އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވުން ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔާމީނެވެ. އެމަނިކުފާނަށް ޕީޕީއެމް/ޕީއެންސީން ވަނީ ޓިކެޓު ވެސް ދީފައެވެ. އެކަމަކު، ވ. އާރަށް މައްސަލައިގައި އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އިއްވައިފައެވެ.

އެހެންވެ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާނޫނީ ހުރަސްތަކެއް ވަނީ ކުރިމަތިވެވަޑައިގެންފައެވެ. އެކަމަކު، ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގައި ހުރަހެއް ނެތެވެ.

ދަ ޑިމޮކްރެޓްސް އިން ޣިޔާސުއްދީންގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް ޔާމިން މިހާރު އޮންނެވީ ޖަލުގައި ކަމަށާއި ނަމަވެސް އެއްވެސް ބޭފުޅަކު ޖަލުގައި އޮންނެވުމަކީ ރުހޭ ކަމެއް ނޫން ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ކުރިން ބުނެފައިވާ ގޮތުގައި އަންނަ ރިޔާސީ އިންތިހާބަށް އެ ޕާޓީއާއި އަދި ޕީޕީއެމް/ޕީއެންސީ އިން ވެސް ކެންޑިޑޭޓެއް ނެރޭނެއެވެ.

ނަމަވެސް ދެ ޕާޓީން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބުނެފައި ވެއެވެ.

ރައީސް ޔާމީންއަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޔާމީންއަކީ ހަމައެކަނި ފަސް އަހަރު ވެރިކަން ކުރެއްވި ބޭފުޅެއް ނޫން ކަމަށާއި ވަޒީރު ކަމާއި މަޖިލިސް މެމްބަރުކަމާއި އަދި އެތައް ހިދުމަތްތަކެއް ގައުމަަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލާންވީ، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން އެދޭ ގޮތެއް ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މިރޭގެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝެނަލް ޕާޓީ އަދި އެމްއާރުއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކަމުނުދާ ކަމަށް ރާއްޖޭގެ ރައްޔިތުން ވަރަށް ސާފު ބަހުން ބުނެފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެކަމަށް ގޮތެއް ހޯދައިދިނުން. އަޅުގަނޑުމެންނަކީ ސިޔާސީ ވެރިންގެ ގޮތުގައި ސިޔާސީ ލީޑަރުންގެ ގޮތުގައި ސިޔާސީ ޕާޓީތައް އުފައްދައިފައިވާ މީހުންގެ ގޮތުގައި އަޅުގަނޑުމެން ފެވެނީ ނަމަ ބުނަނީ ނަމަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންގެ ވާޖިބެއް އެބަ އޮތް، އަޅުގަނޑު ވެސް ގޮތްދޫކުރުން، ޕީޕީއެމް/ޕީއެންސީ އަދި އެހެން ޕާޓީތަކުން ވެސް ގޮތްދޫކުރުން،" ނަޝީދު ވިދާޅުވިއެވެ.

އެހެން ކަމުން ޕާޓީތަކާ އެއް މޭޒެއްގައި މަޝްވަރާކޮށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތް ހޯދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ބަރޯ

    މީ ވަރަށް ހިޔަޅު، ޕީޕީކުދިން މި ޖީބައް ނުވެއްޓޭތި. ޕީޕީގެ. ޢޮތްފަދަ ގައުމީ އެއްކުލައެއްވެސް ނެތް، މަކަރާއި، ގޮތްނޭގޭ، އަދިރި ވިސްނުމުން ފުރިގެންވާ ފުން ޖީބެއް. ޜައްކާވެ ތިބިއްޔާ ދަތުރު.

    54
    1
    • ލުޓޭރުންގެ ސަރުކާރު

      ރނަޝީދު ބޭނުންފުޅުވާގޮތެއް ރޔާމީން އެއްބަސްވާންނުޖެހޭނެ..ޕޕމ ނުޖެހޭ ރނަޝީދު ވިދާލުވާހާގޮތަކަށް އެއްބަސްވާކަށް...ރނަޝީދަށް ތާއިދު ނެތްކަން އެމަނިކުފާނަށް އިގޭތީ ރޔާމީން އަށް އޮތް ތާއިދުފެންނާތީ ކިޔާއެއްޗެތީ....ރައްޔިތުންމިތިބީ އިންޝާﷲ ރޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފަ..ރނަޝީދު ބޭނުންވިޔަސް ރޔާމީން ނުޖެހޭ ނަންނަގާކަށް..ރނަޝީދު ދެންހުރެބަލަ ސިޔާސީނުވެ.

      15
      • ލޮލް

        ފައިސާކޮޅެއް ފެންނައިރަށް ހޭކެނޑިފައި ތިބޭ ބަޔަކު މިހާރު ޕީޕީގައި ނަގާކިޔަންތިބީ.

        1
        4
  2. ސަޢީދު

    އަންނިއެއް ބޭނުމެއްނޫން އެއްކަމަކަށްވެސް. ބޮޑު ފޭލިއަރެއް. ތި އަންނި އެތަނަކަށް ފާވެއްޖެނަމަ އެ ދެން ހަލާކު...

    41
    1
  3. ނަޝީދާ

    ހެލޯ ހާޖާނު ކުޑޭ . ޔާމީނު ހަދަންވީ ގޮތް ކިޔައިދޭން ތީ ޔާމީނުގެ އެޑްވައިޒަރުތޯ ؟ ނޫނީ ޔާމީނަކީ މަނިކުފާނު ބަލަހައްޓަވުން ގެންދަވާ މޮޔަ ސޮރެއްތޯ

    38
    1
  4. ހާލުގެދުލުން

    އެ އުޅެނީ ޔާމީން ކަޓްވާލަން ވެގެން މަކަރުގެ އައްޕަ

    38
    1
    • Anonymous

      ތިހެން ކިޔައިގެން ޔާމީނު ކުރިމަތިނުލާނަމޭ ބުނާއިރަށް، ތި މުނާފިގު ކަލޭގެ ބުނާނެ، ދެން ކުރިމަތިލާނީ މަށޭ، ވެރިކަން ލިބެންވީ މަށަށޭ، ތިއީ ކާކުކަން ނޭނގެނީ ކާކަށްތަ؟ ބޮޑު ލާދީނީ މުނާފިގު ޖެހިލުމެއް ނެތި ކޮންމެ ޖަރީމާއެއް ވެސް ހިންގާލާނެ.

      12
      • ޢަހު

        ފުރަތަމަ މީހުނަށް ލާދީނީ ކިއުމުގެ ބަދަލުގަ ތިމާ އަކީ ކޮންދީނެއްގެ މީހަކު ތޯ ޓެސްޓް ކޮއްލަންވީ ނަޝީދެކޭ އިބޫސޯލޭ އެކޭ އެއްވެސް ތަފާތެއް އަމަލަކު ނެތް މިގައުމުގަ ހުރިހާ ނުބައި ކަމެއް ފާވި ފާކޮއްދިން ސަރުކާރަކީ އިބޫގެ ސަރުކާރު

  5. ވާވާ

    ތި އުޅެނީ ކުރު ގޮތަކަށް ވެރިކަމަށް އަންނަން. ތިއީ ކާކުކަން ހުރިހާ އެންމެނަށް އެގޭ. ތިއުޅެނީ ތިބޭޅާ ޕަޕެޓެއް ވެރިކަމަށް ގެނެސް ބަރުލަމާނީއަކަށް ބަދަލު ކުރަން.

    31
    2
  6. ރިޗްސް ޕްލޭގްރައުންޑް

    ހަޖަމް ނުވި ބޮޑުބައި، 2 އިރު އެކަށްޗެއް ނުކިޔޭ ބޮޑުބައި، ޔަހޫދީންނާއެކު އެއްބަސް ވުން ހަދާމީހުން ވަރަށް ވިސްނަންވާނެ، ކޮންގަޑިއެއްކަމެއް ނޭނގެ އެނބުރިލާނީކީ.

    26
    2
  7. އުގުރި

    ކަލެޔާ ހެދި މަ ޔާމީނަށް ކުރި ތާއީދު ވެސް ދޫކޮށް ލާނަން..

    11
    7
  8. ހައްދުންމަތި

    ކަލޭ ބޭނުން ހާގޮތެއް ހަދަން މިގައުމު ދުލެއް ނުކުރެވޭނެ.. މަޖިިލިސް ހިސޯރުކޮށްގެން ތިހުންނަ ހުރުމުންވެސް ޑިކްޓޭޓަރުގެ ސިފަ އެބަ ހާމަވޭ..!

    އަމުދުން ޕޕއެމް އިން ކަންކުރަންވާގޮތް ބުނެދެވޭނެ މީހެއްވެސް ނޫން ތީކީ؟ އަދި ލަފާއަރުވަން އެޑްވައިޒަރެއްވެއްސްނޫން ތީ؟

    ރައްޔަތުން އެދޭގޮތޭ! އަމިއްލަ އެދުންފުއްދޭގޮތޭ ކީއްޔާ މާ ތާހިރު ދޯ؟

    ގޮތް ހުސްވެގެން އިބޫ ބަލިކުރަން ތިއުޅެނީ ޕީޕީއެމްވެސް ފުޑާލާފަތަ؟

    އަދީބުގެ ފަނި އެޅުވިގޮތަށް ދެން އިތުރު ފަންޏެއް ނޭޅުވޭނެ.. ވަރަށް ދުވަހު ރައްޔަތުންނަށް އޮޅުވާލައިގެން ހިޔަޅުކަން މަތީ އުޅެވިއްޖެ..

    ދެންވާ ސަލާމް.. ގައުމުގެ އެއްވެސް މަޤާމަކަށް ތިބޭފުޅާ އެއް ބޭނުމެއް ނޫން.. އަދި ބޮޑަށް ރަގަޅީ ދޮންކުދީން ކާރިޔަށް ގޮސް އެގަޮތަށް އުޅެން އަހަރުމެން ދިވެހީން ދޫކޮށްލުން..

    24
    1
  9. ޒިވޮރޮވިޗު

    2 ގަނޑު ކާލީގެ ލޯގޯ ގަޔަކާނުވޭ

    14
    1
  10. ބުރުގާ

    ކެނެރީގޭ ޙާޖީއައްވެސް ޔަގީންވޭ ޔާމީނުގެ ވެރިކަމެއްގެ ހާޖީ ދާންޖެހޭނީ ޖަަލައްކަން.

    24
    1
  11. ޞަފަ

    އިސްރާއީލް ގެ ދިދަޔާއި ހާދަ ވައްތަރޭ

    23
    1
  12. ރާއްޖެތެރެ

    ރައިސް ޔަމިން އަކީ ރައްޖެ ތަރައްގީ ކުރަން ބޭނުންވާ މީހެއް

    22
    2
  13. ޖަމިއްޔާ

    ޕޯޑިއަމްގަ އެހެރަ ލޯގޯ ސޮލީބުގެ އާޓެއް.

    23
    2
    • ހަކީމް

      ރ. ޔާމީންނަ ވެރިކަން ދިނުމަށް ބޭނުނުވާ ބައިގަޑު ނިކުމެ ތިން ހޯލި ދަޑިބުރިހިފައިގެން

  14. މަކަރެ

    ޔާމީނޭ ނުކިޔާ ކަލޭ މައިތިރިވެގެން ހުރެބަލަ

    21
    1
  15. ލާދީނީ ޑިމޮކްރެޓްސް

    ލޯގޯގަ. އެއްކައުވަންތަކަމަށް ނޫނެކޭ ބުނެފަ.

    18
    2
    • Anonymous

      އެއްކައުވަންތަކަން ހާމަކޮށްދޭ ތެދު ރޮނގުގައި ނުބައި ފާހަގަލައި އެއްކައުވަންތަކަމަށް ނޫނެކޭ ބުނެފަ. ލާދީނީކަން ވަރަށް ސާފު. އެދަނީ ބިރަކާ ނުލައި ކުރިއަށް. އެހެން ގޮސް އެންމެފަހުން ވެއްޓޭނީ ނަރަކައަށް.

  16. ލޮލް

    ނަޝީދަކަށް ނެތޭ ތާއީދެއް. އެހެންވީމާ ޑިމޮކްރެޓްސް އިން އަރަންވީ ޑރ. މުނައްވަރުގެ ފަހަތަށް. ޕީޕީއެމުން އަރަންވީ އުމަރުގެ ފަހަތަށް. އެނޫން ހައްލެއް ނެތް މިވަގުތަށް ފެންނާކަށް.

    17
    5
    • ލުޓޭރުންގެ ސަރުކާރު

      ޕޕމ އިންދޯ އުމަރުފަހަތަށް އަރަންވީ..އުމަރު ޕޕމއަށް ވުރެ ސަޕޯޓު ބޮޑީތަ..ރޔާމީނާ ޕޕމ އަށް ނެތްވަރަށް ތާއިދު އުމަރަށް އޮތީތަ..ކޮއްމެބަޔަކުވެސް އެބަޔަކަށް މޮޅުގޮތް ތިކިޔަނީ..ޕޕމ ރޔާމީން ނުޖެހޭ ބައެއްގެ ފަހަތުއެލޭކަށް...އުމަރު ވެސް ޕޕމއާ ގުޅެންވީ ސިޔާސީމީހަކަށްވާން ބޭނުމިއްޔާ އެހެންނޫނީ ސަބްމެރިން ދުއްވަން ނޫނީ ސަވްމެރިން ކާން އިންނަންވީ..

      4
      1
      • ލޮލް

        ނޫނޭ. އެހެންނެއް ނޫން. ޕީޕީއެމުން ކެންޑިޑޭޓެއް ނެރެފިއްޔާ ޕީޕީއެމް ދެފަޅިވާނެ. ޔާމީނުވެސް ބޭނުމެއް ނުވާނެ ޔާމީނު ނޫން މީހެއްގެ ބާރުގެ ދަށުގައި ޕާޓީ ބާއްވާކަށް. އެއީ މެންދުރުގެ އިރު ފެންނަ ފަދައިން ޔަގީންވާ ކަމެއް. ޕީޕީއެމްގެ މެމްބަރުން އެތިބިގޮތަށް ޕާޓީގައި ބައިތިއްބައިގެން ކުރިޔަށް ދާން ބޭނުންނަމަ އޮތް މޮޅު ފޯމިއުލާއަކީ ޕީޕީއެމުން އުމަރުގެ ފަހަތަށް އެރުން. ނޫނީ ޔާމީނު މިނިވަން ވަންދެން ދެއަތް އުރާލާފައި އަނެއް ދައުރު އިބޫއަށް ދިނުން. ޢުމަރަކީ ޕީޕީއެމް އުފެއްދުމުގެ ތިން ހިއްސާދާރުންގެ ތެރެއިން އެކަކު. ޢުމަރު ޕީޕީއެމް ކުދިންނަށް ދެރަ ގޮތެއް ނުހަދާނެ. އެއީ ޔަގީން ކަމެއް. އަދި ޕާޓީ ވެރިކުރާކަށް މަސައްކަތެއްވެސް ނުކުރާނެ. އުމަރު ހުންނަވާނީ ހަމަ މިނިވަނެއްގެ ގޮތުގައި. ޕީޕީއެމުން ކެންޑިޑޭޓެއް ނެރެ އިންތިޚާބު ކާމިޔާބު ކޮށްފިއްޔާ އެމީހަކު ވެގެންދާނީ ޕާޓީގެ އެންމެ އިސް ލީޑަރަށް. އެހިސާބުން ޔާމީނުގެ ބާރުތައް އެކެނޑުނީ. ހަމަ އެމްޑީޕީގައި އަންނިއަށް ޖެހުނު ހާލު ޔާމީނަށްވެސް ޖެހޭނީ. އެއީ މިގައުމުގައި އެކަން ހިނގާނެގޮތް.

