އއ. އުކުޅަސް މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ އަމަލީ މަސައްކަތް ފަށާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރެވޭނެ ކަމަށެވެ.

އެ މަގުތަކުގައި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި 14,452 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 56.11 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު