މާފުށީ ޖަލުގައި ތިބި ގައިދީންނަށް ޚާއްސަ ކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ މި ޕްރޮގްރާމަކީ ރިހެބިލިޓޭޝަން ފްރޭމްވަކްގެ ފޭސް އެކެއްގެ 19 ވަނަ ބެޗް ކަމަށެވެ. މިި ބެޗްގައި 55 ގައިދީއަކު ބައިވެރިވާއިރު، އެއީ މުޅިން ވެސް ފިރިހެން ގައިދީންނެވެ.

ކަރެކްޝަންސް އިން ބުނީ ރިހެބިލިޓޭޝަން ފްރޭމްވާކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެ މީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖުތަމައަށް ނުކުންނަ އިރު އެ މީހުންނަކީ އާމްދަނީއެއް ލިބޭ ނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކް އެކުލެވެނީ ހަތަރުު ފޭހެއްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބައގައި "ޑިސިޕްލިން" ބިނާކުރުމާއި އެ މީހުންނަށް "ސައިކޮލޮޖީ ޕްރޮގްރާމްތައް" ހިންގުމާއި "އެޑިއުކޭޝަން އަދި ވޮކޭޝަން" ދަސްކޮށް ދިނުމުގެ އިތުރުން "ޕްރިޒަން ކޮމިއުނިޓީ ސާވިސް” އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި ބޮޑަށް ކުރިއަށް ގެންދާނީ ލައިފްސްކިލްސް ކްލާސްތަކާއި ދީނީ ކްލާސްތަކުގެ އިތުރުން ފުޓްޑްރިލް އާއި ޕީޓީ ކްލާސްތަކެއް ކަމަށް ކަރެކްޝަން އިން ބުންޏެވެ.