      • ލުޓޭރުންނަށް އަދި ވިސްނޭނެ

        ކެނެރީގޭ ނަސީދުމެންނާ ބައިއަތުހިފައިގެން ދީނަށާއި ގައުމަށް ހަރާންކޯރުވީމާ ސަޕޯޓު އޮންނަވަރު ފެންނާނެ. ބައި ބޮޑުވުމަކީ ކާމިޔާބުވުމުގެ އަސްލެއް ނޫން. ކާމިޔާބު ހޯދަން އެދޭނަމަ ބޭނުންވަނީ އިޚުލާޞްތެރި ހެޔޮ އަމަލު. ނަސްރު ދެއްވާނީ ﷲ. ﷲ ނަސްރު ދެއްވާނީ އެބަޔަކު އިޚުލާސްތެރި ކަމާއެކު ކުރި މަސައްކަތަށް. ބައިބޮޑުވެގެން ސަޕޯޓު އިތުރުވެގެން އިންތިޚާބެއް ކާމިޔާބު ކުރެވޭނަމަ ނިމިދިޔަ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކުރެވުނީސް.

      • ނަނާ ހުވަފެން

        އޭތް ބަލަ މިހިރަ ލުޓޭރޭ. ކަލެޔަށް ހީވޭތަ އިންތިޚާބުގެ ކުރިން މިސަރުކާރުން ޔާމީނު މިނިވަންކުރާނެހެން. އަދިވެސް ހުވަފެނެއްގަ ދޯ. ހޭލަބަލަ.

  17. Anonymous

    ނަޝީދު އުޅެނީ އިބޫ އަށް ވެރިކަން ހޯދަދޭން މިފަހަރުވެސް! ފޯޅަވަހި ވިއްކާލައިގެން ލިބުނު ރުފިޔާއިން ބޮޑު ބަޔެއް ލިބުނީވެސް ނަޝީދަށް !

    26
    3
  18. ސސ

    ދަޑިމޮކްރެޓުސް އަކީ ފޯޅަވަހި ވިއްކާލައިގެން ލިބުނު ފައިސާ ބަހަން ވެގެން އެފައިސާ ގިނައިން ލިބުނު ނަޝީދު ހަދައިގެން އުޅޭ އިންޑިޔާ ގުރޫޕެއް، އެއީ ސިޔާސީ ބަޔެއްނޫން !

    22
    3
  19. އަހުމަދު

    މި ފަހަރު އަންނިގެ ދުލުން ރަނގަޅު ވާހަކަ އެއށް ބުނެވެ އްޖެ.

    6
    19
  20. ބަރުގޮނު

    އެކިފަހަރު އެކިވާހަކަ މިދައްކަނީ ނަޝީދު މީ ކޮންއެއްޗެއް ބޭނުންވެގެން އުޅޭ މީހެކޯ..!!! ފުރަތަމަ އުޅުނީ ޤާސިމް އިބްރާހީމަށް މާކަނާ ބުއްދި ލައިދޭން. ޤާސިމަށްވެސް ނަޝީދުގެ ހިޔަޅު ވިސްނުން އޮޅުންފިލުމުން ނަޝީދާ ދުރުވީ. މިހާރު މިއުޅެނީ ކުކުޅަކު ހުންނަނީ އެއްފަޔޭ ކިޔައިގެން ޕީ.ޕީ.އެމް މެމްބަރުންނަށް އޮޅުވާލަން ކަމަށް.

  21. ޑޖދިެނ

    އަހަރެން ބޭނުމީ ޔާމިން.

