މަސްތުވުމަށް ބޭނުން ކުރާ ބޭސްގުޅަތަކާއި އަދި ބަނގުރާ ފުޅިތަކާއެކު ބަންގްލަދޭޝްގެ ހަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގެ ގެއެއްގެ ތެރެއިންނެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި އަދި މަނާ ބޭސް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމާއި، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދެ މީހަކާއި، 29 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން، 31 އަހަރުގެ މީހަކާއި، 41 އަހަރުގެ މީހެކެވެ.

މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މިއީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެކެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާގޮތުން، ދިރިއުޅޭ ކޮޓަރިން ބަނގުރާ ފުޅިތަކާއި، ގިނަ އަދަދެއްގެ ބޭސްތަކެއް ފެނިފައި ވެއެވެ. އެ ބޭސްގުޅަ ތަކަކަކީ މަސްތުވާއެއްޗެއް އެކުލެވޭ ބޭސްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަމިއްޔާ

    މަސްއޮޑި ކިޔާ ގުރޫޕަކަށް މަސައްކަތްކޮށްދޭ ބައެއް. މިމީހުން ރާއްޖެއަށް ބޭރުމީހުންވެސް ގެނެސްދޭ. ކޮމިޝަންގެ ގޮތުގަ 200 ޑޮލަރު ނަގާ.

    14
    1
  2. ކޮރަލް

    ގާނޫނަށް ބަދަލު ގެނެސް 24 ގަޑީ އިރު ތެރޭ ބިދޭސީން ޑިޕޯޓް ކުރަން ވީ އެވެ. ތަހުގީގު ކުރާ ގިނަ ބަޔަކު އެކި ދިމަދިމާލުން ދަނީ ދޫވަމުންނެވެ.

    17
    • ސޭޑު

      ވެރިންގެ ކިބައިގައި އިޚުލާޞްތެރިކަމެއް ނެތޭ. ޕާޓީގެ އެތެރޭ ކޯޅުމާހެދި ގައުމު ހަލާކުވެ ނިމެނީ.

  3. Anonymous

    ޔާމީނު ވެސް ފަސް އަހަރު ވެރިކަންކުރިއިރު ގިނަ ދުވަސްތައް ހޭދަކުރީ ބަންގާޅީން ހެން ތާސްކުޅެން ދޯ. އޭރު ޔާމީނު ރަށަކަށް ދިޔަޔަސް ރައްޔިތަކާ ބައްދަލުނުކޮށް ކޮންމެވެސް ގެއެއްގެ ތެރޭގައި އިންނަނީ ތާސްކުޅެން ދޯ.

    1
    8
  4. ނާދިރާތަ

    އިބޫ ގެ އޯގާތެރިކަމުން މާލެއިން ގޯތި ލިބުނީ

    1
    7
  5. ބޮންދު ބަލާ

    ހުރިހާ އާލތުން ވަކްތުން ވަކްތަށް އަނބުރާ ނާދެވޭ ގޮތަށް ރާއްޖެއިން ފޮނުވާލާ..!

    10
    1
  6. ހައްޖަ

    ތިޔަކަހަލަ ބަންގާޅީން ވަރައްގިނަ މިހުރިހާ މައުލޫމާތެއް ޕޮލިހުންނަށާ އިމިގްރޭޝަނައް ނޭނގޭންވި އެއްވެސް ގޮތެއްނެއް މިކަން ހައްލުނުކުރެވޭކަމައް ވެއްޖިއްޔާ މިގައުމު ނުރައްކަލަކައްދާކައް ލަހެހެއްފަހެއްނުވާނެ ކޮބާތޯ ބަނގުލަދޭސް އެކަންޏެއްނޫން އިންޑިއާ ، ސްރީލަންކާ، ނޭޕާލް، އަދި މަދުންނަމަވެސް ތައިލޭންޑް … މިއީ ނުއިނގި ހިނގާކަމެއްކަމަކަށް ނުބެލެވޭ މިއީ ހައްލުކުރަން އުނދަގޫ ކަމެއްވެސްނޫން، ބަޔަކު ނާޖާއިޒް ފައިދާއެއް ނަގަނީކަމާށް ބެލެވެނީ

  7. ޙެހެހ

    ކީއްކުރަން ބަންދުގައި ބާތިއްބަނީ ، ވަގުތުން ފޮނުވާލާ ޤާނޫނުކޮބާ ، އެއީ ވަކިބައެއްތަ