ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މިއަދު ރ.އަތޮޅު ތިން ރަށަކަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިހާތަނަށް ވަޑައިގެންފައިވާއިރު އެ ތިން ރަށުންވެސް އިބޫ އަށް މިއަދު ވަނީ އީދުގެ ކުލަތަކުން މަރުހަބާ ކިޔާފައެވެ.

ކޮންމެ އީދެއްގަވެސް އެންމެ ފޯރި ނަގަމުންދާ އެއް އަތޮޅަކީ ރ އަތޮޅު ކަމަށްވާއިރު އިބޫ އަށް ވެސް ވަނީ އީދުގެ ކުޅިވަރުތަށް ހާއްސަކޮށް ކުލަޖެހުމުން ސަލާމަތް ނުވެވިފައެވެ.

މިއަދު އެންމެ ފުރަތަމަ އިބޫ ވަޑައިގަތް ރަށްކަމުގައިވާ ހުޅުދުއްފާރުންވެސް ވަނީ އިބޫ އަށް ކުލައިން މަރުހަބާ ކިޔާފައެވެ. އެކަމަކު ވަކިން ހާޢްސަކޮށް ރަސްގަތީމުން ކީ މަރުހަބާ މާ ތަފާތެވެ. ރަސްގަތީމަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި އެއްވެފައި ތިބި އިއްތިހާދުގެ ސަޕޯޓަރުންނާ އިބޫ ސަލާމް ކުރަމުން ދިޔައެވެ. ސަފު ހަދައިގެން ތިބި އަންހެން ކަނބަލުންގެ ތެރެއިން ކަނބަލަކު ކުއްލިއަކަށް އައިސް ވަނީ އިބޫގެ ގަޔަށް ކުލަ ޖަހާފައެވެ.

އިބޫ ހުޅުދުއްފާރުގައި ވާހަކަ ދައްކަވަން ފެށުމުގެ ކުރިން ފުރަތަމަވެސް ވިދާޅުވީ "އަޅުގަނޑުގެ މޫނުގައި ކުލަ އެބަ ހުރިތޯ" އެވެ.

ރ އަތޮޅަށް ވަޑައިގެން ކެމްޕެއިން ހަރަކާތްްތަށް އިބޫ ކުރިޔަށް ގެންދަވާއިރު އީދުގެ ކުލައިން މަރުހަބާ ކިޔުމަކީ ތަފާތު ކަމެކެވެ.

ރ. އަތޮޅުގެ ތިން ރަށަކަށް މިހާތަނަށް އިބޫ ވަޑައިގަންނަވާފައިވާއިރު މިރޭ ރ އަލިފުށީގައި ބޮޑ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ރ. އަތޮޅުގެ އުނގޫފާރު، އިނގުރައިދޫ، ފައިނު، ކިނޮޅަސް އަދި ދުވާފަރަށް އިބޫ ވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާަަމަނިކު

    އެއީބޯގޮހެއްވިއްޔާ

  2. ސުނީތާ

    ތީނަގެވާހަކަނުގެނިސްދީބަލާ

  3. މާރިޔާ

    އަހަރުމެންގެރައީސްޔާމިންގެވާހަކަގެނެސްދިނުންއެދެން ރިހަގަޑުގެވާހަކަބޭނުމެއްނޫން