  22. ހަކީމް

    ރ. ޔާމީންނަ ވެރިކަން ދިނުމަށް ބޭނުނުވާ ބައިގަޑު ނިކުމެ ތިން ހޯލި ދަޑިބުރިހިފައިގެން ތިބެމިބުނަނީ ޔާމީން ވެރިކަމަށް ކުރިމަތިނުލާށޯ އަހަރެވެސް ނުލާނަމޯ މަކަރުވެރި ހިޔަޅު

  23. ދަރަނި ދަންތުރަ

    ނަސީދޫ ކަލޭތީ ހާދަ ދަހި މީހެކޭ ކަލޭއަށް ވެރިކަން ނުލިބޭނެތީ ޔާމީނަށް ވެސް ވެރިކަން ލިބެން ނޭދެނީދޯ ، ދިވެހިން ނަސީދު ބަލައި ނުގަތަސް ދިވެހިން ޔާމީނަށް އެދި އެދި އެތިބީ ދިވެހިން ޔާމީނު ވެރިކަމަށް ގެންނަން ބޭނުންވޭ ގެންނަން ވެސް ގެންނާނެ ، ނަސީދު ގެ ހިޔަޅުކަން މުޅިދުނިޔޭގެ އެއްމެން ވެސް ދަނޭ ، ނަސީދު ކުރަންވީ ކަމަކީ އައުސަން ސޫކީއާ ކައިވެނި ކޮށްގެން ބަރުމާގައި ދިރިއުޅެންވީ

  24. އިސްޢާފް ސަލީމް

    ރައްޔިތުން ބޭނުންވާގޮތަކީ ރައީސް ޔާމީން ވެރިކަމަށް ގަނައުން! 2018 ވަނަ އަހަރުގެ ވޯޓު އޮޅުވައިނުލިނަމަ މިހަރުވެސް އެއީ ރައީސުލްޖުމްހޫރިއްޔާ! އެވަރަށް އޮޅުވައިލިއިރުވެސް 7 ލީޑަރުންނާ ވާދަކޮށް 96000 ވޯޓު ލިބުނު! 260000 ވޯޓު 7 ބަޔަށްބެހީމާ ބަޔަކަށް ޖެހެނީ 37142 ވޯޓު! އެތައް ހާސް ރައްޔިތުންނެއް އެއްތަނަކަސް އެއްވެފައި ޔާމީން އަށް ޓިކެޓް ދިނީ ރައްޔިތުން ބޭނުންވާ ގޮތް ވީމާ! އެހެންވީމާ ޙީލަތްތެރި ތިޔަ ވާހަކަތަކަށް ޕީޕީއެމް ނުގުޑާނެ!

    7
    1
    • މޫސުން

      މިފަހަރު ޔާމީނަށް ސާޅީސް އިންސައްތަ ވޯޓުވެސް ލިބޭނެ ކަމަކަށް ނުބެލެވޭ. ރިޔާސީ އިންތިޚާބުގައި އާންމުން ވޯޓުލާއިރުވެސް ޔާމީނު އޮންނާނީ ޖަލުގައި ކަމަށް ލަފާކުރެވެނީ.

      1
      1
  25. އަހޭ

    ޕީޕީއެމް ގެ މެމްބަރުންނަށް ވުރެން އެމްޑީޕީގެ މެމްބަރުން ހާދާ ފޯރިއެކޭ ނަޝީދު ބުނި ވާހަކައަށް ބާރު ބޮޑުވަނީ؟ ނަޝީދު އެ ވިދާޅުވަނީ ރަގަޅަށް، ނަޝީދަށް ފެންނަގޮތް އެ ބުނަނީ ވެރިކަމުގެ ދަހިވެތިކަމެއް ނެތީމާ ކަމެއްވެސް ނޭގޭ.

  26. ވާގޮނުސްކޮ

    ނަޝީދު އަކަސް ކޮސްނުގޮވާ!!! ރައްޔިތުންގެ ބޮޑު ޕަސެންޓް ނުވަތަ މެޖޯރިޓީ ބޭނުން ވަނީ ރ ޔާމީން ގެ ދެވަނަ ދައުރެއް.

  27. ޖުލައި

    ކައޭ އަންނި ސިޔާސީ ކަންކަމުން ދުރައްޖެހި ގޭގަ ހުރޭ. ނޮހޮރުއްޕާން ކުރަން ނޫޅެބަލަ.