(ށ. މަރޮށި) ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވާނީ 90،000 ރަޖިސްޓާޑް މެމްބަރުންނާ އެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށުގައި މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކޯލިޝަނަކާ އެކީގައި އޮތް އިރު، އެ ޕާޓީއާ އެކުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެބައޮތް ކަމަށެވެ.

މިއީ މިހާތަނަށް ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނުކުންނަ އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމާޒަކީ ރިޔާސީ އިންތިހާބަށް އަންނަންވާ އިރަށް ކޯލިޝަންގައި ރަޖިސްޓާޑް 90،000 މެމްބަރުންނަށް ހެދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މަރޮށީގައި

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އެއްކޮށްލީމަ 77،700 މެމްބަރުން އެބަތިބިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާ އެކުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ ވަނީ ކޯލިޝަން ހަދައިފައެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވައިފައެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދަން ދައުވަތު ދިން ނަމަވެސް ޖޭޕީން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ރިޔާސީ އިންތިހާބުގައި ވަކި ގޮތެއް ނުނިންމައެވެ.

ރިޔާސީ އިންތިހާބަށް ބޯމަތިވެފައި ވަނިކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމްޑީޕީގައި 58،035 މެމްބަރުން އެބަތިބިއެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބި އިރު، އަދާލަތު ޕާޓީގައި ތިބީ 9،595 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ަހެލޯ

    ސާބަހޭ ރައީސް . . މަވެސް ހުސްކޮށް މިހިރީ އަދި . . ސޮއިޖަހާލާނަށް މިރޭ ޖަގަހަޔަކަށް ޖެހިލާފަ

  2. މަހުމޫދޫ ޝާހިދު

    ހިސާބުބް އޯލެވެލް އިން ފާސްނުވާ ގޮލަޔަކު ދައްކާ ވާހަކަ! ޕީޕީއެމްއާއި ޑެމޮކްރެޓްސް އެކަނި އެކުވެލިޔަސް އެއަށްވުރެން އަދަދުގެ ގޮތުން ބޮޑު ކޯލިޝަން އެއް މިރާއްޖެއަކު ނުހެދޭނެ. އެހެނެއްނޫން. އެމްޑިޕީ ދެފަޅިނުވެ އޮތްނަމަ ތިކަން ފަހަރެއްގަ ހާސިލްވެދާނެ! އަދާލަތަކީ މީހުންނަށް ނުވެސް އަންގާ ޕާޓީއަށް މީހުން ވައްދައިގެންވެސް މަޖްލީހުގަ މިހާތަނަށް އެންމެ ގޮޑިއެއް ނޫނީ ނުލުބޭ، ދީންވިއްކައި ކައިގެން އުޅޭބައެއް!

  3. Anonymous

    2008 ގައި އެމްޑީޕީ އާއި އެކު ކޯލީޝަން ހަދައިގެން ވެރިކަން ހޯދި ކޯލީޝަން 2023 ގައި ރިޔާސީ އިންތިހާބުގައި ކޯލީޝަން ހަދާފައި މިވަނީ ރަގަޅުވާނެ !

    1
    2
  4. މަމިހެންބުނީވެސް

    އެއީ އަވަށްޓެރި ގައުމުތަކުގެ ބިދޭސީންގެތެރެއިން މިރާއްޖޭގެ ރަށްވެހިކަންދިން 3000 މީހުންނާއެކު.

  5. އަހްމަދު

    އެހެންވީމާ އަދި12ވަރަކަށްހާސް މެމްބަރުން އެބަ ބޭނުންވޭ. މަރޮށީން 2000މެމްބަރުން ތިބީ ސޮއިކުރަން ތައްޔާރަށް.

    1
    1