އަންނަ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައްދަލުނުކުރެވޭ ކަމަށް ބުނެ އިދިކޮޅުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފިއެވެ.

އިދިކޮޅު އީސީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އީސީއަށް ދާން ޖެހުނީ ބޮޑެތި ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި ހުންނެވި އިރު އެމަނިކުފާނާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބޭތީ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ މަޝްވަރާކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް އީސީގައި - ފޮޓޯ: ޕީޕީއެމް

"އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައި ވާތީ އެ ބޭފުޅުން މެދުވެރިކޮށް ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތު ފަހިކޮށްދެވިދާނެތޯ ދަންނަވަން.". އަބްދުއް ރަހީމް ވިދާޅުވިއެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމިންގެ އިންތިހާބީ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ކަމަށާއި އަދި އިންތިހާބަށް ކުޑަތަންވެފައިވާ އިރު ކެމްޕޭންގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ނުފޫޒު އިންތިހާބަށް އެބައޮތް ކަމަށާއި އަދި ދުވަހެއް ދުވަހަކަށް އެކަން އިންތިހާއަށް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް އީސީގައި - ފޮޓޯ: ޕީޕީއެމް

"އިނގިވަޑައިގަންނަވާނެ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ކަންކަމުގައި އަޅުގަނޑު ދަންނަވާނީ މިހާތަނަށް އަޅުގަނޑު ނުދެކެމޭ މިހާ ހުދުމުހުތާރު ސަރުކާރެއް. އެއް ކަމެއް ނޫން. މިސާލަކަށް ވަޒީފާ ދިނުން. ހަމަ އެގޮތަށް ބަޖެޓުގައި ނެތް ކަމަށް ވައުދުވުން ހަރަދުކުރުން. މި އަންނަ އަހަރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ދޭނެކަން ނުވަތަ 50 ނުވަތަ 400 މިލިއަން ރުފިޔާ ދޭނެކަމަށް ކޮންމެވެސް ކުންފުންޏަކަށް މަސައްކަތްތަކެއް ހަވާލުކޮށްފާނެ" އޭނާ ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންއަށް ކުރިމަތިލެވޭނީ އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްގެން ނެވެ. އަދި އެ ހުކުމް ބާތިލު ކުރި ނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަތައް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލައިފިނަމަ ވެސް ކެންޑިޑެސީ ރައީސް ޔާމީނަށް ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓިނު

    ވައްކަންކޮއްގެން ޖަލައްލާފައިވާ މީހަކާ ދުވާލު ދެދަޅައައް ބައްދަލެއް ނުވާނެ. ހޭކެޑިގެން ނޫޅެބަލަ.

    3
    5
  2. ޕިސްޕިސް

    ހަހަހަ ކަލޭ މެން ތިހެންކީމަ ކަޑައޭ ޓިނު އަދުރޭ . . ކަލޭނެން ދުވަސް ވަރު އުޅުނު ގޮތް ހަނދާންވޭތަ . . ނުވިތާކަން ކަދުރު ފާތުމަވެސް އެހާ ޕަވަރުގަ އުޅުނީ . . ޖަލުގައި ވައްކަން ކޮށްގެން ހުކުމް ތަންފީޒު ކުރަމުންދާ ވަގެއް ނޫނީ ކަލޭމެން ނަން ނުފެނުނީތަ ރައީސް ކަމަށް ކުރިމަތިލާން . . އެއީ އިލެކްޝަންގެ މައްސަލައެއްތަ

    5
    3
  3. އަބްދޫ

    ޖިނާއީ މައްސަލައެއްގަ ޖަލުގަ އޮތް މިހަކާ ބައްދަލުކުރަން އީސީ އަށް ދިއުމަކީ ބަޔަކު ގަމާރު ވެފާ ތިބި ކަމުގެ ދަލީލެއް. ޖަލުގަ ތިބޭ މީހުނާ ބައްދަލުކުރެވޭނީ ޑިޕާޓްމަންޓް އޮފް ކަރެކްސަނުން ދޯ އަދުރޭ ރިޔާސީ ކެންޑިޑޭޓަކަށް ވަނީ އީސީއަށް ފޯމް ހުށަހަޅާ ކުރިމަތިލުމުގެ މުއްދަތު ހަމަވެ އިސީން ކެނޑިޑޭޓް ކަން ގަބޫލު ކުރާ ހިސާބުން .އޭގެ ކުރި އަކު ރިޔާސީ ކެންޑިޑޭޓުނެއް ނުތިބޭނެ. ތަނދޮރު އޮޅުވާލަންއުޅުން މިއީ ބޮޑުވަރު.

    3
    2
  4. Anonymous

    ބަލަ އަދުރޭ ... ޖަލު ބަލަހައްޓަނީ އީ.ސީ އަކުން ނޫން. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތަކީ އީ.ސީ ކަމަށް ވިޔަސް ، ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދިއުމަކީ އީ.ސީ އާ ގުޅުންހުރިކަމެއްނޫން. ޕާޓީއެއް ނުއުވޭ. ޕާޓީގައި މެމްބަރުން ތިބޭނެެ. ކެންޑިޑޭޓެއް ނެރުމުގެ ފުރުޞަތުވެސް ނުގެއްލޭ.

    3
    1
  5. މޮޔަމީހާ

    ޢަދުރޭ ތިކަމާ އުޅެން ވީނުން،،،، ވީޓުލިބުނީމަ ޔާމީނު ސަލާމަތްކުރަން،،،،