ޕީޕީއެމުން ބައިވެރިނުވާތި. އެއެންމެންނަކީ އިންޑިޔާގެ ބީޖޭޕީގެ އަޅުން. އެމީހުންނަށް އަތެއް ފައެއްވެސް ގުޑުވާލެވޭނީ ބީޖޭޕީން ހުއްދަ ދީފިއްޔާ.
    މިކަން ޕްރޫވްވާނެ ކަންކަން ފެނިފަ އެބަހުރި. ނަޝީދު ހިތުގަ އަތްއަޅާނެ މޯދީއާ ހިންދުވަތާގެ ބުޑިސްޓުންނަށް އެއްޗެއް ބުނެފިނަމަ. ގާސިމަކަށް އަނގަހުޅުވާނުލެވޭނެ. 3 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ސޮވެރިންގ ގެރެންޓީ ދީގެން އިންޑިޔާއިން ދީފައޮތިމަ. ނާޒިމަކީ އުތުރު ތިލަފަޅުގެ އެއްބަސްވުމުން ހުރިހާ ފައިދާއެއް ލިބުނު މީހާ. މިހާރުވެސް ހުޅުމާލޭގެ އެންމެ ގިނަ ބިންތަން ލިބިފަ އޮތް މީހާ. ދައުލަތުން އިމާރާތް ކުރާ ހުރިހާތަނެއް ލިބޭ މީހާ. ނަމަނަމަ ތިއިން އެއްވެސް މީހެއް ވަތަނީ ޕާޓީ ކަމުގައިވާ ޕީޕީއެމްއާ ކައިރި ނުކުރުވާތި.

  15. ނާދިރާތަ

    އަންނިއަށް ބުނެލަން..
    ޕީޕީއެމް ގެ ކެންޑިޑޭޓަކީ ރައީސް ޔާމީން.
    އެކަމާ ތިބޭފުޅާ ނޫޅުމަށް ބުނެލަން. އަހަރެމެން ޕީޕީއެމް ގެ މެމްބަރުންނަށް މާމުޔާ ޒަހަރު ވަކިކުރަން އެނގޭ. އަންނިއަކީ ޕީޕީއެމް ގެ ޗޮއިސްއަކަށް ދުވަހަކުވެސް ނުވާނެ.

    8
    1
  16. އަބްދޫ

    ޔާމީނު ނެރެގެން 2023 ޕިޕީއެމަށް ކާމިޔާބު ނުކުރެވޭނެ ކަން ހަމަޔަގީން 2023 ޕިޕީއެމަށް ގެންނަންޖެހޭ . އެހެން ވުމުން 2023 ގަ ޔާމީނު ނޫން ކެންޑިޑޭތަކު ނެރެންޖެހޭ.

  17. އަބްދޫ

    ނަސީދު ގެ ހިޔާލު ފާޅުކުރީ ސާލިހް ކަޓުވާލަން ހެދޭނެ އެންމެ މޮޅު ގޮތުގެ ވާހަކަ . ޔާމީނު ނެރެފިނަމަ އިންތިހާބު ކާމިޔާބުކުރާނީ އިބްރާހީމް .2 ވަނަ ބުރުގަ ޔާމީނުގެ ފަހަތަށް އަރާ ޔާމީނަށް އިތުބާރުކޮށް ޔާމީނު ވެރުިކަމަށް ގެންނަން ބޭނުންވާ އެއްވެސް ސިޔާސީ ލީޑަރަކު ދިވެހިގައުމަކު ނެތް. ޔާމީނަށް އެކަނި އެއްބުރުން ނުވަތަ 10 ބުރުންވެސް އިންތިހާބު ކާމިޔާބު ކުރުމަކީ މުސްތަހީލު ކަމެއް.

  18. އަބްދޫ

    ޔާމީނު ޔާމީނު ކިޔައިގެން އެ އުޅޭ އަދުރޭމެނަކީ ތިމާގެ ރަށުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމުގެ ގާބިލްކަން ހުރި މީހަކަށް ނުވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ގަ މިއޮތީ ޕާޓީ ނިޒާމް . ވެރިކަން ޕާޓީއަށް ހޯދުމަށް މީހާ މުހިންމެއްނޫން. މިހާރު ވެރިކަން މިކުރަނީ ޕާޓީން. އެކަން ދިވެހި ސިޔާސީ ލީޑަރުންނަށް އަދިވެސް ގަބޫލުނުކުރެވޭ،

  19. ޒިންދަގީ

    އަސްަލު ގައުމަށް ހެޔޮއެދޭ ގައުމު ދެކެ ލޯބިވާ ބަޔަކު ވާނަމަ ޔާމީން މިނިވަން ކުރުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލަން އަދި ދިވެހި ހުރިހާ ރައްޔިތުން ވެސް ގޮވާލަން މުޅިގައުމު މިއޮތް އިންޑިޔާ ބަޑުދަށުލަނީ ނުފެނޭތަ އަދިރިތަ އަޅެ ހޭއަރާބަލަ އިންޑިޔާ ބިރުގަންނަނީ ހަކަ އެކަން ރައީސް ޔާމީން ދެކެ ކޯލިޝަންގެ ވެރި އަދި އެހެނިހެން ވެރިން ދެކެއްނޫ ޔާމީން ދެކެ ވީމާ މުޅި ޤައުމު އެކުގައި ޤައުމަށްޓަކައި ޔާމީން މިނިވަންކުރޭ